އައްޑޫ ސިޓީ ހުޅުމީދޫން އިތުރު 10 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދެމުން ހުޅުމީދު ކައުންސިލަރ އިބްރާހިމް ޝުކުރީ ވިދާޅުވީ، އެރަށުން ފައްސިވި އިތުރު 10 މީހުންނަކީވެސް ބިދޭސީން ކަމަށާ އެ އެެންމެންނަކީވެސް ރަށުގެ ބަނދަރު ސަރަހައްދުގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ބިދޭސީން ކަމަށެވެ. އަދި އެ ރަށުން ބައެއް ދިވެހިންނާއި ގާތުން އެއްތާވެ އެ ގެތައް ކަރަންޓީނު ކުރި ކަމަށް ވާހަކަތަކާއި ގުޅިގެން ޝުކުރީ ވިދާޅުވީ ހުޅުދޫ އިން އެއް ގެ، މީދޫއިން ހަތަރު ގެ އެއްގައި ތިބި މީހުން އެކަހެރިވެ ތިބުމަށް އަންގާފައިވާ ކަމަށެވެ.

" އެ މީހުންނަކީ ފައްސި މީހުންނެއް ނޫން. އެހެން ވާހަކަދެކެވޭ ނަމަ އެއީ ދޮގެއް. އެއީ އެތާ މަސައްކަތް ކުރި މީހުން. ދިވެހިންގެ ސުންކު ނެގި. އެކަމަކު އެއްވެސް ދިވެއްސެއް އަދި ފައްސި އެއް ނޫން. އަދި ބިދޭސީގެ ތެރެއިން ފައްސިވި ވީ މި 10 މީހުންނަކީ ކުރީ ވޭދަނަތަކާއި ގުޅުން ހުރި މީހުން ހަމަ." އޭނާ ވިދާޅުވިއެވެ.

ހުޅޫމީދޫއިން އެންމެ ފުރަތަމަ ފައްސިވީ ބިދޭސީންނަކީ އެމްޓީީސީސީ ސައިޓުގައި މަސައްކަތް ކުރި ދެ ބިދޭސީންނެވެ. އޭގެ ފަހުން ފައްސިވި ހަތަރު މީހުން މީހުން ފައްސިވެފައިވާ ކަން އެނގިފައިވަނީ ބަލިވެގެން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ޓެސްޓް ހަދަން އަންގައިގެން ހެދި ޓެސްޓުން ކަމަށް ޝުކުރީ ވިދާޅުވިއެވެ.

ފުރަތަމަ ފައްސިވި ދެ މީހުން ކަރަންޓީނުގައި ތިބިއިރު، އިތުރު ބަޔަކާއި ދިމާވިތޯ ބެލުމުން ދިމާވެފައި ނުވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ޝުކުރީ ވިދާޅުވިއެވެ. އެހެންކަމުން އޭރު އެއްވެސް ބަޔަކު ކަރަންޓީނު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފަހުން އެ ސައިޓުން ބަޔަކު ބަލިވެގެން ބެލި ބެލުމުން އެ މީހުން ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ހުޅުމީދޫ އެމްޓީސީސީ ސައިޓުގައި ޖުމްލަ 60 ވަރަކަށް ބިދޭސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެތަނުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ މީގެ ކުރިން ރަށުގެ ފިހާރަތަކަށާއި ސިއްހީ މަރުކަޒު ފަދަ ތަންތަނަށް ޒިޔާރަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޝުކުރާނާ

    އިއްޔެ އެކަނި އޮންލައިންކޮށް ޑޮކްޓރަށް ދެއްކުމުން ބަލަންޖެހޭ ވަރަށް ބަލައި ނިމުނީތަ؟ މީގެ ދެ ދުވަސް ކުރީން ވެސް އެތަނުން ބަޔަކު ބަލިވެގެން ސިއްހހ ހީ މަރުކަޒަށް ދިޔަ. އަދިވެސް ސިއްރުކުރަން އުޅޭތި. އެޗްޕީއޭ އިން ބުންޏެއް ނު ކޮންޓެކްޓް ޓްރޭސިންގ ޒީރޯ އޭ

    10