(ފުވައްމުލައް ސިޓީ) ފުނާޑު އަވަށުން ނެގި ހިރިގަލުގެ ސަންދޯކުގެ ވާހަކަތައް ރާއްޖޭގެ އާސާރީ ތަރިކައިގެ ވަގުތީ ދަފްތަރުގައި ވެއެވެ. އޭގައި ބުނެފައި ވަނީ 1988 ވަނަ އަހަރުގެ ފެބްރުއަރީ މަހު، މިރަށުގެ ފުނާޑު އަވަށުން ހިރިގަލުން ހަދާފައިވާ ސަންދޯކެއް ފެނުނު ކަމަށެވެ. އަދި އޭގައި އިންސާނެއްގެ ހަށިތައް ހުރި ކަމަށް ބުނެފައިވެއެވެ. ބުނެވޭ ގޮތުގައި މި މީހަކު ވަޅުލެވިފައި ވަނީ މުސްލިމުން ވަޅުލާ ގޮތަށެވެ. މި މަހާނައާ ކައިރީގައި މިސްކިތެއްގެ ބިންގާ ކަމަށް ލަފާ ކުރެވޭ ގައްފޮޅުތަކެއް ހުރިކަމަށް އެ ދަފްތަރުގައި ލިޔެފައި ވެއެވެ. އިހުގެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ދެގަން ދެމެދު މިސްކިތް ކިޔުނު ތަނެއް ކަމަށް ބުނެފައި ވެއެވެ. މި ގަމަކީ ދޫޑިގަމާއި މޫލަގަން ކަމަށްވެސް އެ ދަފްތަރުގައި ވެއެވެ.

މިރަށުގައި ކުރިން މަސައްކަތް ކުރެއްވި އިސް ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، އެއީ ހިރިގަލުގެ ސަންދޯކެއް ނޫނެވެ. އެއީ ވެލިގަލުގެ ސަންދޯކެކެވެ.

އެ ސަންދޯއް ފެނުނު އަތޮޅު ގޭގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ހުސައިން ޝަރީފް މުހައްމަދު ވިދާޅުވީ، އޭރު ކޮންމެވެސް މީހަކު ސަންދޯކެެއް ފެނިގެން އުޅޭކަމަށް އޮފީހަށް އެންގުމުން، އޭނާވެސް އެތަނަށް ދިޔަ ކަމަށެވެ.

ފުނާޑު އަވަށުން ފެނުނު ސަންދޯއް ނެގި ސަރަހައްދު - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ސަރުކާރުގެ ދެންނެވީމަ، އެތަން ކޮންނަން ވަޑައިގެންނެވީ މުހައްމަދު އިބްރާހިމް ލުތުފީ، ވަޑައިގެން އެތަން ކޮނެގެން ސަންދޯއް ނެގި ސަންދޯކުގައި އޮތީ ގަބުރެއް، އެ ގަބުރު ނެގި".

އެ ގަބުރު ނެގީ އެރޭ ގާތްގަނޑަކަށް 12:00 ޖަހާކަން ހާއިރެވެ.

"އެ ގަބުރު ނެގިއިރު އެތަނުގައި ވެރިންގެ ގޮތުގައި އުޅުއްވީ، އަޅުގަނޑާއި، އަފީފް ކިޔާ ބޭފުޅަކާ. އެ ނަގައިގެން ގޮސް ސާފްކޮށްފައި، ތައުލީމީ މަރުކަޒުގައި ރަނގަޅަށް ބޭއްވިން." ހުސައިން ޝަރީފް މުހައްމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެތަނުގައި އެ ބޭއްވުމަށްފަހު، އާންމުންނަށް އެ ގަބުރު ދެއްކުން އޮތް ކަމަށެވެ. އަދި ފަހުން އެ ގަބުރު ވަނީ މާލެ ގެންގޮސްފައެވެ.

ހުސައިން ޝަރީފް ވިދާޅުވީ، އެ ސަންދޯއް ތެރޭގައި ހުރީ ކަށިތައް ކަމަށެވެ. އަދި ނަގައިގެން ގޮސް ވަކި ވަކިން، ކެމިކަލްއެއް ޖަހާފައި އޭތި ސާފް ކުރިއެވެ. އަދި އިންސާނެއް އޮންނަ ގޮތަށް އޭތި ގުޅާލިއެވެ.

އެއީ ކާކުކަން ހޯދިފައެއް ނުވެއެވެ. އަދި މާލެ ފޮނުވައިގެން ވެސް އެކަން ކުރާނެ ކަމަށް ބެލެވުނު ނަމަވެސް، މިއަދާ ހަމައަށްވެސް އެއީ ކާކުކަން ހޯދާފައެއް ނުވެއެވެ. އަދި ދެނެގަނެވިފައެއް ނުވެއެވެ.

"އަޅުގަނޑުމެން ހީކުރީ ގޮސްގެން އެ ތަހުލީލްކޮށްފައި، އެ ކޮން ޒާމާނެއްގެ އެއްޗެއްތޯ ބަލާފައި އަންގާނެ ކަަމަށް، އެކަމަކު ނުއެއް އަންގާ،" މިރަށުގައި ކަތީބުކަން ކުރެއްވި މުހައްމަދު ވަހީދު އަހުމަދު ވިދާޅުވިއެވެ.

އެ ސަންދޯއް ފެނިފައި ވަނީ، މީހަކު ގޭގައި މިރުސް ގަސް ހެއްދުމަށްޓަކައި ވަލު ތެރެއިން ރީތި ކަޅުވެލި ނަގަން އުޅުމުގެ ތެރޭގައި ކަމަށް ވަހީދު ވިދާޅުވިއެވެ.

ފުނާޑު އަވަށުން ފެނުނު ސަންދޯއް ނެގި ސަރަހައްދު - -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެގޮތަށް ވެލި ނަގަން ވެގެން މީހަކު ކޮންނަނިކޮށް، ގަލެއްގައި ޖެހުނީ، ދެން އެތެރޭގައި ހުސްތަން އޮތް އެއްޗެއްގައި ޖެހޭކަން އެނގިގެން، ބެލީ، އޭނާ ހީކުރީ ކަންނޭނގެ ފަހަރެއްގައި ޚަޒާނާއަކަށްވެސް ވެދާނެއޭ، ހީކޮށްގެން އޭނާ އެތަން ކޮނެ ހާސާ ކުރީ، ހާސާ ކުރީމަ އެނގިއްޖެ އެއީ އެކަހަލަ ކަމެއް ނޫން ކަން، އެކަން އެނގިގެން އޭނާ އޮފީހަށް އެންގީ".

މިހާރު އެ ސަންދޯއް ހުރިތަނެއް އެނގިފައެއް ނުވެއެވެ. އެ ސަންދޯކުގައި ހުރި ކަށިތައް މާލޭގައި ވަނީ ވަޅުލާފައިވާ ކަމަށް ވެއެވެ.

ސަންދޯއް ނެގި ސަރަހައްދަށް މިހާރު ބަލާލައިރު، އެތަނުގައި ހުރީ ގަސްތައް ހެދިފައެވެ. އަދި މިހާރު އެތަން ހުންނަނީ މީހުން ދިރިއުޅޭ ސަރަހައްދުގައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ފުވައްމުލަކި ރައްޔިތެއް

  ފުވައްމުލަކުގެ މިހާރު އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ފާޅުގައި ޑްރަގްސް ވިޔަފާރި ކުރުން. ޢެކަން ހުއްޓުވޭނެ މުއައްސަސާއެއް ނެތް. އެންމެ ފަހުން އެކަމާ ދެކޮޅަށް ނިކުތް ފުލުސް މީހާ ބޮލުގަ ދޮގު ތުހުމަތު އަޅުވައި ރަށުން ބޭރު ކޮށްލީ. ވެރިންތިބީ އެމީހުންގެ ބާރު ރަށުގަ. ނިކަން ކެރޭނަމަ މިކަމުގެ ވާހަކަ ވަކި ފަރާތަކަށް ނުޖެހި ތިޔަ ހޭރިޔާ ޓީމުން ގެނެސްދީބަލަ

  102
  8
 2. ށީލާ

  އެ ގަބުރު ނެގީ ރޭގަނޑު 12 ޖަހާއިރުއެވެ. އިޒިންޓް ސަމްތިން ފިޝީ ހިއަރ؟؟؟؟

  19
  2
 3. އަލީ

  ގަބުރު ކޮނެގެން ނެގުމަކީ ކޮންމެހެން ކުރަނ ޖެހިގެނ ނޫނި ކޮއްގެންވާނެ ކަމެއްނޫން. ތާރީހޭހޭ ކިޔާފަ ނިމިގޮސްފަ ހުރި ބަޔެއްގެ ގަބުރުނަގާ ސަންދޯތްތައް ފޭރޭކަށް ނުޖެހޭނެ.

  15
  3
 4. ޢަ

  ޢެދުވަސް ވަރު 12ޖަހަާއިރު ނަގަާނެ ކަމާ މެދު ސައްކު

  2
  1