ދިވެހިން އަދިވެސް ހަކުރު ބައްޔަށް ހޭލުންތެރި ނުވެއެވެ. ހަކުރު ބަލީގެ ސަބަބުން ދިމާވާ މައްސަލަތަކަށް ވެސް ހޭލުންތެރިނުވެއެވެ. އަދި ހަކުރު ބަލި ހުރިތޯ ޔަގީންކޮށްލަންވެސް ބޭނުން ނުވެއެވެ.

މިއީ ބައެއް ދިވެހިންގެ އާދަތަކެވެ. ނަމަވެސް މި އާދަތައް ދޫކޮށްލައި ތަންކޮޅެއް ސިއްހަތަށް ފަރުވާތެރިވާން ވެއްޖެއެވެ. ބަލި ބޮޑުވުމުގެ ކުރިން ބަލިން ސަލާމަތްވެ ރައްކާތެރިވެގެން ތިބުން މުހިންމެވެ.

ތިޔަ ފަރާތަކީ ހަކުރު ބައްޔަށް ޓެސްޓު ނުކޮށް ހުރި ފަރާތެއް ނަމަ އަވަހަށް ޓެސްޓު ކުރާށެވެ. އަދި ކޮށްފައި ހުރި ފަރާތެއްނަމަ އެހެން މީހަކަށް އެ ޓެސްޓު ހެދުމަށް ނަސޭހަތްތެރިވާށެވެ. އެއީ އެ ބަލި ބޮޑުުވުމުގެ ކުރިން އެކަމަށް ސަމާލުވެ ތިބުމަށެވެ.

ހަކުރު ބަލި ހުރިތޯ ބެލުމަށް ޓެސްޓުތަކުގެ ނަތީއްޖާއަށް ބަަލައި ތިމާއަކީ ހަކުރު ބަލި ހުންނަ ފަރާތެއް ކަމުގައިވާނަމަ، އެއިރުން ކެއުން ބަހައްޓަންވީ ގޮތާއި، ކަސްރަތު ކުރުމާއި، އެ ނޫންވެސް ހަކުރު މާއްދާ ހިމެނޭ ބާވަތްތައް ބޭނުން ކުރުމުގައި ސަމާލުވެވިދާނެ ނޫން ހެއްޔެެވެ؟.

ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނާގޮތުގައި ހަކުރުބަލި ކޮންޓްރޯލްކުރުމަށް ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައިވެސް ކެއުން ބުއިމުގެ ރަނގަޅު އާދަކާދަތައް އިތުރު ކުރަން ޖެހެއެވެ. އަދި ކަސްރަތާއި ހެލިފެލިވެ އުޅެން ޖެހެއެވެ.

Comments are closed.