(އައްޑޫ ސިޓީ) ސ. ގަމުގައި ހުންނަ "އާސްޓްރާ ސިނަމާ" އަކީ އިނގިރޭސީން އައްޑޫ ސިޓީގައި ވެރިކަން ކުރަމުން ދިޔަ ޒަމާނުގައި އެެމީހުން މުނިފޫހި ފިލުވުމަށް ބިނާކުރި ސިނަމާއެކެވެ. ގަމަކީ އިނގިރޭސީން ވަޒަންވެރިިވެެގެެން އުޅުނު މައި ބިމަށްވާ އިރު އޭރުގެެ ބިނާތަކުގެ ތެރެއިން ގަމުގައި މިވަގުތު ވެސް ދެގޮތެެއް ނުވެ ފެންނަން ހުރި އެއް އިމާރާތަކީ އާސްޓްރާ ސިނަމާއެވެ. މިތަނަކީ އޭރު ވެސް އަދި މިހާރު ވެެސް މަޝްހޫރު ތަނެެކެވެ. އާސްޓްރާ ސިނަމާއޭ ބުނެެފި ނަމަ އެއީ ކޮންތަނެެއްކަން ނޭނގޭނެެ މީހެެއް އައްޑޫގައި ވަރަށް މަދުވާނެެއެވެ.

އާސްޓްރާ ސިނަމާއަށް ވަނުމަށް ކުޑަ ސިޑިއެއް ހުންނަ އިރު، މި އިމާރާތުގެެ ބޭރުގައި ބޮޑު އަކުރުން "އާސްޓްރާ" މިހެން ޖަހާފައި ހުރެއެވެ. ބޭރުގައި އެއްކޮށްހެން ހުދުކުލަ ލާފައި ހުންނަ ސިނަމާ ބޭރުން ބަލާލަން ވަރަށް "ޗާލެ"ވެ.

މި ސިނަމާ އައްޑޫގައި ބިނާކުރި ކަމަށްވަނީ ދެވަނަ ފަހަރަށް އިނގިރޭސީން އައްޑޫގައި ވަޒަންވެެރިވުމަށްފަހު 1957 ވަނަ އަހަރުގެ ތެރޭގައެެވެ. އަދި 1965 ވަނަ އަހަރު އިނގިރޭސީން އައްޑޫ ދޫކޮށް ދިޔަ ފަހުންވެެސް މި ސިނަމާ ބޭނުންކޮށްފައި ވަނީ ފިލްމު އެޅުވުމަށާއި، އެކިއެކި މިއުޒިކީ ހަރަކާތްތައް ބޭއްވުމަށެވެ. އެއަށްފަހު 2004 ވަނަ އަހަރުގެ ނިޔަލަށް ލަންކާގެ ކުންފުންޏަކުން އެ އިމާރާތުގައި ގާމެންޓު ފެކްޓްރީއެއް ހިންގިކަމަށް ވެއެވެެ.

އެސްޓްރާ ސިނަމާގެ ބޭރުން ފެންނަ ނަން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދެހާސް ހަތަރު ވަނަ އަހަރުން ފެށިގެން ރަނގަޅަށް ނުބެލެެހެއްޓި އާސްޓްރާ ސިނަމާ ފަޅުވެ ވީރާނާވާން ފެށިއެވެެ. އެެެއަށް ފަހު ގަމުގެެ ބޮޑު ބަޔަކާ އެެއާޕޯޓު ކުންފުނިން ހަވާލުވުމަށް ފަހު، އެ ކުންފުނިން އާސްޓްރާ ބިލްޑިންގެ އާބާތުރަ ފިލުވައި ހެދިއެވެެ. އަދި އެއަށް ފަހުު އެ ބިިލްޑިން ބޭނުންކުރަން ފެށީ އިނގިރޭސީން އައްޑޫގައި ވެރިކަން ކުރި ޒަމާނުގެެ އެކި ހަނދާންތައް ދައްކުވައިދޭ ދާރުލްއާސާރެއްގެ ގޮތުގައެވެ.

އާސްޓްރާ ބިލްޑިން އަށް ވަންނަ އިރު އެންމެ ފުރަތަމަ ކަނާތް ފަރާތުން ޖެހެނީ ސިނަމާގެ ޓިކެޓު ކައުންޓަރެެވެ. އެެ ކައުންޓަރުގެ ތެރޭގައި ގޮނޑި ބަހައްޓާލައިގެން ދެެެ މީހުންނަށް ތިބެވޭ ވަރުގެ ޖާގައެއް ހުންނަ އިރު ބޭރުން ޖަހާފައި ހުންނަނީ ބިއްލޫރިގަނޑެެކެވެ. ބިއްލޫރިގަނޑުުން ޓިކެެޓު ބަލައިގަނެވޭނެ ގޮތަށް ބައެއް ކަނޑާފައި ހުރެއެެވެ. ކައުންޓަރުގެ ތެރޭގައި ފައިސާ ބަލައިގަނެ ރައްކާކޮށް ހެދޭނެެ ވަތް ގަނޑުތަކެއް ހުރެެއެެވެ.

އެސްޓްރާ ސިނަމާގެ ތެރޭގައި ހުންނަ ޓިކެެޓު ކައުންޓަރު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ވަންނައިރު ޓިކެޓު ކައުންޓަރާއި އެެއް ހަމައެއްގައި ފެންނަން ހުންނަނީ "ކޮންޓްރޯލް ރޫމެއް" ކަހަލަ ތަނެކެވެ. އެތަނުގެ ތެރޭގައި ސިނަމާގެ ހުރިހާ ބޮކިތަކެއް އަދި ފަންކާތަކެެއް ޖެއްސޭނެ ސުވިޗްތަކާއި، ބޮޑު ރަނގަބީލުގެ ސްވިޗް ހުރެއެވެ. މި ރަނގަބީލަކީ ފިލްމު ބެލުމަށް އެތަނަށް ދާ މީހުންނަށް ފިލްމު ފެށޭ ގަޑީގައި އެކަން އަންގައިދިނުމަށް އަދި ފިލްމު ނިމޭ ގަޑި އާއި ބްރޭކް ގަޑި އަންގައިދިނުމަށް ހުންނަ ރަނގަބީލެއް ކަމަށް ވެެއެވެ.

ސިނަމާގެ ތެރެއަށް ވަންނަ އިރު އެތަނުގެ ތެރޭގައި ގާތްގަނޑަކަށް 100 އަށް ވުރެ ގިނަ މީހުންނަށް ތިބެވޭނެެެހެން ގޮނޑި އަތުރާފައި ހުރެއެވެ. މީގެ ކުރިން އެތަނުގައި ހުންނަނީ ސްޕޮންޖް ގޮނޑިތަކެއް ކަމަށާއި ނަމަވެސް ދެހާހުގެ އަހަރުތައް ފެެށިގެން އައި އިރު މި ގޮނޑިތައް ހަލާކުވެ ވީރާނާވާން ފެށުމުން އޭރު ގަން ބަލެހެއްޓުމަށް އޮންނަ ޔުނިޓުން މިތަނުގެ ގޮނޑިތަކަށް ބަދަލު ގެނައީ ކަމަށް ވެއެެވެެ.

އެސްޓްރާ ސިނަމާގެ ހޯލުތެރެ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ސިނަމާގެ އަސްލު ނުގެއްލިި ހުރި ނަމަވެސް މިހާރު މިތަން އެންްމެ ބޮޑަށް ސިފަކުރެވެެނީ އައްޑޫގައި އިނގިރޭސީންް ވަޒަންވެރިވެގެން އުޅުނު ޒަމާނުގެ ހަނދާންތައް އެކުލެވޭ ދާރުލްއާސާރެއްގެ ގޮތުގައެވެ. ސިނަމާގެެ ހަތަރު ބިތުގައި އޭރު އިނގިރޭސީންގެ އެކި އެކި ހަނދާންތައްް ދައްކުވައިދޭ ފޮޓޯތައް ފެންނަން ހުއްޓެވެ. އެގޮތުން އޭރު އައްޑޫގެ ބައެއް ފެކްޓްރީތަކުގައި ދިވެހިން މަސައްކަތްް ކުރާ މަންޒަރު ދައްކުވައިދޭ ބައެއް ފޮޓޯތަކާއި، އައްޑޫގައި އުޅުނު އިނގިރޭސީންނާއި ބައެއް ދިވެހިންނާއެކު އެެކި ހަރަކާތްތަކުގެ ތެރެއިން ނަގާފައި ހުރި ފޮޓޯތައް މި ސިނަމާގެ ތެެރެއިން ފެންނަން ހުއްޓެވެެ.

މީގެ އިތުރުން އިނގިރޭސީން ބޭނުންކޮށްފައިވާ ބައެއް ތަކެތި ވެސް މިތަނުގެ ތެރޭގައި ހުރި ހަރުގަނޑުތަކުގެ ތެެރޭގައި ފެންނަން ހުއްޓެވެ. އެގޮތުން އޭރު އެމީހުން ބޭނުންކޮށްފައިވާ ތައްޓާއި ސަމްސަލާއި އޫފަދަ ތަކެތިވެސް މި ސިނަމާގެ ތެރޭގައި ފެންނަން ހުރިއެެވެެ. އަދި އޭރުގެ ބައެއް ސިޓީތަކާއި އެހެން ބައެއް ލިއެކިއުންތައްވެސް ހުއްޓެވެެ.

މީގެެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވުނު އެކައްޗަކަށް ފެނުނީ އިނގިރޭސިވިލާތުުގެ ރާނީ ރާއްޖެވަޑައިގަތުމަށް އެދި އޭރު އާރުުއޭއެފް (ރޯޔަލް އެއާފޯސް) އިން ފޮނުވާފައިވާ ސިޓީއަށް ޖަވާބުދީ އިނގިރޭސީންގެ ރަސްކަމުގެ ގަނޑުވަރު "ބަކިންހެމް ޕެލަސް" އިން ފޮނުވާފައިވާ ސިޓީއެކެވެ. އެސިޓީ އެޑްރެސްކޮށްފައި ވަނީ ފްލައިޓް ލޫޓިނެންޓު ޗިވާސް ނަމަކަށް ކިޔާ މީހަކަށެވެ.

އެސްޓްރާ ސިނަމާގެ ތެރޭގައި ފްރޭމްކޮށްފައި ހުރި އިނގިރޭޭސިވިލާތުގެެ ރަނީ އާރުއޭއެފްގެ ވެރިޔާއަށް ފޮނުވި ސިޓީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފްލައިޓް ލޫޓިނެންޓަކީ ރޯޔަލް އެއާފޯސްގެ މަތީ ރޭންކެކެވެ. އެއީ އޭރު އައްޑޫގައި ހިންގި ރޯޔަލް އެެއާފޯސްގެ ވެރިޔާ ކަމަށް ވެެދާނެއެވެ. ގިނަ ދުވަސްވުމުގެ ސަބަބުން ކުލަ ފަނޑުވެފައިވާ އެ ސިޓީގައި ބުނެފައި ވަނީ އެ ސިޓީ ފޮނުވާފައިވާ އަހަރުގެ މާޗުމަހުގެ ތެރޭގައި ރާނީ އައްޑޫއަށް ވަޑައިގަންނަވާނެެ ކަމަށެވެ. އަދި އެ ދަތުރުގައި ކުރީގެ އާރުއޭއެފްގެެ މުވައްޒަފުންވެސް ބައިވެރިވާނެ ކަމަށް ވަނީ ބުނެފައެވެ. އެ ދަތުރުުގެ ތެރެއިން ރާނީ އާއި އެެކު ނަގާފައިވާ ގިނަ ފޮޓޯތަކެއް ވެސް ސިނަމާގެ ފާރުތަކުން ފެންނަން އެބަހުއްޓެވެ.

މިތަނުގެ ތެރެއިން ދެން ފެނިގެން ދިޔައީ މުޅިން ތަފާތު ކަމެކެވެ. "ނެފީ"ގެ ނަމުން ނަންދީފައިވާ ރޭޑިއޯ ސްޓޭޝަނަކާއި، ނޫހެއް އޭރު ނެރެެފައިވާކަން ފޮޓޯތަކުންނާއި އެތަނުގެ ތެރޭގައި ހުރި ބައެއް ނޫސް މަޖައްލާތަކުން ވެސް ފެންނަން ހުއްޓެވެ. މި ނޫހުގައި އެމީހުންގެ ބައެެއް ކަންކަމާ ގުޅޭ ލިއުންތައްވެސް ހުއްޓެވެ. އަދި ފޮޓޯތަކުން އޭރު ނެފީ ރޭޑިއޯ ސްޓޭޝަނުގެ ތެރޭގައި އިނގިރޭސީން ހަރަކާތްތެެރިވާ މަންޒަރު ފެންނަ ތަސްވީރުތައް ހުއްޓެެެވެ.

އެސްޓްރާ ސިނަމާއަށް "ވަގުތުު ހޭރިޔާ" ޓީމުން ކުރި ޒިޔާރަތުގެ ތެރެެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެ އިތުރުންވެސް މީގެ ކުރިން އައްޑޫގައި އިނގިރޭސީން އުޅުނު ޒަމާނުގެ "ރަން ހަނދާންތައް" އާލާކޮށްދޭނެ އެތައް ކަމެއް މި ސިނަމާގެ ތެރެއިން ފެނެއެވެ. އާސްޓްރާ ސިނަމާގެ ދޮރުން ވަދެގެން ވަށާލައިފައި ހިނގަމުން ގޮސް ހަމަ އެ ދޮރުން ބޭރަށް ނިކުމެެވެންދެން ފެނުނު ހުރިހާ ކަންކަމަކީ ނަވާރަސްތޭކައިގެެ އަހަރުތަކުގެ ތެރެއަށް ވަދެވުނު ހިތްގައިމު ވަގުތުކޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޟިމް

  1965 ގަ ރާއްޖެ އަށް އިގިރޭސިން ގެ ފުށުން މިނިވަން ކަން ލިބުނަސް 1976 އާ ޖެހެން ދެން ތިބި އިގިރޭސިން! 1965 ގެ ފަހުން މަޑު މަޑުން ފައިބަމުން ދިޔައީ! 1976 ގެ މާރޗް 29 ގަ މުޅިން ދިޔައީ އެހެން ވެ ނާސިރު ގެ ދައުރުގަ 1978 މާރޗް ގަ މިނިވަން ދުވަސް ވެސް ފާހަގަ ކުރި ، އެދުވަހު ޓީ ވީ އެމް ހުޅުވީ! އެކަމް މައުމޫން ވެރިކަމުގަ ޖުލައި 26 ހަމަ ކުރިން ހެން ހަމަޖެއްސީ! 1976 މާރޗް 29 ގަ އިގިރޭސި ސިފައިންގެ އެއްމެ ފަހު ފައުޖް ދިޔައީ!،، މި ލިޔުމުގަ 1965 ލިޔެފަ އޮތީ ނުބައިކޮށް! ކުޑަކޮށް ދިރާސާ ކޮްލި ނަމަ!

  7
  1
  • ބޮލުގައިރިއްސާ

   ނުއްކޫނޫ؟؟ ؟؟ 😳

 2. އއއ

  އައްޑޫ މީހުން ހިތައް އަރާނެ އަދިވެސް އިނގެރޭސިންގެ އަޅުވެތިކަމުގެ ދަށުގައި އޮތްނަމައޭ

  8
  1
 3. ސިޓީ

  ސިޓީގަ ތާރީހަކަށް ޖަހާފަ އިނީ 26 ޖެނުއަރީ 2016. ؟

 4. އަންނި

  އައްޑޭގަ ނޫނީ ނޫޅޭ މަކަރާ ހީލަތް ނުހަދާ އެކަތިވެސް...

 5. ލަވް އިނގިރޭސިން

  ރާއްޖޭގެ ތާރީހު ބަލައިފީޔާ ވަރަށް ސާފުވާނެ..
  ތިކަހަލަ ހުރިހާ ކަމެއް މުޅި ރާއްޖޭގަވެސް އެއްމެ ފުރަތަމަ ހުރީ ފަހުރުވެރި އައްޑުގަ.
  އެއާޕޯޓް
  ފެކްޓަރީ
  ހޮސްޕިޓަލް
  މިލިޓަރީ ދިފާއު
  ނަން ހުސްކޮން
  މިހާރު ކޮބާ؟؟؟؟؟؟؟؟

 6. ޙާކިމާ

  އަމިއްލަ އެދުމުން ފުރިފައިވާ ބައެއްގެ ސަބަބުން އައްޑޫ ހަލާކުވީ.