ލ. އަތޮޅު އިސްދޫގައި، ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިންޑިއާއިން އައިސް ކަރަންޓީންގައި ހުރި ޓީޗަރެކެވެ.

އިސްދޫ ސިއްހީ މަރުކަޒުން ބުނީ، އިސްދޫގައި ހޯމް ކަރަންޓީން މުއްދަތު ހަމަވުމުން މީގެ ދެ ދުވަސް ކުރިން ސުންކު ނެގި 44 އަހަރުގެ އިންޑިއާ ފިރިހެނަކު ކޮވިޑް-19 އަށް ފައްސިވެފައިވާ ކަަމަށެވެ.

"އެންމެންގެ ރައްކާތެރިކަަމަށްޓަކައި އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ރައްކަތެރިކަމުގެ ފިޔަވަޅުތައް އަޅުއްވުމަށް ރައްޔިތުންގެ ސަމާލުކަމަށް ދަންނަވަން". އިސްދޫ ސިއްހީ މަރުކަޒުން ބުންޏެވެ.

މީގެ ކުރިންވެސް ބައެއް ރަށްރަށުގައި ކަރަންޓީންގައި ތިބި ޓީޗަރުން ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެއިން މިހާތަނަށް 14,375 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު