(އައްޑޫ ސިޓީ) މި ނަލަ ރާއްޖޭގެ އެންމެ ދެކުނުގައި ގުދުރަތުން ލައްވާފައިވާ އައްޑޫއަކީ އެއްގޮތަށް ވުރެ ގިނަ ގޮތް ގޮތުން ފާހަގަކޮށްލެވޭ ތަނެކެވެ. މިއީ ޒަމާނުއްސުރެ ހޭހަން ތަހުޒީބު ރައްޔިތަކު ދިރިއުޅެމުން އައި ތަނެކެވެ. އަދަބާއި ސަގާފަތާއި ތައުލީމުގެ ގޮތުން ބެލިޔަސް މިއީ މުއްސަނދި ރައްޔިތަކު އުފަން ފަޚުރުވެރި ތަނެކެވެ.

އެކަކު އަނެކަކާ ރަހުމަތްތެރިވެ އުޅުމުގެ ސަގާފަތެއް އަށަގަނެފައިވާ މި ރާއްޖޭގެ ރަށްވެހި ދެ މީހަކު އެކަކު އަނެކަކާއި އެންމެ ފުރަތަމަ ވެސް ކުރާނެ ސުވާލަކީ އެ މީހަކީ ކޮން ހިސާބަކަށް ނިސްބަތްވާ މީހެއްތޯ ބެލުމަށް ކުރާ ސުވާލެވެ.

ތިމާއަކީ އައްޑޫ މީހެކޭ ބުނެފި ނަމަ ނޫނީ އެ މީހާއަކީ އައްޑޫ މީހެއްކަން އެނގިއްޖެ ނަމަ އެންމެ ފުރަތަމަ ވެސް އަހާނެ ސުވާލަކީ ތިއީ "އައްޑޫ ގޫބައްޑާ" އެއް ދޯއޭ ބުނެ ކުރާ ސުވާލެވެ. ނޫނީ ތި އަތޮޅު ނޫނީ ސިޓީގެ މީހުންނާއި ދިމާލަށް "އައްޑޫ ގޫބައްޑާ"އޭ ކިޔަނީ ކީއްވެތޯ އަހާނެއެވެ.

އައްޑޫ ސިޓީ މީދޫ މަލަމަތި - ވަގުތު އިމޭޖަސް- އިބްރާހިމް ޝާބިލް

މި ސިޓީގެ މީހުންގެ ތެރެއިން އެކި އުމުރު ފުރާގެ މީހުންނާ ސުވާލުކޮށްލުމުން ގިނަ މީހުން ބުނަނީ އެހެން ކިޔަނީ ސީދާ ކޮން ސަބަބަކާއި ހުރެކަން ނޭނގޭ ކަމަށެވެ. ނަމަވެސް އެ އެންމެންވެސް އެއްބަަސްވާ ކަމަކީ "ގޫބައްޑާ" ނުވަތަ "ބައްޑާ" މި ދެ ބަަހަކީ ވެސް އައްޑޫގެ އެއްވެސް ހިސާބެއްގައި އެއްވެސް މާނައެއްގައި ބޭނުން ކުރާ ބަހެއް ނޫންކަމެވެ. އެހެންކަމުން ބައްޑާ މިއީ އައްޑޫ ބަހުރުވައަށް ނިސްބަތްވާ ބަހެއް ނޫންކަން އެ މީހުން ގަބޫލުކުރެއެވެ. މީގެ އިތުރުން ދިވެހި މުދައްރިސެއް ކަމަށްވާ ސަފްވާން ޝަފީގުވެސް ވިދާޅުވީ އައްޑޫ ބަހުރުވައިގައި ބައްޑާ ކިޔާ ބަހެއް ނޯންނަ ކަމަށެވެ.

" ވަރަށް ގޮތް ގޮތަށް އެ ވާހަކަ ތުންތުންމަތިން ކިޔާ އުޅުނަސް އެއީ ސާފުކޮށް ލިޔެވިފައި އޮތް ކަމެއް ނޫން އެނަން ކިޔަން ފެށުނު ގޮތް. އެއްވެސް ގޮތަކަށް އައްޑޫ ބަހެއް ނޫން އެއީ. ބަޑި ކިޔާ. ގޫބަޑިވެސް ކިޔާ. އެކަމަކު ބައްޑާ އެއީ އައްޑޫ ބަހެއް ނޫން." ސަފްވާން ވިދާޅުވިއެވެ.

އައްޑޫގެ އިސް ރަށްވެހިންނާއި މިކަމާއި މެދު ސުވާލުކޮށްލުމުން ބައެއް މީހުން ވަނީ ބައްޑާ އަކީ ތިނަދޫ ބަހެއްކަން ފާހަގަކޮށްފައެވެ. އަދިި އެ ނަން އުފެދިގެން އައި ގޮތާ މެދު ތުންތުން މަތިން އަޑު އިވިފައިވާ ބައެއް ވާހަކަތައް އެ މީހުން ވަނީ ހިއްސާކޮށްފައެވެ.

"އެއީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ތިނަދޫއިން މީހުން ބާލަން އަރާ ހަވައަށް ބަޑި ޖެހީ. ޖެހީމަ ބުނީ ވައިބައްޑާ އޭ. ދެން ބަޑި ޖެހީމަ ޖެހުނީ ފެނުގައި. ދެން ބުނެފި ފެން ބައްޑާއޭ. އެންމެ ފަހުން ރާޅު ފަށަށް ޖެހީމަ ބުނެފި ތިޔައީ ގޫބައްޑާއޭ. މިހެން މިކީ އޭރު މީހުން ފާހަނަ އަށް ދަނީ ގޮނޑުދޮށަށް. އެއީ ބޮޑު ކަމުދާ ހިސާބު. ދެން ދެކުނު މީހުންނަށް ނިސްބަތްކޮށް މިހެން ކިޔަމުން އައީ. ނޭނގެ ކިހިނެތް ކަމެއް އައްޑު އަށް އެނަން ހަރުލީ. އެކަން އެހެން ވާން ޖެހޭ ސަބަބެއް ނެތް." އައްޑޫގެ އުމުރުން ދުވަސްވީ މީހަކު ކިޔައި ދިނެވެ.

އައްޑޫ ސިޓީ ހިތަދޫ- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ބައެއް މީހުން ގަބޫލުކުރާ ގޮތުން "ގޫބައްޑާ"ގެ ނަމަކީ އޭރު އޮތް ވަތަނީ ހަސަދަވެރިކަމުގެ އޮއިވަރުގެ ތެރެއިން އުފެދިގެން އައި ނަމަކެވެ. އެގޮތުން އިނގިރޭސިންގެ އިސްތިއުމާރުގެ ބެލުމުގެ ދަށުގައި އޮތް އިރު އައްޑޫގެ ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ފުއްދައިގެން އުޅުނީ މާލެ އަށް ބަރޯސާވުމެއް ނެތިއެވެ.

އައްޑޫގެ ރައްޔިތުންގެ ފުދުންތެރި ތަނަވަސް ދިރިއުޅުން ފެނި އެންމެ ފުން އަސަރެއް ހިތަށް ކުރި އެއް ބަޔަކީ މާލޭ މީހުން ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އެގޮތުން އެ ނަން ކިޔަން ފެށީ އައްޑޫ މީހުން ދަށްކޮށް، ނިކަމެތިކޮށްލުމަށް ދިމާކުރަން ބޭނުން ކުރާ ލަފުޒެއްގެ ސަބަބުން ކަމަށް ވެސް މީހުން ބުނެއެވެ.

އައްޑޫ އަށް އުފަން އުމުރުން ދުވަސްވީ މީހަކު "ވަގުތަށް" ބުނި ގޮތުގައި "އައްޑޫ ގޫބައްޑާ" މި ނަން ގުޅިފައި ވަނީ އައްޑޫގައި ވެސް ކުޅެ އުޅުނު ކުޅިވަރަކާއި ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. ބައްޑިޔާ ކިޔާ މި ކުޅިވަރުން ބަލިވާ މާ ކިޔާ އުޅެނީ "ގޫބައްޑާ"އެެވެ.

"ހަ އިންޗި ހުންނަ ދަނޑިކޮޅަކާއި 12 އިންޗި ހުންނަ ދަނޑިކޮޅެއް ބޭނުންކޮށް ދިގު ދަނޑިކޮޅަކީ މައިގަނޑު ކަމަށް ބަލާނީ. ދެން އޮތް ކުރު ދަނޑިކޮޅަކީ ފޯއްޗެއް. ހަމަ މަންޑި ކަހަލަ ކުޅިވަރެއް އެއީ. ތިން ފަހަރެއްގެ މަތިން ބަހާލައިގެން ކުޅޭނެ. ދެން ދުރުގައި ރޮނގެއް ދަމާނީ. އެއީ ކަނޑު. ފުރަތަމަ ފަހަރު މައިގަނޑު މަތީގައި ފޯލި ބޭއްވުމަށްފަހު މައްޗަށް އެއްލާނީ،" އެމީހާ ކިޔައި ދިނެވެ.

"ދެވަނަ ފަހަރަށް ވާތުން ފޯލީގައި ހިފެހެއްޓުމަށްފަހު މައިގަނޑުން ފޯލީގައި ހުރަހަށްވާ ގޮތަށް ޖަހާނީ. ތިން ވަނަ ފަހަރު ކަން ކުރާނެ ގޮތަކީ ފައިގަނޑު ހިފެހެއްޓުމަށްފަހު ފޯލި މައްޗަށް އެއްލައި މައިގަނޑުން އޭގައި ޖަހާނީ މިހެން ޖަހާ ކޮންމެ ފަހަރަކުވެސް ބަލަން ޖެހޭނީ ކަނޑު ހުރަސްކޮށް އެންމެ ދުރަށް ފޯލި ފޮނުވާލެވޭތޯ،"

މިހެން ކުޅިވަރު ކުޅޭ އިރު ޖެހިގެން ހުރި ޓިމުގެ މެމްބަރުން ޖެހޭނީ ފޯލި އެއްލައި ކަނޑުގެ މައިގަނޑުގައި ޖަހަން މަސައްކަތް ކުރާށެވެ. މައިގަނޑުގައި ޖެހިއްޖެ ނަމަ އެ ހިސާބުން ކުޅެން ހުންނަ މީހާ ބަލިވީއެވެ. މި ކުޅިވަރުގައި ގޫބައްޑާއަކީ އެއީއެވެ.

ނަމަވެސް މިއީ ހައްތަހާވެސް ނަަޒަރިއްޔާތުތަކާއި ތުންތުން މަތިން ދެކެވޭ ވާހަކަތަކެވެ. އައްޑޫ މީހުންނަށް "ގޫބައްޑާ" ކިޔާ ހަމަޖެހޭ ސަބަބެއް ނޫނީ ސާބިތު ވާހަކަ އެއް ފެންނާކަށް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

42 ކޮމެންޓް

  1. ރަދީފް

    އަހަރުމެން ލަދެއް ނުގަނޭ ތިނަން ކިޔައިގެން.ސިޔާސީ މީހުން ދައްކާ ކޮސް ވާހަކަތަަކައް އެންމެ ފަސޭހައިން ހެއްލޭ ބަޔަކީ އައްޑޫމިހުންކަމަށް މީހުން ބުނާތީވެ އަހަރުމެން މާބަޑަށް ލަދުގަނެ ދެރަވޭ.ވީ އާ ބައްޑާއިންސް.ވ.ވެދުން

    73
    3
    • ޙާމް

      ޢަސްލިވެސް ސިޔާސީ މީހުންގެ ދަލުގަ އެންމެ ފައްކާކޮށް ޖެހެނީ އައްޑޫ މީހުން

      36
      3
      • ކައުންސެލަރު 🙌

        ބުރޯ ތިޔައީ 100 އިގެ ވާހަކައެއް

        17
        1
  2. ގ

    ހިހީ... ވަރަށް ރަގަޅު ލިޔުމެއް...

    32
    1
  3. ސޯދުބެ

    އައްޑޫ ގުޑް ގުޑްބަޑީސް ދިވެހި ކޮއްލީމަ ކިޔޭ ގޮތް އެއީ 😊😊

    62
    9
  4. އައްޑޫސިޓީ

    "އައްޑޫ ގޫބައްޑާ" ކިހިނެއް ކިޔަން ފެށީ؟ ހަސަދަވެރިންގެ ހިތުތެރޭގައި އައްޑޫ މީހުން ދެކެ ނަފުރަތުގެ ހުޅުކޮޅު ރޯވުމުން. އައްޑޫ އިގިރޭސި އަތްދަށުގެ އޮތްއިރު ތަނަވަސް ބަޔެއް. އަދި ރީތި ކަމުގެ ލާމަސީ ނަމަނޫ ބޭފުޅުން އުފެދުތަނެއް... ވިޔާފާރިގޮތުން، ތައުލީމު ގޮތުން ކުރިއަރާފަ އޮތަނަށް އައްޑޫއަކީ... މިއަދު ހަސަދަވެރިން އައްޑޫ ރައްޔިތުން ދެކެ ލޯބިވާ، ހެޔޮއެދޭ ބަޔެއްކަމުގެ ބުނެ އަައްޑޫ ރައްޔިތުންގެ ނިކަމެތިކޮށް ބިކަކޮށްލާފި.

    29
    20
    • ހަގީގަތް

      އިނގިރޭސިން އަތްދަށުއޮތްއިރު ތަނަވަސް..އަދި ތަޢުލީމީ ގޮތުންވެސް..އެކަމަކު އެއީ އިނގިރޭސިން
      ނާހެދި އިނގިރޭސިއައްމޮޅުވީ އަދި ތަނަވަސްވެސްވީ
      ..ބުނަން މިއުޅޭ ވާހަކައަކީ އިނގިރޭސިންނަކީ ރާއްޖެ އަޅުވެތިކުރި ދުޝްމިނުން...އައްޑޫ އުޅުނީ ދުޝްމިނުންނާއި އަތްގުޅުވައިގެން ނާސިރުދައުރުގައި

      33
      9
      • އައްޑޫސިޓީ

        އެމް.ޑީ.ޕީ ވެރިކަމަށް ވުރެ ރަގަޅު އިގިރޭސިން އައްޑޫގެ ރައްޔިތުންނަށް. އައްޑޫ ތަރަޤީކޮށް އައްޑޫ ރައްޔިތުން ހަމަޖެހިލައިން ތަނަވަސް ދިރިއުޅުމެއްގައި އުޅެން ފުރުސަތު ލިބުނު.

        19
        1
    • ފުތާބެއްޔާ

      އެހާ ތައުލީމީ ގާބިލް މީހުންނާ ވިޔަފާރިވެރިން ގިނަ އަތޮޅަކަށް ހަގީގަތުގަ އެމީހުން ފަރާތުން އަންނަންވާ ވަރާ ގާތައްވެސް ތަރައްގީ އާ ކުރިއެރުން ނާދޭ. އެހާ އަވަހަށް ސިޔާސީ ގުއިރޯނުގަ ޖެހޭ

      42
      3
  5. ކަމާލުއްދީން

    ތިޔޮތީ އެނގިފަ. ސ.ގަމުގައި ހުރި މިލިޓަރީ ބޭސްގައިތިބި ރޯޔަލް އެއާފޯސްގެ އިނގިރޭސިން އައްޑޫ މީހުންނާ ދިމާލަށް ކިޔަން ފެށި އެއްޗެއް އެއީ. އިނގިރޭސިން ކިޔާ އުޅުނީ "އައްޑޫ ގުޑް ބަޑީސް". ގަމުގައި ތިބި އެހެން ރަށްރަށުގެ ދިވެހީން މީތި ދިވެހިކޮށްގެން ކިޔަންފެށީ "އައްޑޫ ގޫބައްޑާ". ކޮބާ އެގިއްޖޭ؟؟؟؟

    51
    9
  6. ދިރާސާ

    މި ދިރާސާގެ މައުލޫމާތު އަދި ފުރިހަމަނޫން، އެއީ އިގިރޭސިން އައްޑޫގަ ތިބިއިރު އައަޑޫމީހުނާ މުޙާތަބުކޮއް އެމީހުން ކިޔަމުން އައީ “އައްޑޫ ގުޑް ބަޑީސް،”މީތި ގޮތްގޮތައް ބަދަލުކޮއްގެން ކިޔާއެއްޗެއް އެއީ، އެއްވެސް މާނައެއް އޮތްއެއްޗެއްނޫން، ހަމަ ހަދައިގެން ހަސަދައާއެއްކޮއް ދައްކޮއްލަންވެގެން ކިޔަނީ

    26
    2
  7. ހައްޤުބަސް

    އައްޑޫއަށް ނިސްބަތްވުން އެއީ ވަރށް ބޮޑު ފަހުރެއް. މިއަދު ބައެއްގެ ހަސަދަވެރިކަމުން އައްޑޫގެ ރައްޔިތުންގެ ހާލަކުވެ، އައްޑޫގެ ނަން ކިލަބުވިޔަސް.....

    24
    8
  8. ވިނަ

    ގޫބައްޑާ ކިޔަނީ ޖެހި އުންޑަ ގޮނޑުދޮށުގަ ހުރި ގުއި ތަފާއްޔަކަށް އެރުމުގެ ސަބަބުން

    30
    6
  9. ފަނީ

    ނާސިރު ދުވަސްވަރުގަ އައްޑު ކުރިއެރީމާ ނާސިރު ހިއްޕުޅާހަމަނުޖެހިގެން ނާސިރުއާ މާލޭގެ ރަސްމަތި ބޭފުޅުންކޮޅެއް ގޮސް އިނގިރޭސިން ކައިރީ ބުނީއޯ، އައްޑޫ މީހުން ވަރަށް ނުލަފާވާނެއޭ. ބުނީމަ އިނގިރޭސިން ބުނީއޯ، ނޯ ނޯ ނޯ، އައްޑޫ ގޫޑް ބަޑިސް އޯ. ބުނީމަ ވަފްދުގެ މީހުން ހީކުރީއޯ އައްޑޫ ގޫބަޑީސް ކީކަމަށް. އޭގެފަހުން މިބޭފުޅުން ކިޔަންފެށި އެއްޗެކޯލަ😆. އެވަރުނުވެގެން އުތުރު މީހުން ހިއްތަކުގައި ބިރުވެރިކަން އުފައްދައިފި ދެކުނުމީހިން ދެކެ.

    26
    9
    • ވަސީމް

      އިނގިރޭސިންނަކީ އަނިޔާވެރި ރަހުމްކުޑަބައެއް މުސްލިމުންގެ ދުޝްމިނުން...އެމީހުން އައްޑުއަކަށް ހޮޔޮނޭދޭ..އެމީހުންގެ މަގުސަދަކީ އައްޑޫ ރައްޔިތުންގެ ލޮލުގައި އަނދުންއަޅުވާ..ދިވެހިން ދިވެހިންނާއި ހަނގުރާމަކޮށް...އެމީހުންގެ ބާރުގެ ދަށަށް ރާއްޖެގެނައުން

      18
      9
  10. އދރސ

    ގަންބަނަ ބުދާ އެވެސް ގދ.ތިނަދޫ މީހުން ކިޔާ އުޅުން ބަހެއް ތިނަދޫ މީހުން ބަސް ހަދާފަ އެހެން ރައްތަކުގެ މީހުން ބޮލައް ކަޑަނީ😂

    22
    7
  11. އައްޑޫ ގުޑް ބަޑީ

    އިޓްސް ނޮޓް އައްޑޫ ގޫބައްޑާ. އިޓްސް އައްޑޫ ގުޑް ބަޑީސް.

    20
    5
  12. ހަސިން

    އައްޑޫ މީހުން ަ އެހެން ކިޔުނީ ގުއިފޮޑި އަށް ކިޔާނެ އިގިރޭސިނަމެއް ނޭގިގެން އެމިހުން އޭރު އިގިރޭސިންކާރި ކީ އެއްޗެކޭވެސް ކިޔާ އަޑުއިވޭ

    10
    12
  13. ބުއްޅަބޭ

    ހަގީގީ މާނަ ފ ފޮރުވަން މަސައްކަތްކުރަނީ...އިނގިރޭސިންނަށް.. އައްޑޫ އަންހެނުންކޮށްދިން "ހެޔޮ" ކަންތަކުގެ ލަގަބު އެއީ....އަދި ރަގަޅަށް ދިރާސާކޮށްލާ!

    14
    11
  14. ާއައްޑޫ / ހަސަނު

    ހުވަދޫ މީހުން ގއ.ވިލިގިނލި މީހުންނަށް ކިޔަނީ ގަންބަނެބުދާ...

    14
    2
  15. ސަން

    އިނގިރޭސިން އައްޑޫ ގުޑް ބަޑީސް ކީކަމަށް ބުނާ ބުނުމަކީ ސައްހަ ބުނުމެއް ނޫންކަން އެނގޭ ސަބަބަކީ "ބަޑީސް" މިއީ އިނގިރޭސިން އާއްމުކޮށް ރަހްމަތްތެރިންނަށް ކިޔާއެއްޗެއް ނޫން. "ބަޑީސް" އަކީ އެމެރިކާ މީހުން ކިޔާއެއްޗެއް. އެކަން ގޫގުލް ކޮށްލީމަ ވެސް ސާފުވާނެ. އެހެން ކަމުން އައްޑޫ ގުޑް ބަޑީސްއޭ އިނގިރޭސިން ކީކަމަށް ބުނާ ބުނުމަކީ އޮޅުވާލުމެއް.

    29
    7
    • ލުޑް

      ތީ ތެދެއް. އެމެރިކާ މީހުން ވެކްސިން ޖެހުމަށް ކިޔަނީ ވެކްސިން ޝޮޓް. އިނގިރޭސިން ކިޔަނީ ޖެބް. އެމެރިކާ އާއި އިނގިރޭސިން ބަސްތައް ބޭނުން ކުރާ ގޮތަށް ބަލާއިރު އިނގިރޭސިން "ބަޑީސް"އެއް ބޭނުމެއް ނުކުރާނެ. އެެހެން ވީމާ، އައްޑޫ ގުޑް ބަޑީސް އެކޭ އިނގިރޭސިން ކިޔާފައެއް ނޯންނާނެ.

      11
      6
  16. ރޯޔަލް އެއަރފޯސް

    ބައްޑާ މިބަސް ބޭނުންކުރީ ގުންޑާ ނުކިޔަންވެގެން.

    12
    8
  17. ބޭރުމީހާ

    އައްޑޫ ގޫބއްޑާއޭ މީހުން ކިޔާނެއެވެ. މުނާފިގުންގެ 3 އަލާމާތް ފާޅުކޮށް ފެންނަ، ސ. ހިތަދޫ ސޭކު ޙުސައިން ރަޝީދު މެންފަދަ މީހުން އައްޑޫގަ ތިބީމައެވެ. އެ ސޭކު، ޑރ އަފްރާޝީމަށް ކީ ނަމަކީ މެލޭޝިޔާގެ ވަލުން ކިޔަވައިގެން އައި “ބަންގިބޭ” މިފަދައިންނެވެ. މިހާރު ޑރ އިޔާޒަށް ކިޔަނީ “ފިރުއައުނު ގެ އަލާމާތް “ މިހެންނެވެ.
    އެންވީމާ މިފަދަ މީހުންނަށް ކިޔާން އެންމެ ރަނގަޅީ ގޫބައްޑާއެވެ.

    27
    7
    • ައައްޑޫ

      ކޮނޮމެ ރަށެއްގައިވެސް ގުންޑާއިންނާ މާތްމީހުން ތިބޭނެ ރައްފުށމީހުނަށް ހީވާކަހަލަ މާލޭއެކަނިހެން މާތް މީހުން ތިބެނީ މާލެއާއި ރަށް ފުށުގައި ގުންޑާއިން މާގިނަވާނެ ސޮރީ

      11
      2
  18. ތާރުކު

    މިހާރު ތިކިޔުނީ އަބޫޖަހުލުގެ ވާހަކަ މިކަމަކާ ނުގުޅޭކަންނޭންގެ

  19. ތަރަގުއި

    ދުމަ ބައްޑާ އޭ ގޮވި ކަމައްވަނީ ތިނަދޫ މީހުން ބަޑި ޖެހީމަ.
    ތިނަދޫ މީހުނައް އެލަނޑު ދިނީ އައްޑޫ ގޫބައްޑާ އެކޭ ކިޔަނީ
    އިގިއްޖޭ
    ބަގާވާތް ރާވާ އެ ބަގާވާތެއް ކާމިޔާބް ނުވީމަ ކިޔާނީ "ގޫބައްޑާ އަތައް ގޮވީ އޭ އިގިއްޖޭ"

    11
    3
  20. ޏޭފާ

    ތިނަދޫ އަދި ހުވަދޫ މީހުން ބަޑިޔަށް ކިޔަނީ ބަޑި. ބައްޑާ ނުކިޔާ.

  21. އާސިދާ

    ވެދާނެ އެވެރިންގެ ބޯ ގަޅިވީނަކަމަށް...

    7
    3
  22. އާސިދާ

    އެންމެ ގުޅޭ ކޮމެންޓެއް މިހާތަނައް ދީފައިވަނީ ، ބޭ ރުމީހާ،

  23. ޖާބިރު

    މި ތަހުޒީބު ޒަމާޏުގައި އައްޑޫ މީހުންދެކެ ހާދަހާ ހަސަދަވެރިވާ މީހުން އެބަތިއްބޭ ދޯ. ދެންވެސް ކިޔަންވީ ހަމަ ތީ އިސްލާމުންނޭތަ؟ މިޒަމާނުގެ ތަރައްގީގެ ހުރިހާކަމެއްކަހަލަ ގޮތަކަށް އެއްމެ ފުރަތަމަ ފެނުނީ އައްޑޫ މީހުންނަށް ނަމަވެސް އެއީ އެމީހުންގެ މޮޅުކަމަކުންނެއްނޫން އެއީ މާތްކަނލާގެ އެކަން އިރާދަކުރެއްވީތީ. އައްޑޫމީހުންނަކީ އިންގިރޭސިންގެ ދުވަސްވަރަށްވުރެކުރިން ވެސް ފުދިގެން އުޅުނުބައެއް. ވ ވެދުން.

    8
    8
  24. އައްޑޫ މީހާ

    އަސްލު އިގިރޭސީން ދިން ނަމެއް އެއީ އައްޑޫ ގުޑް ބަޑީސް ދެން އެބަސް އެހެނިހެން ހިސާބުތަކުގެ މީހުން މާނަ ކުރިގޮތް އައްޑޫ ގޫބައްޑާ އަކީ މިބަސް އަސްލު ހަސަދަވެރިކަމުގެ ތެރެއިންވެސް ބޭނުންކޮށް އުޅުނު މިހާރުވެސް ރާއްޖޭގެ ބައެއް ހިސާބުތަކުގެ މީހުން އައްޑޫ މީހުންނަށް ވަރަށް ރުޅިއާދޭ އެއީ އޭރުގެ ދިވެހި ސަރުކާރުތަކުން އައްޑޫ މީހުންގެ އަގުވައްޓާލައި ނިކަމެތި ކުރަން ހިންގި ކެމްޕެއިނެއް ބަޤާވާތް ކުރި ކަމަށާއި އައްޑޫ މީހުން ވަރަށް ނުލަފާ ވާނެ ކަމަށާއި މިހިރަ ވާހަކަ ތަކަކީ މިހާރުވެސް ޕްރޮމޯޓް ވާކަންތައްތައް

    12
    5
  25. ގޫބައްޑާ

    އަސްލު ތެދަށް ބުނާނަމަ އައްޑޫ މީހުންނަށް ގޫބައްޑާ ކިޔަނީ ކުރީ ޒަމާނުގައި ގޮނޑުދޮށަށް ގުއިރީފައި އޭގައި ދަނޑިން ތަޅާތި. އަނެއްކަ ތެދަށް ބުނީމަ ރުޅި ނާއްނާތި ސޮރޯ

    17
    9
  26. ޖަނާޒާ

    ފެނަބައްޑާ! ވެސް ކިޔާދޯ! އެއީ ކޮންއެއްޗެއްބާ!

    5
    2
  27. ގޫބައްޑާ

    އައްޑޫއެއީ އޮންނަތަނެއްތަ؟ ޢެއީ ކޮންތަނެއް؟

    14
    5
  28. އިބްރާހިމް

    އައްޑޫ ގުޑް ބަޑީސް،

  29. އައްޑޫ ކުއްޖެއް

    މާމަ ބުނީ އައްޑޫ ގޫބައްޑާ ކިޔަން ފެށުން ގޮތަކީ:
    ގެސްޓުންތަކެއް ރަށަށް އެރުމުން ރަށު ބަޔަކު އެމީހުންނަށް ތަންތަން ދައްކާ އެމީހުނަށް ކާންދީ ހަދާފަ ފުރުވަން ދިޔަތަނުން އެމީހުން ބުނީ އައްޑޫ ގުޑް ބަޑީސް (Addu good buddies) އޭ. އެވަގުތު އެތާ ތިބި ބައެއް މީހުނަށް އެ ބުނި އެއްޗެއް ނޭނގުނީމަ އެމީހުން ސަކަރާތުގެ ތެރެއިން 'އައްޑޫ ގުޑް ބަޑީސް' އެ ބަސް ބަދަލުކޮށް 'އައްޑޫ ގޫ-ބައްޑާ' ކިޔަން ފެށީ.

    އަޅުގަނޑުމެން މާލޭގަ އުޅޭތާ 22 އަހަރު ވެއްޖެ. މާމަ ބުނީ ވަގުތު ކުދިން ކައިރީ ބުނެލާށޯ މާމަ އާއި އެކީ ސައިކޮޅެއް ބޯން މިގެޔަށް އަންނާށޭ ކޮންމެސް ގަޑިއަކު. އޭރުން ވަރަށް ބައިވަރު ވާހަކަ ކިޔާދޭނަމޯ. މާމަ ބަލިވީމަ ތާކަށް ނުދެވޭނެ ނޫންހޯ. 🙂

    1
    1
  30. ވާދޫ ދަންނަކަލޭގެފާނު

    ތިނަދޫ އަދި ގދ ގައި ބަޑިއަށް ކިޔާ އުޅުނީ އަދި މިހާރުވެސް ކިޔަނީ “ބަޑި”. ބައްޑާ އެކޭ ނުކިޔާ. މިޔާ ބެހޭ ގޮތުން އެންމެ މޮޅަށް މައުލޫމާތު ލިބިފައި ނުވީ ނަމަވެސް އަޅުގަނޑުވެސް ގަބޫލުކުރާ ގޮތުން ތިބަހުގެ އަސްލަކީ “ޖުޑް ބަޑީސް”. މަލާމާތަކަށް ނުވަތަ ކިޔަން ނޭގިގެން ނަމަވެސް ބައްޑާއޭ ކިޔަމުން ގޮސް ހަރުލީ. “ކޫލް ވޯޓަރ” އަށް ކޯލާވަޓރު ކިޔުނު ގޮތަށް.

  31. ކެޔޮދޫ މީހާ

    ޢަހަރެމެން ރަށު މީހުން އައްޑޫ ގޫބައްޑާ ކިޔަނީ އައްޑޫ މީހުން މާލެ ދަތުރު ކުރާ އޮޑީގެ ފަހަތުގަ އިންނާނެ ފާހާނާ އޭގެން ފެންނާނެ މޫދަށް އެމީހުން ގުއިފޯލި ވައްޓާތަން އެހެންވެ އަހަރެމެން ކިޔަނީ އައްޑޫ ގުއިބައްޑާއޭ އެދަނީ އެއީ އެ ދަތުރު ކުރާ އޮޑިޔަށް ކިޔާނަމެއް ހަހަހަހާ

    1
    1
    • Anonymous

      😂😂😂

  32. ޅެެމަލޮ

    ޢައްޑޫމީޙުން ފޮޑިޖެޙުމުށް ކިޔާ ބަޙެއް ގޫބަޑި....

  33. އައްޑޫ ގުޑް ބަޑީސް

    އެއީ އިނގިރޭސިން އައްޑޫގައި އުޅުނު ދުވަސްވަރު އައްޑޫ މީހުންނަށް ނިސްބަތްކޮށް “އައްޑޫ ގުޑް ބަޑީސް” ކިޔާ އުޅޭ. އޭރު އުޅުނު މީހުން އެހެން ކިޔަން އުޅުނީމަ ކިޔުނު އެއްޗެއް ތި “އައްޑޫ ގޫ ބައްޑާ” އަކީ.