ކޮންމެ އިންސާނަކީ ވެސް ރަނގަޅު ސިއްހަތެއްގައި ހުންނަށް ބޭނުންވާނެ މީހެކެވެ. ފުރިހަމަ ސިއްހަތެއްގައި ހުރި ހިތެއް ބޭނުންވާނެއެވެ. އެހެން ނަމަވެސް އެމެރިކާގެ ކޮންމެ 3 މީހުން ތެރެއިން އެކަކީ ކާރޑިއޯވަސްކިއުލާ ޑިސީސް ހުންނަ މީހެއް ކަމަށްވެއެވެ. އެހެންނަމަވެސް ކޮންމެ ދުވަހަކު ދިރިއުޅުމުގައި ގެންގުޅޭ އާދަ ތަކެއްގެ ސަބަބުން ތިމާގެ ހިތް، ސިއްހަތު ރަނގަޅު ހިތަކަށް ހެދިދާނެއެވެ. ތިރީގައި ފާހަގަ މިކޮށްލަނީ ހިތަށް ރަނގަޅު ނޫން، އެހެންނަމަވެސް އަހަރުމެން އާންމުކޮށް ކޮންމެ ދުވަހަކުވެސް ގެންގުޅޭ ބައެއް އާދަތަކެވެ.

ޓީވީ ބެލުން

މާގިނަ އިރު އިށީނދެ އިންނަ ނަމަ ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެއެވެ. އެއްވެސް މަސައްކަތެއް ނުކޮށް ހެލިފެލިވުންމަދުވާނަމަ، ލޭގައި ހަކުރާއި "ފެޓްސް" އަށް އަސަރު ކުރާ ކަމަށް ޑަކްޓަރުން ބުނެއެވެ. ނިއު ޔޯކް ސިޓީގެ ކާޑިއޯވަސްކިއުލާ ކްލިނިކަލް ރިސާޗް ސެންޓަރ ގައި މަސައްކަތް ކުރާ ރޭނޯލްޑްސް ބުނާ ގޮތުގައި އިފީހުގައި މަސައްކަތް ކުރިޔަސް، ކޮޅަށް ތެދުވެ ހިނގާލަން ވާނެއެވެ.

ޑިޕްރެސްވުން

ކަންކަމާއި މާބޮޑަށް ވިސްނުމާއި، ޑިޕްރެސްވުމަކީ ވަރށް ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. އެހެންނަމަވެސް މިކަންތައް މާބޮޑުވާކަމުގައިވާނަމަ ހިތަށް ނޭދެވޭ އަސަރު ކުރެއެވެ. މި އިހްސާސްތަކާމެދު އެކި މީހުން ޑީލް ކުރާގޮތުގެ ސަބަބުން ހިތަށް އަސަރު ކުރެއެވެ. ސްޓްރެސް ބޮޑު މީހުންނަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ވެއެވެ. އެހެން ކަމުން ކަމަކާމެދު މާބޮޑަށް ވިސްނާ ކަމުގައި ވާނަމަ އެކަންތައް އެހެން މީހަކާއި ހިއްސާކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ.

ކަސްރަތު ކުރުމަށް ފަހު ހުއްޓާލުން

ވަރަށް ގިނަ މީހުންނަކީމިހާރު ކަސްރަތު ކުރާ މީހުންނެވެ. އެހެންނަމަވެސް މިކަމުގައި ދެމިހުންންނަނީ ވަރަށް މަދު ބައެކެވެ. އަދި ވަކި ގަޑިތަކެއްގައި ކޮންމެ ދުވަހަކުވެސް އާދައެއްގެ ގޮތުގައި މިކަން ކުރަނީވެސް މަދު ބައެކެވެ. ބުރަ ކޮށް އުޅުމުގެ ސަބަބުން ކަސްރަތު ކުރުން މެދުކަނޑާލެވެއެވެ. .ނަމަވެސް މިގޮތަށް ކުއްލިއަކަށް ކަސްރަތު ކުރުން ހުއްޓާލުމުންވެސް ހިތަށް ނޭދެވޭ އަސަރު ކުރެއެވެ.

މާގިނައިން ކެއުން

ބަރުދަން އިތުރުވުމާއި ގިނައިން ކެއުމަކީ ވެސް ހިތުގެ ބަލިތައް ޖެހެން މެދުވެރިވާ ކަމެކެވެ. އެހެންކަމުން، ކެއުމުގައި ސަމާލުވެ އެނާޖީ ޑްރިންކްސް އާއި ދުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޑަކްޓަރުން ލަފާ ދެއްވާ ގޮތުގައި ގިނަ ކެލޮރީސް ހުންނަ ކެއުން މަދު ކުރަންވާނެއެވެ.

ADS BY SHEESHA

މިކަންތައްތަކުގެ އިތުރުން ލޭގެ ޕްރެޝަރު މައްޗަށް ދިޔުމާއި، ކޮލެސްޓްރޯލް ގިނަވުމާއި، ޑައިބެޓީސް، ބަރުދަން އިތުރުވުން އަދި ދުނަފަތުގެ އިސްތިއުމާލު ކުރުމަކީ ވެސް ހިތުގެ ބަލިތައް ޖެހުމަށް މެދުވެރިވާ ކަމެކެވެ.

Comments are closed.