މެއި ހަވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ނިރުބަވެރި ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯދަދިނުމަށްޓަކައި އިދިކޮޅުންވެސް މަގުމައްޗަށް ނިކުންނާނެ ކަމަށް ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ނަޝީދަށް އިންސާފް ހޯދަދޭން އެމްޑީޕީއިން މަގުމައްޗަށް ނިކުމެއްޖެ ނަމަ، އެ އިހްތިޖާޖްތަކުގައި އެމްޑީޕީއާއި އެކު އިދިކޮޅުން ބައިވެރިވުމާއި ގުޅޭ ގޮތުން ސުވާލު ކޮށްފައެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވަނީ ނަޝީދަށް އިންސާފް ހޯދަދިނުމަށް ގޮވާލާ އިދިކޮޅުން ކުރި މަސައްކަތްތައް ފާހަގަކޮށްފައެވެ.

ނައިފަރު ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ޝިޔާމް ވިދާޅުވީ މަޖިލީހުގެ ތަޅަމުގައިވެސް ނަޝީދަށް އިންސާފް ހޯދަދިނުމަށް ގޮވާލާ އިދިކޮޅު ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރުން އިހްތިޖާޖްކޮށްފައި ވާނެ ކަމަށެވެ. އަދި ރައްޔިތުން މަޖިލީހުގައި ހެދި އިންކުއަރީއަށްވެސް އިދިކޮޅު ދެ މެމްބަރުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ނަޝީދަށް އިންސާފް ހޯދައިދޭން މަގުމައްޗަށް ނިކުންނަން ޖެހިއްޖެ ނަމަ ނިކުންނާނެ ކަމަށެވެ. ނަޝީދަށް އިންސާފް ހޯދަދިނުމަށް ގޮވާލާ އެމްޑީޕީއިން ކުރާ މުޒާހަރާއެއްގައި ބައިވެރި ނުވާނެ ކަމަކަށް އޭނާ ވިދާޅެއް ނުވެއެވެ.

"އެމްޑީޕީއަށްވުރެވެސް ބޮޑަށް ރައީސް ނަޝީދުގެ މި މައްސަލާގައި އެމަނިކުފާނަށް އިންސާފް ހޯދަދިނުމަށްޓަކައި އަޅުގަނޑުމެން އަޑު އުފުލާފައި ވާނެ. ނަޝީދަށް އިންސާފް ހޯދައިދޭން މަގުމައްޗަށް ނިކުންނަށް ޖެހިއްޖެ ނަމަ އަޅުގަނޑުމެންވެސް ނިކުންނާނަން" ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅާ އެކީގައި މަސައްކަތް ކުރަން ނަޝީދު ނުކުންނަވާނެކަމުގެ އިޝާރާތެއް ދެއްވާފައިވަނިކޮށް، އިދިކޮޅުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ޝިޔާމް ވަނީ އެމްޑީޕީގެ ސިޔާސަތުތަކާއި ޕީޕީއެމްގެ ފިކުރާއި ވިސްނުން އުޑާބިމާހާ ތަފާތު ކަމަށް ވިދާޅުވެ، އެކުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް ގައުމީ މައްސަލަ ތަކުގައި ސިޔާސީ ފިކުރަށް ބެއްލެވުމެއް ނެތި ބައިވެރިވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ނަޝީދަށް އަމާޒުވި ބޮމުގެ ހަމަލާއާއި ގުޅިގެން މިހާތަނަށް އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. ރަސްމީ އިދާރާތަކުން ހާމަކުރާ ގޮތުގައި އެ އެންމެންނަކީވެސް ހަރުކަށި ފިކުރަށް ނިސްބަތްވާ މީހުންނެވެ. ނިރުބަވެރިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންނަށް ދައުވާ ކުރަން އަދި ނުފޮނުވައެވެ.

ނަޝީދުގެ ސެކިއުރިޓީ ފޫދިޔަ ގޮތް ބެލުމަށްޓަކައި މަޖިލީހުން އިންކުއަރީއެއް ހެދި ނަމަވެސް އެކަމުގައި އިހުމާލުވި އެއްވެސް ފަރާތަކަށްވެސް އަދި ފިޔަވަޅު އަޅާފައެއް ނުވެއެވެ.

ޝިޔާމް ވިދާޅުވީ ވިދާޅުވީ މި ސަރުކާރުން ނަޝީދަށް އިންސާފް ނުލިބެއްޖެނަމަ، ޕީޕީއެމްގެ ވެރިކަމެއްގައި އެމަނިކުފާނަށް އިންސާފް ލިބިގެން ދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ގިޔާމަތް ދުވަސް ގާއިމްވާހުއްޓެ
    މާ ދުރަކުނެއް އިންސާﷲ

    10
  2. ހައިރާން

    ހޫނ ދެން ފޮރުވައިގެން ނޫޅުނަސް ތިއޮތީ ބުޅާ ގޯނިން ބޭރުވެފަ. އަޑިއަޑިން ނަޝީދުއާ ޔާމީނު ތިއޮތީ ފުރިހހަމަ ޑީލްއެއް ހަދާ ނިންމާފަ. ދެން ކޮންމެހެން ހަގީގަތް ފޮރުވަން ފާޑުފާޑުގެ އަނގަ ތަޅާނެ ކަމެއްނެތް.

    8
    9
  3. ގުއިރޯނު

    ނަޝީދު ދަމާ ގުއިރޯނުގަ ޝިޔާމު މެން ވެސް ޖެހޭނީ ދޯ؟

    7
    5
  4. ޤައުމްދަރި

    ޤައުމީ ކަމަކީ ކޮބާތޯ؟
    ރައްޔިތުންގެ ޓެކްސް ފައިސާތަކުން ޕާޓީތަކަށް ފައިސާ ހަރަދުކުރާއިރު ޕާޓީ އިން އާއްމު ރައްޔިތުމީހާއަށް ކުރާ މަންފާއަކީ ކޮބާތޯ؟
    ޤައުމީ ކަންތައްތަކުގެ ތެރޭގައި ފަސާދައާއި މަކަރާއި، އޮޅުވާލުމާއި، ކޮރަޕްޝަނާއި، ނުފޫޒް،ގަދަބާރު އަމިއްލަ އެދުންވެރިކަމުގެ ހައްދުފަހަނަ އެޅުން ހިމެނޭތޯ؟

    8
    1
  5. ކޮވިޑް

    ނަޝީދައްވެސް އޯގަތެރި ވާނީ އިނދިކޮޅުން އެމްޑީޕީ އަކީ ދެއްކުންތެރި ދަޅަދައްކާ ވެރިން ތިބޭ ޕާޓީއެއް.

    15
    1
  6. ނަސީ

    ޜައީސް ޔާމިން ވެރިކަމައް ނުކުތްދުވަހަކުން ދެން މަވޯޓްލާނީ ޔާމިން ހިގި މަގަކުންވެސް ތީގެން މީހަކައް ނުހިގޭންނެ މީލައްކަ ވާހަކަ

  7. ނަސް

    ޜައީސް ޔާމިން ވެރިކަމައް ނުކުންނަ ދުވަހަކުން ދެން މަވޯޓްލާނީ ޔާމިން ހިގި މަގަކުންވެސް ތީގެން މީހަކައް ނުހިގޭނނެ މީލައްކަ ވާހަކަ ، ރައްއިތުން ނައްޓަކައި އަދިވެސް ރައިސް ޔާމިން ހާސްބައު ރަގަޅުވާނެ

  8. ާަެެައބދ

    އިރާދަކުރެއްވިއްޔާ މި ޚިޔާނާތްތެރިން ގެ ކިބައިން މިގައުމު ސަލާމަތްވެ ވަފާތެރިބައެއްގެ އަތްމައްޗައް މިގައުމުދާނެ.

  9. ގައުމުގެ ދުލުން

    ޕީޕީއެމްގެ އިސްވެރިންނަށް .... ވެދުން ސަލާމަށްފަހު
    އަހަންނަށް ހީވަނީ މިހާރު މިއުޅެނީ 2023ގެ ރިޔާސީ އިންތިޚާބު އަންނަންވާއިރަށް ސިއްރު އެޖެންޑާއެއްގެ ދަށުން ޕީޕީއެމް ގެ ތާޢީދު ނައްތާލައިގެން އަނެއްކާވެސް އެމްޑީޕީ ވެރިކަމަށް އަރަންހެން.... އަންނި ވަރަށް ހިޔަޅުވާނެ ކުދިންނޭ.... ވިސްނައިގެން ތިބޭތި... އަންނި ދަމާ ގުއި ރޯނުތަކުގައި ނުޖެހޭތި !!!!!!!!!
    ތިޔަ އެއްމެތަކުންނަށް މާތްﷲ ހެޔޮވިސްނުން ދެއްވާށި. އާމީން.

  10. ރީބެއަ

    ކޮބާ ފެނޭތަ ޕީޕީއެމް ކުދިންނަށް ދެން ލަލަލާ. އިންޑިޔާ ވެސް އައުޓެއް ނުވާނެ ބިލުވެސް ފާސްވާނެ

    1
    2
  11. އިންސާފް

    ނަޟީދަކީ ޖަލުގަ އޮންނަން ޖެހޭމީހެއް

    2
    2
  12. Anonymous

    މިގައުމުގަ މިމީހުން އެކަނި ދިރި އުޅެންވީ.