(ފުވައްމުލައް ސިޓީ) މި ސިޓީއަކީ ގުދުުރަތީ ގޮތުން މުއްސަނދި، ފުރިހަމަ ސިޓީއެކެވެ. މި ސިޓީއަށް ލިބިފައިވާ ދޮންވެލި ގަނޑާއި ގޮނޑުދޮށްތައް ނިކަން ހިތްގައިމެވެ. އެކަމަކު، އެ ރަށުގައި ދިރިއުޅޭ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އަބަދުވެސް އޮވެއެވެ.

ފުވައްމުލަކުގެ ގޮނޑުދޮށްތައް ގިރަމުންް އަންނަ މައްސަލައަކީ އެ ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މައްސަލައެވެ. މި މައްސަލަ ދިމާވަމުން އަންނަތާ ފަނަރަ އަހަރަށް ވުރެ ގިނަ އަހަރުވެއްޖެއެވެ. މިކަމަށް އެއްވެސް ސަރުކާރަކުން އަދި ހައްލެއް ހޯދައިދެވިފައެއް ނުވެއެވެ. މިކަމަށް ހައްލު ހޯދުމަށް އެއްވެސް ފަރާތަކުންް މާބޮޑު މަސައްކަތެއް ވެސް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ރަށުގެ އަތިރިމަތީގެ ބޮޑު ސަރަހައްދެއް މިހާތަނަށް ވަނީ ގިރައިގެންް ގޮސްފައެވެ.

ފުވައްމުލަކުގެ ރީތި ގޮނޑުދޮށް. --- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރަށް ގިރަން ފެށީ ރަށުގެ ފުއްޓަރު ފަރާތުން ރާޅު ނަގާތީ މައްސަަލަ ހައްލުކުރުމަށް ނެރެއް ގާއިމްކުރި ހިސާބުންނެވެ. ފުވައްމުލަކުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެ މައްސަލަ ހައްލުކުރުމަށް ނެރު ކޮނެފައި ވަނީ އެރަށުގެ ރަސްގެފަންނު އަތިރީގައެވެ. އެ ފަރާތުގައި ފުރަތަމަ ގާއިމްކުރި ނެރު ހެދުމަށް ކޮނެފައި ވަނީ 50 ވަރަކަށް ފޫޓު ފުޅާމިނުގައި، ދެ މީޓަރަށް ކޮނެގެން ކަމަށާއި، އެކަމުގެ ސަބަބުން އެ ސަރަހައްދު އެއްކޮށް ގިރަން ފަށާފައިވާކަމަށް އެފަރާތްތަކުން މައުލޫމާތު ދިނެވެ. ނެރު ގާއިމްކުރުމަށް އެތަން ކޮނުމުގެ ސަބަބުން ވެއްޔާއި ގާފަދަ ތަކެތިި ދަތުރުކުރުން ވަނީ އެއްކޮށްހެން ހުއްޓިފައެވެ.

އެ ސަރަހައްދުގައި އޮތް ފަސްގަނޑު އިތުރަށް ގިރާ ކަމަށްވާ ނަމަ، އެ ރަށް ބައިވުމުގެ ފުރުސަތު ވެސް އޮތެވެ. އަދި ރަށު ތެރެއަށް ލޮނު ވަންނާނެ ކަމުގެ ބިރު ވެސް އޭރު އޮތުމުގެ ސަބަބުން އެ ސަރަހައްދުގައި ގާއިމްކުރި ބަނދާރާ ދިމާލުން ވަނީ ތޮއްޓެއް ލައިގެން ބައްދައިފައެވެ.

"މި ސަރަހައްދު ގިރަން ފަށާފައި ވަނީ ހުޅަނގު މޫސުމުގައި. ދެން އޭގެ ފަހުން އިރުވާ މޫސުމުގައިވެސް އެތަން ދިޔައީ ގިރަމުން. ރައްޔިތުން ވަރަށް ކަންބޮޑުވި އެހިސާބުން" ފުވައްމުލަކުގެ ކަންކަން ދިރާސާކުރައްވަމުން އަންނަ މިރަށުގެ ދިވެހި މުދައްރިސެއް ކަމަށްވާ މުހައްމަދު އިބްރާހިމް ދީދީ ވިދާޅުވިއެވެ.

މުހައްމަދު އިބްރާހިމް ދީދީ "ވަގުތަށް" އިންޓަވިއު ދެއްވަނީ. --- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި މައްސަލައް ހައްްލެއް ހޯދުމަށް ހަމައެކަނި ކުރެވުނު މަސައްކަތަކީ ރަށް ގިރާ ސަރަހައްދުގައި 1990 ގެ އަހަރުތަކުގެ ތެރޭގައި ތޮއްޓެއް ގާއިމު ކުރުމެވެ. އޭގެ ފަހުން މިމައްސަލައަށް ހައްލެއް ހޯދުމަށް އެއްވެސް ފަރާތަކުން މާބޮޑު މަސައްކަތެއްް ކޮށްފައި ނުވާއިރު، މި މައްްސަލަ ބޮޑުވެ މިހާރު ވަނީ ކޮންޓްރޯލް ނުކުރެވޭ ވަަރަށް ބައެއް ސަރަހައްދުތައް ގިރައިގެން ގޮސްފައެވެ.

އެރަށުގެ ގިރާ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބައެއް މީހުން ބުނެފައިވާ ގޮތުގައި ބައެއް ދުވަސްޔަކުގައި ރަށް ގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވުމުގެ ސަބަބުން އެ ހިސާބުތަކުގެ ގެެތަކަށް ލޮނުގެ އަސަރު ކުރާ މިންވަރަށް ވެސް ގިނައެވެ. އަދި މިކަން ބޮޑަށް ދިމާވަނީ ކޮންމެ އަހަރެއްގެ ވެސް މޫސުން ގޯސް ދުވަސްވަރުތަކުގައި ކަމަށާއި މިއީ އެެމީހުން އަވަސް ހައްލެެއް ބޭނުންވާ މައްސަލައެއް ކަަމަށް އެމީހުން ވަނީ ބުނެފައެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ބައެއް ދުވަސްވަރު ރަށް ގިރާ ވަރަށް ބޮޑަށް މި ގެއާއި ދިމާ އަތިރިން. ދެން އެދުވަސްވަރު އުދަ އަރާއިރުވެސް އަހަރުމެން ބިރުގަނޭ ގެެއަށް ލޮނުވަދެދާނެެތީ. މިކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އަދި މިއަށްވުރެ ބޮޑު ވަރު ވާނެ ކަަމަށް އަހަރުމެން ގަބޫލުކުރަނީ" އެ ސަރަހައްދުގައި ދިރިއުޅުމުގެ 20 އަހަރު ހޭދަކޮށްފައިވާ އަލީ ހުސައިން 58، ބުންޏެެވެ.

ފުވައްމުލަކުން ވާހަކަ ދެެއްކި އައިޝަތު ނާޝިދާ، 33 ބުނީ ފުވައްމުލަކުގެ ރަށް ގިރުމުގެ މައްސަލައަށް އަދިވެސް ހައްލެއް ލިބިފައި ނެެތުމުން ހާމަވަނީ ތިމާވެށީގެ މިފަދަ މައްސަލަތަކާ ގުޅިގެން ސަރުކާރުތަކުން ވެސް ހަދާނެ ގޮތް ހުސްވެެފައި ތިބިކަން ކަމަށެވެ.

-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"ހަނދާންވާ ގޮތުން ނަމަ މިދިޔަ އަހަރުގެ ޖެެނުއަރީ މަހު ރައީސް ނަޝީީދު އޮންނާނެ މަޖިލީހުުގަ ވެސް ވިދާޅުވެެފަ މިގޮތަށް މި މައްސަލަ އެހާ ބޮޑަށް ދިމާވާނަމަ ސަރުކާރަށްވެެސް ކޮށްދެވޭނެ މާބޮޑުކަމެެއް ނެތް ކަމަށް. ސަރުކާރުގެ އިސްވެރިންގެ އުންމީދެއް ނެތިއްޔާ އަހަރުމެންގެ އޮންނާނީ ކޮން އުންމީދެއް" އޭނާ ބުންޏެެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށްވެސް މިދުވަސްވަރު ރަށް ގިރުމުގެ މައްސަލަތައް ކުރިމަތި ވަމުންދާއިރު، ރައްޔިތުންގެ މަޖިލީހުން ވަނީ މި މައްސަލަ ހައްލުކުރަން މަޝްވަރާތައް ފަށައިފައެވެ. އަދި މި މައްސަލަ ދިމާވާ އެއްވެެސް ރަށަކަށް ދާއިމީ ހައްލެެއް ހޯދިފައި ނުވާއިރު ގިނަ ބަޔަކު އަންނަނީ މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރާ "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.