(ފުވައްމުލައް ސިޓީ) މި ސިޓީއަކީ ކޮންމެ ގޮތަކުން ބެލި ކަމުގައި ވިޔަސް، ވަސީލަތްތައް ތަނަވަސް ހިތްގައިމު ސިޓީއެކެވެ. މިއީ 491.7 ހެކްޓަރުގެ ބޮޑު ބިމެއް ލިބިފައިވާ ބިމުގެ ގޮތުން ތަނަވަސް، މުއްސަނދި ސިޓީއެކެވެ. އަށް އަވަށަކަށް ބެހިފައި އޮންނަ ފުވައްމުލަކުގެ ކޮންމެ ދިމާލަކުން ފެންނަނީ ރީތި ކަމެވެ.

އާބާދީގައި 12،790 މީހުން ދިރިއުޅެމުން އަންނަ ފުވައްމުލަކު ސިޓީގައި ދިރިއުޅޭ މީހުންނަކީ ވެސް ސާފުތާހިރު ކަމަށް ލޯބި ކުރާ ބައެކެވެ. އެހެންވެ އެ ރަށުގެ މަގުމަތިންނާއި މީހުން ދިރިއުޅޭ ގެތައް ކައިރި ވެސް އޮންނަނީ ޒީނަތްތެރިކޮށްފައެވެ. "މާ ބަގީޗާތަކުން" ފުރިފައެވެ.

ފުވައްމުލަކު ގޭބިސީތަކުގެ ކުނި ސާފުކުރުމަށް ސަރުކާރުން ވޭސްޓު މެނޭޖްމަންޓު ކޯޕަރޭޝަން (ވެމްކޯ) އާ މަތިކޮށްފައިވާ ބުރަ ޒިންމާ އެ ކޯޕަރޭޝަނުން އުފުލަމުން އަންނަ ކަން އެކަމަށް ހެކިދެއެވެ. މިހެން މިކަން އޮތް ނަމަވެސް ފުވައްމުލަކު ސިޓީގެ ބޮޑު ސަރަހައްދެއް އޮންނަނީ ގޮނޑަކަށްވެފައެވެ. މިއީ އެ ރަށުގެ ރައްޔިތުން ބަލަން ބޭނުންވާ މަންޒަރެއް ނޫނެވެ. އެ ރަށުގެ ރައްޔިތުން އެހާ ހިތްހަމަޖެހޭ މަންޒަރެއް ވެސް ނޫނެވެ.

ފުވައްމުލަކު މަގެއް މަތީ ބަޔަކު މަޑުކޮށްލައިގެން.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ފުވައްމުލަކު ފުނާޑު އަވަށާ ހިލާފަށް އެހެން ސަރަހައްދުތަކުގެ ގެެތަކުުގެ ބޭރުގައި ޖޯލިފައްޗާއި، ގޮނޑި ބަހައްޓައިގެން މީހުން ތިބި ކަމުގައި ވިޔަސް މި ސަރަހައްދުން އެ މަންޒަރެއް ނުފެނެއެވެ. އެ ސަރަހައްދުގައި ގިނަ ގެތަކެެއް ހުރި ނަމަވެސް ފެންނަނީ ފަޅު ކަމެވެ. މީހަކު ގެއަކުން ބޯދިއްކޮށް ބަލާވެސް ނުލައެވެ. އެެ ސަރަހައްދުން ދިމާވި ބައެއް މީހުން ކައިރީ އަހާލުމުން ބުނީ ގެެތަކުގެ ދޮރު ނުހުޅުވަނީ ކުނިގޮނޑުގެެ ވަހުން އަރައިނުގަނެވޭތީ ކަމަށެވެ.

ފުވައްމުލަކު ސިޓީގައި އުފެދޭ ހުރިހާ ކުންޏެއް އަޅަމުން އަންނަނީ މީހުން ދިރިއުޅޭ ސަރަހައްދެއްގެ މެދުގައި ހުންނަ މި ކުނިގޮނޑަކަށެވެ. ފުނާޑު އަވަށުގައި ހުންނަ އެ ކުނިގޮނޑުގެ ވަށައިގެންވާ ސަރަހައްދުގައި، ކުނިކޮށީގެ ދެކުނު ފަރާތް ފިޔަވާ ހުރިހާ ހިސާބެެއްގައި އާންމުން ދިރިއުޅެެވެެ. އަދި ބައެއް ކާބޯތަކެތި ވިއްކާ ގާޑިޔާތަކާއި، ރެސްޓޯރެންޓުތަކާއި، ފިހާރަތައްވެސް މި ސަރަހައްދުގައި ގިނަކަން ފާހަގަކޮށްލެވެއެވެެ.

އާދައިގެ ބަންޑާރަ ގޯތީގެ ތިން ގޯއްޗަށްވުރެ ވެެސް ބޮޑު ސަރަހައްދެއްގައި ހުންނަ މި ކުނިކޮށީގެ ސަބަބުން އާންމުންނަށް އަންނަނީ ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންނެވެ.

ކުނިގޮނޑާ ބެހޭ ގޮތުން މީހަކު ވާހަކަ ދައްކަނީ. -- ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

މި ކުނިގޮނޑު ހުންނަ ސަރަހައްދުގައި ހުރި ގެެތަކުގެ މީހުންނަށް ވަސް ދުވަނީ ހަމައެކަނި އެ ސަރަހައްދުގައި ކުނި ގޮނޑު ހުންނާތީކީ ނޫނެވެ. އެ ގެތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބައެއް މީހުން ކިޔައިދިން ގޮތުގައި މަދުވެގެން މަހަކު އެއްފަހަރު އެކްސްކޮވޭޓަރު ބޭނުންކޮށްގެންް ކުނިގޮނޑު ހާވައެވެ. އެ ދުވަސް ދުވަހު އެ ސަރަހައްދުން ދުވާ ވަހުން ގޭގެ ދޮރުތައް ހުޅުވައިގެެން ކެތް ކުރަން ވެސް ދަތިވާ ބުންޏެވެ.

އެހެންވެ އެމީހުންގެ އެދުމަކީ ވީހާވެސް އަވަހަށް ކުނިގޮނޑު ނަގައި އެ ބިން ސާފު ކުރުމެވެ.

"ކުނިގޮނޑުން ވަސް ދުވާތީ އަހަަރުމެން ތިބެނީ ގޭގެ ދޮރުތައް ލައްޕައިގެން. އެކަމަކު ދޮރު ލައްޕާފައި ހުއްޓަސް ގޭތެެރެއަށް ވަސް ވަދޭ ހަމަ. އަހަރުގެ ބޮޑު ބައެއްްގައި ކުނިގޮނޑުން ގެތަކާއި ދިމާއަށް ވައި ހުންނަނީ. ވަރަށް އުނދަގޫވޭ މިކަމާ ހެދި. މައްސަލަ ހައްލުކޮށްދިނުމަށް ތަންތަނަށް ލިޔެފައި ވެސް ވާނެ." މި ސަރަހައްދުުގައި ދިރިއުޅެެމުން އަންނަ އައިޝަތު ވަހީދާ 38 ބުންޏެވެ.

ކުނިގޮނޑާ ބެހޭ ގޮތުން މީހަކު ވާހަކަ ދައްކަނީ.-- ވަގުތު އިމޭޖެސް: މުހައްމަދު އަފްޒަލް

ކުނިގޮނޑު ހުންނަ ސަރަހައްދުގައި ދިރިއުޅެެމުން އަންނަ އެހެން މީހަކު "ވަގުތު"އާ ވާހަކަ ދައްކަމުން ބުނީ އެ ސަރަހައްދުގައި ދިރިއުޅެެމުން އަންނަތާ ފަސް ވަރަކަށް އަހަރުވެފައިވާ ކަމަށާއި ކުނިގޮނޑު އެެ ސަރަހައްދުގައި ހުުރުމުގެ ސަބަބުން ވަރަށް އުނދަގޫވާ ކަމަށެވެ.

"މިތަނުގަ އުޅޭތާ ގާތްްގަނޑަކަށް ފަސް އަހަރު މިވީ. ވަރަށް އުނދަގޫވޭ ކުނިގޮނޑު ހުންނާތީ މިހާ ކައިރީގައި. މެހި އުފެދިގެން އެ މެހިތައް އައިސް ގޭތެރެއަށް ވަންނަނީ. މިއީ ސިއްހީ ގޮތުންވެެސް އޮތް ބޮޑު ނުރައްކަލެއް" އެ ސަރަހައްދުން ވާހަކަދެއްކި މީހަކު ބުންޏެެވެ.

އާންމުންނާ ވާހަކަ ދައްކާލުމުން އެމީހުންގެ ކިބައިން އެނގުނީ ކުނިގޮނޑު އެ ސަރަހައްދުގައި އޮންނާތީ މެހީގެ އުނދަގުލާއި ނުބައި ވަސް ދުވުން ފަދަ ގިނަ ދަތިތަކަކާ އެފަރާތްތަކުން ކުރިމަތިލާން ޖެހިފައއިވާ ކަމެެވެ. ދޮރު ހުޅުވާލާ، ބޭރަށް ނިކުންނަ ހިތް ވިޔަސް މި އުނދަގޫތަކުގެ ސަބަބުން އެކަން ކުރާ ހިތެއް ނުވެއެވެ.

އެެކްސްކޮވޭޓަރު ބޭނުންކޮށްގެން ކުނިގޮނޑު ސާފުކުރަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަރަށް އުނދަގޫވޭ. މެެހީގެ އުނދަގުލާ ވަހުގެ އުނދަގުލާ، ހަމަ ބައެއް ދުވަސްވަރު ގޭގެެ ހުޅުވާލާފަ ނުބެހެއްޓޭ. އާންމުކޮށް އުނދަގޫވަނީ ވައިގަދަ ދުވަސް ދުވަސްވަރު އަދި ވިއްސާރަ ދުވަސްތަކުގައި. އެންމެ އުނދަގޫވަނީ ސާފުކުރާ ދުވަސްތަކުގައި އެމީހުން ކުނިގޮނޑު ހާވާ އިރު" އެ ސަރަހައްދުގައި ފަސް އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅެެފައިވާ އާމިނަތު އަބްދުﷲ ބުންޏެވެ.

މިފަދަ ޝަކުވާތަކަކާއެކު އެތައް ބަޔަކު މި ސަރަހައްދުގައި ދިރިއުޅެމުން އާދެއެވެ. އެމީހުން ބުނާ ގޮތުގައި މި މައްސަލައަށް އެކަށީގެންވާ ހައްލެއް ސަރުކާރުން ހޯދައިދޭން ޖެހެއެވެ. މިކަމާ ގުޅިގެން އެންވަޔަރަމެންޓު މިނިސްޓްރީން ބަހެެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ވެެމްކޯގެ އޮފިޝަލަކު "ވަގުތަށް" ވަނީ ކުނިގޮނޑު ރީލޮކޭޓް ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ނަމަވެސް އެކަން ފަސް ވަމުންް އަންނަނީ މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަހުގެ ސަބަބުން ހުރި ފިއްތުންތަކުގެެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

ފުވައްމުލަކު ކުނިގޮނޑު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަޅުގަނޑުމެންގެެ އެބައޮތް ޕްލޭނެެއް ހަމަސް ދުވަހުގެެ ތެރޭގައި މިހާރު ފުވައްމުލަކުު ކުނި ގޮނޑު ހުންނަ ސަރަހައްްދު ނޫން އެހެން ތަނަކަށް މިތަންް ބަދަލު ކުރުމުގެ. އެެހެން ވިޔަސް ކޮވިޑުގެ ސަބަބުން ހުރި ދަތިކަމުގެ ސަބަބުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އެ މަސައްކަތް ނުފެށި އެއޮތީ." އޭނާ ވިދާޅުވިއެވެެ.

މި މައްސަލައަށް ހައްލެއް ގެނެވެެން އޮތީ ހަމައެކަނި ކުނިގޮނޑު މިހާރު ހުންނަ ސަރަހައްދު ނޫން އެހެން ސަރަހައްދަކަށް ބަދަލުކޮށްގެން ކަަމަށް އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ރައްޔިތުން ދެކެެއެވެ. ކުނިގޮނޑު އެތަނުގައި ހުންނަ ނަމަ އެކަމުގެ ސަބަބުން ބަލިތައް ފެތުރުންވެސް އެކަށީގެން ވެއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހޔހޔ

    ބަލަކެތްކޮށްބަލަ! މާލޭގެ ދެކުނު ފަރާތުގައިވެސް ތިކަހަލަ ގޮނޑެއްހުރެގެން ހަމަ ތިހުރިހާ އުނދަގުލެއްވެފައި، އަދި ފަހުން އަބަދު އަބަދު އަންދާތީ އެތައް ރައްޔިތުންގެ ސިއްހަތަށް ގެއްލުން ވެފަ، އޭގެ ވިއްސަކަށް އަހަރުފަހުން މައްސަލަ ހައްލުވީ.

    3
    7
    • ޢަހުމަދު

      މިހާރުއްސުރެ މިވާހަކަ ދައްކަިގެން ވިހި އަހަރު ފަހުންވެސް މިކަމުން ސަލާމަތް ވެވޭނީ.

    • އަކްމެޑް

      ދެން އެފްރިކާގަ މީހުން ނުކައި އުޅެނީއޭ ކިޔާފަ ނުކާންވީ؟

      4
      2
  2. ޟިރުފާ

    މިދެން ޖެހުނީ ކަންތަކާ މީގެ 10 އަހަރު ކުރިން ފެށިގެން މެދުނުކެޑި 10 އަަހަރު ވަންދެން ކުޅުދުއްފުށީ މީހުން ގެ ޝަކުވާ ޔާ ހެދި ވެމްކޯ އާއި ހަވާލުކޮށްގެން ކުޅުދުއްފުށީ މީހުންގެ އާދޭސް ނިމުމަކަށް ގެނައީމަ ދެން ހަމަ ހުރިހާ ރަށެއްގަ އެބަޖެހޭ އެކަން ކުރަން.

    1
    6
  3. އަކްމެޑް

    ދިވެހި ރުއްތަކުގެ މަތިން އެރީމާ ފަރުބަދައެކޭ ބުނުން ރަނގަޅު

    5
    1
  4. އިބްރާހިންބެ

    ކުދިންނޭ ކުޅުދުއްފުށީ މީހެއް ވީމަ މަށަށް ވަރަށް ރަނގަޅަށް ވަޒަންކުރެވޭ އެމީހުން އުޅޭނެ ހާލު. ބޮޑު ސިންގާ ރަށެއްގަ ރަށްމެދުނަ ތިޔަ ކުނިގޮނޑު ނަގައި އެހެން ތަނަކަށް ލެވޭނެ ސަރރުކާރުން ކޮށްދީފިއްޔާ ހަފްތާއަކުން ވެސް. ކަނޑު ހުރަސްކުރާ ވާހަކައެއް ނޫންދޯ މި ދައްކަނީ.