(އައްޑޫ ސިޓީ) މި ސިޓީ އަށް އުފަން ޝައްމޫލް ލަބީބް 42، އަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ހަށިހެޔޮ މީހެކެވެ. ތަފާތު ދާއިރާތަކުގައި މަސައްކަތް ކޮށްފައިވާ ޝައްމޫނަކީ ކުރެހުމާއި އަމިއްލަ ޑައިޒަންތައް އުފެއްދުުމުގައި ވެސް ފާހަގަކޮށްލެވޭ ޒުވާނެކެވެ. ނަމަވެސް ޝައްމޫންއާ ގުޅުން ހުރި ވާހަކަތަކުގެ ތެރެއިން އެންމެ ޝައުގުވެރި އެއް ވާހަކައަކީ ރާއްޖޭގައި ބޭއްވި ދެ ވަނަ ބޮޑީ ބިލްޑިން މުބާރާތުގައި އޭނާ ބައިވެރިވެ ހޯދި ކާމިޔާބެވެ.

ދެހާސް ވަނަ އަހަރު ބޭއްވި އެ މުބާރާތުން އޭނާ ތިން ވަނަ ހޯދި އިރު، އެ މުބާރާތަށް އޭނާ ތައްޔާރުވީ ރިސޯޓް ވަޒީފާގައި އުޅެމުންނެވެ. އަދި 25 އަހަރުގެ ދިގު މެދުކެނޑުމަކަށް ފަހު މިވަގުތު އޭނާ އަނެއްކާވެސް މިސްރާބު ޖަހާފައި ވަނީ ބޮޑީ ބިލްޑިން މުބާރާތުގައި ބައިވެރިވެ އޭނާ ދެކެމުން އަންނަ ހުވަފެންތަކުގައި ކުލަ ޖެއްސުމަށެވެ. މިފަހަރު އޭނާގެ މިސްރާބަކީ ތިން ވަނަ އިން އެއް ވަނައަށެވެ.

ޝައްމޫނަށް ލިބުުނު މެޑަލްއާ އޭނާ މުބާރާތުގައި ބައިވެރިވަނިކޮށް ނަގާފައިވާ ފޮޓޯ އެއް

އައްޑޫގެ ޔޫތް ސެންޓަރުގައި މަސައްކަތް ކުރާ ޝައްމޫން ބުނީ އަމާޒަކީ 2025 ވަނަ އަހަރު އޮންނަ ބޮޑީބިލްޑިން މުބާރާތުގައި ބައިވެރިވުން ކަމަށެވެ.

" ބޮޑީ ބިލްޑް ކުރީ ކުރީން. އެއީ ވަރަށް ކުރިން އެ މުބާރާތުގައި ބައިވެރިވީ. ރިސޯޓްގައި އުުޅުނު އިރު އެއީ 2000 ވަނަ އަަހަރު. އޭރު ކުރި ގޮތަށް ކުރި ނަމަ ވަރަށް ރަނގަޅުވީސް. ވަރަށް ކުރިއަށް ދެވުނީހޭ ހިތަށް އަރާ. އުންމީދަކީ 2025ގައި މިސްޓަ މޯލްޑިވްސް އަށް އައުން. ދެން ކުޅިވަރަށް ބަލާ ނަމަ ކުޅިވަރު ކުޅެން ވަރަށް ގިނަ ވައްތަރުގެ." ޝައްމޫން ކިޔައި ދިނެވެ.

ރާއްޖޭގެ ގިނަ ޒުވާނުންނާއި އެއްފަދައިން ޝައްމޫންވެސް އޭނާގެ ޒުވާން ދުވަސް ވަރު މަސައްކަތް ކުރީ ރިސޯޓުގައެވެ. އެގޮތުން ފުލްމޫން، ޕެރަޑައިޒް، ސަން އައިލޭންޑް ފަދަ ރިސޯޓުތަކުގައި އޭނާ ވަނީ މަސައްކަތްކޮށްފައެވެ. އޭގެ ފަހުން ސިވިލް ފަޔަމަނެއްގެ ގޮތުގައި ވެސް އޭނާ ވަނީ ޚިދުމަތްކޮށްފައެވެ.

ޝައްމޫންގެ ހުނަރުވެރިކަމުން އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރެހުމުގެ ދާއިރާ އިން އޭނާ އަށް ލިބިފައިވާ ފަންނުވެރިކަމެވެ. ޝައްމޫން ކުރެހުމުގެ މަސައްކަތަކީ އޭނާ އާމްދަނީ ހޯދަން ކުރާ މަސައްކަތެއް ނޫނެވެ. އެއަށް ވުރެ ބޮޑަށް އެއީ އޭނާ ލޯތްބާ ޝައުގުވެރިކަން އޮވެގެން ކުރާ ކަމެކެވެ. އޭނާ ބުނީ ކުރެހުމަށް ޝައުގުވެރިކަން އުފެދިގެން އައީ ސްކޫލް ދައުރުގައި ކަމަށެވެ.

ޝައްމޫންގެ މަސައްކަތް ރެސްޓޯރަންޓަކުން.

" ކުރަހަން ފެށުނު ގޮތަކީ ދިވެހި ޓީޗަރު ބުނީ އެއްޗެއް ކުރަހައިގެން އަންނަން. ދެން ހިތަށް އަަރައިފި މިސް އުފާވާނެ ކަހަލަ އެއްޗެކޭ ކުރަހާނީ. ހިތަށް އެރީ ޓީޗަރު ހައިރާންކޮށްލާނަމޭ. ކަން ދިމާކުރި ގޮތުން އޭރު ބްރޫސްލީ ވަރަށް މަޝްހޫރުވާނެ. ޓީޗަަރަށް ގަބޫލުވެސް ނުވި އަމިއްލަ އަށް ކަމަށް ކުރެހީ. އޭރު ހުންނާނެ ކޮޓަރީގައި ބްރޫސްލީގެ ވަރަށް ބޮޑު ޕޯސްޓަރެއް. އޭރު އެއީ ސަދަން ސެކަންޑްރީ ޒަމާނުގައި. މަންމަ ހުރީ ބަލަން ކުރެހި އިރު. ދެން މަންމަ ބުނެގެން ގަބޫލު ކުރީ މިސް ވެސް އެ ކުރެހީ އަމިއްލަ އަށް ކަން،" ޝައްމޫން ބުންޏެވެ.

ރިސޯޓްގައި ވަޒީފާގައި އުޅުނު އިރު ލިބޭ ހުސް ވަގުތުގައި ވެސް ޝައްމޫނު ކުރާ ކަމަކީ ކުރެހުމެވެ. އެކަމަކު އޭނާ ކުރަހަނީ ވަޒީފާގެ ބޭނުމަށް ގެންގުޅުނު ކަރުދާސް ފަދަ އެއްޗެހީގައެވެ. މިގޮތަށް ކުރަހާއިރު އޭނާ އާންމުކޮށް ކުރަހަނީ މީހުންނާއި ތަކެތީގެ ސްކެޗްތަކެކެވެ. އެގޮތަށް އެއް ފަހަރަކު ކުރެހި ކުރެހުމެއް ބޮލީވުޑްގެ ފަންނާނަކު ބޭނުންވެގެން ހޯދުމަކީ އޭނާ އަށް ދިމާވި ތަފާތު ކަމެއް ކަަމަށް ޝައްމޫން ވަނީ ބުނެފައެވެ.

ޝައްމޫން "ވަގުތަށް" އިންޓަވިއު ދެނީ. --- ވަގުތު އިމޭޖަސް

" ރިސޯޓްގައި ކޭޝިއަރަކަށް ހުރި އިރު ހެނދުނު ލިބޭނެ ހުސް ވަގުތު އޭރު ކުރަހަނީ. ލިބޭނެ ޑިޕާޗަ ލިސްޓު. ލިބުނީމަ އެ ޑިޕާޗަރ ލިސްޓުގެ ތިރީގައި ކުރަހަނީ. އޭރު ނޫސް އެއްޗެހި ހުންނާނެ. އޭގައި ހުންނަ އެއްޗެހި ބަލައިގެން ކުރަހަނީ. އެއް ދުވަހު ކުރެހީ ޖަމްޝީދާ. ކުރަހާފައި ހުއްޓާ އައީ ފިލްމުސްޓާރެއް ކުމާރު ގޯރަވް. އޭނާ ބުނެފި ދަންނަމޭ ޖަމްޝީދާ. އޭތި ހިފައިގެން އެދުވަހު ދިޔައީ. އެ ފަހުންވެސް ކޮންމެވެސް ޝަހުސިޔަތެއް ކުރަހަން. އެއީ ވަރަށް ބޮޑަށް ހުންނަ ހަނދާނެއް." ޝައްމޫން ބުންޏެވެ.

ޝައްމޫން ވަނީ ރެސްޓޯރެންޓާއި ގެ ފަދަ ތަންތަނުގައި ވެސް ކުރެހުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން މިހާތަނަށް އެންމެ ބޮޑު މަސައްކަތަކަށް އޭނާ ކުރި މަސައްކަތަކީ "ލަކެފޭ"ގެ ފާރުގައި ބޭރު ގައުމެއްގެ މަގުމަތި ރަމްޒުކޮށްދޭ ގޮތަށް އޭނާ ކުރަހާފައިވާ ކުރެހުންތަކެވެ.

" 15 ވަރަކަށް ދުވަހުގެ މަސައްކަތް މިއީ. އަބަދުވެސް ރީތި އެއްޗެއް ފެނުނީމަ އެ އެއްޗެއް ހުންނަ ގޮތް ސިކުނޑި އަށް ނަގަނީ. ނަގައިގެން ކަމެއް ކުރަން ޖެހުނީމަ ނޫނީ އެހެން މީހުންނަށް ވިޔަސް ހިޔާލު ދެން. ދެން ކެފޭގައި ކުރެހީ ތަފާތުކޮލަން. ތަފާތު ތަނެއް ފެންނަ ނަމަ ފޮޓޯ ވެސް ނަގާނެ. އެއްކޮށް މުޅި ތަނުގައި ކުރެހީ އެއް ފާރަށް ހުރިހާ އެއްޗެއް ފެންނަ ގޮތަށް." އޭނާ ބުންޏެވެ.

ކުރެހުމުގެ އިތުރުން އިންޓީރިއާ ޑިޒައިންގެ މަސައްކަތް ވެސް ޝައްމޫން ދަނީ ކުރަމުންނެވެ.

" ހުންނާނެ ޑިޒައިންކޮށްފައި ކެފޭ އާއި ފިހާރަ. ދެން ގެވެސް ހުންނާނެ ޑިޒައިންކޮށްފައި. ފާޙެއް އޮވެގެނެއް ނޫން އެކަން ކުރަނީ. އެއީ ވަރަށް ގިނަ މީހުންނަށް ރީތިވޭ އެގޮތް. ފޮތި ފިހާރަ އެއް ހުންނާނެ ޑިޒައިންކޮށްފައި. ވަރަށް ބޮޑަށް ބެލިން އާއްމުކޮށް ފޮތި ހުންނަނީ ފޮތި ރޯލް ކޮޅަށް ޖަހާފައި. އެ ނޫން ގޮތަކަށް ބަހައްޓަން ވިސްނީ. އުނދަގުލުން ވޭ އެ ކޮންސެޕްޓުގައި ހޯދަން. މާލެއިން ފެނިދާނެ. އެކަމަކު ރާއްޖެތެރެއިން ނުފެންނާނެ ވަރަށް މިގޮތަށް" އޭނާ ބުންޏެވެ.

ކުރެހުމާއި ޑިޒަައިނިންގެ މަސައްކަތް ކޮށްދިނުމަށް ޝައްމޫން އަށް ހުށަހެޅުންތަކެއް ލިބުނު ނަމަވެސް އަދާކުރާ މަސައްކަތާއި ވަޒީފާގެ ބުރަކަމާއި ހުރެ އެ މަސައްކަތަށް އޭނާ އަށް އެންމެ އެކަށީގެންވާ ވަގުތެއް ނުދެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ޙެ

    42 ވިޔަސް ޒުވާނެއް، ގިނަ މީހުން 40 ގެ އަހަރު ތަކުގަ ވެސް ޒުވާން

    13
    3
  2. ޟިމް

    42 ވިޔަސް ޡުވާނެއް، ގިނަ މީހުން 40 ގެ އަހަރު ތަކުގަ ވެސް ޒުވާން!

    9
    3
  3. ރަދީފް

    ސާބަހޭ އެކުވެރި ލިއޯ މެސީ.

    6
    1
  4. އަލީ

    ފަޔަރުގަ އުޅުނުމީހުން ބުނޭ ކަލޭ ވަރަށް މޮޅުވާނެޔޭ ދޭތެރެ ޖެއްސުމާއި ފިތުނަހެދުމަށް.. މުސްކުޅި އަންހެނުން ގެ ވިސްނުމޭ ހުންނަނީ

    11
    2
    • ނަޝީދާ

      އަލީ، މިއެ މިކޯ ކޮން ހޯޅައް ހޮއްލައި ފިތުނާއް ތެހަދަނީ؟

      6
      3
    • ޢާނު

      ކަލޯ ވަރަށް ދޭތެރެ ޖައްސާ ދޮގު ހަދާ މީހެއް ތީ. މޫނުމަތީ ނައިސް ވެފަ ނުހުންނަ ތަންތާ ވާހަކަ ފަތުރާ މީހެއް. މަ ތީނަ އާއެކީ މަސައްކަތް ކުރިން.

  5. ަސދް

    20 އަހަރު ކުރިން ތިދާއިރާ ދޫކޮށްނުލައި ހިފަހއްޓާލިނަމަ ހާދަ ކޮލިޓީވީހޭ.
    ނަމަވެސް ކީއްކުރާނީ އަނބިގޮއްޔެގެ ކަންތައް ހުންނަގޮތުން ރަށުގައި މަޑުކުރަން މަޖްބޫރުވީ.
    އެހެން ނޫންނަމަ ތިއީ ތަރިއަކަށް ބަދަލުވެގެންދާނެ މޫން އެއް.

    5
    1
    • ސަރުވީން / ވީނާ

      ތިޔަބުނީ އަދި މުޅިން ރަނގަޅު ވާހަކާއް ނުން.

      1
      1
  6. މަންމަ

    އާ މިސޮރު ކާރިން އަހާބަލަ މިސޮރުގެ ބައްޕަ އާއި މާމަ މަރުވީ ކިހިނެެއްތޯ

    • ހަސަން

      ތެވާހަކަ އެންމެ މުޅައް އެގޭނެއި އަޒީޒުބޭބޭގެ މީހުންނައް

    • މަންމަގެ މާމަ

      ސަމްއޫންގެ ބައްޕަ އަދި އެބަހުރި ދުނިޔޭގަ.މާމަ ނިޔާވިތާ ކިތަންމެ ދުވަހެއް.

  7. ކަމަނަ

    ބޮޑީ ބިލްޑް ކުރަން އުމުރު ކަޓާފަ، ދެން އެހެން ކަމެއް ވޭތޯ ބަލާބަލަ. ޒުވާންކަމަށް ދަޢުވާ ކުރިޔަސް މުސްކުޅިއެއް.

    5
    1
    • ސައުދު

      ފެން ހަޖަމު ކޮ އްލަ އު...

      1
      5
    • ކަމަނަގެ ހަޒް

      އޯއި ކަމަނާ ، މަކީ އަސް 42 އަހަރުގެ މީހަށް.ދެން މާސް މުސްކުޅި؟؟

  8. އައްޕާގެ އިބްރާހިންދީދީގެ އަލީ އިބުރާހީމް

    މީނަމިއީ މަޝާއެކު އެލްކޭޖީން ފަށައިގެން ކިޔަވަން އުޅުނު މީހެއް.ރަނގަޅު އަޙްލާގެއްގެ ވެރި ބޭކަލެއް.މީނަ ގައިގަ ހުންނަނީ މުޅިންވެސް ރީނދޫކުލަ.މަގޭ އަވަށްޓެރިއެއް އަދި އާއިލީ މީހެއް.އަހަރެންގެ ހެޔޮ ދުއާ ވަނީ ޝަމްމަނާއާއެކީ.ޝުކުރިއްޔާ

    2
    3
  9. ދޮންދިޔެގެ އަބުދު

    ސަންމޫނު އަކީ ގަދަ އެޑައި ކާމިޔާބީ ހާސިލްކެރާ މަސައްކަތް ކެރާ މީހައް.ހަޔާތި ބައިވެރިޔާއް ބެލިމެއިއަސް މިކަން އެނގޭހެއް.

    2
    2
  10. ލިރާރު / މުހަދަމަޏުކާނުގެ

    ތައް ކާމިޔާބީއަށް އެދެން.

    2
    2
  11. ނައުޓީމެޓޮކްސް / ބެނޑިއެ

    މިއަކީ އަސްލު ހިތަދޫ މީހާ.ކުދުކޮށް ފޮނި ގޮތަށް ނިހިންނެ އެއްތެންނާ މިއަކީ ބެސްޓް.

    2
    1
  12. ލަބީބް

    މަގޭ ދަރިފުޅަށް މިސްޓަރމޯލްޑިސްގެ ލަގަބު ލިބުން އެއީ މގޭ ދުއާ.

    2
    3
  13. ޖާބެ

    އުމުރުން 21 އަހަރުގަ ކުރިކަމެއް، މިހާރުގެ ބޮޑީބިލްޑަރުންނާ ވާދަކުރވިދާނެބާ އުމުރުން 46 އަހަރުގައި ހަމައެކަނި ޢާދިލް މުޙައްމަދު އަދި މުޙައްމަދު ރަޝީދް (ރަޗޭ) އަށް ތިޔަވަރުގެ ޗެލެންޖްއެއް މިހާތަނައް ދެވިފައޮތީވެސް އަދި ގިނަމީހުން ގަބޫލްކުރާގޮތުގައި ދެވޭނީވެސް އެއީ ތަފާތު ދެ ބޮޑީބިލްޑަރުން މިހާތަނައް މިކުޅިވަރުގައި މިދެމީހުންގެ ރިކޯޑް މުގުރިދާނެކަމާ މެދު ސައްކު

    3
    1
  14. މއާޒު

    މުޙައްމަދު ރަޝީދު (ރަޗޭ) އަދި ޢާދިލް މުޙައްމަދު އަށް އެކަނި އަދި މިހާތަނައް ތިޔައުމުރުގައި އެކަންވެފަ ހުރީ ، އެއީ ތަފާތު ދެ ބޮޑީބިލްޑަރިން މިކުޅިވަރުގެ ތާރީޙްގައިވެސް. މިދެމީހުންގެ ރިކޯޑް މުގުރާލެވިދާނެ ކަމާމެދު ވަރައް ޝައްކު. އަދި ތިޔަކަހަލަ ޖެލެންޖްއެއް ދެވުނަސް ދެވޭނީ އެދެމީހުންނައްކަން ގިނަމީހުން ގަބޫލްކުރޭ. މިކަންވާނެބާ

    3
    1
  15. އިއްބާ

    25 އަހަރު ވެއްޖެ ވަޒީފާ އެއް އަދާނުކުރާތާ، މާތާހިރުވާނެ އުމުރުގެ ބާކީއޮތް ދުވަހު ވަޒީފާ އަަދާކުރަން ވިސްނީޔާ. ސިޔާސީމީހުން ފަހަތުން ދުވުމާ މަޝްހޫރުވާން އުޅުން ނޫންކަމެއް މީނަގެ ނޯވޭ.

    8
    3
  16. އަލި ކޮއްކޯ

    މީ ހަޖާމުބޭބެ.