އައްޑޫ ސިޓީ ކައުންސިލުން މި އަހަރަށް ލަފާކޮށް 136.6 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވި ގޮތުގައި 136 މިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް ކައުންސިލުން ފާސްކުރީ މި މަހުގެ ހަތްވަނަ ދުވަހު ކަމަށެވެ. އަދި އެ ބަޖެޓް ގެންދިއުމަށް ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގް ނިންމެވީ އިއްޔެ ކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ.

އެ ބަޖެޓަށް ލަފާކޮށްފައިވާ އަދަދަކީ 136,554,544 މިލިއަން ރުފިޔާއެވެ.

މި އަހަރުގެ ބަޖެޓް ކަނޑައެޅީ މިދިޔަ އަހަރު ނިމުނު އިރު ބަޖެޓުން ބާކީ ހުރި އަދަދު ވެސް ހިމަނައިގެންނެވެ. މި ގޮތުން ޑިސެމްބަރު 31، 2020 އާ ހަމައަށް ހަރަދު ނުކުރެވި 11.6 މިލިއަން ރުފިޔާ ބަޖެޓްގައި ހުރި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އަންނަ އަހަރަށް ކައުންސިލުން ލަފާކޮށްފައިވާ ބަޖެޓްގައި، ކައުންސިލްގެ އާމްދަނީއިން ހަރަދު ކުރުމަށް ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 26.5 މިލިއަން ރުފިޔާއެވެ. މި އަހަރަށް ދައުލަތުން ކައުންސިލަށް ދޫކުރާނެ ކަމަށް އަންދާޒާ ކޮށްފައި އޮތީ 59.4 މިލިއަން ރުފިޔާއެވެ.

އައްޑޫ ސިޓީ ރައްޔިތުންގެ ޓްރަސްޓް ފަންޑަށް ލިބޭނެ ކަމަށް އޮތީ 3.8 މިލިއަން ރުފިޔާއެވެ. ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން 37.9 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އަންދާޒާކޮށްފައިވާ އިތުރު އާމްދަނީތަކާއެކު ޖުމުލަ އަދަދު 130 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައްޑޫ ކަނބާ

    ބޮޑެތި ބަޖެޓުތައް ފާސްކޮށްގެން އަމިއްލަ ޖީބަށް ލާރި އެޅުން ނުން އިތުރު ކަމެއް މިމީހުން ނުކުރާނެ... ކޮންމެ އަހަރަކު ތި ހުރިހާ ލާރި ހޯދައިގެން އަތޮޅަށް ކޮށްދޭ ކަމެއް އަދި މިވީ ތަނަށް ފެނިފަ ނެތް... ކައުންސިލްގައި ތިބޭ މީހުންގެ އާއިލީ މީހުންނަށް ދަންދެން ބިން ބަހައި ރިޝްވަތް ހޯދައި މީހުންގެ ބިންތައް އެހެނެ މީހުންނަށް މިމީހުން ވިއްކައި ހުސްކުރަނީ.

    11
  2. އަބްދޫ

    136 އަންދަޒާ ކުރީ ކީއްކުރަން 2 ބިލިއަން ނުކުރީ ކީއްވެ ހިސާބަކީ ހުސްވާ އެއްޗެއްނޫން ހެދޭ އެންމެ ބޮޑަކަށް ބަޖެޓް ހެދިދާނެ. އެކަމަކު އާމްދަނި އެއް އެވަރަކަށް ނުލިބޭނެ. ނެތް ފައިސާއަކުން ދަރަނި ބަޖެޓް ހަދައިގެން ދުވަހަކުވެސް ގައުމަކަށް ހަމަޖެހުނެއްނެތް. ކޮންމެ އަހަރަކު 2 ބިލިއަންރުފިޔާ ރިކަރެންޓް ހަރަދުގެ ދަރަނީގެ އިންޓަރެސްޓަށް ދައްކަންޖެހޭ. މިއީ ދަވްލަތަށް ލިބޭ ކިހާބޮޑު ގެއްލުމެއް.ތިމާ އަމިއްލަޖީބުން މިކަން ކުރާނަންތަ؟

  3. ހުސެން

    ތިޔަ އިލިޔާސް ލަބީބުމެން ، ރުޒައިނާމެން ކާލާނެ ބަލާނެވެސް ކަމެއްނެއް