(ފުވައްމުލައް ސިޓީ) ފުވައްމުލަކަކީ ގަދީމީ ޒަމާނުގައި ދިވެހިން އުޅުނު ގޮތްތައް ފެންނަން އޮންނަ ތާރީހީ ގޮތުން ރާއްޖޭގައި އޮތް އެންމެ މުއްސަނދި އެއް ސިޓީއެވެ. އެއްފަސްކޮށް އޮތް ހަމައެކަނި ރާއްޖޭގެ އަތޮޅުގެ ލަގަބު ލިބިފައިވާ ފުވައްމުލަކުގައި ރާއްޖެއަށް އިސްލާމް ދީނުގެ މަތިވެރި ނޫރު ވެެރިވުމުގެ ކުރިން ދިވެހިން އުޅެމުން ދިޔަ ގޮތާއި އޭގެ ފަހުން ވެސް ތާރީހުގެ ތެރެއަށް ގެނބިގެން ގޮސްފައިވާ އެތައް ކަމަކާ ގުޅުންހުރި އެެތައް ބިނާތަކެއް އަދި ނިޝާންތަކެއް މިހާރުވެސް ފެންނަން އެބަހުއްޓެވެ.

މި ސިޓީން އެންމެެ ބޮޑަށް ލޮލުގައި އަޅައިގަތް އެއް ތަނަކީ އިހު ޒަމާނުގައި ބޭނުންކޮށްފައިވާ ވެޔޮތަކެވެ. ދިވެހި ބަހުން ވެޔޮ ނުވަތަ ވެވުގެ ނަން ދީފައިވާ މި ތަންތަނަކީ ފުންކޮށް ކޮނެ ވަށައިގެން ހިރިގާ ޖަހާފައިވާ ނުވަތަ އެހެންވެސްް ގޮތަކުން ރާނާފައިވާ ފެންގަނޑުތަކެކެެވެ. އޭރު އެތަންތަން ބޭނުންކޮށްްފައި ވަނީ ފެންވެރުމަށް ހާއްސަކޮށްގެންނެވެ.

ފުވައްމުލަކުގައި އެކަނިވެސް މިފަދަ ތިން ވެވެއް ހުރެއެވެ. އެތަންތަނަކީ ސީދާ ތާރީހުތައް ފެންނަން ނެތް ނަމަވެސް މި ތަންތަން އަދިވެސް އަސްލު ނުގެއްލި ފެންނަން އެބަހުއްޓެވެ. އެ ތިން ވެވުގެ ތެރޭގައި ހިމެނެނީ، ވަށޮވެޔޮ، ކެޑޭރެެ މިސްކިތުގެ ވެޔޮ އަދި ގެން މިސްކިތުގައި ހުންނަ ވެވެވެ.

ވަށޮވެޔޮ:

ވަށޮވެޔޮ މިއީ ކޮން ޒަމާނަކު ހަދާފައިވާ ތަނެއް ކަމެއް އެނގެން ނެތް ނަމަވެސް ފުވައްމުލަކު މީހުންގެ ވާހަކަތަކުން އެނގޭ ގޮތުގައި މިވެވާއި، މީގެ ކުރިން މި ރަށުގައި ލަންކާގެ ބުޑިސްޓުން އުޅުނު އިރު މިހާރު ފުވައްމުލަކު އެއާޕޯޓަށް ނަގާފައިވާ ބިމުގެ ސަރަހައްދުގައި ހުރި ތާރީހީ ބިިނާއަކާ ގުޅުމެއް ވެއެވެ. އެ ބިނާ އެއާޕޯޓު ހެދުމުގެ ތެރެއިން ވަނީ ނައްތާލާފައެވެ. ނަމަވެސް މި ވެވާ އެތަނާ ގުޅުމެއްވާ ކަމާމެދު މާގިނަ ހެއްކެއް ނެެެތެވެ.

ފުވައްމުލަކު ވަށޮ ވެޔޮ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ފުވައްމުލަކު ސިޓީ ކައުންސިލްގެ އެސިސްޓެންޓު ޑިރެކްޓަރު މުހައްމަދު އަލީ ދީދީ ވިދާޅުވީ، ދާދި ފަހުން މި ރަށަށް އޮކްސްފޯޑް ޔުނިވާސިޓީން ދިރާސާކުރާ ޓީމެއް އައި ކަމަށާއި، އެެމީހުންނަށް ބެލި ބެލުމުން އެނގުނީ މިހެން ހުންނަ ވެޔޮތައް އާންމުކޮށް ހުންނަނީ ގިބުލައަށް ކަމަށެވެ.

"އޭޭރު މީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީ ގިބުލައަށް ކުރިމަތިލައިގެން ނޫނީ ވުޟޫ ކުރުން ރަނގަޅު ނޫން ކަމަށް. އެހެންވެގެން ބޮޑަށް ހީވަނީ ވެޔޮތައް ގިބުލައަށް ވާގޮތަށް މިހުންނަ ކަމުގެ ސިއްރަކީ" މުހައްމަދު އަލި ދީދީ ވިދާޅުވިއެވެ.

ފުވައްމުލަކު ވަށޮ ވެޔޮ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ވަށޮވެޔޮ މިހާރު ފެންނަންް ހުރީ ފުވައްމުލަކު އެއާޕޯޓު ސަރަހައްދު މަގު ކައިރި ފަތް ދޮށުންނެވެެ. މި ސަރަހައްދު ވަކިން ފާހަގަވާނެހެން އަދި، މަގުން ހިނގާ މީހުންގެ ރައްކާތެރިކަމަށްޓަކައި ވެވުގެ ކައިރި ފަތްދޮށް ހުރީ ކޮށި ގަނޑުޖަހާ ބަންދުކޮށްފައެވެ. ވެޔޮ އެންމެ ރަނގަޅު ގޮތުގައި ބެެލެހެއްޓެމުން ނުދާކަން ވެވުގެ ތެރޭގައި އެކި ޒާތްޒާތުގެ ކުނި ކޮންމެވެސް މިންވަރަކަށް ހުރުމުން ފާހަގަކުރެވެއެވެ. ފެންގަނޑުގެ ވަށައިގެން ފެހި ޖަހާފައި ހުރުމުން ވެވުގެ ފެންގަނޑު އޮތީ ގަދަ ފެހި ކުލައަކަށެވެ.

މި ވެވާ ބެހޭ ގޮތުން މުހައްމަދު އަލީ ދީދީ "ވަގުތު" އަށް ވިދާޅުވީ މި ވެޔޮ ސާފުކޮށް ބޭއްވުމަށްޓަކައި މީގެ ކުރިން ކައުންސިލުގެ އިސް ނެގުމުގެ މަތިން ވަނީ އެތަން ސާފު ވެސް ކޮށްފައި ވާނެ ކަމަށެވެ. ނަމަވެސް އެހާ ބޮޑަށް ސާފުކޮށްފި ނަމަ ވަށައިގެން ވާ ސަރަހައްދު ހަޑިވާނެ ކަމަށް ވިސްނާ ފެންޕަންޕު ބޭނުންކޮށްގެން ސާފުކުރުމުގެ ހިޔާލު ދޫކޮށްލީ ކަމަށްް އޭނާ ވިދާޅުވިއެވެ. މުހައްމަދު އަލީ ދީދީ ވިދާޅުވީ މިތަން ސާފުކުރުމުގެ މަސައްކަތް ކައުންސިލުން މިހާރުވެސް ގަވައިދުން ކުރާ ކަމަށެވެ.

ފުވައްމުލަކު ވަށޮ ވެޔޮ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ފުވައްމުލަކުގެ އަތޮޅު ގޭގައި ގިނަ ދުވަސްތަކެއް ވަންދެއް އެކި މަގާމުތައް އަދާކުރައްވާފައިވާ ހުސައިން ޝަރީފް މުހައްމަދު ވެސް ވިދާޅުވީ މިއީ ކޮން ޒަމާނެއްގެ ވެވެއްކަން އެެނގެން ނެތް ކަމަށެެވެ. ނަމަވެސް ތާރީހީ އެކި ވާހަކަތަކުން އެެނގެން ހުންނަ ގޮތުގައި މިއީ ފުވައްމުލަކު ދެކޮޅުގައި މީީހުން ދިރިއުޅޭކަން އެނގުނު، ވާހަކައިގެ ތެރެއިންވެސް ފާހަގަކުރެވޭ ވެވެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ވެޔޮ މިއީ ކޮން ޒަމާނެއްގެ ތަނެއް ކަމެއް ނޭނގެ. އެކަމަކު ފުވައްމުލަކު ދެކޮޅުގައި މީހުން އުޅޭކަން އެނގުނު ހާދިސާގެ ވާހަކައިގެ ތެރެއިންވެސް މި ވެެވުގެ ވާހަކަ އާދޭ. އެެހެންވީމަ އެނގެނީ މިއީ ވަރަށް ޒަމާންވީ ތަނެއްކަން" ހުސައިން ޝަރީފް ވިދާޅުވިއެވެ.

ކެެޑޭރެެ މިސްކިތުގެ ވެޔޮ / ގެން މިސްކިތުގެ ވެޔޮ:

ފުވައްމުލަކުގެ ޒަމާންވީ ދެ މިސްކިތުގެެ ތެރޭގައި ގެން މިސްކިތާއި ކެޑޭރެެ މިސްކިތް ހިމެެނެެއެވެެ. އެގޮތުން ކެޑޭރެ މިސްކިތުގެ ނަމުން ނަން ދީފައިވާ މިސްކިތް ފާހަގަކުރެވެނީ 1555 ވަނަ އަހަރުގެ ތެރޭގައި ބިނާކޮށްފައިވާ މިސްކިތެއްގެ ގޮތުންނެވެ. ފުވައްމުލައް ވަނީ ދެ ފަހަރެއްގެ މަތިން ފަޅުވެފައެވެ. މި މިސްކިތަކީ ދެ ވަނަ ފަހަރަށް ރަށް ފަޅުވުމަށް ފަހު އަލުން މީހުން އާބާދުވި އިރު އަލީ އަޑަފި ކިލޭގެފާނު ނަމަކަށް ކިޔާ ބޭފުޅަކު ބިނާކުރެއްވި މިސްކިތެކެވެެ. މި މިސްކިިތުގައި ވެސް ވެވެއް ފެންނަން ހުރެއެވެ.

ފުވައްމުލަކު ކެޑޭރެ މިސްކިތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކެޑޭރެެ މިސްކިތުގެ ވެޔޮ ހުރިތަން މިހާރުވެސް ފެންނަން އެބަހުއްޓެވެ. ފުވައްމުލަކުގެ ކަންކަން ދިރާސާކުރައްވަމުން އަންނަ މިރަށުގެ ދިވެހި މުދައްރިސެއް ކަމަށްވާ މުހައްމަދު އިބްރާހިމް ދީދީ ވިދާޅުވީ، ކެނޑޭރި މިސްކިތުގެ ވެވުގައި މިހާރު ފެން ނެތް ނަމަވެެސް އެ ވެވަކީ ވެސް ފެން ހުރި ވެެވެއް ކަމަށެވެ. އެ މިސްކިތް ހުންނަ ސަރަހައްދަކީ ފެން ތިލަ ސަރަހައްދަކަށް ނުވުުމުން މިހާރު މިސްކިތުގެ ވަޅު ބަހައްޓާފައި ހުރީ އެތަނުގެެ ތެރޭގައެވެ.

ވެެޔޮ ހުންނަ ގެެން މިސްކިތަކީ ފުވައްމުލަކުގައި ހުރި އެންމެ ދުވަސްވީީ މިސްކިތްކަން ފާހަގަކުރެވެއެވެ. ގެން މިސްކިތަކީ ފުވައްމުލަކަށް އެެންމެ ފުރަތަމަ އިސްލާމް ދިނަށް ގޮވާލެއްވުމަށް ވަޑައިގެންނެވި އަބޫބަކުރު ނައިބު ކަލޭގެފާނު ބިނާކުރެއްވި މިސްކިތެއް ކަމަށް ތާރީހުގެ އެކި ފަތްފުށްތަކުން އަދި މީހުންގެ ތުންތުުންމަތިން ދެކެވެމުން އަންނަ ވާހަކަތަކުން ހެކިިދެއެވެ.

ފުވައްމުލަކު ގެން މިސްކިތް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގެން މިސްކިތުގައި އޮންނަ ވެވަކީ ހަތަރެސްކަން ބައްޓަމަކަށް ހަދާފައި ހުންނަ ޖާގައިގެ ގޮތުން ތަނަވަސް ވެވެކެވެ. އެއީ މި ވެޔޮތަކުގެ ތެރެއިން އަދިވެސް އެތަނުގެ އަސްލު ނުގެއްލި އޮތް އެއް ވެވެވެ. މިހާރު ވެވުގެ ތެރޭގައި މަދިރި އާލާވާ މިންވަރު ކުޑަކުރުމަށް އެކި ވައްތަރުގެ މަސް އަޅާފައ ހުރެއެވެ. ވެެވުގެ އެތެރޭގައި އެެއްވެެސް މިންވަރަކަށް ކުނި ނެެތުމުން މިތަނަށް މިތަން ރައްކާތެެރިކަމާއި އެެކު ބަލަހައްޓަމުން އަންނަކަން އެނގެއެވެ.

ފުވައްމުލަކު ގެން މިސްކިތު ވެޔޮ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވެޔޮތައް ނެތިގެން ދިޔައީ ކިހިނެއް؟

ވެޔޮތައް ނެތިގެން ދިއުން ނުވަތަ އެތަންތަނުގެ ބަދަލުގައި ފެންވެރުމަށް އަދި ވުޟޫ ކުރުމަށް އެހެން ގޮތްތައް ހިޔާރުކުރީ ކޮން ތާރީހެއްގައި ކަމެއް ފެންނާކަށް ނެތެވެ. މި ވެޔޮތައް ނެތިގެން ދިޔަ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަހުމަދު އިބްރާހިމް ދީދީ ވިދާޅުވީ ބޮޑަށް ބެލެވޭ ގޮތުގައި އޭރު ވެޔޮތަކުގެ ބޭނުން ކުރުން ހުއްޓާލީ ސިއްހީ އެކި މައްސަލަތަކާއި ގުޅިގެންނެވެ.

"އެންމެން އެއް ފެންގަނޑަކަށް އެރި ފެންވަރާ ވުޟޫކޮށް އެހެންވެސް ގިފިލިން ކުރާ ކަންކަން އެންމެ ފުރަތަމަ ކުރަމުން އައީ. ދެން ފަހުން ހޯދުނީ މި ވެޔޮތަކުގެ ސަބަބުން އެކި ބަލިތައްވެސް ފެތުރުން މަގުފަހިވާކަމަށް. އެހެންވެ އެތަންތަނުގެ ބޭނުން ހިފުން އެއްކޮށްހެން އޭރު މަނާކުރީ" ދިދީ ވިދާޅުވިއެވެ.

ވެޔޮތަކުގެ ބަދަލުގައި ފަހުން ބޭނުން ކުރަން ފެށީ ވަޅުތަކެވެ. މިހާރުވެސް ރާއްޖޭގެ ގިނަ ސަރަހައްދުތަކުގައި ފެންވެރުމަށް ވަޅު ބޭނުންކުރަމުން ދެއެެވެ. ވެވާއި ހިލާފަށް ވަޅަކީ ދިޔަ ހިއްކާ ސާފުކުރުމަށްވެސް ފަސޭހަ ސިއްހީ ގޮތުންވެސް ރައްކާތެރި އެއްޗެކެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢެމިހާ

    ތިޔަވެވުންވުލޫކުރާމީހާގިބުލަޔައްހުންނަނީކިހިނެއް،ކޮބާގިބުލަ.

  2. އައިސަ

    ވެވު.... "ވެޔޮ" އެއްނޫން!

    • ހައި

      ވެވު ވެސް ވެޔޮ ވެސް ކިޔާނެ. ރަދީފު ބަލާ.

      3
      1
  3. ޝަބާނާ

    މިކަހަލަ ދެތިން ވެޔޮ ވެސް ޔުމްނާ އަށް ނުބެލެހެއްޓޭ.

  4. ކަލާ123

    ރަދީފުގައި ކޮންމެ އެއްޗެއް އޮތަސް ބޮޑަށް ރަނގަޅު ގޮތަކީ ވެވު. ވެވުން ވުޟޫ ކުރެވިދާނެ. ވެވުން ފެން ވެސް ވެރިދާނެ. ނަމަވެސް ވެޔޮއިން ވުޟޫ ކުރުމެކޭ ނުވަތަ ވެޔޮއިން ފެންވެރުމެކޭ ނުކިޔާ. އަސްލު ބަހަކީ ވެވު. ސިންގަޅަ ބަހުގައި ވެސް މިބަސް އޮތީ ހަމަ މިހެން. މީން ވެސް އެނގެނީ އަސްލު ބަހަކީ ވެވު ކަން. ގިނަ މީހުން ބޭނުން ކުރާ ނަމަ ކުށް ގޮތް ވެސް އެއީ ރަނގަޅު ގޮތް ކަމަށް ބެލެވޭ. އޮގޮތުން ވެވު އެއީ ދިވެހި ދޫތަކަށް ބަރު ބަހަކަށް ވާތީ ދުލަށް ފަސޭހައަކަށް ވެޔޮ ކިޔަން ފެށީ ކަމަށް ވެދާނެ! އަދި އެންމެ ފަހުން ރަދީފުން ޖާގަ ހޯދިފައި އޮތީ ކަމަށް ވެދާނެ.