(ފުވައްމުލައް ސިޓީ) ހުވަދު އަތޮޅާއި އައްޑު އަތޮޅާއި ދެމެދުގައި އެއް ފަސްގަނޑެއްގެ ގޮތުގައި އޮތް ޏ. ފުވައްމުލަކަކީ ގުދުރަތީ ގޮތުން މުއްސަނދިކަން ލިބިފައިވާ ރާއްޖޭގެ މަދު ސިޓީތަކުގެ ތެރެއިން ސިޓީއެކެވެ. މި ސިޓީއަކީ އިޖްތިމާއީ، އިގްތިސާދީ އަދި ތިމާވެެއްޓާއި ތާރީހީ ގޮތުން ވެސް ފާހަގަކޮށްލެެވޭ އެެތައް ކަންކަމެއް ހިމެނޭ ސިޓީއެކެވެ.

ފުވައްމުލަކަކީ އުފެެދުމުގައި ރާއްޖޭގެެ އެހެން ރަށްރަށާ ތަފާތު ރަށެކެެވެެ. އަށް އަވަށަކަށް ބެހި، އެއް ފަސްގަނޑަކަށް އޮންނަ ހަމައެކަނި އަތޮޅުގެެ ފުވައްމުލަކު ސިޓީގައި ގުދުރަތީ ގޮތުން ވެސް ރާއްޖޭގެ އެހެެން ތަންތަނާ ތަފާތު ކަންކަން އެެބަހުއްޓެވެ. އެެގޮތުން އެެންމެެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ، ރަށުގެ ގޮނޑުދޮށާ ހަމައަށް ކަހަލަ ގޮތަކަށް އޮންނަ މާސިންގާ ކަނޑެެވެެ. އެހެެން ރަށްރަށުގެ އޮންނަ ގޮތަށް މި ސިޓީއަކީ ވަށައިގެން ފަޅެއް އޮންނަ ސިޓީއެއް ނޫނެވެެ.

ފުވައްމުލަކު ނެރުން ދޯންޏެއް ވަންނަނީ - ވަގުތު އިމޭޖަސް - މުހައްމަދު އަފްޒަލް

ދެހާސް ނަވާރަ ވަނަ އަހަރުގެ ތަފާސް ހިިސާބުތައް ދައްކާ ގޮތުގައި މިރަށުގެެ އާބާދީގައިި 12,790 މީހުން ދިރިއުޅެއެވެ. ދިރިއުޅޭ މީހުންގެ ނިސްބަތުންވެސް މި ސިޓީއަކީ ބިން ތަނަވަސް ސިޓީއެކެވެެ. ޖުމްލަ 491.7 ހެކްޓަރުގެ ބިން އޮންނަ ފުވައްމުލަކު ސިޓީގައި އަދި ބިމުގެ އެއްވެސް ދަތިކަމެެއް އޮތްކަމަކަށް ފާހަގައެއް ނުވެއެވެ. ޖުމްލަ 2،226 ގޭޭބިސީ ހުންނަ މި ސިޓީގެ އަވަށްތަކުގެ ތެރޭގައި ހިމެނެނީ ދަނޑި މަގު، ދިގުވާޑު، ހޯދަނޑު، މާދަނޑު، މާލެ ގަން، މިސްކިތް މަގު، ފުނާޑު އަދި ދޫޑިގަމެވެ.

ފުވައްމުލަކަށް ނަޒަރު ހިންގާލުމުން މިތަނަށް ސިޓީއެއްގެެ ދަރަޖަ ދެވިފައި ވަނީ ހަމައެކަނި މީހުން ދިރިއުޅޭ އާބާދީއަށް ނިސްބަތްކޮށް ނޫންކަން އެނގެއެވެ. މި ސިޓީގެެ މުހިންމު މަގުތަކުގަައި ހުރީ ތާރު އަޅައިފައެވެ. އަތޮޅު ފެެންވަރުގެ ރަނގަޅު އެެއާޕޯޓެއް މި ސިޓީގައި އެބަ އޮތެވެެ. ޕޯސްޓު އޮފީހާއި، އެެހެން ބައެއް މުހިންމު އޮފީސްތަކުގެ އިތުރުން ފާހަގަކޮށްލެވޭހާ ރަނގަޅު ތައުޅީމީ ނިޒާމެއް މި ސިޓީގައި އޮވެެއެެވެެ. އެެގޮތުން މާލޭގެ އެންމެެ ރަނގަޅު އެއް ސްކޫލް ކަމަށްވާ ބިލަބޮންގް އިންޓަނޭޝަނަލް ސްކޫލްގެ ގޮތްޕަކާއި، ފެންވަރު ރަނގަޅު އަތޮޅު މަދަރުސާއެެއް އަދި އެހެެން ދެތިން ސަރުކާރު މަދަރުސާއެެއް މި ސިޓީގައި ހުރެއެެވެެ.

ފުވައްމަުލަކު ސްކޫލް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ފުވައްމުލައް ތަރައްގީ ކުރުމަށް ސަރުކާރުން ހާއްސަ އަހަންމިއްޔަތު ކަމެއް ދީފައިވާ އިރު، މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުގައި މި ރަށުގެެ އުމްރާނީ ތަރައްގީއަށް 121 މިލިއަން ރުފިޔާ ވަނީ ކަންޑައަޅާފައެވެ. މިއަހަރުގެ ތެރެގައި ތަރައއްގީގެެ 30 މަޝްރޫއެެއް ހިންގުމަށް އަދި ފެށުމަށް ސަރުކާރުންް ވަނީ އަމާޒު ހިފާފައެވެ. އޭގެެ ތެރޭގައި ގިނައީ ކުޅިވަރުގެ ރޮނގުން ކުރިއަށް ގެންދާ މަޝްރޫއުތަކެެވެެ. ކުޅިވަރުގެ ރޮނގުން 10 މަޝްރޫއެއް މިއަހަރު މި ސިޓީގައއި ކުރިއަށް ގެންދާނެއެވެ.

މަގު ހެެދުމާއި ބަނދަރު ތަރައްގީކުރުމުގެ ތިން މަޝްރޫއެއް ކުރިއަށް ގެެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ތައުލީމީ ގޮތުން ފަސް މަޝްރޫއެއް އަދި މަތީ ތައުލީމުގެ ރޮނގުން ދެ މަޝްރޫއެއް ކުރިއަށް ގެންދާނެެއެެވެ. ގެެދޮރު އިމާރާތް ކުރުމުގެެ ރޮނގުން ދެ މަޝްރޫއެއް އަދި ސިއްހީ ރޮނގުން ދެ މަޝްޜޫގެ އިތުރުން ތިމާވެށީގެ ދާއިރާއިން އެއް މަޝްރޫ މިއަހަރުގެ ނިޔަލަށް ފުވައްމުލަކުގައި ހިންގާނެއެވެ.

ފުުވައްމުލަކު އެއާޕޯޓުގެ ރަންވޭ - ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ތާރީހީ ގޮތުންްވެސް މި ސިޓީއަކީ ފާހަގަކޮށްލެވޭ ސިޓީއެކެެވެ. އެެތައް އާސާރީ ތަރިކައެެއް ހިމެނޭ މި ސިޓީގައި، އިހު ޒަމާނުގެ ކާބަފައިންގެ ދިރިއުޅުން ދައްކުވައިދޭ އެތައް ތަނެއް މިހާރުވެސްް ފެންނަން އެބަ ހުއްޓެވެ. އެގޮތުން ފާހަގަކޮށްލެެވޭ ތަންްތަނުގެ ތެެރޭގައި ވަށަވެޔޮ، ކެނޑޭރި މިސްކިތް، ގެން މިސްްކިތް، އަދި ޒަމާންވީ ހަވިއްތާއެއް ހުރިކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުންވެެސް މިރަށުގެެ އެކި ސަރަހައްދުތަކުގައި ކުރީގެ ބުޑިސްޓުން ފުވައްމުލަކުގައި ދިރިއުޅުނުކަމުގެ ނިޝާންތައްވެސް އެބަހުއްޓެވެ.

ގުދުރަތީ ގޮތުން ފުރިހަމަކަން ލިބިފައިވާ މި ސިޓީގެ އެކި ކުޅިތަކާއި އަތިރިމަތިތަކަކީ ވެސް ފާހަގަކޮށްލެވޭ ތަންތަނެވެ. އެގޮތުން ބަންޑާރަ ކިޅި އާއި ނޭޗާ ޕާކު، ކަޅޮއަކިރިގަނޑު އަދި ކޮޑަކިޅިއަކީވެސް މިރަށުން ފާހަގަކޮށްލެވެން ހުރި ތަންތަނެވެ.

މި ސިޓީގެެ ރައްޔިތުންނަކީ މަސައްކަތްތެރި ބައެކެވެ. ރަށުގެ އިގްތިސާދުގެެ ބޮޑުބައެއް ބަރޯސާވެެފައި އޮންނަނީ މަސްވެރިކަމަށެެވެ. މި ސިޓީއަކީ ދަނޑުވެރިކަންވެސް ފުޅާ ދާއިރާއެއްގައި ކުރަމުން އަންްނަ ސިޓީއެެކެެވެެ. މީގެެ އިތުރުން ފަރުމަހުގެ މަސްވެރިކަމާއި ފަތުރުވެެރިކަމުގެ ވިޔަފާރިއަކީވެެސް މި ސިޓީގެެ ރައްޔިިތުން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ކަންކަމެެވެެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މުފައްކިރު

  ފުވައްމުލަކުގެ ތަރައްޤީ އަށް މިސަރުކާރުން ގިނަ ކަންތައް ތަކެއް ކުރުމަށް ސަރުކާރުން ވަނީ ވަޢުދުވެ ފަ. ފުވައްމުލަކުގެ ހުރިހާ މަގެއްގަ ތާރު އަޅާ ދިނުމަށް ވަޢުދުވެފައިވާ އިރު އަދި ކުރިއަށް ދަނީ 31 ނުވަތަ 21 ރަށެއްގެ މަޝްރޫޢު.19.3.2019 ގައި ދެއަހަރު ދުވަހުން ނިންމާ ގޮތަށް އެމް ޓީ ސީ ސީ އާ ހަވާލު ކުރެއްވި ނަމަވެސް ނިމިފައިވަނީ ޔާމީން ސަރުކާރުން ތާރު ފަތުރާލުން ނޫން ހުރިހާ ކަމެއް ނިންމާފައިވާ މަގު. އެހެން މަގުތައް 2 އަހަރު ދުވަހުން ނިންމޭނެބާ؟ ވަޢުދުވި އެހެން މަހުތައް ކޮބަތޯ؟

  ފުވައްމުލަކުގަ 1000 އެނދުގެ ސިޓީ ހޮޓަލެއް ގާއިމު ކުރުމަށް ވަޢުދުވި. އެކަން ހަނދާން ހުރިހެން ހީނުވޭ.
  ފުވައްމުލަޖު ހޮސްޕިޓަލް ޒަމީ ފެންވަރަށް ތަރައްޤީ ކޮށް ދެއްވުމުގެ ވަޢުދު މަތިން ހަނދާން ހުރިބާ؟ ބުނެވޭ ގޮތުން ކޮވިޑް ޓެސްޓް ވެސް ނުހެދި ވަނީ ، ބެޓްރީ ނުލިބިގެން. ވަޢުދުވި ފަތާ ފެންގަނޑު ހަދާ ދިން ނަމަ ނިޔާވާނެތޯ؟

 2. ސސ

  ކަނޑުމަގުންދާން ވަރަށް ބިރުވެރިތަނެއް، އެއްފަހަރު އަހަރެން ލޯންޗެއްގައި ތިޔަރަށުން ނިކުމެގެން ދިޔަ ދަތުރަކީވެސް ބިރުވެރި ދުވަހެއް އެދުވަހު ނެގި ބޮޑު ރާޅުގެ ސަބަބުން ލޯންޗު ބަންޑުން ނުޖެހީ ﷲ ގެ ރަހުމަތްފުޅުން ! ވަރަށް ބިރުވެރި ތިޔަރަށުގެ ވަށައިގެންވެސް ބިރުވެރި ބޮޑު ބިޔަރާޅު!

  4
  2
 3. Anonymous

  ޢަޅުގަނޑަކީއައްުޑޫ މީހެއް އަޅުގަނޑު އަދި ދުވަހަކުވެސް ފުއައްމުލަކަށް ނުދަން. ނުވެސް ދާނަން.ތީ ވވވވ ބިރުވެރި ގޮތަކަށް ކަނޑު އޮންނަ ރަށެއް.އައްޑޫގައި އޮންނަނީ ވވވ ރީތި ބީޗެއް. ހާއްސަކޮށް ހަންކެޑެ ސަރަހައްދު ވވވ ރީތިވާނެ.

  4
  13
 4. ހުދުހުދާ

  ޢަޅުގަނޑަކީއައްުޑޫ މީހެއް އަޅުގަނޑު އަދި ދުވަހަކުވެސް ފުއައްމުލަކަށް ނުދަން. ނުވެސް ދާނަން.ތީ ވވވވ ބިރުވެރި ގޮތަކަށް ކަނޑު އޮންނަ ރަށެއް.އައްޑޫގައި އޮންނަނީ ވވވ ރީތި ބީޗެއް. ހާއްސަކޮށް ހަންކެޑެ ސަރަހައްދު ވވވ ރީތިވާނެ.

  3
  8
 5. އެކަމަކުވެސް....

  އެކަމަކުވެސް ވަރިހަމައެއްނު! ބަލާބަލަ، ފުވައްމުލައް ދޫކޮށް ތޮއްޖެހިފަ އޮތް މާލޭގައި އުޅެނީ ތިއަތޮޅު ކިތައް މީހުންތޯ؟