ކަރުގައި ރިއްސުމަކި ރޯގާ ޖެހުމަށް، އަޑު ދިއުމަށް ނުވަތަ ކަރުގެ އެހެން މައްސަލަ އެއް ޖެހުމަށްވެސް ، އެންމެ ފުރަތަމަ ފެނިގެންދާ އަލާމާތެވެ. ކަރުގައި ރިއްސަނީ ކޮންކަމެއްްގެ ސަބަބުންތޯ ބެލުމުގެ ބަދަލުގައި ގިނަ ބަޔަކު ބޭނުން ވާނީ މިކަން ރަނގަޅު ވާނީ ކިހިނެއްތޯ ބަލާށެވެ. މި ކަމަކީ ޑަކްޓަރަށް ނުދައްކާވެސް ގޭގައި ބޭނުން ކުރެވޭ އެއްޗިސުން ވަރަށް އަވަހަށް ލުއިކަން ލިބިދޭ ކަމެއް ކަމަށް ބޮސްޓަންގެ ބްރިގަމް އެންޑް ވިމެންސް ހޮސްޕިޓަލުގައި މަސައްކަތް ކުރާ އިންޓާރނިސްޓެއްކަމަށްވާ ޑރ. ޖެފްރީ ލިންޑާ ބުނެއެވެ. ތިރީގައި ފާހަގަ މިކޮަށްލަނީ ކަރުގައި ރިހުމުން ކަންތައް ކުރާނެ ބައެއް ކަންކަމެވެ.

1: އެންޓި އިންފްލެމޭޓްރީ

މިއީ ކަރުގައި ރިއްސުމަށް ފަރުވާ ކުރެވޭނެ އެންމެ ރަނގަޅު އެއްގޮތެވެ. މިބޭސް ގިނަ ބޭފުޅުންގެ ފަސްޓް އެެއިޑް ބޮކްސް ގައި ހުންނާނެއެވެ. "މިއީ ތަދު ކެނޑުވުމަށާއި އެންޓި އިންފްލެމޭޓްރީސް އާ ގުޅިގެން ހަދާފައި ހުންނަ ބޭހެއް. އެހެންކަމުން މީގެ ސަބަބުން ކަރުގެ ރިހުން މަޑުވެ ދުޅަވެސް ތިރިވާނެ" ޑރ ޖެފްރީ ބުނެއެވެ. އަދި ހުން ހުރި ކަމުގައިވިޔަސް މި ބޭނުން ކުރުމުން ހުންވެސް މަޑުވާނެ ކަމަށް އޭނާ ބުނެއެވެ.

2: ތާފަނާ ފެނުން ކަރު ދޮވުން

ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ތާފަނާ ފެނަށް ކުޑަ ލޮނު ކޮޅެއް އަޅައިގެން ކޮންމެ ދުވަހަކު ކަރު ދޮންނަ ނަމަ ކަރުގެ ދުޅަވުން މަޑުކޮށްދީ ކަރުތެރޭގައި އުފެދިފައި ހުންނަ ރޯގާ އަދި ބެކްޓީރިއާ ނެތި ދާނެ ކަމަށްވެސް ވެއެވެ. އާންމު ގޮތެއްގައި ޑަކްޓަރުން އިރްޝާދު ދޭގޮތުގައި އެއް ޖޯޑު ތާފަނާފެނަށް ބައި މޭޒުމަތީ ސަމުސާ ލޮނު އަޅައިގެން ކަރު ދޮންނާށެވެ. އެ ވަރުން މާ ލޮނު ގަދަ ކަމުގައިވާނަމަ ކުޑަ މާމުެި ކޮޅެއް އެޅުމަށްފަހު ކަރު ދޮންނާށެވެ. ކަރުދޮންނަ އިރު ފެން ދިރުވާލުމުގެ ބަދަލުގައި އުކާލަން ވިސްނާށެވެ.

3: ކޯފް ސިރަޕް

ނުކެއްސި ނަމަވެސް ކޯފް ސިރަޕް ގެ ސަބަބުން ކަރުގެ ރިހުން ކެނޑި ދުޅާ މަޑުވާނެ ކަމަށްވެއެވެ. އެހެންކަމުން ކަރުގައި ރިއްސުން މާ ބޮޑު ނޫން ކަމުގައި ވާނަމަ ކޯފް ސިރަޕް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ.

4: ދިޔާތަކެތި ބޭނުން ކުރުން

ކަރުގައި ރިއްސާއިރު "ހައިޑްރޭޓް" ކޮށް ހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ހާއްސަކޮށް ބަލިވެ ކަރުގައި ރިއްސާނަމަ ގިނައިން ދިޔާ ޔަކެތި ބޯންވާނެއެވެ. މިކަމުގެ ސަބަބުން ކުޑަކަމުދާ ތަކެތީ ސާފުކޮށް ހުރެ ބެކްޓީރިއާ ފަދަ ތަކެތި މަދުވެ، ރޯގާ އާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހަށިގަނޑަށް ލިބިގެންދާނެ ކަމަށް ޑރ. ޖެފްރީ ބުނެއެވެ. އެގޮތުން ގިނައިން ފެން ބުއިމާއި އެހެނިހެން ޖޫސް ފަދަ ތަކެތި ބުއިމަކީ ވަރަށް މުހިންމު ކަމެކެވެ.

5: ސައި

ގިނައިން ފެން ބޯން ބޭނުން ނުވާ ނަމަ ކަޅުސައި ބޯށެވެ. ހާބަލް ސައިގެ ސަބަބުން ކަރުގައި ރިހުން ވަރަށް އަވަހަށް ރަނގަޅުވެގެންދެއެވެ. އަދި ސަޔަށް މާމުއި އަޅައިގެން ބުއިމަކީ ވެސް ވަރަށް އަވަހަށް ކަރުގެ ރިހުން ރަނގަޅުވާ ކަމެކެެވެ.

6: މާމުއި

ADS BY SHEESHA

ގިނައިން މާމުއި ބޭނުން ކުރާނަމަ ވަރަށް އަވަހަށް ކަރުގައި ރިހުން ރަނގަޅުވެއެވެ. އޭގެ ސަބަބުން ދުޅަ މަޑުވެ ރިހުން ކުޑަވެ އެވެ. އަދި ހަމައެހެންމެ މާމުއި ގައި ހިމެނޭ އެންޓިމައިކްރޯބިއަލް ޕްރޮޕަޓީސް ގެ ސަބަބުން އަވަހަށް ކަރުގެ ރިހުން ރަނގަޅުވެއެވެ.

Comments are closed.