(ފުވައްމުލައް ސިޓީ) އަށް އަވަށެެއްގެ މައްޗަށް ބެހިގެންވާ އަދި ރާއްޖޭގެ އެއްފަސްގަނޑަކަށް އޮންނަ ހަމައެކަނި އަތޮޅު ފުވައްމުލަކު ސިޓީ އަށް ޒިޔާރަތްކުރުމުން އެހެން ރަށްރަށުން ނުފެންނާނެ ތަފާތު ކިތަންމެ ކަމެއް ތަޖުރިބާކޮށްލެވޭނެއެވެ. ފުުވައްމުލަކު ރައްޔިތުންގެ އެއްބައިވަންތަކަމާއި، ހިތްހެޔޮކަން، އަދި އެމީހުުންގެ ވިސްނުމުގެ ތަފާތުކަމެވެ. މި އަވަށްތަކުގެ ތެރެއިން އެހެން އަވަށްތަކާ ތަފާތު އަވަށެއް އެ ސިޓީގައި އޮވެއެވެ.

އެއީ ފުވައްމުލަކުގައި އޮންނަ "މާލެގަން" އަވަށެވެ.

މާލެގަމަކީ އެ ސިޓީގެ ބާކީ އޮންނަ ހަތް އަވަށާ ޅައި ކިޔާއިރު އާބާދީގެ ގޮތުންވެސް އެންމެ މަދު މީސްކޮޅެއް އުޅެމުންދާ އަވަށެވެ. މާލެގަން އަވަށުގެ އާބާދީ އަކީ ގާތްގަނޑަކަށް ހާހެއްހާ މީހުންނެވެ. އެންމެ ފާހަގަކޮށްލެވޭ ކަމަކީ މި އަވަށުގެ މީހުންގެ ހިތްހެޔޮކަމުގެ ވާހަކައެވެ.

"މާލެގަން" އަވަށުގެ އެކުވެރިކަން

ކޮންމެތަނެއް ވެސް ކުރިއެރުމަށް އެތަނެއްގައި ހުރުން އެންމެ މުހިންމު ސިފަތަކަކީ އެތަނެއްގެ އެކުވެރިކަމާއި އެއްބައިވަންތަކަމެވެ. އެކި ކަންކަމުން ފެންނަން އޮތް ހަގީގަތަކީ ބައިބައިވެފައިވާ މުޖްތަމައެއްގެ ނުވަތަ ބައެއްގެ ތެރެއަށް ކުރިއެރުން ނާންނާނެ ކަމެވެ. މާލެގަން އަވަށަކީ ވަރަށް އެކުވެރި ބަޔަކު ދިރިއުޅެމުން އަންނަ އަވަށެކެވެ. "އެއް ގޭގެ ބަދިގޭގައި ކައްކާ ނަމަ، ޖެހިގެން ހުންނަ ގޭގެ މީހުުން ބަނޑަށް ނުތިބޭނެއޭ" ބުނާ ރީތި އާދަކާދަ ފޮހެވުމެއް ނެތި އަދިވެސް އެ އަވަށުގެ ރައްޔިތުންގެ ތެރެއިން ފެނެއެވެ.

މީގެ ކުރިން ފުވައްމުލަކު ކައުންސިލްގައި ވެސް މަސައްކަތް ކުރެއްވި އަލީ ސައީދު 44، (ސައިއްޓެ) ވިދާޅުވީ، މާލެގަން އަވަށުގެ ރައްޔިތުންނަކީ އިޖްތިމާއީ ގޮތުން ހިންގާ ހުރިހާ ހަރާކާތްތަކެއްގައި ވެސް ވަރަށް ޖޯޝާއި ފޯރީގައި ބައިވެރިވާ ރައްޔިތުންތަކެއް ކަމަށެވެ. ހަރަކާތްތައް ނޫނަސް އަވަށު ފެންވަރުގައި އަދި ރަށު ފެންވަރުގައި ހިންގާ އެކިި މަސައްކަތްތަކުގައި ވެސް އެ އަވަށުގެ ރައްޔިތުން ބައިވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ސައީދު "ވަގުތު" އަށް މައުުލޫމާތު ދެއްވަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އަޅުގަނޑު ގަބޫލު ކުރަނީީ މުޖްތަމައުގެ ތެރޭގައި އެއްބައިވަންތަކަން އޮތުމަކީ އަވަށް ކުރިއެރުމުގެ އެންމެ ބޮޑު ސިއްރަކީީ" ސައިއްޓެ ވިދާޅުވިއެވެ.

މާލެގަން އަވަށް ވަރަށް ސާފު ތާހިރު!

"ވަގުތު ހޭރިޔާ" ޓީމުން ފުވައްމުލަކު ސިޓީގެެ މާލެގަން އަވަށަށް ކުރި ޒިޔާރަތުން އެންމެެ ބޮޑަށް ފާހަގަކުރެވުނު އެއް ކަމަކީ އެ އަވަށުގެ ތެރޭގެ ސާފުތާހިރުކަމެވެ. މަގުމަތީގައި ޑަސްބިންތައް ބެހެއްޓިފައި ނެތް ނަމަވެެސް، މަގުތައް މަތިން މީހުން ކުނިއަޅާފައި ހުންނަ މަންޒަރު ފެންނަން ނެތުމުން އެ އަވަށުގެެ ސާފުތާހިރުކަން އެނގިގެން ދިޔައެވެ. ކޮންމެ ގެއެއްގެ ދޮރުމައްޗާއި ގޭތެރެ ވެސް ކޮންމެެ ދުވަހަކު އަންހެން ވެރިން ނިކުމެ ސާފްކުރެއެވެ.

މާލެގަން އަވަށުގެ މަގެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ އަވަށުުން "ވަގުތު"އާ ވާހަކަ ދެއްކި ބައެެއް މީހުން ބުނި ގޮތުގައި އަވަށުގެ ސާފްތާހިރުކަން ދެމެހެއްޓުމަކީ ކޮންމެހެން ކައުންސިލުން ނުވަތަ އެހެން ތަނަކުން އަންގައިިގެން ކުރާ ކަމަކަށް ވާން ނުޖެހޭ ކަމަށެވެ. އެމީހުން އަވަށުތެރެ ސާފުތާހިރު ކުރަނީ އަމިއްލަ އަށް ފެނިގެން ކަމަށް ބުންޏެވެ.

އީދު ފާހަގަ ކުރަނީ ފޯރިއާއެކު

މާލެގަން އަވަށަކީ އީދު ފާހަގަކުރުމުގައި ވެސް މަޝްހޫރު އަވަށެކެވެ. ޒަމާނަށް އައި ބަދަލުތަކާ އެކު ކުރިން ދިވެހިިން އީދު ފާހަގަކުރަމުން އައި ގޮތްތައް ރާއްޖޭގެ ގިނަ ރަށްރަށުން މިހާރު ވަނީ ނެތިިގެން ގޮސްފައެވެ. މީގެ ކުރިން ދުވާލުގަޑީގައި ރަށުގެ ރައްޔިތުން ނިކުމެ ކުޅިިވަރުތައް ކުޅެ އެންމެ އެެކީގައި ކައިބޮއިި ހެދިޔަސް މިހާރު އެމަންޒަރު ފެންނަނީ ވަރަށް މަދުންނެވެ. މާލެގަން އަވަށުން އަދިވެސް މި އާދައެއް ފޮހެވިގެން ނުދެއެވެ.

ސައިއްޓެ ވިދާޅުވީ ކޮންމެ އީދު ދުވަހަކުވެސް އަވަށުގެ ރައްޔިތުން ނިކުމެ އީދު ފާހަގަކުރުމަށް އެންމެ ފުރަތަމަ ފަށަނީ އީދު ނަމާދަށް ފަހު އަވަށުގެ ރައްޔިތުން އެކީގައި އިންސާފުކުރާ ސައިން ކަމަށެވެ. އެއަށް ފަހު އީދަށް ހާއްސަ އެކި ކުޅިވަރުތައް އިރު އޮއްސެންދެން ކުޅޭނެ ކަމަށާއި، މިއީ ކޮންމެ އަހަރަކުވެސް ދެގޮތެއް ނުުވެ ކުރަމުން އަންނަ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަވަށުގެ ފެހިިކަން ގަދަ!

މާލެގަން އަވަށުން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ އެ އަވަށުުގެ ފެހިކަމެވެ. ކޮންމެ ގެއެއްގެ ތެރޭގައިވެސް އަނބުުގަސްތަކާއި ބިޔަކޮށް ހެދޭ ގަސްތައް ހައްދާފައި ހުރި އިރު، ގިނަ ގޭގޭގެ ތެރޭގައި އަދި ދޮރު ކުރިމަތީގައި އެކި ވައްތަރުގެ މާ އަޅާ ގަސްތަކުުގެ ބަގީޗާތައް ހައްދާފައިި ހުއްޓެވެ.

މާލެގަން އަވަށުގެ މަގެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެގޮތުން އެެންމެ ގިނައިން ހުރި ގަހެއް ކަމުގައި ފާހަގަކުުރެވުނީ ބޯގަން ވިލާއެވެ. ކޮންމެ ގެއެއްގައިހެން މިގޮތަށް ގަސްތައް އިންދާފައި ހުއްޓެވެ. މިއީ މަލެގަން އަވަށުގެ އިތުރަށް ފުުވައްމުލަކުގެ އެހެން އަވަށްތަކުގެ ވެސް ގިނަ ގެތަކުން ފާހަގަކުުރެވުނު ކަމެކެވެ.

މާލެގަން އަވަށުގެ ތެރެއިން އެންމެ ބޮޑަށް ލޮލުގައި އަޅައިގަތް ކަމަކީ ކޮންމެ ގޯޅިއަކަށްވެސް ވަންނަ އިރު ފެންނަން ހުންނަ ނަންބޯޑުތަކެވެ. އެ ނަން ބޯޑުތައް އެއީ އަދި މިހާތަނަށް އެއްވެސް ރަށަކުން ފެނިފައި ނުވާ ވައްތަރެއްގެ ނަން ބޯޑުތަކެކެވެ. އެ ނަން ބޯޑުތަކުގައި ކޮންމެ ގޯޅިއަކުންވެސް ވަދެގެން ހުންނާނެ ގެތައް ތަރުތީބުން ލިޔެފައިި ހުއްޓެވެ. އަދި ގެތައް ހުންނާނެ ތަންތަން ފާހަގަކޮށް ޗާޓު ވެސް އެ ބޯޑުތަކުން ފެންނަން ހުއްޓެވެ.

މާލެގަމުގެ ގޯޅިއެއްގައި ޖަހާފައި ހުރި ނަންބޯޑެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ސައިއްޓެ ވިދާޅުވި ގޮތުގައިި އެ ސިޓީގެ އެހެން އަވަށްތަކުުގައި ބޭނުންކުރުމަށް މި ބޯޑުތައް ހެދުމަށްް ފުވައްމުލަކު ކައުންސިލުންވެސް މަސައްްކަތްތަކެއް ކުރިއެވެ. އަދި އެމީހުން އެއްބާރުލުން ދިން ނަމަވެސް ކައުންސިލުން ފަހުން މިިކަން ކޮށްފައެއް ނުވެއެވެ. މިގޮތަށް ބޯޑުތައް ހުރުމުގެ ސަބަބުުން އެ އަވަށަށް ޒިޔާރަތްކުރާ އެހެން ރަށްރަށުގެ މީހުންނަށްވެސް، ގެތައް ހޯދައިގެން ދިއުމަށް ވަރަށްް ބޮޑަށް ފަސޭހަވާނެއެވެ.

މާލެގަން ސްޕޯޓްސް ކްލަބް

މާލެގަން ސްޕޯޓްސް ކްލަބަކީ އަވަށު ފެންވަރުގައި މާލެގަމުން އުފައްދާފައިވާ ކުޅިވަރު ޖަމިއްޔާއެކެވެ. ދެހާސް ދިހަ ވަނަ އަހަރު އެ އަވަށުގެ ޒުވާނުންތަކެއް އިސް ނަގައިިގެންް އުފެއްދި "މާލެެގަން ޔޫތް ފައުުންޑޭޝަން"ގެ ދަށުން ދާދިި ފަހުން އުފެދިގެން އައި މާލެގަން ސްޕޯޓްސް ކްލަބަލީ އެ ކްލަބުގެ ކުރު ތާރީހުުގައި ގިިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކްލަބެކެވެ.

މާލެގަން ސްޕޯޓްސް ކްލަބް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ވަގުތުު"ގެ ފަރާތުުން މިިދިޔަ އަހަރުގެ ފަހުކޮޅު އައްޑޫގައި ބޭއްވި "ޑްރީމްސް ޕިއްޒާ ވަގުތު ފުޓްްސަލް ޗެލެެންޖު"ގައި ބައިވެރިވުމަށް މާލެގަން ސްޕޯޓްސް ކްލަބުން އައްޑޫ އަށް ގޮސް، މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި ތިން ވަނަ މަގާމު ވަނީ ހޯދައިފައެވެ.

އަދި އެންމެ ރަނގަޅު ސަޕޯޓަރުުން ތިބޭ ޓީމުގެެ ގޮތުގައިވެސް މާލެގަން ހޮވިިގެން ދިޔަކަން ފާހަގަކޮށް ސައިއްޓެ ވިދާޅުވީ މިކަމުންވެސް ސާބިތުުވަނީ އެ އަވަށުގެ ރައްްޔިތުުންގެ އަހުުލާގު ރަނގަޅުކަން ކަމަށެވެ.

މީގެ ކުރިންވެސް މާލެގަން ސްޕޯޓްސް ކްލަބުން ވަނީ އެ އަވަށުގެ ފެންވަރުގައި މުބާރާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. ކުރިއަށް އޮތް ތަނުގައިވެސް އެ އަވަށުގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކުރުމަށް ވަނީ ނިންމައިފައެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމާޓީ

    ތިޔަ އަވަށުގެ ދެކުުނުފަރާތު ގައި ހުންނާނެ މުލަކި ފައިކޮޅު ބުއްލަފީފު ރެކިދިޔެ ފަޑި އާރުމަނި ކުފާނުންގެ ބިސްތާނާއި މަހާނަޔާއި މަގުބަރާ. އެތާ ހުންނާނޭ މިރާއްޖޭ ދުވަހަކުވެސް ނުދެކޭނެ ހިރިގަލު މަހާނަގަލެއް. ކުރެހުން ނަގައިފައި ގަލުވަޑާން ޖަހަފައި ހުންނާނީ. ހޯދަގެން ފޮޓޯ ނަގަބަލަ.

  2. ބިރު

    ކިހިނެއްތޯ މަގުތައް ސާފުތާހިރު ކަމައް ތިކިޔަނީ...