(އައްޑޫ ސިޓީ) ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫ ސިޓީއަކީ ރާއްޖޭގެ އެހެން އަތޮޅުތަކާ ބަލާ އިރު، ތަފާތު ކަމެއް ލިބިފައިވާ އަތޮޅެކެވެ. ގުދުރަތީ ލާމަސީލު މިސާލެކެވެ. "އިނގިލިތަކުން" ގުނާނުލެވޭހާ ގިނަ އާސާރީ ތަންތަން ހުރި އަތޮޅެކެވެ. ތަހުޒީބު މުޖުތަމައުއެއްގެ ގޮތުގައި މި ސިޓީ ވަނީ އެތައް ގޮތަކުން ކުރި ހޯދައިފައެވެ. މި ހުރިހާ ކަމަކާ އެކުގައި ވެސް މި އަތޮޅުން ފާހަގަކޮށްލެވޭ އެއް ދޫންޏަކީ "ދޮންދީނި"އެވެ.

އިނގިރޭސި ބަހުން "ވައިޓް ޓާން"ގެ ނަން ދީފައިވާ މި ދޫންޏަށް ދޮންދީނީގެ އިތުރުން ކަނދުވަލު ދޫންޏޭވެސް ކިޔައި އުޅެއެވެ. މި ދޫނި ހަމައެކަނި ފެންނަނީ އައްޑު އަތޮޅުންނެވެެ. ނަމަވެސް ދެކުނުގެ ބައެއްް އެހެން ސަރަހައްދުތަކުގައިވެސް ދޮންދީނި އުޅެއެވެ. ގައިގައި ހުންނަ ފަތުގައި ސާފު ހުދުކުލަ ހުންނަ މި ދޫނީގެ ތުމުގައި ހުންނަނީ ކަޅު ކުލައެވެ. ކުދި މަސް ކައި އުޅޭ މި ދޫނި ނިދާ ހަދަނީ ގަހުގެ ގޮފިތަކުގައެވެ. މިދޫނި ދަރިމައިވަނީ ވެސް ދިރިއުޅޭ ގަހުގެ އޮފިގަނޑު މައްޗަށް ބިސް އަޅައިގެންނެވެ. ހިމާޔަތް ކުރެވިފައިވާ މި ދޫންޏަކީ ރާއްޖެ އިން ފެންނަ އެންމެ ރީތި އެއް ދޫންޏެވެ.

ކަޅު ކުޑަ ލޮލެއް ލިބިފައިވާ މި ދޫންޏަކީ ސާފު ހުދު ކުލައިގެ ދޫންޏަކަށްވާ އިރު، ލޮލުގެ ތިރީ ކައިރީގައި ގަދަ ނޫކުލައިގެ ކައިރިފަށެއް ފެންނަން ހުރެއެވެ. ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ މި ދޫނީގެ އެވްރެޖް އުމުރަކީ 18 އަހަރެވެ. މިދޫނި އެންމެ ދޯޅަ ކަމަށް ގިނަމީހުން ބުނަނީ އަނބު އަދި ބަނބުކެޔޮ ގަހަށެވެ.

އައްޑޫގެ ފަހުރެއް ކަމަށްވާ ދޮންދީންޏެއް - ފޮޓޯ: އަޒީމް ނަޖްމީ

އައްޑޫން "ވަގުތު" އާ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި މީގެ ކުރިއާ އަޅާ ބަލާ އިރު މިހާރު އެ އަތޮޅުގައި ދޮންދީނި ދިރިއުޅޭލެއް ވަރަށް މަދެވެ. ދޮންދީނި މަދުވަން ފަށާފައި ވަނީ، ބަނބުކެޔޮ ގަސްތައް އެެކި ބޭނުންތަކުގައި ކަނޑަމުން އަންނާތީ ކަމަށާއި، މިއީ ހައްްލެއް ހޯދަަން ޖެހޭ ބޮޑު މައްސަލައެއް ކަމަށް އައްޑޫއިން ވާހަކަ ދެއްކި މީހުން ބުނެއެވެ.

"ބޭބެމެން ކުޑައިރު އައްޑޫގައިި ކިތަންމެ ވަރަކަށަވެސް ދޮންދީިނި އުޅުނު. އަބަދު ދޫނިި ގޮވާ އަޑު އިވޭނީ އޭރު. އެކަމަކު މީހުންް އެކި ބޭނުންތަކުގަ ބަނބުކެޔޮ ގަސްތައް ކަނޑަން ފެށީމަ ދޫނި ވަރަށް މަދުވެއްޖެ. މިހާރު ހާލަކުން ފަހަރަކު މިހެން އައިސް ގެއަށް ޖައްސާފަ ވެސް ތިިބޭނީީ" އައްޑޫގެ އުމުރުން ދުވަސްވީ ފަރާތެއް ކަމަށްވާ އަހުމަދު އިބްރާހިިމް، 68، ބުންްޏެވެ.

އައްޑޫ ގައި އުޅޭ ދޮންދީނި- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ދޮންދީންޏަކީ ގަސްގަހުގައި ދިރިއުޅޭ ދޫންޏަކަށްވާ އިރު، ބިސްއެޅުމަށްޓަކައި ދޮންދީނި އަމިއްލައަށް ހާލި ތައްޔާރުކުރެއެވެ. މިހާލިތައް ހުންނަނީ ކާޅު، މީދާ ފަދަ އެއްޗެއްސަށް ނުފެންނަގޮތަށް ރައްކާތެރިކަމާއެކު ގަސްގަހުގެ ގޮފިގަނޑުގައެވެ.

ބަނބުކެެޔޮ ގަސްްތައް ނެތެން ފެށުމުން ދޮންދީންޏަށް މަޖުބޫރުވަނީ އަނބުގަހުގައި ހާލި ހަދައިގެން ބިސްްއަަޅާށެވެެ. ނަމަވެސް އަނބު ގަހަކީ ދޮންދީނި އާލާވުމަށް ފަސޭހަ ގަހެއް ނޫންކަމަށް ވެއެވެ. ބަނބުކެޔޮ ގަހުގައި މިބާވަތުގެ ދޫނި އުޅެނީ ތުނބުން ތޮރުފާލުމުން ގަހުން ނިކުންނަ ކިރުގެ އެހީގައި ދޮންދީނި އަޅާ ބިސް ގަހުގައި ހަރުލާފައި ހުންނާތީއެވެ. އަދި އަނބު ގަހުގެ ފަތް ކުދިވުމަކީވެސް ދޮންދީންޏަށް އެ ގަހުގައި އުޅުން ދަތިވާ އެއް ސަބަބެވެ.

އައްޑޫ ސިޓީގައި އުޅޭ ދޮންދީނި:- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

ހުވަދު އަތޮޅު ހައޮޑިގަލާ ނަމަކަށް ކިޔާ ރަަށެއްގައި ދޮންދީނި އަލާވާކަމަށް ވެއެވެ. އައްޑޫ އިން ދޮން ދީންޏާ ބެހޭ ގޮތުން މައުލޫމާތު ދިން ބައެެއް މީހުން ބުނެފައިވާ ގޮތުގައި ހައޮޑިގަލާއަށް ދޮންދީނި ގެންގޮސްފައިވަނީ އެއަތޮޅުންނެވެ. އަދި ގެންގޮސް ހައޮޑިގަލާއަށް ދޫކޮށްލުމުން އެރަށުގައި ދޮންދީނި އާލާވީކަމަށް ވެއެެވެ. ނަމަވެސް މިއީ ހަގީގަތެއް ކަމާއި މެދު ބައެއް މީހުން ސުވާލު އުފައްދައެވެ.

ދޮންދީންޏެއް އުދުހެނީ :- ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

އެގޮތުން އައްޑޫއާއި ހުވަދު އަތޮޅާ ދެ އަތޮޅަކީވެސް ކައިރީގައި އޮންނަ ދެތަން ކަމަށްވުމުން ދޮންދީނި ހައޮޑިގަލާއާ ހަމައަށް ދަތުރުކުރީ ކަމަށް ބައެއް މީހުން ބުނެއެވެ. ހައޮޑިގަލާގެ އިތުރުން އެއަތޮޅު ކޫއްޑޫގައިވެސް މީގެ ކުރިން މިބާވަތުގެ ދޫނި އާލާކުރުމަށް ބަޔަކު މަސައްކަތް ކުރިއެވެ. ނަމަވެސް އެ މަސައްކަތް ކާމިޔާބުވާގޮތް ވަނީ ނުވެފައެވެ.

އައްޑޫއިން ދޮންދީނި މަދުވަމުން އަންނާތީ އެ ސިޓީއަށް އަންްނަނީީ ކާޅުގެ އުނދަގޫ ފޯރަމުންނެވެ. ކާޅަކީ ރާއްޖޭގެ އެހެން ރަށްރަށާއި ގާތް އެއްްޗެކެވެ. މީގެ ކުރިން އައްޑޫގައި ދޮންދީނި ގިިނަ އަދަދަކަށް އުޅުމުގެ ސަބަބުންް ކާޅަށް އައްޑޫގައި ވަޒަންވެރިއެއް ނުވެވުނެވެެ. ކާޅަކީ މީހުންނަށް ބައެއް ފަހަރު އެސޮރުގެ ސަބަބުން އުނދަގޫވާ އެއްްޗެއް ނަމަވެސް ދޮން ދީންޏަކީ މީހުންނާއި ދުރު، މޫދު މަސް ކައިި އުޅޭ ދޫންޏެއް ކަމުން އައްޑޫ ރައްޔިތުން ދޮންދީނި ދެކެ "ލޯބި"ވަނީވެސް ކާޅުގެ އުނދަގޫ ކުޑަކަމުންނެވެ. ކާޅު ގިނަވެ އައްޑޫ ރައްޔިތުންނަށް ވަނީ އުނދަގުލަކާ ކުރިމަތިލާން ޖެހިފައެވެ.

އައްޑޫގެ އަތިިރމައްޗެއްގައި ކާޅިުތަކެއް ޖައްސާފައި --

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އައްޑޫ ރައއްޔިތުން ދޮންދީނި ބަލައިގަންނަނީ އެ ދޫންޏަކީ ކާޅުގެ އުނދަގޫ ކުޑަކޮށްދޭ ބޭހެއް ފަދަ އެއްޗަކަށް ވާތީ. މިހާރު ފެނޭ އަތިރިމަތިންވެސް ކާޅު. ރަށު ތެރޭގަވެސް އުޅޭ މަދުމަދުން. އެއީ ދޮންދީނި މަދުވާތީ ލިބޭ ވަރަށް ބޮޑު ގެއްލުމެއް" އައިިޝަތު އަލީ 45އ ބުންޏެވެ.

ދޮންދީނި މިހާރު ރާއްޖޭގައި މަދުވެފައިވާ އިރު، ސަރުކާރުން ވަނީ މިދޫނި ހިފައި ގެންގުޅުން މަނާކޮށްފައެވެ. އެކަމަކު، ހަމައެކަނި މި ދޫނި ހިފުން މަނާ ކުރުމަކުން ނުފުދެއެވެ. އެ ނޫން ގޮތްތަކެއް ވެސް ސަރުކާރުން ހޯދަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހައިރާން

    ލިޔުންތެރިޔާއަށް ބުނެލަން. ދިވެހިބަހުން "އިނގިލިތަކުން ގުނާލެވޭހާ" މިބަސް ބޭނުން ކުރަނީ އެއްޗެއްގެ މަދުކަން ބަޔާން ކުރުމަށް. ނަމަވެސް ލިޔުންތެރިޔާ މިބަސް ބޭނުންކޮށްފައި މިހަނީ އައްޑޫގެ އާސާރީ ތަންތނަް ވަރަށް ގިނަކަން ހާމަ ކުރުމަށް. ހަމަ ތެދެއް މިބުނީ، ލަދުން ބޯހަލާކު!

    14
    6
    • ހެޔޮއެދޭ ފަރާތެއް

      އިނގިލިތަކުން" ގުނާނުލެވޭހާ ގިނަ އާސާރީ ތަންތަން ހުރި އަތޮޅެކެވެ. މިހެނެއް ނޫންތަ އެއޮތީ؟ އޭގެ ނެތް މައްސަލައެއް. މާ އެނގެނީ އޭ ތި

      13
      6
      • ޔާމީނު

        ފަހުން އެއޮތީ ބަދަލުކޮށްފ ކުރިން އޮތީ ގުނާލެވޭނެޔޭ

        3
        1
  2. އ ސުކުން

    ހެޔޮއެދޭ ފަރާތްކަހަލަ ދެމީހުން ވެއްޖެނަމަ ދިވެހިބަސް ހޯދައި ނުފެންނާނެ. ނޭންގޭނަމަ ދަސްކުރާނީ. ރޯނުއެދުރު ރައްދެއްނޫން ދޭނީކީ.

    3
    1
  3. ސައްބު

    ބަލަ އިނގިލިތަކުން ގުނައިލެވޭހާ ކިޔާފައި "ގިނަ" މިބަހެއް ބޭނުމެއް ނުކުރާނޭ ހެޔޮއެދޭމީހާ! އިނގިލިތަކުން ގުނައިލެވޭހާގެ ފަހަތަށް ދިވެހިބަހުގަ ގެންނާނީ "މަދު" މިބަސް. ނޭންގޭނެ މީހަކަށް ނޭންގޭނެ ކިތަންމެ ވަރަކަށް ބުނެދިނަސް.

    6
    1
    • ހެޔޮއެދޭ

      އެބަސް އެއޮތީ ހަމަ ބޭނުންކުރެވޭ ހާލަތެއްގައި ބޭނުންކޮށްފައި. މަދު ލައިގެން ބޭނުން ކުރާތީ އަބަދަކު ނުޖެހޭނެ އެ އުސޫލުން ލިޔާކަށް. މީ ދިވެހި ބަހުގެ ޤަވާޢިދުގެ ބަހެއް ނޫންވިއްޔަ

      2
      5
  4. ހަޗިސް

    މީހަކު އައިސް މަށަށް ކިޔަނީ މުހައްމަދެކޭ، މަށަކީ ރަސްކަލެއްގެ ކާފަކާފަކާފަކާފަ ދަރިޔެކޭ، މަށަށް މިއަތޮޅު ހުރިހާއެއްޗެއް އެނގެޔޭ ބުނީމާ އެވާހަކަ ލިޔުމަކުން ނޫސްވެރިޔާއަކަށް ހުތުރެއް ނެތް. ނޫސްވެރިޔާގެ މަސައްކަތަކީ އެމީހުން އެހެން ބުނާކަން ރިޕޯޓު ކުރުން. ނޫސްވެރިޔާ ކުށްވެރިނުކުރޭ! ސާބަހޭ ވަގުތޫ! ހޭރިޔާ ކޮށްފަ ބަހައްޓާ! ކުރިޔަށް، ސާބަސް!

    2
    3
  5. ވޯކު ދިވެހި ޕީއެޗްޑީ

    ކުރިން މައުމޫނު ދައުރުގަ ގަވާއިދުން ކާޅު މަރަން މާލެއިން ސިފައިން ފޮނުވާނެ އައްޑޫ އަށް ކާޅު ގިނަވާން ފެށުމުން. މިހާރު އެކަހަލަ ކަމެއް ސިފައިން ކޮށްފިއްޔާ ދިވެހި ރާއްޖޭގަ އުޅޭ ތިމާވެށި ޖަމިއްޔާތަކުން ސިފައިންނާގެން ދައުވާ ކުރާނެ އިންޓަަނޭޝަނަލް ކޯޓުގަ. މިހާ ވަރަށް މީހުން ވޯކު ވީމަ ދެން ދޮންދީނާވެސް ހުސްވާނެ، މިއޮތީ ބަނޫ އިސްރާޢީލީން ނަށް ޖެހުނު ގޮތް ދިވެހިންނަށް ވެސް ދިމާވެފަ.

    5
    1
  6. ބޮލުގައިރިއްސާ

    އައްޑޫގަ ވަކި ހާއްސަބިންތަކެއް ކަނޑައަޅާފަ އެބިންތަކުގަ ގިނައަދަދަކަށް ބަނބުކެޔޮގަސް އިންދަންވީ.. ސަރުކާރުގެ ބަޖެޓް ނެތިމިކަންކުރޭވެނެ ގޮތެއްވެސް އެބައޮތް.. އެއީ އެފަދަ ބިމެއްކަނޑައަޅާފަ އެތާނގަ ބަނބުކެޔޮގަސްހައްދަން ޝައުގުވެރިވާ މީހުން ހޯދަން އިއުލާންކުރުން.. އަދި އާންމުންގެ އެކަމަށް ޝައުގުވެެރިވާ ބަޔަކާއެކަން ހަވާލުކުރުން.. ޝަރުތަކީ 5 އަހަރުތެރޭގަ އެތާގަ ގިނައަދެދެއްގެ ބަނބުކެޔޮގަސް ހެދިފަހުރުން.. ފެއިލް ވެއްޖެ ނަމަ އެބިން އެކަމާ ހަވާލުކުރެވުނު ފަރާތުން އަތުލުންވެސް ޝަރުތުކޮށްފަ.. އަދި އެކަން ފެއިލްވީ ފަރުވާކުޑަކަމުންނަމަ "ފައިން" ކުރަންވެސް ޝަރުރުކޮށްފަ..

    8
    1
  7. ޙަބީބު.

    ކޮންމެ ރަށެއްގަވެސް ދޮންދީނި އާލާވާނެ ކޮންމެ ދެމަފިރިޔަ ކައް ބަނބުކ ކެޔޮގަސް ހައްދާފަ ކަޅައް ބަޑިޖަހާ މަރަންވީ

  8. ހުވަދޫ މީހާ

    ދޮންދީނި ހުވަދޫގަ ޚާއްސަ ކޮށް ގއ.ގަ މާ ގިނަ.

    2
    1
  9. ނަގުލު ފިއްތި

    އައްޑޫ ލިންކް ރޯޑްގެ އެއްކޮޅުން އަނެއްކޮޅަށް ބަނބު ކެޔޮ ގަސް ހައްދަންވީ.

  10. ބެއްޔާ

    އެމް.ޑީ.ޕީ ކުދިންނަށް ވޯޓް ދޭތި؟