ދުނިޔޭގައި ފާހަގަކުރާ ހަކުރުބަލީގެ ދުވަހާއި ގުޅިގެން ޝިއާރެއްގެ ގޮތުގައި "އަންހެނުންނާއި ހަކުރި ބަލި"ކަނޑައެޅީ ކީއްވެތޯ ވިސްނާލަމާ ހިނގާށެވެ.

އަންހެނުންނަކީ އާއިލާއެއްގެ ގިނަ ކަންކަމުގައި ހިއްސާ އޮންނަ ބައެކެވެ. އެގޮތުން އަންހެންނަކީ ދަރިންނާއި ފިރިމީހާއަށް ނުވަތަ އާއިލާއަށް ކައްކާފައި ކާން ދިނުމުގެ ބުރަ ޒިންމާ އުފުލާ މީހުންނެވެ. އެކަން ކުރުމަށް ފިހާރައަށް ދާނީ އަންހެނުންނެވެ. ނޫނީ ގެއަށް ބޭނުންވާ ކެއުމާއި ކެއްކުމާއި ގުޅުންހުރި ސާމާނުގަތުމަށް ލިސްޓު ހަދާނީ އަންހެނުންނެވެ. އެހެންކަމުން ހަކުރު ހުންނަ ބާވަތްތަކުގެ ކެއުމާއި ބުއިން ތައްޔާރު ކުރުން ނުވަތަ ގަތުމަކީ އަންހެނުންނަށް ކުރެވިދާނެ ކަމެކެވެ. އެއީ ގަސްތުގައި ކުރަން ބޭނުންވާނެ ކަމެއް ނޫނެވެ.

ނޭގި ތިއްބާ އެފަދަ ކަންކަންވަނީއެވެ. އެހެންކަމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން މިފަދަ ޝިއާރެއް ނަގާފައި ވަނީ، އަންހެނުންނަށްވެސް ކެއުމާއި ބުއިން ފަދަ ތަކެތި ތައްޔާރު ކުރުމުގައި ވިސްނާލަން ޖެހޭ ކަންކަން ހުރުމާއިއެކު މިފަދަ ކަންކަމުން އާއިލާ ދުރުކުރުވުމަށް އެ މީހުންނަށް ކުރެވޭނެ ކަންތައްތަކަށް ބަލާފައިކަން ޔަގީނެވެ. އަދި އަންހެނުންނަށް އެ ބަލި ޖެހޭ ވަރު ބޮޑުވުމުންނެވެ.

އޭގެ އިތުރުން އަންހެނުންނަކީވެސް ހަކުރި ބަލި ހުރިކަމުގައިވިޔަސް ފަރުވާ ކުޑަ ބައެކެވެ. އެގޮތުން ހެލިފެލިވެ އުޅެން ބޭނުން ނުވުމާއި ވިސްނާއި ކަންކަމާއި ފިކުރުބޮޑު ކުރުމާއި، ކަންނެތް ކަމާއި، މާގިނައިން ކެއުން ފަދަ ކަންކަމަކީ އަންެހެނުން ކުރާ ކަންތައްތަކަށްވާއިރު، އެފަދަ ކަންކަމުން އަންހެނުން ދުރުކުރުވުމުގެ މަސައްކަތައް އެހީއެއްގެ ގިތުންވެސް މިފަދަ ޝިއާރެއް ނަގާފާނެވެ.

މިހާރުވެސް ދުނިޔޭގައި އަންހެނުންގެ ތެރޭގައި 13 މިލިއަނެއްހާ މީހުން ހަކުރު ބަލި ޖެހިފައިވާކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އަންހެނުންނަށް ޖެހޭ ބަލިތަކުގެ ތެރެެއިން 9 ވަނައަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ހަކުރު ބަލީގެ ސަބަބުންނެވެ.

ADS BY ASTERS

Comments are closed.