(ޏ. ފުވައްމުލައް ސިޓީ) ދިވެހި މައި ދައުލަތާ ވަކިވެ ރާއްޖޭގައި ވަކި ދައުލަތެއް ގާއިމް ކުރި ކަމަށް ދިވެހި ތާރީޚުން ފެންނަން އޮތީ ވެސް މި ހާދިސާ އެކަންޏެވެ. އެއް ބަޔެއްގެ ނަޒަރުގައި މިއީ ދިވެހި ސަރުކާރާ ދެކޮޅަށް ހިންގުނު ބޮޑު ބަޣާވާތެކެވެ. އެހެން ބައެއްގެ ނަޒަރުގައި އެއީ ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމްކުރެވުނު "ލާމަރުކަޒީ" ނިޒާމެވެ. ތާރީޚް ދިރާސާ ކުރާ ބައެއް ފަރާތްތަކުގެ ނަޒަރުގައި މި ގަޑުބަޑުތަކަކީ އައްޑޫގައި އޭރު ގާއިމްވެ ތިބި އިނގިރޭސިންނަށް އޭރަކު އެންމެ ފައިދާވާ ގޮތަށް ކަން ކުރަން ހިންގި ގަޑުބަޑުތަކަށްވުމަކީ ވެސް ގާތް ކަމެކެވެ. މާޒީގައި ހިނގި އެ ކަންކަން އިންސާފު ކޮށްދޭން ތާރީޚް ދިރާސާ ކުރާ ފަރާތްތައް ދޫކޮށްލާނަމެވެ.

"ވަގުތު ހޭރިޔާ" އިން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީއަށް ކުރި ދަތުރުގައި ނޫސްވެރިންގެ އެންމެ ބޮޑު އެއް ޝައުގުވެރިކަމެއް އޮތީ ތާރީޚްގެ ތެރޭގައި ހިނގި މި ބޮޑު ހާދިސާ ހަނދާނުގައި ހުންނެވި ބޭފުޅުންގެ ދުލުން މި ހާދިސާގެ ވާހަކަ އަޑުއަހައިލުމެވެ. ފުވައްމުލައް ސިޓީން މި ފުރުސަތު ލިބިގެން ދިޔައެވެ. އަޑުއަހަން ލިބުނީ އެ ހާދިސާއާ ގުޅޭ ގޮތުން މީގެ ކުރިން ކިޔާފައިވާ ގިނަ ފޮތްތަކުގައި ވެސް ފާހަގަ ނުވާ ދިމާއެކެވެ. އެއީ ފުވައްމުލަކުގައި ދިވެހި ސަރުކާރަށް ތާއީދުކޮށް އެ ސަރުކާރުން ވަކި ނުވާން ވަކާލާތު ކުރި ބަޔަކަށް ދިމާވި ކަންކަމެވެ.

ސްވަދީވްގެ ނަމުން އުފެއްދި ދައުލަތް އުވާލަން ވަކާލާތު ކުރުމުގައި ތިބި މީހުންގެ ތެރެއިން އެކަކު ކަމުގައިވާ އަބްދުﷲ ރަފީގް ވަނީ "ވަގުތު ހޭރިޔާ" އަށް އެ ހާދިސާގައި އޭނާ ތަޖުރިބާ ކުރި ކަންކަން ހިއްސާކޮށްދެއްވައިފައެވެ. އޭނާއަކީ ސުވަދީވް ދައުލަތާ ދެކޮޅު ހެއްދެވި ބޭފުޅެކެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އޭނާ އަށް ހަނދާނުން ފުހެލަން ދަތި އެތައް އަނިޔާތަކެއް ވަނީ ކުރިމަތިވެފައެވެ.

ސްވަދީވް ދައުލަތުގެ ތަޖުރިބާތައް އަބްދުﷲ ރަފީގް ހިއްސާކޮށް ދެއްވަނީ. - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ސިފައިން އަރަން އުޅުނު ދުވަހުގެ ތަޖުރިބާ

ފުވައްމުލައް ސިޓީއަށް ވެސް އެކި ގޮތް ގޮތުން ޚިދުމަތް ކުރައްވާފައިވާ އަބްދުﷲ ރަފީގްއަކީ އެ ދުވަސްވަރު މާލެއާއި ސިލޯނާއި ދަތުރު ކުރި ދޯންޏެއް އުޅުނު ބޭފުޅެކެވެ. އެ ދޯނީގައި އުޅުއްވި އިރު ގެންގުޅުއްވި ބައެއް ތަކެތީގެ އިތުރުން އޭރުގެ ބައެއް މަންޒަރުތައް ހިމެނޭ ފޮޓޯތައް ވެސް ރައްކާކޮށްފައި ހުއްޓެވެ. މި ފަދަ ބައެއް ތަކެތި ވެސް "ވަގުތު ހޭރިޔާ" އަށް އަބްދުﷲ ރަފީގް ދައްކަވަމުން ސްވަދީވް ދައުލަތުގެ ތަޖުރިބާ ކިޔައިދެއްވުމުގައި ކުރިއަށް ގެންދެވިއެވެ.

އަބްދުﷲ ރަފީގް ދަތުރު ކުރި ދޯނީގައި ގެންގުޅުނު ސަމުގާ - ވަގުތު އިމޭޖަސް: އިބްރާހިމް ޝަބީލް

އަބްދުﷲ ރަފީގްގެ ވާހަކަ ފައްޓަވަމުން ވިދާޅުވި ގޮތުގައި ސްވަދީވް ދައުލަތް އައްޑު އަތޮޅުން ފުވައްމުލަކަށް އައި އިރު އޭނާ ފުރަތަމަ ހުންނެވީ ފުވައްމުލަކު ނޫނެވެ. އޭރު އޭނާ މަސައްކަތް ކުރަމުން ގެންދެވީ ސިލޯނާއި މާލެއާއި ފުވައްމުލަކާއި އައްޑުއާ ދެމެދު ދަތުރުކުރި ދޯންޏެއްގައި ކަމުން ފުރަތަމަ ދުވަސްކޮޅު ރަށުގައި މާ ގިނަ އިރަކު މަޑު ކުރައްވައި ނޫޅުއްވައެވެ. ރަފީގް ވިދާޅުވި ގޮތުން ނަމަ، އެ ދޯނީގެ މާލިމީއެއްގެ ގޮތުގައި ހުންނެވީ ރަފީގްގެ ބައްޕައެވެ.

ނަމަވެސް ދިވެހި ސަރުކާރުގެ ދަށަށް ފުވައްމުލައް ގެނައުމަށްޓަކައި ދިވެހި ސިފައިން އަރަން އުޅުނު ދުވަހު ހުންނެވީ ރަށުގައި ކަމަށް ވިދާޅުވިއެވެ. ސިފައިންގެ ލޯންޗު ފުވައްމުލަކުގެ ފަޅު ތެރޭގައި އޮވެ އެ ލޯންޗުން ރަށު ތެރެއަށް ވަޒަން ފޮނުވި ކަމުގައިވެއެވެ. ދެތިން ފަހަރަކު ވަޒަން ފޮނުވިއެވެ. އެ ގޮތަށް ވަޒަން ފޮނުވުމާ ގުޅިގެން ރަށު ތެރެއިން ބައެއް މީހުން ޒަޚަމްވެ ނިޔާވި ކަމުގައިވެއެވެ.

"ދެތިން ވަޒަނެއް ފޮނުވާލި ތަނާ އަޅުގަނޑު ބަލަހައްޓައިގެން ހުއްޓާ ގޮނޑުދޮށަށް މީހަކު މަރުވެގެން ވެއްޓެނީ. ވަރަށް ގިނަ މީހުން ޒަހަމްވެގެން ވެސް ދިޔަ. ގިނަ ބަޔަކު ދުނިޔެ ދޫކޮށް ވެސް ދިޔަ. އެއިން ގިނަ ބަޔަކު މިހާރު ދުނިޔެއަކު ނުވެސް ނެތް، އެކަމަކު އެއިން އެކަކު އަދިވެސް ދުނިޔޭގެ އެބަ ހުރި." އަބްދުﷲ ރަފީގް ކިޔައިދެއްވިއެވެ.

އަބްދުﷲ ރަފީގް ރައްކާ ކޮށްފައިވާ ހަނދާނީ ފޮޓޯއެއް ކައިރީ ހުއްޓިލައިގެން - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

ރަފީގް ވިދާޅުވި ގޮތުގައި ފަހުން ދިވެހި ސިފައިންގެ ބައެއް މީހުން ރަށަށް އަރައިގެން އުޅުނު އިރު، ރަށުގައި ސްވަދީވް ސަރުކާރަށް ވާގިވެރިވާ މީހުންނާއި ދިވެހި ސަރުކާރާ އެއް ކޮޅަށް ތިބި މީހުންނާއި ސިފައިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައިދިޔައެވެ. ރަށަށް އަރައި ތިބި ސިފައިންގެ ތެރޭގައި ވަރަށް ރަނގަޅު ސިފައިން ތިބި ނަމަވެސް ގަސްތުގައި މީހުނަށް އަނިޔާ ކުރި ސިފައިން ތިބި ކަމުގައިވެސް ވެއެވެ.

"ތިމާގެ ކުއްޖަކު ވެސް މި ހަމަނުޖެހުމުގެ ތެރެއިން ނިޔާވެގެން ދިޔަ. ސިފައިންގެ މީހަކަށް އެ މައްސަލާގައި މަރުގެ ދިޔަ ވެސް ދޭން ޖެހުނު. ސިފައިންގެ މީހާއަށް ދިމާއަށް މި މީހަކު ގޮސް ޓޯޗު އަލި ކޮށްލި އަނިޔާކޮށް ނިޔާވެގެން ދިޔަ. އެންމެންގެ މިޒާޖާއި އުޅުން އެއް ގޮތް ވެސް ނުވާނެ. ސިފައިންގެ ތެރެއިން ވަރަށް ހެޔޮ މީހުން ވެސް ތިބި. ވަރަށް ބޮޑަށް އަނިޔާ ކުރި މީހުން ވެސް ތިބި." އަބްދުﷲ ރަފީގް ވިދާޅުވިއެވެ.

ފުވައްމުލައް ރައްޔިތުންނަށް ވިސްނައިދޭން ލިޔުންތައް ބެހުން

ފުވައްމުލަކުގައި ސްވަދީވްގެ ދައުލަތަށް ވާގިވެރިވާ މީހުންނާއި އެއް ގޮތަށް ދިވެހި ސަރުކާރާ އެއްކޮޅަށް ވެސް ގިނަ އަދަދެއްގެ ބަޔަކު ތިއްބެވެ. ދިވެހި ސަރުކާރުގެ ދަށަށް ފުވައްމުލައް ގެންދިއުމުގެ އަޑު ގަދަވެ، އެ ކަމަށް ވަކާލާތު ކުރާނެ "ހަރަކާތެއް" ވެސް އުފެދިގެން އައެވެ. މި ހަރަކާތުގައި އިސްކޮށް ތިއްބެވި ބޭފުޅުން ކުރެއްވި ކަމަކީ ކަރުދާސްތަކުގައި ލިޔެގެން ކަން އޮތް ގޮތް ފުވައްމުލައް ރައްޔިތުންނަށް ވިސްނައިދޭން އެ ކަރުދާސްތައް ބައްސަވަމުން ގެންދެވީއެވެ.

"އަޅުގަނޑުމެން ފުވައްމުލައް ރައްޔިތުންނަށް ވިސްނައިދޭން ވެގެން ކުރި ކަމަކީ ކަރުދާސްތަކުގައި ލިޔަނީ. ހަގީގަތަކީ މިއީއޭ. އޭގައި އޮންނާނެ ދިވެހި ސަރުކާރު މި ތަނުގައި އޮންނާނެ ކަމާއި ދިވެހި ސަރުކާރުން ވަކިވެގެން ނުދެވޭނެ ކަމާއި މި ހުރިހާ ވާހަކައެއް އޮންނާނެ. ވިސްނާލި ކޮންމެ ބަޔަކަށް ވެސް ވިސްނޭނެ. އެ ގޮތަށް ދިޔަނަމަ އަޅުވެތި ވެގެން ދިޔައިސް. އިނގިރޭސިންގެ އަޅުވެތި ކަމުގަ އަޅުގަނޑުމެން ތިބޭނީ. މި ވާހަކަތައް ލިޔެފަ އޮންނާނީ." ރަފީގް ވިދާޅުވިއެވެ.

އަބްުދުﷲ ރަފީގް ރައްކާކޮށްފައިވާ އޭނާގެ ހަޔާތުގެ މުހިއްމު ހަނދާންތަކުގެ މަންޒަރުތައް ހިމެނޭ ބައެއް ފޮޓޯތައް ހިއްސާ ކުރައްވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަނދަގޮނޑީގައި 16 ދުވަހާއި 16 ރޭ!

އަބްދުﷲ ރަފީގް ވިދާޅުވި ގޮތުގައި އޭނާ ލިޔުންތައް ބަހަމުން ދަނިކޮށް ކޮންމެ ވެސް ގޮތަކަށް ރަށުގައި ތިބި ސްވަދީވް ދައުލަަތަށް ވާގިވެރިވާ މީހުންގެ އިސް ވެރިންނަށް އޭގެ މައުލޫމާތު ގޮސްފިއެވެ. ދެން ރަފީގް ހާޒިރުކުރެވި ސުވާލު ކުރިއެވެ. އެ މީހުން ކުރަމުން ދިޔަ ސުވާލަކީ އެ ލިޔުންތައް ލިޔަމުން ދިޔައީ ކޮން ބައެއްތޯއެވެ. ޖަވާބުގައި އޭނާ ވިދާޅުވި ކަމުގައިވޭ އެއިން އެއްވެސް ކަމެއް ނުދެނެހުރި ކަމުގައެވެ.

"ދެން މި މީހުން އައިސް އަޅުގަނޑާ ސުވާލު ކުރޭ. ކާކު ހެއްޔޭ މި ލިޔަނީ. އަޅުގަނޑު ދެން ދަންނަވަން އަޅުގަނޑަކަށް ނޭނގެއޭ. ދެން އެ މީހުން ބުނާނެ އެނގޭނެ އެނގޭނެއޭ. ހަމަ ނޭނގެއޭ ބުނާއިރަށް އެހެން ބުނާނެ." ރަފީގް ވިދާޅުވިއެވެ.

ސުވާލު ކުރުމަށް ފަހުގައި އަބްދުﷲ ރަފީގް އަނދަގޮނޑިއެއްގައި އައްސާފައި ބޭއްވި ކަމުގައި އޭނާ ވިދާޅުވިއެވެ. އޭރުގައި ކަން ހިނގަމުން އައި ގޮތަކީ، އަބްދުﷲ ރަފީގް ވިދާޅުވާ ގޮތުން ނަމަ، ސްވަދީވްގެ ދައުލަތާ ދެކޮޅު ކަމަށް ޝައްކު ކުރެވޭ ކޮންމެ މީހަކު ހިފައި ހައްޔަރު ކޮށްގެން އެ އަނދަގޮނޑީގައި އައްސާފައި ބާއްވަނީއެވެ. އޭނަ އަނދަގޮނޑީގައި އޮތް އިރު ވެސް 40 އެއްހާ މީހުން އައްސާފައި އޮތް ކަމުގައިވެއެވެ. ފުވައްމުލަކުގެ އިތުރުން ގދ. ފިޔޯރީ ދެތިން މީހަކު ވެސް ތިބި ކަމުގައިވެއެވެ.

ސްވަދީވް ދައުލަތުގެ ތަޖުރިބާތައް އަބްދުﷲ ރަފީގް ހިއްސާ ކޮށްދެއްވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަނދަގޮނޑިއަކީ އޭރުގައި މީހުން ހައްޔަރު ކުރާ ގޮތެވެ. އަދަބެއްގެ ގޮތުގައި އަތް ފައި ބަނދެފައި ބާއްވައެވެ. އާންމުކޮށް މިފަދަ ތަކެތި ހުންނަނީ ލަކުޑަ ފަދަ ތަކެތިން ހަދައިފައެވެ.

"ސްވަދީވްއާ ދެކޮޅަށް އަޅުގަނޑު ތިބެގެން ސްވަދީވް ސަރުކާރުން ދިން އަދަބެއް. އޭރު އަނދަގޮނޑި ފުރާ ތިބި. 40 އެއްހާ މީހުން ތިބި. ދެން އެ މީހުންނަށް ޝައްކު ކުރެވޭ ކޮންމެ މީހަކު ހައްޔަރުކޮށްގެން ގެނެސް ބައިތިއްބާ. 16 ދުވަހާއި 16 ރޭ އަޅުގަނޑު ވެސް އޮތިން. އަޅުގަނޑު ނުކުތް އިރު ވެސް ބައެއް މީހުން އެ ތަނުގައި އޮތް،" ރަފީގް ވިދާޅުވިއެވެ.

އަނދަގޮނޑިން މިނިވަން ކުރުމަށް ފަހު އޭނާގެ ގައިގައި 19 ފަހަރު ތުއްރާއިން ޖެހި ކަމުގައިވެސް އަބްދުﷲ ރަފީގް ވިދާޅުވިއެވެ.

ފުނާޑު އަވަށަށް އަރުވާލުން

ސޯޅަ ދުވަހާއި 16 ރޭ ވަން ދެން އަނދަގޮނޑީގައި ބޭއްވީއެވެ. ދެން 19 ފަހަރު ތުއްރާއިން ހަށިގަނޑުގައި ޖެހީއެވެ. އެއަށް ފަހު ވެސް އަދަބުތަކުން މިންޖު ނުވާ ކަމުގައި އަބްދުﷲ ރަފީގް ވިދާޅުވިއެވެ. އޭގެ ފަހުގައި އޭނާ ގޭބަންދު ކުރި ކަމަށްވެއެވެ. ގޭބަންދު ކުރިތާ ދުވަސްތަކެއް ނުވެ ދިރިއުޅުއްވަމުން ގެންދަވާ ފުނާޑު އަވަށުގައި އުޅުއްވުމަށް މިނިވަންކަން ދެއްވި ކަމުގައިވެއެވެ. އެކަމަކު އަވަށުން ބޭރަކަށް ނުދެވެއެވެ. އަވަށު ތެރެއަށް ހުންނަވަން ޖެހުނީ އަރުވާލައިގެންނެވެ.

ސްވަދީވް ދައުލަތުގެ ދުވަސްވަރު ނަންގަވާފައިވާ ފޮޓޯއެއްގައި އަބްދުﷲ ރަފީގްއަށް އޭނާ އިިނގިލިން އިޝާރާާތް ކުރައްވައި ދައްކަވަނީ - ވަގުތު އިމޭޖަސް: އިބްރާހިމް ޝާބިލް

އަބްދުﷲ ރަފީގް ވިދާޅުވި ގޮތުގައި އޭނާ އެ އަވަށު ތެރެއަށް އަރުވާލާފައި ދެ މަސް ދުވަސް ވަން ދެން ބެހެއްޓިއެވެ. އެއަށް ފަހުގައި މިނިވަން ކުރި ކަމުގައިވެއެވެ. ސްވަދީވް ދައުލަތަށް ވާގިވެރިވި މީހުންގެ ފަރާތުން އެހެން މީހުންނަށް އެކި އަދަބުތަކާ ކުރިމަތިލާން ޖެހުނު ކަމުގައިވެއެވެ. އެކަމަކު މާ ގިނަ ދުވަސްތަކެއް ނުވެ ދިވެހި ސަރުކާރުގެ ދަށަށް ގޮސް ސުލްހަ ރަށުގައި ގާއިމްވެގެން ދިޔަ ކަމުގައި ރަފީގް ވިދާޅުވިއެވެ.

"ވަގުތު" އިން ފުވައްމުލަކަށް ކުރި "ހޭރިޔާ" ދަތުރުގެ ސްޕޮންސަރުންނަކީ ރިލެކްސް ފެރީ ސާވިސް، ފުވައްމުލަކު ސިޓީ ކައުންސިލް، ރިއަލް ބްރީޒް ރެސްޓޯރަންޓް، ހައިވޭ29 ރެސްޓޯރަންޓް އަދި ރޯޔަލް ރެސްޓޯރަންޓް ޕަބްލްސް ބައި ރޯޔަލްއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ހަސަނުބެ23323

  ހެހެހެހެހެ ކެނެޑާއާއި އޮސްޓްރޭލިޔާވެސް އެޔޮތީ އިނގިރޭސިންގެ އަޅުވެތިކަމުގަ ދޯ ރަފީގުބެ؟ ދިވެހިން ނުވާނެ ރަގަޅެއް. އައްޑޫ މީހުންން މިހާރު އެތިބީ އަޅުވެތިކަމެއްގަ ނޫންދޯ؟

  14
  15
  • ހަސަނުބޭގެ ކޮއިފުޅު

   ހަސަނުބޭ، ކެނެޑާއާއި އޮސްޓްރޭލިޔާ އޮތީ އަޅުވެތިކަމުގައިތޯ ސުވާލުކުރާ އިރު، އެ ތަންތަނުގެ އަސްލު ރަށްވެހިން އުޅެނީ ކޮން ހާލެއްގައި ކަން ނުދެނެހުރީމުދޯ؟ އިސްތިޢުމާރީންގެ މަކަރުވެރިކަމުގައި ބެދުނު އެއްވެސް ބަޔަކު ނެތް ސަލާމަތްވެފައެއް. ފޯޅަވަހީގެ ރަށްވެހިންނަށް ޖައްސާފައި އެތިބަ ހާލުވެސް ނިކަން ދެކިބަލަ! ޅޮސްއުނދޯއްޔަށް އަރަންވެސް ތިޔައީ ބޮޑުވަރު.

   24
   2
  • އަސްލުހާލަތު

   ބަލަ ކެނެޑާ އޮސްޓްރޭލިޔާ އެއީ މިލިޔަނުން މީހުން އުޅޭ ބާރުގަދަ މުއްސަނދި ގަޢުމުތައް އޭރުވެސް.. 2 މީހުންނާ ފަޅި ތިބީމަ ޑިއޭގޯ ގާސިއާއަށް ވެރިވެ ގަތްގޮތަށް ވާނި މޮރިޝޮއަސްއަށް ހެދި ގޮތްބަލާ.. ތިޔައީ މަކަރުވެރި ރޭވުމަކުން މީސްޅު ފަހާލާ ތަން އަތުލާފަ ޑިއޭގޯ ގާސިއާއާ އެކޮށް ބޮޑު މިލިޓަރީ ބޭސްއެއް ހަދަން އިނގެރޭސިން އެނބުރި ގޭހެއް.. އައްޑޫގެ ވަކި ބަޔަކަށް ނުވިސްނި ހުތުގަ ޖެހި ހެއްލެވުނީ..

   10
 2. މާސްޓަރ

  ޤައްދާރުންނަކީ މިއީކަން އިގިރޭސިންގެ ދަށަށް އޭރު ވެރިކަން ދިޔަ ޤައު،ުތަކާއި ކޮލޮނީ ތަކުން މިއަދު ކަށަވަރުވޭ. އެތަންތަނަކީ ދުނިޔޭގެ ނިސްބަތުންވެސް ކުރިއަރާފައިވާ މުއްސަދި ތަންތަން.

  9
  14
 3. ސުވަރުދީބު

  ސްވަދީބް ކިޔާ ދަޢުލަތެއް ނެތް އުފެދިފައެއްވެސް އަދި ނުވެސް އުފެދޭނެ އިންޝާﷲ.. އެއީ ބަޔަކު ނަސޯރާ އިނގެރޭސިންގެ ހުތުގަ ޖެހި ޖޭވި ޤަބީލާއެއް ފާޑުގެ ހަޑިއެއް.. އެ ގޮވީ އަތަށް.. ޢައިރު ޤާނޫނީ ބާޢީ ގަބީލާއަކަށް ވަގުތުން ދަައުލަތެކޭ ކީމަވެސް ހަޑި.. މަވެސް ރައްޓެހިންކޮޅަކާއެކު ތިހަކަލަ ހަޑިއެއް ހޭވީމަ ދަޢުލަތެކޭތަ ހަމަ ކިޔާނި؟؟ އަޖައިބެއް

  25
  11
 4. ހުވަދޫ އަލިބެއްޔާ

  ސުވަދީވް އޮތް ނަމަ މި ރާއްޖޭގެ އެންމެ ތަރައްޤީ ތަނަކަށް ދެކުނު ވެގެންދާނެ.. މިހާރު މި ވާގޮތަކީ މާލޭގެ ބޭފުޅުން ހަދާނެ އެއްޗެއް ހަދަން ސުވަދީވް ރުޙިގެން ތިބެނީ.. ނިޒާރު އަކާ ސޯބެ އަކާ މިހެންވީ ދެތިން ކެނާ، މި މީހުނަށް ނޭނގޭ ދެކުނުގެ މުއްސަނދިކަން ލޫޓުވާލާގެން މާލޭ ސަރުކާރުން ގެންދާކަމެއް..

  19
  19
  • އަމީދު

   އޮސްޓުރޭލިޔާގެ އެބޮރިޖިން މީހުންނާއި ޗާގޮސް އައިލެންޑު މީހުންތަރައްގީވިހެން ތަރައްގީވާނީ.

   13
   4
  • ލަކްސް

   މޮރިޝޮއަސް އިން އެހެންވެތާ ޑިއޭގޯ ގާސިޔާ ހޯދަން ތެޅި މަރުވަނީ.. ޔޫއެންއިން ހުކުމް ކުރީމަވެސް ނުދީގެން އެއުޅެނީ.އެހެން ދިވެހިންވެސް އުޅޭނި ތިޔަކަން އަތަށް ނުގޮވިނަމ..ނަސާރާ އިނގެރޭސިންގެ މައްޗަށް ދެއްވި ނަސްރެއް އެއީ

   5
   1
 5. ކ̸̦̫͆̾̽̅̋ͅޮ̴̱̄̓̊͂͑͜މ̴͎͠ެ̷̡̰͆ނ̵̤͓̾̓̇ް̷̨̛̛̘̻̞͕̱͋̽̇̇ޓ̵̫̈́͋̒͌̐͗ު̴̢̻͙͑̇

  އަބަދުވެސް 'އަނިޔާ' އާ ދެކޮޅަށް އަޑު ހަރުކުރާ މީހުންދެނީ އެޔަށްވުރެ ބޮޑު އަނިޔާ

  18
  2
 6. ޢާލިމް

  މި ކަމެއް ހިނގާ ދިޔައީ ކޮން އަހަރެއްގައިތޯ؟

  1
  3
 7. ބޯކިބާ

  ހެހެ، އޯކޭތާ މާލޭ އެކި އާއިލާތަކުގެ ދަށުގަ ތިބެގެން ފާއިތުވި 50 އަހަރުތެރޭ ކަލޭމެނަށް މޮޅުތަކެއް ވެއްޖެތާ. އުތީމުމީހުންވެސް ޕޯޗުގީޒުން މަރާފަ ދުނިޔޭގަނެތްވަރުގެ ތަރައްގީ ހޯދައިގެން އެތިބީ.

  9
  11
 8. ސާބެ

  މީ ހީރޯއިންނަކީ،،، އިނާމު ހައްގު.. ވަކި ދައުލަތެއް ޤާއިމްކުރަން އުޅުނުމީހުންނަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ބެލެވިދާނެ.. އަދި ވަކި ދައުލަތެއް ގާއިމްނުވެސް ކުރެވޭނެ

  13
  8
 9. ހަސީފާ

  އަސްލު އަނދަގޮޑިއެއްވެސް ނޫން ޖަހަންޖެހެނީ.. މުސްލިމު ދައުލަތް ފަނާކޮއްލައި ނަސޯރާއިންނާއި ބައިވެގެން ގައުމު ފިތުނަކޮއް ބައިބައި ކުރަން އުޅުނު ބަޔަކައް އެއީ ކުޑަ އަދަބެއް.

  4
  9
  • އަހަރެން

   އަނދަގޮނޑި ޖެހީ ދިވެހި ދައުލަތާ އެއްކޮޅަށް އުޅުނިމީހުންކަން ނޭގެނީތަ ހަމަ..

 10. ކެރެޓު

  ރަށުގެ އެންމެން މާލޭ އެކިގޭގެއަށް ކުލިދެއްކުމުގަ އަވަދިނެތި އުޅެނީ، އެއާޕޯޓުގަ ފޮށިތަންމަތި ކަނޑައިގެން ފާސްކުރާތާ އެތައްޒަމާނެއް. ފޮނިމީރުކަން އެލިބެނީ ކަލޭމެނަށް.

 11. ހައިދަރ

  ރާއްޖެ ބައިބައި ކުރަން އުޅުނު ޚާއިނުންނަކީ ޒީރޯއިންތަކެކެވެ. އަދި އެއީވެސް މުސްލިމް ދައުލަތަކާއި ދެކޮޅައް ނަސޯރާއިންގެ އަތުގައި ހިފައިގެން. މިހާރުވެސް މި ފެންނަނީ ހަމަ އެޒާތުގެ ކަމެއް ރާއްޖެއައް ލައިގަނެގެން އުޅޭ މަންޒަރެވެ. މާތް ރަސްކަލާނގެ އިރާދަފުޅުން މިފަދަކަންކަން ކުރަން އުޅޭ އެންމެން މިގައުމުން ފައްސާލައްވައި ނިކަމެތި ކުރައްވާށި.

 12. ހާމިދު

  މިހާރު ހިތައްއަރާ ދެކުނުގެ 4 އަތޮޅު ވަކި ދައުލެއްތެއް ހަދައިގެން ވަކިވި ނަމައޭ. ރާއްޖޭގެ އެހެން އަތޮޅުތައް ކުރި ނާރައިގެން އުޅެނީ މި 4 އަތޮޅާހެދި. އެހެންބަޔަކަށް އެއްޗެއް ލިބުމަށް އެދޭބައެއް ނޫން އެ އަތޮޅުތަކުގަ އުޅެނީ. އައްޑޫ މަގަށްވުރެ ބޮޑުމަގެއް ހައްދުންމަތީގަ ހެދީމަ އެކަމާވެސް ހަސަދަލައިގެން އައްޑޫމީހުން އުޅެނީ.

  6
  5
  • އެމްޑީޕީ ބުރޯ

   100 ގެ ވާހަކައެއް!

   1
   2
 13. ބާބޫ

  ނޯ މޯ ސްވާދީވް އަގެއިން..ޅަ ޖީލުތަކުގެ ސިކުޑިއަށް ތި ވައްދަން އުޅުނަސް މި ހާރުގެ ދަރީން އެއަށްވުރެ މާ ސްމަރޓް ވާނެ..ދުނިޔެ އިސްތިއުމާރު ކޮށްގެން އިގިރޭސިން އުޅުނު އިރު ކަން ވީ ގޮތާއި ކަންކުރަމުން ދިޔަގޮތް ކިޔަވައިގެން ތިބި ކޮންމެ ދަރިޔަކަށް އެގޭނެ..ތިޔައީކީ ފަ ހުރު ވެރިވާންވީ ކަމެއްނޫން....ކެލާގަވެސް އިގިރޭސިން އުޅުނު..އެތަންތަންވެސް އުރަކޮޅު ލައްވާފަ ހިމާޔަތް ކުރަންވީނު..ތައުފީގަށް ޝުކުރު ދަންނަވަން..

 14. މިއަޅާ

  މާލޭގެ ކުލީގެ އަޅުވެތިކަން ވަރަށް ސަޅި.

  4
  4
 15. މުރާދު

  ޝުކުރިއްޔާ ވަގުތުނޫހުގެބޭފުޅުންނަށް ސާފުކޮށްލަން އެދިއެދިހުރި ވަރަށްގިނަ މަޢުލޫމާތުތަކެއް
  ސާފުވެއްޖެ ދުވަސްވެފައިވާ މިފަދަޚަބަރުތައް މިޖީލުގެފަރާތްތަކަށްފޯރުކޮށްދެއްވާ މަޢުލޫމާތުސާފުކޮށް
  ދެއްވާ ގައުމާދޭތެރެ މިޖީލުގެފަރާތްތައްހޭލުންތެރިކުރެއްވުމަކީ ވަރަށްމުހިއްމުކަމެއްކަމުގައި ދެކެން
  ރަގަޅަށްވިސްނާލުމުންއެގޭނެ އޭރުވެސް އަދި މިހާރުވެސް ބައެއްފަރާތްތަކުގެ އަމިއްލައެދުމަށް
  ކަންކަންކޮށްފައިވާކަން މިގޮތުންބޮޑަށްބެލެވެނީ މިކަމަކީވެސް އިގިރޭސިން މިކަމުގެއަޑީގައިތިބެގެން
  އެމީހުންގެބޭނުމަށް ހިންގާފައިވާކަމެއްކަމުގައި މިއީ މިއަދުވެސް ގައުމުގެ މިނިވަންކަމަށްޓަކާ ވަރަށްވިސްނަންޖެހޭކަމެއް އެއީ އެދުމެއްނެތި ވެދުމެއްނުުކުރާނެކަމަށްބަލާފައި