ރާއްޖޭގައި އުފެދުނު ވަރުގަދަ އެއް ސިޔާސީ ލީޑަރު، ދެކުނުގެ ތިން އަތޮޅު ގުޅިގެން އުފެއްދި "ސްވަދީވް" ދައުލަތުގެ ރައީސް ކަން ކުރެއްވި އަބްދުﷲ އަފީފްގެ ބަސްދީގަތުމެއް ހޯއްދެވި ކުރީގެ ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ހުވަދު އަތޮޅުގެ ކުރީގެ މެންބަރު އަހުމަދު ޒާހިރު ލިޔުއްވާފައި އޮވެއެވެ. ސީޝަލްސްއަށް އަހުމަދު ޒާހިރު ކުރެއްވި ދަތުރުފުޅެއްގައި އަފީފްގެ ބަސްދީގަތުމެއް ހޯއްދެވި ސަބަބަކަށް އޮންނަނީ ސިޔާސީ ވަރުގަދަ ޝަހްސިއްޔަތުތަކުގެ ހަޔާތުގެ ވާހަކަތައް އެ ޝަހްސިއްޔަތުތަކުގެ ދުލުން އަޑުއަހައިލުމެވެ.
ދިވެހި މައި ދައުލަތާ ވަކިވެ ރާއްޖޭގައި އޮންނަ ބަޔަކު ވަކި ދައުލަތެއް ގާއިމް ކުރި ކަމުގައި ދިވެހި ތާރީޚުން ފެންނަން އޮތީ ވެސް މި ހާދިސާ އެކަންޏެވެ. އެއް ބަޔެއްގެ ނަޒަރުގައި މިއީ ދިވެހި ސަރުކާރާ ދެކޮޅަށް ހިންގުނު ބޮޑު "ބަޣާވާތެއް" އެކެވެ. އެހެން ބައެއްގެ ނަޒަރުގައި އައްޑޫއަށް ނިސްބަތްވާ ދިވެހިން އުފެއްދި އެ ސަރުކާރަކީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރެވުނު ލާރުކަޒީ ނިޒާމެވެ. އައްޑުއަކީ އަބަދުވެސް މި ނިޒާމަށް އެންމެ ވަކާލާތު ކުރާ އެއް އަތޮޅެވެ. ތާރީޚް ތަހްލީލް ކޮށްފައިވާ ބައެއް ފަރާތްތަކުގެ ނަޒަރުގައި މި ގަޑުބަޑުތަކަކީ އައްޑޫގައި އޭރު ގާއިމްވެ ތިބި އިނގިރޭސިންނަށް އޭރަކު އެންމެ ފައިދާވާ ގޮތަށް ކަން ކުރަން ހިންގި ގަޑުބަޑުއް ވުމަކީ ވެސް ގާތް ކަމެކެވެ. މާޒީގައި ހިނގި އެ ކަންކަން އިންސާފު ކޮށްދޭން ތާރީޚް ތަހްލީލް ކުރާ ފަރާތްތައް ދޫކޮށްލާނަމެވެ.
އައްޑު ސިޓީއަށް "ވަގުތު ހޭރިޔާ" ކުރި ދަތުރުގައި އެންމެ ބޮޑު ޝައުގުވެރިކަމެއް އޮތީ ވެސް މި ވާހަކައަށެވެ. އެކަމަކު މި ޖީލަށް އައި އިރު ސްވަދީވް ދައުލަތުގެ ވެރިޔާ އަފީފް ދުނިޔެއަކު ނެތެވެ. އާއިލާގެ ގިނަ މީހުން ތިބީ ސީޝަލްސްގައެވެ. ސީޝަލްސްގެ މިހާރުގެ ނައިބު ރައީސަކީ ވެސް އަފީފްގެ ދަރިކަލުން އަހުމަދު އަފީފެވެ. އެކަމަކު މި ދަތުރުގެ ތެރެއިން އަފީފްގެ ގެކޮޅު، ފިނިފެންމާ ބަލައިލެވުނެވެ. ބަލައިލަން މާ ބޮޑު ޚާއްސަ ކަމެއް ނެތަސް ވަރުގަދަ ސިޔާސީ ލީޑަރެއް އުޅުއްވި އެ ގެކޮޅު ބަލައިލަން ހުރެވުނީ ހަމައެކަނި އެ ޝަހްސިއްޔަތުގެ ވާހަކައިގައި ހުރި ޝައުގުވެރިކަމެއްގެ ސަބަބުންނެވެ.
ސަރުކާރަށް ނުކިޔަމަންތެރިކަން ދެއްކި ކަމުގެ ތުހުމަތެއްގައި ކ. އަތޮޅުގެ އެކި ރަށްރަށުގައި އަރުވާލެވި، ގެއެއްގެ ހުރި ބަދިގެއަކަށް އެނދެއް ވައްދައިގެން ދުވަސްތަކެއް ވެސް ހޭދަކުރެއްވި އަފީފްގެ ގެކޮޅަކީ އައްޑު ސިޓީ ހިތަދޫގައި މިއަދު ހުރި ފަޅުގެއެކެވެ. އެނގިފައިވާ ގޮތުގައި މި ގެ އޮތީ ވެސް ބަޔަކަށް ކުއްޔަށް ދޫކޮށްލައިފައެވެ. މުޅިގެ ވަށައިގެން މައި ބޮޑު ދޮރެއް ވެސް ފެންނަން ނެތްއިރު، ގެ އެތެރެ ފުރާ އޮތީ ގަސް ހެދިފައެވެ. ގޭގެ ބޮޑުމިން ވަރަށް ވެސް ބޮޑެވެ. އެއް ކައިރިން ކޮންކްރީޓުން ހަދާފައި ހުރި ދިގު ބިނާއެއް ފެންނަން ހުއްޓެވެ. އޭގެ މަތީގައި ޓިނުން ހަދާފައި ހުރި ދެ ފޮށިގަނޑު ފެނެއެވެ. އެ އޮތީ ދަބަރު ޖަހައި ހަލާކު ވެސް ވާން ގާތްވެފައެވެ. ބަލައިލުމަށް ވައްތަރީ ތާނގީއަކާއެވެ. ކޮން އެއްޗެއްކަމެއް ޔަގީނެއް ނޫނެވެ. މި ޒަމާނުގައި އާންމުކޮށް ފެންނަ އެއްޗެއް ނޫނެވެ.
ސްވަދީވް ދައުލަތް އުފެދުނު ގޮތުގެ ތާރީޚުގެ މައްޗަށް ލިޔެފައިވާ ފޮތްތަކުގައިވާ ގޮތުން އެ ކަމެއް ފެށިގެން އައީ ވެރިރަށް މާލޭގައި އޮންނަ ދިވެހި މައި ސަރުކާރުން ކަނޑައެޅި އާ ގާނޫނުތަކަކާއި އާ ގަވާއިދުތަކެއް އައްޑުއަށް ފޮނުވައި އައްޑޫގައި އެ ތަންފީޒު ކުރާނެ ގޮތުގެ ލިޔުން އިއުލާން ކުރަން އޮތް ބައްދަލުވުމެއްގައި ޖަމާވެ ތިބި ރައްޔިތުންގެ ނުރުހުމާ އެކީއެވެ. ނުރުހުން ފާޅުކުރަމުން ދިޔަ ރައްޔިތުން ގޮވަމުން ދިޔައީ މާލެ ސަރުކާރުން ވަކިވާން ޖެހިއްޖެ ކަމުގައެވެ. އެ ސަރަހައްދުގައި ހަމަނުޖެހުންތައް ހިންގަން ފެށިއިރު އަފީފް ހުންނެވީ އޭރު އައްޑު އަތޮޅުގެ އަތޮޅުވެރިޔާގެ ނައިބު މަގާމުގެ ހައިސިއްޔަތުން އެ ގާނޫނުތައް އެ ބައްދަލުވުމުގައި އިއުލާން ކުރުމަށެވެ.
އެ ދުވަސްވަރުގައި އައްޑޫއިން އެންމެ ގިނަ މީހުން ޒިޔާރަތް ކުރާ ގެއަކަށް ވަނީ އަފީފް ދިރިއުޅުއްވި މި ގެކޮޅެވެ. ފިނިފެންމާގެއެވެ. މިއީ އަަފީފްގެ ބައްޕާފުޅުގެ ގެކޮޅު ކަމުގައިވެއެވެ. މި ތަން މިހާރު ފެންނަ ގޮތުގައި އެއްވެސް މިންވަރަކަށް ހިޔާކޮށްފައެއް ވެސް ނެތެވެ. ފުރާޅެއް ފެންނާކަށް ނެތެވެ.
އައްޑޫގެ ތާރީޚް ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ އައްޑު ސިޓީ ކައުންސިލްގެ ފޭދޫ ކައުންސިލަރު އަލީ ފަހުމީ އަހުމަދު ލިޔުއްވާފައިވާ ގޮތުގައި އެ ސަރަހައްދުގައި އެ ރޭ ހަމަނުޖެހުންތައް ބޮޑުވާން ފެށުމުން ރައްޔިތުންނަށް ވިސްނައިދީ، ނަސޭހަތްދީ، މަސްލަހަތު ގާއިމް ކުރަން އަފީފް މަސައްކަތް ކުރެއްވިއެވެ. އެކަމަކު ހަމަނުޖެހުން ބޮޑުވަމުން ދިޔައީއެވެ. ދެން އޭނާ ގެއަށް ގެންގޮސްދިނީ ވެސް އެ ސަރަހައްދުގައި އޭރު ތިބި އާއިލާގެ ބަޔަކު ހިމާޔަތްދީ، އެ މީހުންނާ އެކުގައެވެ. އޭގެ ފަހުގައި ބައެއް ތަންތަނުގައި ހުޅު ޖަހައި ދިވެހި ސަރުކާރަށް ނުރުހުމުގެ ބަސް ރައްދު ކުރަމުން އެތައް ބަޔަކު ދިޔަ ކަމުގައި ލިޔުއްވާފައިވެއެވެ.
ސީޝަލްސްގައި ރައްޔިތުންގެ މަޖިލީހުގެ ހުވަދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު ޒާހިރަށް އަފީފް ދެއްވި އިންޓަވިއުގައި އެހެން ފޮތްތަކުން އާންމުކޮށް ނުފެންނަ ވާހަކައެއް ވެސް އޮތެވެ. އެއީ އަފީފްގެ ގެކޮޅަށް ހަމަނުޖެހުން ހިންގި މީހުންގެ ތެރޭގައި އެންމެ އިސްކޮށް ތިބި ބަޔަކު ޒިޔާރަތް ކުރިއެވެ. އަދި އެ މީހުންގެ ލީޑަރަކަށް ވުމަށް އަފީފަށް ދައުވަތު ދިނެވެ. އަދި އައްޑޫގައި ވަކި ސަރުކާރެއް ގާއިމް ކުރުމުގެ ވިސްނުން ވެސް ހުށަހެޅިއެވެ. އެއީ ގިނަ ރައްޔިތުން އޭރު ބޭނުންވާ ގޮތް ކަމުގައި ދެންނެވިއެވެ.
މިފަފަދަ ބައެއް ފޮތްތަކުގައިވާ ގޮތުގައި، އަފީފް ފުރަތަމަ އެ ކަމަށް އެއްބަސް ނުވާ ކަމުގައިވެއެވެ. އެ އިންޓަވިއުގައި އޭނާ ވިދާޅުވި ގޮތުގައި އޭނާ ގޭބަންދުކޮށް ސެކިއުރިޓީގައި ދެ މީހަކު ބެހެއްޓި ކަމަށް ވެސް ވެއެވެ. މި ކަމަށް ފުރަތަމަ އަފީފް އެއްބަސްނުވީ އެ ކަން އޭނާ ކޮށްފިނަމަ ދިވެހި ސަރުކާރުން އޭނާއަށް އަދަބު ދޭނެ ކަމަށް ގަބޫލު ކުރެވޭތީއެވެ. މީގެ ކުރިން ވެސް މަނާ ކަންކަން ކުރި ކަމުގެ ތުހުމަތުގައި ކ. އަތޮޅުގެ އެކި ރަށްތަކުގައި އަރުވާލެވިގެން ރަށު ބަންދުގައި ހަތް އަހަރެއްހާ ދުވަހު ބަހައްޓާފައިވެއެވެ. އެކަމަކު އައްޑޫ ރައްޔިތުން ވެސް ތިބީ ދޫދޭ ގޮތަށް ނޫން ކަން އޭނާއަށް ވިސްނުނެވެ. ރައްޔިތުންގެ ޝުއޫރު އޮތީ "މާލެ ސަރުކާރު" އިން ވަކިވެ އަމިއްލަ ސަރުކާރެއް ގާއިމް ކުރުމަށެވެ. މި ކަމަށް އަފީފް ދެން އެއްބަސްވެ ލީޑަރެއްގެ ގޮތުގައި ނުކުތީއެވެ.
އައްޑު ރައްޔިތުންގެ ވޯޓަކުން ސްވަދީވް ސަރުކާރުގެ ރައީސް ކަން ކުރެއްވި އަފީފްގެ ވިސްނުމާއެކީ ސްވަދީވް ސަރުކާރު އެކުލަވައިލީ ބަރުލަމާނީ ނިޒާމާއި ރިޔާސީ ނިޒާމުގެ ސިފަތައް މަސްހުނިވާ ގޮތަކަށް އޮތް ނިޒާމަކަށެވެ. އަފީފްގެ އަމިއްލަ ކެބިނެޓެއް އެކުލަވައެއް ނުލައްވައެވެ. ރައީސްގެ ކެބިނެޓަކުން ކުރަން ޖެހޭ މަސައްކަތްތައް ދޫކޮށްލާފައި އޮތީ ސަރުކާރުގައި ހިމެނޭ ތިން އަތޮޅުގެ މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޓީއަކުންނެވެ. މި މަޖިލީހަށް މެންބަރުން އިންތިހާބު ކުރީއެވެ. އެކަމަކު މި ކަމަށް ގަވައިދެއް ހެދިފައި ނެތުމުން، އެ ރަށުގެ މީހަކަށް ރަނގަޅު ކަމަށް ފެންނަ ކޮންމެ މީހަކަށް ވޯޓް ލަނީއެވެ. މަގާމަށް ކުރިމަތިލުމެއް ނޯވެއެވެ. މިއީ ބައެއް ފޮތްތަކުން އެ ސަަރުކާރު އެކުލަވައިލެވުނު ގޮތް ކަމުގައި ލިޔެފައި އޮންނަ ގޮތެވެ.
އައްޑޫގައި ދިވެހި މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަހުމަދު ލަބީބަކީ އެ ދުވަސްވަރު ސްވަދީވް ސަރުކާރުގެ އިންފޮމޭޝަން އޮފީހުގައި ދަސްކުރާ ކާތިބެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މަދަރުސާ ނިމިގެން އެންމެ ރީއްޗަށް ލިޔަން އެނގޭ މީހުން އަދި ދިވެހި ބަހަށް ރަނގަޅު މީހުން ބަލާފައި ހިލޭ ސާބަހަށް މަސައްކަތް ކުރަން ބަޔަކު ކަނޑައެޅި ކަމަށް އޭނާ މައުލޫމާތު ދެއްވިއެވެ. އޭރު އުޖޫރައެއްގެ ގޮތުގައި އޮންނަނީ އެ އޮފީހުން ނެރޭ ކޮންމެ ފޮތެއްގެ ކޮޕީއެއް ދިނުމާއި ސައި ގަޑިތަކުގައި ސައި ދިނުން ކަމަށް ވިދާޅުވިއެވެ. އަފީފްގެ ގެކޮޅަކީ ވަރަށް ގިނަ މީހުން ޒިޔާރަތްކޮށް އުޅޭ ގެއެއް ކަން ފާހަގަކުރެއްވިއެވެ.
"އަފީފްގެ ގެއަކީ އޭރު ވަރަށް ކަންތައް އޮންނަ ގެއެއް، ވަރަށް ގިނަ މީހުން ޒިޔާރަތްކޮށް އުޅޭ ގެއެއް، އަފީފްގެ ގެއަކީ އަފީފްގެ ބައްޕާފުޅުގެ ގެ، އަޅުގަނޑު އާންމުކޮށް ގޮސް ނޫޅޭނެ، ސިފައިން ވެސް އުޅޭ، ވަރަށް ގިނައިން ފޯރި މަރަން ތިބޭ، އޭރުގެ މި ތަނުގައި އޮތް ސަރުކާރުގެ ރައީސް ވިއްޔާ، ރައީސްގެ ގެކޮޅު އެއީ، އަފީފްއާ ބައްދަލުވޭ، ސަލާން ވެސް ކޮށްފަ ހުންނާނެ، އެކަމަކު އާންމު ގޮތެއްގައި ވާހަކަ ދައްކައި ނޫޅެން،" ލަބީބް ކިޔައިދެއްވިއެވެ.
ލަބީބް ވިދާޅުވި ގޮތުގައި އަފީފަކީ ވަރަށް ރަނގަޅު ބޭފުޅެކެވެ. މީހުންނަށް ވަރަށް ހެޔޮ ބޭފުޅެކެވެ. ވަރުގަދަ ޝަހްސިއްޔަތެކެވެ. ވަރަށް އާދައިގެ ބޭފުޅެއް ކަމުގައި ވިޔަސް ވަރަށް މީހުން ޖެހިލުންވާ ކަހަލަ ޝަހްސިއްޔަތެއް ގެންގުޅުއްވި ބޭފުޅެކެވެ. އެއް ގޮތަކަށް ވެސް ރުޅި އިސް ކުރައްވައިގެން ކަން ކުރައްވާ ބޭފުޅެއް ނޫން ކަމުގައި ވިދާޅުވިއެވެ. ހިތްޕުޅު ތިރި ވަރަށް މަޑުމައިތިރި ދީނަށް ލޯބިފުޅު ކުރައްވާ ބޭފުޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް ޒުވާން ދުވަސްވަރު ކަމުގައިވާތީ ސްވަދީވްގެ ހާދިސާ ސާފުކޮށް އެނގިނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ތާރީޚީ ފޮތްތަކުންނާއި ގިނަ މީހުން އެ ހާދިސާ ކިޔައިދެއްވާފައިވާ ގޮތުން ލަބީބް ވެސް ފާހަގަކުރައްވާ ކަމަކީ އެ ކަމަކީ އިނގިރޭސީން އަޑީގައި ތިބެގެން ކޮށްފައިވާ ކަމެކެވެ. އިނގިރޭސީންނަށް އޭރަކު މަންފާވާ ދިމާއަކަށް ބޭނުންވާ ގޮތަކަށް ކަން ކުރީއެވެ. ދިވެހި ސަރުކާރާއި އައްޑޫގެ ރައްޔިތުންނާ ދެމެދު ނުތަނަވަސްކަން އުފެދުނީ ވެސް އިނގިރޭސީން ފުރަތަަމަ އެ ގޮތް ބޭނުންވެގެންނެވެ. އަދި ފަހުން ދިވެހި ސަރުކާރަށް ދަށަށް އަނެއްކާ ވެސް އައްޑޫ ގެންދިއުމަށް އިނގިރޭސިން ދައުރެއް އަދާކުރިއެވެ.
އަފީފްގެ ސަރުކާރު ނިމުމަކަށް އައީ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން ކަމަށް ލިޔުންތަކުގައިވެއެވެ. ދެން އިނގިރޭސިންގެ ހިމާޔަތުގެ ދަށުން އަފީފް އާއިލާއާއެކު ވަޑައިގަތީ ސީޝަލްސްއަށެވެ. އަހުމަދު ޒާހިރަށް ސީޝަލްސްގައި އަފީފް ދެއްވި އިންޓަވިއުގައި ވިދާޅުވި ގޮތުގައި ދެ ގައުމަށް ދިއުމަށް އިނގިރޭސިން އޭނާއަށް އިހްތިޔާރު ދިނެވެ. އެއީ މޮރިޝަސްއާއި ޝީސަލްސްއަށެވެ. އެއީ އޭރު އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައި އޮތް ދެ ގައުމެވެ. ސީޝަލްސްއަށް ދިއުމަށް އަފީފް ނިންމެވީ އިނގިރޭސިން ވެސް އެ ގޮތަށް ލަފާ ދެއްވުމުންނެވެ. އޭރު އަފީފް ހުންނެވީ އަނތްބަކާއި ތިން ފިރިހެން ދަރިންނެވެ. މިއަދު ސީޝަލްސްގެ ނައިބު ރައީސްގެ ގޮތުގައި ހުންނެވި އަހުމަދު އަފީފްއަކީ އަފީފްގެ ދަރިކަލުންނެވެ.
ސްވަދީވް ސަރުކާރުގެ ރައީސް އަފީފްގެ ގެކޮޅު އައްޑޫއަށް މި ކުރި ދަތުރު ބަލައިލެވުނުއިރު އެ ހާދިސާ ހިނގައިދިޔަ ގޮތް އަދިވެސް އެންމެ ބޮޑަށް ސާފުކޮށްދެވިފައި ނުވާ ކަން ވެސް ވިސްނައިލެވުނެވެ. އެހެންވިޔަސް ނޯޓު ފޮތުގައި ނޯޓު ކޮށްލީމެވެ. "މައި ސަރުކާރުން އަތޮޅުތަކުގެ ތަރައްގީއަށް އިހުމާލުވެފައިވާ އަޑު އަބަދުވެސް ރާއްޖޭގައި ގަދައެވެ. ލާމަރުކަޒީ ބާރަކަށް އަތޮޅުތަކުގައި އެދެނީ ވެސް މިހެންވެގެން ކަމަށް ގަބޫލު ކުރެވެއެވެ.
ވެރީ ގްރީން
ފިނިފެންމާގެ އެއީ ކުރިން ރަށުގެ ލޭންޑްމާކެއް.1980ގެ އަހަރުތަކުގެ ފަހުކޮޅު އަބްދުﷲ އަފީފް ހިތަދޫއަށް ކުރި ޒިޔާރަތުގަ އަފީފްގެ ގެކޮޅު ފިނިފެންމާގެ ހުރި މަގު (އަބޫގެ ގޯޅީގަ) ކިއު ހަދައިގެން އަފީފް ފެނޭތޯ ތިބި ހަނދާން އެބަހުރި.މިތަނަށް އަހަރެން ގެންދިޔައީ އަހަރެންގެ މާމަ.އެެހެންވީމަ ހަމަލޮލަށް އަފީފް ފެނުމުގެ ނަސީބު ލިބުނު މަދު މީހުންގެ ތެރޭގަ އަހަރެންވެސް ހިމެނޭ. ވ.ވެދުން
ރަދީފް ކަލޭ ގަދަ އިނގޭ.ތި ހަމަ ހީރޯއެއް.
ރަދީފަކީ އާދައިގެބޭކަލެއްނޫން.
ރަދީފުތުއްތުއިރު ހާދަ ގަދަ ކަންކަންކޮށްލާފައި އެބަހުއްޓޭދޯ. ރަދީފަކީ ހަމަ ހީރޯއެކޭ ބުނެވޭނީ.
ސަޅި
މިގައުމަށް ކުރިމަތިވި އަދި މިހާރުވެސް ކުރިމަތިވަމުންދާ އެންމެ ބޮޑު މުސީބާތަކީ ކެނެރީގޭ ލާދީނީ ކަލޭގެ.. ރީނދޫ ހުން ޖެހިފަ ތިބި މީހުނަން ހަޖަމް ނުވިޔަސް މީ ހަގީގަތް.. ބަނގުރާ ބޯން ޑިސެމްބަރުގަ ތަންތަނަށް ދެވޭ ގޮތަށް ހަދާފަ. މިހާރު އެޗް ޕީ އެ މީހުން މިކިޔާނީ އގއޭ.... އެކާފަރު ކަލޭގެ މިގައުމުން ބޭރުވާދުވަހަކަށް އިންތިޒާރު ކުރަން...
އަފީފު ދިރިއުޅުއްވި ތަން ރީތިކޮށް ސާފުކޮށްފައި ބޭއްވުން އެއީ ރަނގަޅު ކަމެއް. މާ ބޮޑު ޚަރަދެއް ނުކުރިއަސް އެކަން ވެދާނެ. އެތަނަކީ މީހުން ވިޒިޓްކޮށް ހަދާތަނަކަށް އޭރުން ވާނެ. އަފީފަކީ އައްޑޫގެ ތާރީޚާ ގުޅިފައިވާ މުހިއްމު ޝަޚްޞިއްޔަތެއް.
ކުރިއާ ހިލާފަށް މިޒަމާނުގަ ދައުލަތުގެ ފައިސާގަނޑު މާލޭ އެކިގޭގެއަށް ވަގަށްނަގާފަ ބާކީއޮންނަ އެއްޗަކުން މާލޭގަ ބޮޑެތި ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ހިންގަނީ. ދެން އެއާއެކުއެކީ އޮންނަނީ 100 ރަށަށް ބޯޅަހަދިޔާކުރުމުގެ ބޮޑު މަޝްރޫއާ 150 ރަށުގެ ބޮކިބަދަލުކުރުންކަހަލަ މަޝްރޫއު. ރަށެއްގެ ބޮތްކެއް ބަދަލުކުރީމަ ބޮޑުކަމަކަށްނުވިއަސް 150 ރަށުގެ ބޮކިބަދަލުކުރުމޭ ބުނީމަ ބޮޑުކަމަކަށް ފެނިގެން އުތުރުމީހުން ތިބެނީ އުފަލުން.
މަށަށް ފެންނަނީ އަނެއްކާވެސް އައްޑޫ ސިޓީ ރައްޔިތުން މާލޭގައި މި އޮތް ދޯހޮޅި އަދި ނަސްލީ ތަފާތުކުރުންތަ އައްޑޫ ސިޓީއާއި މެދުބާއްވާ މި ސަރުކާރާއި ވަކިވެ އަމިއްލަ ސަރުކާރެއް ގެންނަން. ލައްކަ ދުވަހު މިހެން އުޅެވިއްޖެ. ބައާވާކޮށްގެން ވެސް މިހާރު މިކަން ކުރަންވެއްޖެ.
ދެންނިވޭހެ ތިކަމާ މިކޯ ވަގުތުފާއިތުވެ ގޮހޯ ދެން ރަނގަޅުވާނީ ރަށުގަ މަޑުމަޑުން ތިބިއްޔާ
އަހުން ދެކެނީ ތިފަދަ ގޯތިގޯތި ރައްކާތެރިކުރަންވާނެކަން. ހެރިޓޭޖު ތޯރިގުމެންގެ އިހުމާލު ތިޔައީ. ތިހެން ވެގެން ނުވާނޭ މަބޮނާނީ.
ސީޝެލްސް އަކީ، ޢާބާދީގައި އެއްލައްކަ ވެސް ހަމަނުވާ، އިންތިހާޔަށް ކޮރަޕްޓް، ނާތަހުޒީބު ބަޔަކު އުޅޭ ޤައުމެކެވެ.
ކަލެއަށް ތިއޮތީ އެނގިފަ.2020 ގަ ވެސް ސީޝެލްސް އޮތީ ލިސްޓްގެ 27 ވަނައިގަ.ދެން ހިނގާ ދޯ ކަލޭގެ ގައުމު އޮތީ ކިތައްވަނައިގަ ތޯ ބަލަން.ވ.ވެދުން
ސީޝެލްސްއަކީ ބޮލަކަށްޖެހޭ ޖީޑީޕީއަށްބަލާއިރު ދުނިޔޭގެ އެންމެ މުއްސަނދި 50 ގައުމުތެރޭ ހިމެނޭ ގައުމެއް، ވަޒީފާތަކުގެ މުސާރަ ޔޫރަޕު ގިނަގައުމުތަކާ އެއްވަރު.
އަފީިފު ކަމުވިޔަސް ބުއްޅަބެ ކަމުވިޔަސް މަޢިމޫން ނަކަސް އުނބުރަހިމް ވިޔަސް (ދީނާއި ވަތަން) ހިމާޔަތްނުކުރާ މީހުންގެ އާޙިރުނަތީޖާ ހިތި .....
މިއީ ފަހަށް ރައްކާ ކުރަންޖެހޭ ތަނެއް. އަފީފް ދީދީގެ ލެގަސީ ދެމެހެއްޓުމަކީ އައްޑޫ މީހުންގެ ޒިންމާއެއް. ސޯބޭ އަޅެ މިގެ މިހެން ވީރާނާ ވިޔަނުދީ ބަލަހައްޓަބަލަ
ކޮންކަމެއްތަ ކުރެވޭނީ. ބަލާބަލަ ހުކުރުމިސްކިތާ ގުޅިފައިވާ ސަހަރާ. ހީވަނީ ކުނި ގޮނޑެއްހެން. ސާފުކޮށްނުލާތާ ކިތައްދުވަސް.؟
މޮޅު ކޮންމެ ކަމެއް ނިމިދެޔޭ، މޮޅު ކޮންމެ ނަމެއް ފަނޑުވެޔޭ، ފަނޑު ވުމެއްނެތް ނަންފުޅަކީ އެ ކައު ސާހިބާއެވެ.
ދިވެހި ތާރީޚަށް ހިދުމަތް ކުރާ މިނިސްޓްރީ ގައި ކުރަނީ ކޮން ކަމެއްބާއޭ ހިތަށް އަރަނީ
އިނގިރޭސީންގެ ނުރައްކާތެރި ރޭވުމުގައި ބައިވެރިވެގެން ގައުމައް ޚިޔާނާތްތެރިވެ ގައުމު ބައިބައި ކުރަން އުފައްދަން އުޅުން ފޭކު ދައުލަތް މާތް ރަސްކަލާނގެ އިރާދަފުޅުން ނާކާމިޔާބުކުރެއްވި ސުވަދީބުގެ ޣައްދާރުންގެ ވާހަކަ އެއީ ތާރީޚުން ފިލާވަޅު ލިބިގަންނަންޖެހޭ ކަމެއް. މިއަދުވެސް ރާއްޖޭގައި މިފަދަ ނުބައިކަމެއް ރާވައިގެން އަޑިއަޑީން ހިންގަމުންދަނީ ބަޔަކު ޑިމޮކުރަސީގެ ނަމުގަ..ހަގީގީ ބޭނުމަކީ ގައުމު ރޫޅާލައި ބޭރުގެބަޔަކު އަތްމައްޗައް ވަތަނުގެ ބާރު ދީ އަދި ގައުމުގެ މުޖުތަމައު މަގުފުރައްދައި ދީނާއި ދުރު މަޖޫސީންގެ މުޖުތަމައުއެއް މިތާގައި އުފައްދައި މާތްރަސްކަލާނގެ އަހަރެމެންގެ ގައުމައް ލައްވާފައިވާ އިސްލާމްދީނުގެ ހިދާޔަތުގެ ނިއުމަތް ނިގުޅާލުމައް މަސައްކަތް ކުރުމެވެ.
އަފީފަކީ ރާއްޖެ ބައިބައި ކުރަން އުޅުނު ޣައްދާރެއް. އޭނާއަކީ ހީރޯއެއްނޫން.. އެއީ ހަގީގީ ޒީރޯއިން. ހީރޯއިންނަކީ ދޮންބަންޑާރައިން ފަދަ ބޭކަލުން.. އެއީ ރާއްޖެ އެކަތިގަނޑަކައް ހަދަން މަސައްކަތްކޮއް މިނިވަންކަން ހޯދަދޭން މަސައްކަތްކުރި މީހުން. އަފީފުގެ ފިތުނަ ކާމިޔާބު ވިނަމަ ރާއްޖެ މިއަދު މިދެކޭ ތަރައްގީއަށް ވާސިލްނުވެވުނީސް. މީ ގައުމައް ވަފާތެރިވި މީހެއްކަމައް އެއްވެސް ގޮތަކުން ބެލެވޭކަށެއް ނޯންނާނެ.
އިނގިރޭސިންގެ ނުބައި ރޭވުން
ގައުމުތަކުގަ ދާޚިލީ ހަމަނުޖެހުން ޖައްސައި މީހުން ބައިބައިވެ ބަލިކޮށްލަން
ފިނިފެންމާގެ ހުންނަނީ ހިތަދޫގެ ކޮން ނަމެއްކިޔާ މަގެއްގައި ތޯ ސާފޮކޮށްދީބަލަ
ރާއްޖެ ދުއް އެންމެބޮޑު ބާޢީ....