ރާއްޖޭގައި ހިންގަމުން އަންނަ ނިރުބަވެރި ހަމަލާތަކުގެ މައްސަލަތަކުގައި މިސަރުކާރުން ފަހަތަކަށް ނުޖެހޭނެ ކަމަށާއި އެފަދަ ފަރާތްތަކަށް ހައްގު އަދަބު ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެމްޑީޕީ އަބަދު ވެސް ގަބޫލު ކުރަނީ އުސޫލެއްގެ ތެރެއިން ކަންކަން ކުރަން ކަމަށާއި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ޤާނޫނުގެ ތެރެއިން އެފަދަ ކަންކަން ކުރަން ކަމަށެވެ. އެހެންކަމުން ޤާނޫނުގައި އިސްލާހު ކުރަން ޖެހޭ ކަންކަން ހުރިކަން ދެނެގެން އެކަންކަމަށް އިސްލާހުތައް ގެނައުމަށް މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި އެކި އެކި ކުށްތައް ކުރާ މީހުން މަދެއް ނޫން ކަމަށާއި އޭގެ ތެރޭގައި ހަރުކަށި ފިކުރާއި ގޭންގް މާރާމާރީ އާއި ނިރުބަވެރި ކުށްތައް ހިމެނޭ ކަމަށެވެ. އެއީ އިއްޔެ ރާއްޖެއިން ފެންމަތިވި ކަންތައްތައް ނޫން ކަމަށާއި އެކަންކަން ހިނގަމުން އަންނަކަން ރައްޔިތުންނަށް އާއްމު ކުރީ މިސަރުކާރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ސެޕްޓެމްބަރު 19 2019 ގައި ފުރަތަމަ ފަހަރަށް އަޅުގަނޑުމެން ޓެރެރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ޖަމާއަތްތަކެއް ސަރުކާރުން އިއުލާން ކުރިން. އެއީ ޓެރެރިޒަމްގެ ގާނޫނުގެ ދަށުން ނުކޮށް އޮތް ކަމެއް. އަޅުގަނޑުމެންނަށް އެނގޭ އެއާއި އެކީގައި ވަރަށް ގިން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަން. އަދި ޕޮލިސް ކޮމިޝަނަރ ދެއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވީ، ރާއްޖޭގައި ކުށްތަކަށް އަރައިގަތުމަށް 1000 ވުރެ ގިނަ މީހުން ތިބިކަން. ރައީސް ވިދާޅުވިއެވެ.

މިފަދަ ކަންކަން ހަމައަކަށް އެޅުވުމަށް މިސަރުކާރުން ޕްލޭނެއް ރޭވި ކަމަށާއި އެކަމުގައި ޝައްކު ކުރެވޭ ނުވަތަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ބެލެވޭ ފަރާތްތައް ބަންދުކޮށް ޝަރީއަތާއި ހިސާބަތް ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޓެރެރިޒަމްގެ ގާނޫނަށް އިސްލާހު ތަކެއް ގެންނަން ޖެހޭ ކަމަށް ތަހުގީގީ އިދާރާތަކުން ހިއްސާ ކުރުމުން އެ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި 10 އޮކްޓޯބަރު 2019 ގައި މަޖިލީހަށް ފޮނުވައި އިސްލާހު ތަކެއް ގެނެސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ޤާނޫނަށް އިސްލާހުތަކެއް ގެނެވުނު ނަމަވެސް، އިސްލާހު ތަކުގެ ތެރޭގައި ތަހުގީގީ އިދާރާތަކުން ގެންނަން ބެނުންވި ބައެއް އިސްލާހުތައް އޭރު ހާލަތު ހުރިގޮތުން ނުގެނެވޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން އަނެއްކާ ވެސް އެ އިދާރާތަކުން ބޭނުންވާ ގޮތަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށާއި އިލްތިމާސް އަކީ އެ އިސްލާހު އެގޮތަށް ގެނައުން ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިތިބީ މިކަން ކުރަން ނުކުމެ. އިރާދަ ކުރެއްވިއްޔާ ފަހަތަކަށް ނުޖެހޭނަން. މިކަމުގައި ހިމެނޭ ފަރާތްތައް ބަންދު ކުރަން ޖެހިއްޖެއްޔާ ބަންދުކޮށް، ތަހުގީގުކޮށް، ޝަރީއަތާއި ހިސާބަތް ގެންދިއުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ނިރުބަވެރިވުމަކީ ކޮން އެއްޗެއްކަންވެސް އެނގޭނީ ހަމަ ކަލޭމެންނަށް. ތިއީ ފެބްރުއަރީ 8 ގައި މުޅި ރާއްޖޭގައި ހުޅުޖެހި މީހުން. މިވަރުން ދެން ފުދޭނެ!

    13
    1
  2. ޔޯރައީސް

    މުރުތައްދު ވާ މައްސަލަތަކޯ؟

    10
  3. ދަރަނި ދަންތުރަ

    އަޅަން އުފަންވާ ކުދިންގެ ހަދިޔާފޮށި ވައުދު ފަހަތަށްޖައްސާލީ އެހެންވެގެންތޯ ސޯލިބޭގޯތި އިބޫ ލަދުކޮބައިތޯ އިސްތިއުފާދީފަ ފަޒޫ ގޮވައިގެން ހިންނަވަރަށްދޭ ދޭ ދޭ ދޭދޭ

  4. ކޮތަރު

    ކުރީގަ ޒީރޯ ޓޮލިރެންސްއެއްގެ ބަނދި ވެސް އަބަދު އަޑު އިވެމުންދިޔަ އެއްދުވަސްވަރެއްގަ. ދެންފެނުނީ އެޕޮލިސީގެދަށުންދާމައިކުޅޭތަން. ގަނޑިޔަ. މިހާރު ނިރުބަވެރިން. 7ފެބުރުއަރީގައި ގައުމުހުޅުޖެހުން ނިރުބަވެރި އަމަލަކަށް ނުވެނދާޅެ. ތިޔާގޮތަށްޓީވީއާށްއަރައި ތިޔަހައި ދޮގު ނަހަދަގަ. މަމެންނީ ގަމާރުންނެއްނޫން.

  5. ޑީމަކްރަތީ

    ބަލަ ފަހަތައްނުޖެހި ކުރުޔައްޖެހެން މާގިނަދުވަސްތަކެއްނެތް ދެއަހަރު ވަރުއޮތީ ދެން ބުންބެރު ދެން ހަދާންނައްތާލާ ދެންފުލެޓު އަގުކުޑަނުކުރިޔަސް ހެކޮ؟؟ ވެރިކަންމަތިން ؟؟ ތޭވީސް ރައީސް ނަސީދު؟؟ފުލެޓުއަގު ގުޅެނީރައީސް ނަސީދުއާ

  6. ނާޝިޒް

    ލަދުހަޔާތް ކޮބާ ރައީސްކަމުގެ ގޮނޑިގަ ބައިންދާފައިން ފައިބަރ ބުދެއްތީ ވެރިކަން ކުރަނީ އެހެން މީހެއް ތީ ހަމަ އެކަނި ސޮއިކުރަން އިންނަ މީހެއް .....

    3
    1
  7. އަލްޖިބްރާ

    ސާބަހޭ އިބޫ ތީ ހިތްތަކުގެ ރައިސް!