(ފުވައްމުލައް ސިޓީ) ފުވައްމުލަކުގެ ގާތްގަނޑަކަށް ކޮންމެ ގެއެއްގައި ފެހިސާލެއްހެން އަތުރާލާފައި އޮތީ ރީތި ބަގީޗާތަކެކެވެ. އާންމުކޮށް ރާއްޖޭގެ ގެތަކުން ފެންނަ ބަގީޗާތަކަށް ވުރެ ފެހިކަން ގަދައެވެ. ކޮންމެ ގެއެއްގައި ހެން މޭވާއެއް ނޫނީ ތަރުކާރީގެ ބާވަތެއް ހައްދާފައި ހުރެއެވެ. މި ހުރިހާ ކަމަކުން ވެސް ވިސްނުނު އެއް ކަމެއް އޮވެއެވެ. އެއީ މި ސަބަބުތަކާ ހުރެ ކޮންމެ ގެއަކަށް ހެން "ދިރުން" ގެނެސްދޭ ކަމެވެ.

ބައެއް ގޭގައި ޖަނބުރޯލާއި އަނބެވެ. ފޭރާއި އަންނާރު ހައްދާފައި ހުރި ގެތައް ވެސް ގިނައެވެ. އޮޅުއަލަ ހައްދާފައި ހުރި އަލަ ދަނޑުތައް ވެސް މަދެއް ނޫނެވެ. މި ނޫނަސް ކިތަންމެ ތަރުކާރީއަކާއި މޭވާއެއް މި ރަށު ގޭގައި އެބަހުއްޓެވެ. ސިފަވީ ކުޑަ ވަރެއްގެ ދަނޑެއްގެ ގޮތަށެވެ.

ފުވައްމުލަކުގައި ހުރި އަނބު ގަހެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުވައްމުލަކުން ފެންނަން ހުރި މި ފަދަ ތަފާތު އެތައް ގަސްތަކެއްގެ ތެރެއިން ލޮލުގައި އަޅައިގަތީ ފުވައްމުލަކު ގެއަކުން ފެނުުނު ތަފާތު މޭވާއެކެވެ. އެއީ ކުރިން ވެސް ފެނުނު މޭވާއެކެވެ. އެކަމަކު އެ މޭވާ ކުރިން ދެކެފައި ހުރި ކުލައާ މުޅިން ތަފާތު ކުލައެއްގައި ހުރި ތަން ފެނުމުން ލިބުނީ ކުއްލި ސިހުމެކެވެ. އާންމުކޮށް އަލަނާސި ފެންނަން ހުންނަނީ ރީނދޫ ކުލައިގައި ކަމަށްވީ ނަމަވެސް ފުވައްމުލަކުން ފެނުނު "ރަތް" އަލަނާސި ވެގެން ދިޔައީ ވެސް ވަރަށް ޝައުގުވެރި އެއްޗަކަށެވެ. އެއީ މާލޭގެ މާރުކޭޓުތަކުން ވެސް ފެންނަ ވައްތަރެއް ނޫނެވެ.

ޅަބޯކެޔޮގަހެއް ކަހަލަ ގަހެއްގެ ކުރީގައި އަޅާފައި ހުރި ރަތްކުލައިގެ މި އަލަނާސީގައި ވެސް ހުރީ އެހެން އަލަނާސިތަކާ އެއް ފަދައިން ބޮޑެތި އުންތަކެއް ފަޅައިފައެވެ. އެހެން އަލަނާސިތަކަށް ވުރެ ނިސްބަތުން ކުދިކޮށް ހުންނަ މި އަލަނާސީގެ ކުރީގައި ހެދިފައިވާ ބައިގައި ވެސް ރަތް ކުލަ ފެންނަން ހުރެއެވެ. މި މޭވާގެމަތީ ކުރި ހެދިފައި ހުރި ނަމަވެސް އެކުރިޔަކު މޭވާއެއް ނުގަންނާނެއެވެ. މިއީ ވަރަށް މީރު އަދި މީރުވަސްދުވާ މި ރަށަށް ޒިޔާރަތް ކުރާ މީހުންނާއި މި ރަށު މީހުންގެ މެދުގައި މަޝްހޫރު މޭވާއެކެވެ. މި އަލަނާސިތަކުގެ އެތެރެ ހުންނަނީ ފިޔާތޮށްޓާއި ރީނދޫ ކުލަ އެއްވުމުން ހުންނަ ޒާތުގެ ކުލައެއްގައެވެ. އާއްމުކޮށް މިއިން އަލަނާސިއެއްގެ ބަރުދަނުގައި ހުންނަނީ އެއް ކިލޯގްރާމެވެ.

ފުވައްމުލަކު ގެއެއްގައި ހުރި ގަހެއްގައި އަޅާފައިވާ ރަތް އަލަނާސިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފުވައްމުލަކު ގެއެއްގައި ހުރި ގަހެއްގައި އަޅާފައިވާ ރަތް އަލަނާސިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އަލަނާސިއަކީ އާންމު ގޮތެއްގައި ހޫނު ގައުމުތަކުގައި ހެދޭ އެއްޗަކަށްވީ ނަމަވެސް ރާއްޖޭގެ ދަނޑުވެރިކަމުގެ ތަރަހައިން އަލަނާސި ފެންނަން ހުރީ މަދު ހިސާބެއްގައެވެ. އާންމުން ދިރިއުޅޭ ގޯއްޗެއް ތެރޭގައި ގިނަ އަދަދަކަށް އަލަނާސި އިންދާފައި ހުރި ތަނެއް ހަމަގައިމުވެސް ނުދެކެމެވެ. ކޮންމެ އަކަސް ކުރިން މި އިޝާރަތް ކުރި ރަތް އަލަނާސި ގަސްތައް ހެދި ފޯދިފައި ހުރީ އެއް މީޓަރާއި ދޮޅު މީޓަރާ ދެމެދުގެ އުސްމިނަކަށެވެ. ގަހުގެ ފަތުގެ ދިގުމިނުގައި 100-30 ސެންޓިމީޓަރާ ދެމެދުގެ ދިގުމިނެއް ހުރި އިރު މިިއީ އަލަނާސި އެންމެ ތިޔާގި މޫސުމަށް ނުވި ނަމަވެސް މިހާރުވެސް ކޮންމެވެސް ވަރަކަށް އެ ގަސްތަކުގައި އަލަނާސި އަޅާފައި ހުއްޓެވެ.

ފުވައްމުލަކު ރަތް އަލަނާސި "ބަގީޗާ" - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފުވައްމުލަކު ރަތް އަލަނާސި "ބަގީޗާ" - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

ފުވައްމުލަކު މީހުން މި ރަތް އަލަނާސިތަކަށް ކިޔާ އުޅެނީ "ދިވެހި އަލަނާސި"އެވެ. މި ސިޓީގެ ގެތަކުން މި ފާހަގަކުރާ ޒާތުގެ ރަތް އަލަނާސި ފެންނަން ހުރި އިރު، މި އަލަނާސިތަކުގެ ރަހަވެސް ކޮންމެވެސް ވަރަކަށް ތަފާތެވެ. އެހެން އަލަނާސިތަކަށް ވުރެ މި އަލަނާސިތަކުގައި ލާ ހުތް ފޮނި ރަހަ ތަފާތުވެފައި، މީރު ކަމަށް ފާހަގަކުރެވެއެވެ. މި ގަސްތަކަކީ ތަފާތު ގަސްތަކަކަށްވުމުން މި ރަށަށަށް ޒިޔާރަތް ކުރާ މީހުންގެ ޚާއްސަ ޝައުގުވެރިކަމެއް ހުންނަކަން، މި ގަސްތައް އިންދާފައި ހުރި ގޭގެ މީހުން ކިޔައި ދިނެވެ.

"ބައިވަރު މީހުން އާދޭ ގަސްތައް ބަލާލަން. މަންމަ މެން ޒަމާނުއްސުރެ ވެސް ހުންނަ ގަސްތަކެއް މިއީ. އެނގޭކަށް ނެތް މި ރަށު ދެ ގެއަކުން ނޫނީ ފެންނާން ހުރި ކަމެއް މި ގަސްތަކެއް. އިންދަން ވަކި އުނދަގުލެއް ނޫން މި ގަސްތަކެއް. ވަރަށް ހޫނު ގަދަވެއްޖެއްޔާ ނުހެދޭ. ގާތްގަނޑަކަށް އަހަރަކު އެއްފަހަރު މި ރަނގަޅަށް ހެދިގެން ކާން ލިބޭނީ. ގެންދޭ ވަރަށް ގިނަ މީހުން އަލަނާސި. ނުއިންދާ ކަމެއް ނޭނގެ.،" ފުވައްމުލަކުގައި ދިރިއުޅޭ މީހަކު "ވަގުތަށް" ކިޔައި ދިނެވެ.

ފުވައްމުލަކު ގެއެއްގައި ހުރި ގަހެއްގައި އަޅާފައިވާ ރަތް އަލަނާސިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފުވައްމުލަކު ގެއެއްގައި ހުރި ގަހެއްގައި އަޅާފައިވާ ރަތް އަލަނާސިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

މި ރަތް އަލަނާސި ގަސްތަކަށް ސީދާ ކިތައް އަހަރު ވެދާނެ ކަން އެނގެން ނެތް ނަމަވެސް ޔަގީންވާ ކަމަކީ މި އަޖައިބު ކުރުވަނިވި ގަސްތައް މި ރަށުން ފެންނަން ހުންނަތާ 60 އަށް ވުރެ ގިނަ އަހަރުވެދާނެކަމެވެ.

މި ގަސް މި ރަށަށް ގެނައީ އެންމެ ފުރަަތަމަ ހަސަން ބޭބެ ކިޔާ މީހެއް ކަމަށްވެއެވެ. އެހެންނަމަވެސް އެ އަލަނާސި ގެނައީ ކޮންތާކުން ކަން އެނގޭކަށް ނެތެވެ.މި އަލަނާސިތައް ހެދެން ފެށުމުން އެހެން މީހުންވެސް މި ގަސްތަކުގެ ކުރި ގެންގޮސްގެން އެ ގަސްތައް އިންދަން މަސައްކަތް ކުރާކަން ފާހަގަކޮށްލެވެއެވެ. މި ގަސް އިންދާ މީހުން ބުނާގޮތުން މި ގަސް ރަނގަޅަށް ހެދި މޭވާ ލިބެން އަހަރެއްހާ ދުވަސް ނަގައެވެ. އަަބަދުވެސް ކޮންމެވެސް ވަރަކަށް އަލަނާސި ގަސްތަކުގައި އަލަނާސި އަޅާފަައި ހުރި ނަމަވެސް، އަލަނާސި ދޮންވެ ފައްކާވެ ކާން ލިބެނީ އަހަރަކު އެއް ފަހަރެވެ.

"އިންދާ ގޮތަކީ މަތި ކަނދާލުމަށް ފަހު ފުޅިއެއްގައި ޖަހަނީ. މީތި ބިންދާލެވޭނެ ހިފާލީމަ. ފަތްތައް ނޮޅާލުމަށް ފަހު ފެންފުޅިއެއްގައި ޖަހާލުމުން މޫލާ ހަފްތާއެއް ދުވަސް ތެރޭ ހެދެން ފަށާނެ. އެއީ އަވަހަށް އިންދަން ވެގެން އެހެން ހަދަނީ. މޫލީމަ ފަސްގަނޑުގައި އިންދާލަނީ. ކުރިން ތިބީ މި ރަށު އެހެން ގެއަކާއި ބައްޕަ އަތުގައި އާއި. ބައްޕަ މުސްކުޅި ވުމަށް ފަހު އަމިއްލަ އަށް މި ގެންގުޅެނީ. ކުޑަ އެއްޗެހީގައި ޖެހީމަ މި ކުޑަކޮށް ހުންނަނީ. ގަސް އިންދޭ ހަމަ." އަލަނާސި ގަސް އިންދާ މީހަކު ކިޔާދިނެވެ.

އަަލަނާސި އިންދާ ގޭގެ ތެރޭގައި ކޮންމެވެސް ވަރަކަށް މި މޭވާގެ ވިޔަފާރި ކުރާ ގޭގެ ހުރި ނަމަވެސް އާއްމުކޮށް މި މޭވާ އަކީ މި ގެތަކަށް ޒިޔާރާތް ކުރާ މީހުންނާއި ގާތް ތިމާގެ މީހުންނަށް ދޭ ހަދިޔާއެކެވެ.

ދިވެހި އަލަނާސި ނުވަތަ ރަތް އަލަނާސި ފެންނަން ހުރި ގެތަކުން އާއްމުކޮށް ފެންނަ ޒާތުގެ އަލަނާސިވެސް ފެންނަން އެބަހުއްޓެވެ. މި ދެ ބާވަތުގެ އަލަނާސިއަކީ ވެސް ކެއުމުގެ ބާވަތްތަކުގައި ހިމެނުމާއި، ފަނި ގިރުމާއި އަދި ހުހަށް ކާންވެސް ތާޒާ، މީރު ރަހަހުރި މޭވާއެކެވެ.

ފުވައްމުލަކު ގެއެއްގައި ހުރި ގަހެއްގައި އަޅާފައިވާ ރަތް އަލަނާސިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ފުވައްމުލަކު ގެއެއްގައި ހުރި ގަހެއްގައި އަޅާފައިވާ އަލަނާސިއެއް - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް

އާއްމުކޮށް ރަތް އަލަނާސި ފެންނަން ހުރީ ބްރެޒިލް، އާޖެންޓީނާ، ޕެރެގުއޭ އަދި ބޮލީވިއާ އާއި އިކުއެޑޯ ފަދަ ގައުމުތަކުންނެވެ. އަނަނަސް ބްރަކްޓޭޓަސްގެ ނަމުން ނަންދެވިފައިވާ މި އަލަނާސިއަކީ އޮށްތައް މަދު ނޫނީ އޮށް ނުހުންނަ ޒާތުގެ އަލަނާސިއެކެވެ. އަދި އެހެން އަލަނާސިއަށް ވުރެ މަޑެވެ. ފައިބަރުން މުއްސަނދިވެފައިވާ މި ގަހުގެ ފަތްތަކަކީ ވަލާއި ޓެކްސައިލްސް ހެދުމަށް ބްރެޒިލް ފަދަ ގައުމުތަކުގައި ބޭނުން ކުރާ އެއްޗެކެވެ. އަދި ރަތް އަލަނާސި އަކީ ރީއްޗަކަށް ބޭނުން ކުރަން، ހަވާއި، އެމެރިކާ އަދި ނިއުޒިލޭންޑް ފަދަ ގައުުތަކުގައި ބޭނުން ކުރާ އެއްޗެކެވެ.

ކޮންމެއަކަސް ފުވައްމުލަކުގައި ހައްދާ އަލަނާސިއަކީ މީހުން ހައިރާންކޮށްލާ ފަދަ މޭވާއަކަށް މިވަނީ ވެފައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ގ

    ވަރަށް ރީތި

    25
    1
  2. ރަށްފުށު މާމަ

    ماشاءالله♥️♥️😍😍😍🤤🤤🤤

    28
  3. މަހިބަދޫ މީހާ

    ޜާއްޖޭގަ އަލަނާސި އޭގެ އަމިއްލަ ޒާތުގާ ހެދޭ ރަށެއް އޮންނާނެ އަރިައތޮޅުގަ ހުރަސްދު ކިޔާނީ އެރަށުގެ ފަސްގަޑު ތަފާތު ވާނެ އެހެން ރަށްރަށުގެ ފަސްގަޑާ ހިމާޔަތް ކޮއްފަ ވާ ރަށެއް ގެ ގޮތުގާ އޮންނަތާ ވަރަށް ދުވަސް ވެއްޖެ ކެޕްޓަން މޮރަސްބީ ރާއްޖޭގެ ޗާޓްކުރެހި އިރު އޭނަވެސް އެ ރަށް ފާހަގަ ކޮށްފަ ވަނީ އަލަނާސި ހެދޭ ރަށެއް ގެ ގޮތުގާ އެރަށް މައްސޫރު ވެފަ ވަނީ ޕައިންއެޕަލް އައިލެންޑް ގެ ނަމުގާ

    20
    2
  4. ޙުސޭނު

    އެއީކީ އަމަށަކުން ރަތް އަލަނާސި އެއް ނޫން.. އެއީ އެ ނުކުންނައުރު ހުންނަ ގޮތް.. ބޮޑުވީމަ އާދައިގެ ރީނދޫފެހި ކުލައަޖަށް ބަދަލުވާނެ.. ހީވަނީ އަލަށް އަލަނާސި ފެނިގެން އުޅެނީހެން.

    13
    9
  5. ކީބޯޑް

    ޢެ ބުނާ ހަސަން ބޭބެ އަކީ ދިލްކުސާގެ ހަސަންބޭބެ. ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ

    2
    1
  6. ރޯނު އެދުރު

    ވަރަށް ވައްތަރު ސްޕްރޭ ކޮއްފަ ހުރިހެން

    7
    11
  7. ޖަ

    ވައީ ސޯ ލޯ ރިޒޮލިއުޝަން ޕިކްސް؟

    5
    2
  8. ތުނިޔަ

    ކަލޭނޭ. .ތީޅަވީމަ ތިހުންނަ ގޮތް...ހަރުވީމަ ހަމަ ނޯމަލް..

    5
    4
  9. އަލަނާސި

    އަލަނާސީގަ އޮށް ހުރޭތަ؟

    • އަނަސް

      ލައްބަ. އަލަނާސީގަ އޮށް ހުންނާނެ.

      1
      1
  10. ފަ

    Ananas bracteatus (Red Pineapple) - THE WORLDWIDE VEGETABLES

  11. ފްލާވަރ

    ތީގެ ކުރިއެއް ގަންނަން ބޭނުން

    • ބުއްޅަބޭވެސް

      ތަނަކުން ރީތިއެއްޗެއް ފެނުނަސް އެގޮތަކަށް ނެހެއްދޭނެ.
      ރީތި ކިތައް އަންހެންކުދިންގެ މުސްތަގްބަލް ގެއްލުނީ ތިކަހަލަ، ހަމަތަނަކުން އެއްޗެއް ފެންނަ އިރަށް ބޭނުންވާ މީހުންނާހެދި ؟
      ގެންގުޅެވޭނެ ކަމެއް، ކާން ބޯންދެވޭނެކަމެއްނޭނގި ފެންނަ ހުރިގާ އެއްޗެއް ބޭނުންވެގެން ނޫޅެބަލަ