މިހާރު އުޅޭ ޒުވާން ކުދިން ކައިރިން ކުރިއަށްދާން ބޭނުންވަނީ ކޮންދާއިރާއަކުންތޯ ސުވާލުކޮށްފިނަމަ ބުނާނީ، ބޭނުންވަނީ ކެބިން ކްރޫއަކަށް ވާން ކަމަށެވެ. އެއީ އެ މީހުންގެ ޑްރީމް ޖޮބް ކަމަށެވެ.

އެ ޑްރީމް ޖޮބް ނުލިބިފައި އެތައް މީހުންނެއް އެބަތިއްބެވެ. ނަމަވެސް އެ މީހުންނަށް އެހީވާނެ ބަޔަކު މިއަދު ތިބުމަކީ އެ ދާއިރާއިން ދާން ބޭނުންވާ ހަރުފަތައް ދިޔުމުގައި ފުރަަތަމަ ފިޔަވަޅެވެ. ދައްކަން މި އުޅެނީ ދިވެހި ކެބިން ކްރޫ އެކަޑެމީގެ ވާހަކައެެވެ. އެ އެކަޑަމީން ހިންގާ ކޯސްތަކުގެ ވާހަކައެެވެ.

2012 ވަނަ އަހަރުން ފެށިގެން މިއަދާއި ހަަމައަށް އައިރު އެތައް ސަތޭކަ މީހުންނަަށް ކެބިން ކްރޫ ވަޒީފާ ޔަގީންކޮށްދިން ތަނަކީ ދިވެހި ކެބިން ކްރޫ އެކަޑެމީއެވެ. ރާއްޖެ އާއި ރާއްޖެއިން ބޭރުގައި މިހާރުވެސް އެތައް ސަތޭކަ މީހުންނެއް ދަނީ ދިވެހި ކެބިން ކްރޫ އެކަޑެމީން ހިންގި ކެބިން ކްރޫކަމުގެ ކޯސް ކިޔެވުމަށްފަހު ވަޒީފާ އަދާކުރަމުންނެވެ. އެ ކޯސް ހަދައިފިނަމަ ވަޒީފާ ލިބޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެ އެކަަޑަމީން ދެއެވެ.

އެގޮތުން މި މަހުގެ 15 ގައިވެސް އެ އެކަޑަމީން ކެބިން ކްރޫ ކޯހެއް މާލޭގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ. 10 ދުވަހުގެ އެ ކޯހުގައި ބައިވެރިވުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.


މި ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިހާރުން ފެށިގެން ރެޖިސްޓަރވުމަށް ދިވެހި ކެބިން ކްރޫ އެކަޑެމީން އެދެެއެވެ. ރެޖިސްޓަރވުމަށް އެ ކުއްޖެއްގެ ފުރިހަމަ ނަމާއި، އައިޑީކާޑް ނަމްބަރު، އަދި ގުޅޭނެ ފޯން ނަމްބަރުގެ އިތުރުން އީމެއިލް އެޑްރެސް ޖެހުމަށްފަހު 9958800 އަށް ނުވަތަ ދިވެހި ކެބިން ކްރޫ އެކަޑަމީގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން އެ އެކަޑަމީން އެ ފަރާތަކަށް ގުޅާނެއެވެ.

އެ ކޯހުގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 12 ވަނަ ދުވަހެވެ. ކެބިން ކްރޫ ފައުންޑޭޝަން ލެވެލްގެ އެ ކޯހުގެ ފީގެ ގޮތުގައި 5200 ރުފިޔާ ދައްކަން ޖެހޭއިރު، ކިޔަވަން ޖެހެނީ ހަތް މޮޑިއުލްއެވެ. އަދި 10 ދުވަސް ތެރޭގައި އެ ކޯސް ނިމޭނެއެވެ. ކޯހުގައި ކިޔަވާދޭނީ ޖުމްލަ 50 ގަޑިއިރު ހަމަވަންދެންނެވެ.

މީގެ އިތުރުން އައްޑޫ ސިޓީގައިވެސް ދިވެހި ކެބިން ކްރޫ އެކަޑެމީގެ ފަރާތުން ކެބިން ކްރޫ ފައުންޑޭޝަން ލެވެލްގެ ކޯހެެއް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ ކޯސް ފަށާނީ އަންނަ މާރިޗް މަހުގެ އެއް ވަނަ ދުވަހުއެވެ.
މިހާރުން ފެށިގެން އެ ކޯހުގައިވެސް ރެޖިސްޓަރވުމަށް ހުޅުވާލާފައިވާއިރު، 25 ފެބްރުއަރީގެ ނިޔަލަށް ރެޖިސްޓްރޭޝަން ކުރިއަށްދާނެއެވެ. ރެޖިސްޓަރވުމަށް އެ ކުއްޖެއްގެ ފުރިހަމަ ނަމާއި، އައިޑީކާޑް ނަމްބަރު، އަދި ގުޅޭނެ ފޯން ނަމްބަރުގެ އިތުރުން އީމެއިލް އެޑްރެސް ޖެހުމަށްފަހު 9958800/7983659 އަށް ނުވަތަ ދިވެހި ކެބިން ކްރޫ އެކަޑަމީގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރުމުން އެ އެކަޑަމީން އެ ފަރާތަކަށް ގުޅާނެއެވެ.

ކެބިން ކްރޫ ފައުންޑޭޝަން ލެވެލްގެ އެ ކޯހުގެ ފީގެ ގޮތުގައިވެސް 5200 ރުފިޔާ ދައްކަން ޖެހޭއިރު، ކިޔަވަން ޖެހެނީ ހަތް މޮޑިއުލްއެވެ. އަދި 10 ދުވަސް ތެރޭގައި އެ ކޯސް ނިމޭނެއެވެ. ކޯހުގައި ކިޔަވާދޭނީ ޖުމްލަ 50 ގަޑިއިރު ހަމަވަންދެންނެވެ.