(ފުވައްމުލައް ސިޓީ) ތައުލީމީ ދާއިރާގައި ދުވަސްތަކެއް ވަން ދެން ރަށަށް ޚިދުމަތް ކުރެއްވުމަށް ފަހު، މިހާރު އުޅުއްވަނީ ސިޓީ ކައުންސިލްގެ އިދާރީ ކަންކަމުގައި ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރުގެ ހައިސިއްޔަތުންނެވެ. މި މަސައްކަތުގެ ތެރޭގައި ރަށުގެ ތާރީޚީ ކަންކަން ދިރާސާކޮށް މައުލޫމާތު ރައްކާ ކުރުމުގެ މަސައްކަތަކީ ޝައުގުވެރިކަމާ އެކު ކުރާ ކަމެކެވެ. ފަރުދީ ހައިސިއްޔަތުން ޒިންމާއެއް ކަމުގައި ދެކިގެންނެވެ.

"ވަގުތު ހޭރިޔާ" ނޫސްވެރިންގެ ފުވައްމުލަކުގެ ތާރީޚީ ކަންކަން ދިރާސާކޮށް މައުލޫމާތު އެއްކުރަމުން ދިޔައިރު، އެ މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ދިން އެއް ބޭފުޅަކީ މި ސިޓީއަށް އުފަން މުހައްމަދު އަލީ ދީދީއެވެ. ރަށުގައި ފާހަގަކޮށްލެވޭ ތާރީޚީ ބިނާތަކަށް "ވަގުތު ހޭރިޔާ" ގެ ނޫސްވެރިން ޒިޔާރަތް ކުރަމުން ދިޔައިރު، އޭގެ މައުލޫމާތު ދޭން އޭނާ ވަޑައިގެން ހުންނަވާއިރު، އަތުގައި މައުލޫމާތު ލިޔެފައި ހުންނަ ގަނޑުތަކެއް ފައިލްކޮށްގެން ގެންގުޅުއްވައެވެ.

އޭނާ ގެންގުޅުއްވާ ގަނޑުތަކުގައި ފުވައްމުލަކުގައި ހުރި އާސާރީ ހުރިހާ ތަނެއްގެ މައުލޫމާތުތައް އޮތެވެ. ފުވައްމުލަކާ ގުޅުން ހުރި ތާރީޚީ މައުލޫމާތުތައް ހިމަނުއްވާފައިވެއެވެ. އިސްލާމް ދީން އޮތުމުގެ ކުރިން ފުވައްމުލަކުގައި އަޅުކަން ކުރަމުން ދިޔަ ދީންތަކާއި، ފުވައްމުލަކަށް އިސްލާމް ދީން އައި ގޮތުގެ މައްޗަށް ދެކެވޭ ވާހަކަތަކުގެ ދިރާސާއެއް ވެސް އޮތެވެ.

ފުވައްމުލައް ސިޓީގެ އާސާރީ ތަންތަނަށް މުހައްމަދު އަލީއާއެކު ވަގުތުގެ ނޫސްވެރިން ޒިޔާރަތް ކުރުމުގެ ތެރެއިން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

މުހައްމަދު އަލީ ކިޔައި ދެއްވި ގޮތުގައި، ސުލްތާން މުހައްމަދު ޣިޔާސުއްދީނަކީ އޭނާގެ ހަތްވަނަ ކާފައެވެ. ކުރީގެ ރައީސް މުހައްމަދު އަމީން ދީދީއަކީ ވެސް އެ އާއިލާއަށް ނިސްބަތްވާ ބޭފުޅެއް ކަމުގައި މުހައްމަދު އަލީ ވިދާޅުވިއެވެ. މިގޮތުން މުހައްމަދު އަލީ ވަރަށް ކުޑައިރު ފުނާޑި ގޮނޑިވަރު އާއިލާގެ އިބްރާހީމް ދީދީއާ ބައްދަލުވެ ދެކެވުނު ވާހަކައެއް ހިއްސާކުރެއްވިއެވެ. އަދި ސުލްތާން ޣިޔާސުއްދީންގެ އާއިލާއަކީ އިބްރާހިމް ދީދީއާއި މުހައްމަދު އަލީ ދީދީ ވެސް ނިސްބަތްވާ އާއިލާ ކަމުގެ މައުލޫމާތު ދިނެވެ.

"އެ އިބްރާހިމް ދީދީ އަޅުގަނޑު ވަރަށް ކުޑައިރު އައިސް ބައްދަލުވެ ދައްކާފަ މި ބުނަނީ، މި އޮތީ އެ އާއިލާއޭ، އަޅުގަނޑުމެންގެ އާއިލާއޭ މިއީ، ދެން ފަހުން ބޮޑުވެގެން އައިސް މި އޮތީ އަޅުގަނޑުމެންގެ އާއިލާއޭ ބުންޏަސް ބައެއް މީހުނަށް ގަބޫލެއް ނުކުރެވޭ، ދެން އަޅުގަނޑު ބޭނުންވީ އަޅުގަނޑު އެ އާއިލާއަށް ނިސްބަތްވާ ގޮތް ދިރާސާ ކުރަން،" މުހައްމަދު އަލީގެ އެ ޝައުގުވެރިކަން އުފެދުނު ގޮތް ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލީ ދީދީ ވަގުތު އަށް މައުލޫމާތު ދެއްވަނީ؛- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

މުހައްމަދު އަލީ ވިދާޅުވި ގޮތުގައި އޭނާ އެ ދިރާސާ ކުރައްވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް ކައުންސިލްގެ އިދާރީ މަސައްކަތާ ހަވާލުވެވަޑައިގެންނެވި ފަހުން އެ މަސައްކަތް ކުރައްވަން ހުސް ވަގުތު ލިބިވަޑައިގަންނަވަނީ ވަރަށް މަދުން ކަމުގައި ފާހަގަކުރެއްވިއެވެ. އެކަމަކު ވެސް ވަގުތު ލިބުނު މިންވަރަކުން އޭނާ ދަނީ އެ މަސައްކަތް ފުރިހަމަ ކުރައްވަމުންނެވެ.

"އޮންނާނެ އަޅުގަނޑު ނިސްބަތްވާ އަވަށުގެ އާއިލާ، ފޮނާޑު އަވަށުގެ އާއިލީ ދަރިފަސްކޮޅު ވެސް ދިރާސާކުރަން ފަށާފައި. އަޅުގަނޑުގެ އަށް ވަނަ ކާފައާ ހަމައަށް ގޮސްފަ ދެން މި ބެލީ މާމަ ފަޅި، ޣިޔާސުއްދީން ރަދުންއާ ޖެހިގެން ދެން އެ އޮތް ފަޅި ވެސް. މިހާރު ވެސް އޮފީހުގަ ލިބޭ ވަގުތުތަކުގައި އާއި، ރޭގަނޑުގެ ވަގުތުތައް އެހެން ހުސްކޮށްފަ ދިރާސާކޮށް ފެމިލީ ޓްރީ ކުރަހަމުން މި ދަނީ، އެއަށް ބަލަމުން،" މުހައްމަދު އަލީ ވިދާޅުވިއެވެ.

ފުވައްމުލައައް ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލީ ދީދީގެ މަސައްކަތް- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މުހައްމަދު އަލީ ވިދާޅުވި ގޮތުގައި އޭނާގެ އަމާޒަކީ އެ ދިރާސާތަކުގެ މައްޗަށް މުސްތަގްބަލުގައި ފޮތެއް ޝާއިއު ކުރުމެވެ. މިގޮތުން ފުވައްމުލަކުގެ ދަރިފަސްކޮޅާއި ފުވައްމުލަކުގައި އޮތް ރަސްމަތިފުޅުން އައިސްފައިވާ އާއިލާތަކުގެ ދަރިފަސްކޮޅާއި ފުވައްމުލަކަށް އިސްލާމް ދީން ތައާރަފްކޮށްދިން އާއިލާގެ ދަރިފަސްކޮޅުގެ "ފެމިލީ ޓްރީ" އާއި އޭގެ މައުލޫމާތުތައް އެ ފޮތުގައި ހިމަނަން މަސައްކަތް ކުރައްވާ ކަމަށް މުހައްމަދު އަލީ ވިދާޅުވިއެވެ.

މިހާތަނަށް ކުރެވިފައިވާ މަސައްކަތް ވެސް މުހައްމަދު އަލީ ދީދީ ހިއްސާ ކުރެއްވިއެވެ. މިގޮތުން އޭނާގެ ބައްޕަ އަލިދީދީ، ދިގިފީށި، އާއި މަންމަ އާއިޝަތު ދީދީ، ކަލަފަގި، އާއިލާ ދިރާސާކޮށްފައި އޮތެވެ. އާއިލީ އޮނިގަނޑު ދައްކާ ގޮތުން ބައްޕަ އާއި މަންމަގެ އާއިލާ ދިމާވާ ހިސާބެއް ވެސް އޮތެވެ. މުހައްމަދު އަލީގެ ބައްޕަ ފަރާތު މާމަ، ދޮންދީދީއަކީ މަންމަ ފަރާތު ކާފަ، މޫސާދީދީއާއި އެއްބަނޑު އެއްބަފައި ދެ ބޭފުޅުންނެވެ.

ފުވައްމުލައައް ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލީ ދީދީގެ މަސައްކަތް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިހެންކަމުން މުހައްމަދު އަލީގެ ބުރަ މަސައްކަތަށް ދެން ލުޔެއް ވެސް ލިބުނެވެ. މިހާތަނަށް ދިރާސާކުރެވި ކުރަހާފައިވާ އާއިލީ އޮނިގަނޑު ފެންނަ ގޮތުން ސުލްތާން މުހައްމަދު ޣިޔާސުއްދީނަކީ މުހައްމަދު އަލީގެ ހަތްވަނަ ކާފައެވެ. އަށްވަނަ ކާފައަކީ ސުލްތާން އިބްރާހިމް އިސްކަންދަރު (ދެވަނަ) އެވެ. ނުވަވަނަ ކާފައަކީ ސުލްތާން މުޒައްފަރު މުހައްމަދު އިމާދުއްދީން (ދެވަނަ) އެވެ.

މުހައްމަދު އަލީ އާއިލީ އޮނިގަނޑު ދިރާސާ ކުރެއްވުމަށް ރާވާފައި ވަނީ ވެސް ވަރަށް ވިސްނުންތެރިކަމާ އެކުގައެވެ. އެންމެ ފުރަތަމަ ކާފައިންނާއި މާމައިންގެ މައުލޫމާތުތައް އެއްކުރީއެވެ. މިހާރު ދިރާސާ ކުރައްވަމުން ގެންދަވަނީ އެއިން ކޮންމެ އާއިލާއެއް ވެސް ވަކިންނެވެ. މިގޮތުން އޭނާ ނިސްބަތްވާ ފުވައްމުލަކުގެ ފުނާޑު އަވަށުގެ އާއިލާ ވެސް މިހާރު ދިރާސާ ކުރައްވަން ފައްޓަވާފައިވެއެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލީ ދީދީގެ މަސައްކަތް؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި މަސައްކަތަކުގެ ތެރެއިން ފުވައްމުލަކަށް އިސްލާމް ދީން ތައާރަފުކޮށްދިން އާއިލާ ވެސް ދިރާސާ ކުރައްވަން ފައްޓަވައިފިއެވެ. މިގޮތުން، މުހައްމަދު އަލީގެ ދިރާސާއިން ދައްކާ ގޮތުގައި، ފުވައްމުލަކަށް އިސްލާމް ދީން ފުރަތަމަ ތައާރަފް ވެގެން އައީ އަރަބި ކަރައިގެ ބޭފުޅެއްގެ ފަރާތުންނެވެ. އެ އާއިލާގެ ދަރިފަސްކޮޅު ވެސް އޭނާ މިހާރު ގެންދަވަނީ ދިރާސާ ކުރައްވައި، އޭގެ އާއިލީ އޮނިގަނޑު ކުރައްސަވަމުންނެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުހައްމަދު އަލީ ދީދީ ވަގުތު އަށް މައުލޫމާތު ދެއްވަނީ؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މުހައްމަދު އަލީގެ މި މަސައްކަތް ނޫސްވެރިންނަށް ފާހަގަކުރެވުނީ ވަރަށް ތަފާތު މަސައްކަތެއްގެ ގޮތުގައެވެ. އެ މަސައްކަތުން ސާފުވާ އެއް ކަމަކީ ތާރީޚީ ކަންކަމަށް މުހައްމަދު އަލީގެ ލޯބި އޮންނަ މިންވަރެވެ. ޚާއްސަ އުފަން ފުވައްމުލައް ސިޓީގެ ތާރީޚު ގެއްލިޔަ ނުދީ ހިމާޔަތް ކުރުމުގެ މަސައްކަތް މިހާރު ވެސް ކައުންސިލް އިދާރާގައި ހުންނަވާ އޭނާ ކުރައްވައެވެ.

ކައުންސިލް އިދާރާގައި އޭނާ އަމިއްލައަށް އިސް ނަންގަވައިގެން މިހާރު ވެސް އެ ރަށުގެ އާސާރީ އެތައް ތަކެތި ރައްކާކޮށްފައި އެބަ ހުއްޓެވެ. އޭނާ ދެކެވަޑައިގަންނަވަނީ ރަށަށް އުފަން ދަރިއެއްގެ ހައިސިއްޔަތުން އެއީ އޭނާ އަދާ ކުރައްވަން ޖެހޭ ފަރުދީ ޒިންމާއެއް ކަމަށެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. އީސަ

  ވަރަށް ޝައުގުވެރި. ދިރާސާ ކުރަމުންދަނީ ކިހިނެއްކަން ހިއްސާކޮށްލިނަމަ.

  9
  4
 2. އަބްދޫ

  އާއިލާ ތައް ދެނެގަަތުމުގެ އެންމެ ބޮޑުމަސައްކަތެއް ކުރައްވާފަ ވަނީ ގދ،ތިނަދޫ އަބްދުﷲހިލްމީ. ގަދ.ތިނަދޫއަކި އެރަށުން މީހުންބެލުމުގެ ސަބަބުން އައިލާތައް ވިއްސި ވިހާލަ ވެފަިވާރަށެއް އެރަށުގެ އާއިލާތައް އައްޑޫ ފުވައް މުލައް ގދ.އަތޮޅު ލ.އަތޮޅު ތ.ްަތޮޅު ކ.އަތޮޅު މާލެ ބ.އަރޮޅު ހއ.އަތޮޅުގެރަށްރަށުގާ ދިރިއުޅޭ. މިހުރިހާއާއިލާތައް ފެންނަ ގޮތަށް ގަލެހިރި ޑޮޓްކޮމް ކިޔާ ސައިޓއް އުފައްދާ އެއައިލާތަކުގެ ވަނަވަރު ވަނި އެސައިޓްގަ ޖަމާކުރެވިފާ. އައްޑޫ މީދޫ އާއި ފުވައްމުލަކުގެ ބައެއްއާއިލާ ތަކުގެ ގުޅުންވެސް އެސައިޓްގާ ސާއިއު ކުރެވިފާވޭ.މިއީ ތަރީހަށްޓަކާ އަމިއްލަ ފަރުދަކު ކުރެއްވި ބުރަމަސައްކަތެއްކަންފާހަގަ ކުރަން.

  20
  1
  • މީހާ

   ސާރޗެއް ނުވޭ ތި ސައިޓް، ލިންކެއް ސެއާރ ކޮށްލަބަ، ވަރަށް ބޭނުން ބަލާލަން

 3. އަނގަބޮޑޭ

  ތީ ތިޔަރަށައް އަރުވާލި އާއިލާއެއް ގެ ވާހަކަ
  ތިޔަރަށުގެ އަސްލު މީހުނަކީ ކޮރެޔާ ބަޔެއް
  ކޮރެޔާ އަށް އަންނާތި އިގޭ އާއިލާ ހޯދަން

  3
  3
 4. ހައްހައް

  ވިމާމޮޅު ނަސަބަކުން އަޔަތީ ތިމާމެން ކިބުރުވެރި މިވަނީ
  ރިމާދަށް ފުރޮޅިގެން އެދަނީ ދިމާޔަށް އަނގުރު އަލިފާނޭ

  9
  5
 5. ޙަރީރާ

  ވަރަށް ޝައުގުވެރި ކަމެއް ތީ.. އަޅުގަނޑުގެ މާމައަކީވެސް ފުވައްމުލައް ދޫޑޭރި އާއިލާއޭ މާމަގެ ދުނިޔޭގައި ބުނި. ވަރަށް ބަލަންބޭނުން އާއިލާގެ މީހުން

  7
  1
  • ަ2ވަނަ

   ދޫނޑޭރެ އާއިލާ އެއީ ވަރަށް ބޮޑު ގަދަރުވެރި އާއިލާއެއް

   7
   1
  • ޙުސެއިން

   މަވެސްމީ ދޫޑޭރެ އާއިލާ މީހެއް

   • ާއަހްމަދު

    ތި އާއިލާގެ އެއްވެސް ބަޔަކު ހުވަދު އަތޮޅުގައި އުޅޭކަން އެގިލައްވާތޯ

 6. އަޙްމަދު

  މަންމަ ބުނާނެ ކާފަ އެއީ ކޮންމެވެސް ފުވައްމުލައް ވަލިދަޑި އާއިލާއޭ . ޢާއިލާމީހަކު އެގޭނަމަ ހާދަ ރަނގަޅޭ

  • ދިއްލާ

   މާކީއަސް ވަލިދަޑި އާއިލައި މީހެއް

 7. ޑައިވަރޭ

  ދޮގޮބެއަ ދައްކާވާހަކަ ތިމީހުން ގަބޫލްކެރިޔަސް އަފޫނިކެރަމާ...
  ތިއުޅެނީ އާއިލާ ކޮޅުންވެސް ރަދުނަކާ ދިމާވޭތޯ ދޯ؟

  5
  4
 8. ނާޗަރަމްގީ

  މީ. މާކުރިން އައްޑޫ. މީހަކު ލިޔެފަ އޮތް އެއްޗެއް. އޭގެ ކޮޕީ އެބައޮތް މީނަ ޖެދި އެއްޗެއްނޫން މިއަކީ. ޚޮޕީކުރިއަސް ފުކެއް ބޮޑުވަރު. ފާރޫގުހަސަނެކޭ މީނައެކޭ ތަފާތެއްނެތް

  7
  4
  • ޑައިވަރޭ

   ޓިޕިކަލް ދޮގޮބެއަ

   3
   2
 9. މުރާލި މީހާ

  ތެދެއްހެދެން އޮތަސް ދޮގެއް ނޫނީ މީނަ ނުހަދާނެ.

  3
  1
 10. ޖަނާޒާ

  ތިޔަ ދިރާސާ ގެ ބިންގާ ، ހިޔާލީ ޤަލަމަކުން ނުލިއުއްވާތީ. 7 ވަނަ ކާފަޔާއި ހަމަޔަށް ދިޔަގޮތް ވަރަށް ބޮޑަށް ބުއްދީގެ ހަލަތަކަށް ބުރަކޮށް ލަދޭ މަސްދަރު ތަކެއްސާބިތުކޮށްދެއްވާތި. އެހެންނޫނީ އަހަރެންވެސް ތިޔަ ފެމެލީޓްރީގައި ކުރެވި ބޮޑުބޭބޭ އަކަށްވެސް ވެދާނެ އިނގޭތޯ . ކުރައްވާ މަސައްކަތް ފުޅަށް ހިތަވަރާއި ސާބަސް.