(ހއ. ދިއްދޫ) ހއ. ދިއްދޫއަކީ އެ އަތޮޅުގެ ވެރިކަން ކުުރަމުން އަންނަ އެންމެ އާބާދީ ބޮޑު ރަށެވެ. ދިއްދޫ ރައްޔިތުން ވައިގެ މަގުން މާލެ ދިއުމަށް ބޮޑެތި ޙަރަދުތަކެއް ކުރަން ޖެހޭއިރު އެ ރަށުގައި އެއާޕޯޓެއް ގާއިމް ކޮށްދިނުމަކީ ޒަމާނުއްސުރެ ދިއްދޫ ރައްޔިތުންގެ އެންމެ ބޮޑު އެއް އެދުމެެވެ.

ކޮންމެ އިންތިހާބަކާ ދިމާކޮށް ރާއްޖޭގެ ބޮޑެތި ސިޔާސީ ޕާޓީތަކުގެ ވެރިން ދިއްދު އަށް ޒިޔާރާތް ކުރުމުން ރައްޔިތުން އެއާޕޯޓެއް ނެތުމުން ދިމާވާ ދަތިތަކުގެ ޝަކުވާ އޮއްސާލައެވެ. ފޮނި ހުވަފެންތަކެއް ސިޔާސީވެރިން ދެއްކި ނަމަވެސް ދިއްދޫއަކީ ކޮންމެ ސަރުކާރަކުން ވެސް އިހުމާލުވަމުން އަންނަ ރަށެއްގެ ގޮތުގައި އެ ރަށު ގިނަ ރައްޔިތުން ދެކެއެވެ.

ގާތްގަނޑަަކަށް 5،000 މީހުންގެ އާބާދީ އެއް އޮންނަ ދިއްދޫ އަކީ ރާއްޖޭގެ 8ވަނަ އަށް އެންމެ އާބާދީ ބޮޑު ރަށްކަން ފާހަގަކޮށްލެވެއެވެ. މިހާ އާބާދީ ބޮޑު ރަށަކާއި އަޅާކިޔާއިރު އެ ރަށުން ފެންނަން އުއްމީދު ކުރާ ވަރުގެ ތަރައްގީ އެއް އަދި ނުފެނެއެވެ. މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީ އިން ކާމިޔާބު ކުރުމުން ލަންކާގައި ހުންނެވުމަށް ފަހު ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ޒިޔާރަތް ކުރި ރަށްތަކުގެ ތެރޭގައި ދިއްދޫ ހިމެނެއެވެ. ދިއްދޫ އަށް ނަޝީދު ވަޑައިގަތުމުން އެރަށު ރައްޔިތުން ވަނީ އެއާޕޯޓުގެ ވާހަކަ އެމަނިކުފާނާ ހިއްސާ ކުރައްވައިފައެވެ. އުއްމީދުތަކަކާއެކު ރައީސް ނަޝީދު އާއި މިވާހަކަތައް ހިއްސާ ކުރުމުން އެމަނިކުފާނުގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ލިބުނީ ވަރަށް މާޔުސްވާނެ ފަދަ ޖަވާބެކެވެ. ނަޝީދު ވިދާޅުވީ ދިއްދޫ އިން މާ ގިނަ ބަޔަކު ފްލައިޓުން ދަތުރު ނުކުރާ ކަމަށާއި އެރަށަށް ބޭނުންވަނީ ރަނގަޅު ފެރީގެ ނިޒާމެއް ކަމަށެވެ.

ހއ. ދިއްދޫ މަގުމަތި -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

"އެއާޕޯޓެއް އަޅައިގެން އިގްތިސާދީ ފައިދާއެއް މި ލިބެނީ އޭގެ ވިޔަފާރީގެ އުސޫލު ދެކޮޅު ޖެހުނީމާ. އަޅުގަނޑުގެ އަމާޒަކީ 50ރ. – 100ރ. އަށް މި ރަށުން ރޭގަނޑު ފުރައިގެން ހެނދުނު މާލެ ދެވުން،" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވި ނަމަވެސް، ހަނިމާދޫ އެއާޕޯޓު އެންމެ ގިނައިން ބޭނުން ކުރަމުން އަންނަނީ ދިއްދޫ އަށް ދަތުރުތައް ކުރާ މީހުންކަމަށް އެ އެއާޕޯޓުގެ އޮފިޝަލަކު ވަނީ ”ވަގުތު“ އަށް މައުލޫމާތު ދެމުން ވިދާޅުވެފައެވެ. ހއ. އަތޮޅުގައި ދާދި ފަހުން ހުޅުވި ހޯރަފުށީ އެއާޕޯޓަކީ ދިއްދޫ އާއި 25 ކިލޯމީޓަރު ދުރުގައި އޮންނަ އެއާޕޯޓެކެވެ. އެއަށް ވުރެން އެރަށާއި 15 ކިލޯމީޓަރު ދުރުގައި އޮތް ހދ. ހަނިމާދޫ އެއާޕޯޓުވެސް ކައިރިއެވެ. އެއީވެސް ސްޕީޑް ލޯންޗެެއްގައި 25-30 މިނެޓުގެ ދިގު ދަތުރެކެވެ. ބައެއް ފަހަރަށް ފްލައިޓް ޓިކެޓުގެ ޙަރަދާއި އެއްވަރަށް ލޯންޗުގެ ޙަރަދުވެސް ބޮޑެވެ. އެހެންކަމުން ވައިގެ މަގުން ދަތުރުކުރުން އެރަށު ރައްޔިތުންނަށް އޮންނަނީ ބޮޑު ތަކުލީފަކަށް ވެފައެވެ.

ދިއްދޫ ރައްޔިތުން އެއާޕޯޓަކަށް ޑިމާންޑު ކުރުމުން ނަޝީދު ދެއްވީ ހިތްދަތި ޖަވާބެއްކަން އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ވެސް ފާހަގަކުރެއެވެ. ރައްޔިތުން ދެ ވަނަ ވިސްނުމަކަށް ދާން ބުނެ ކަނޑު މަގުން މާލެ ދިއުމަށް ވިދާޅުވިއެވެ. ތަރައްގީގެ މި ޒަމާނުގައި އެތައް ގަޑިއިރެެއް ކަނޑު މަތީ ހޭދަ ކުރާކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. އެންމެންވެސް ބޭނުންވަނީ ވައިގެ މަގުން ދަތުރުތައް ކުރާށެވެ. ނަމަވެސް މިވަގުތު ދިއްދޫ އާއި އެރަށުގެ ވަށައިގެންވާ ރަށްތަކަށް ވަނީ ނުސީދާ ގޮތަކުން ވައިގެ މަގުން ދަތުރުކުރަން ފިއްތުންތައް ކުރިމަތި ކުރުވާފައެވެ. ސަރުކާރުގެ އަމާޒަކީ ދިއްދޫ އާއި ވަށައިގެންވާ ރަށްތަކުގެ ރައްޔިތުން ކަނޑު ބޯޓު ފަހަރުގައި މާލެ ފޮނުވުމެވެ. ދިއްދޫގެ ރައްޔިތުން ނަޝީދު ދެންނެވި ގޮތަށް ކަނޑުމަގުން މާލެ ދާން ބޭނުން ނުވާކަން އެރަށު ރައްޔިތުންނާއި ވާހަކަ ދެއްކުމުން ވަނީ ހާމަވެފައެވެ.

ހއ. ދިއްދޫ - މަތިން ނަގާފައިވާ ފޮޓޯއެއް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ދިއްދޫގައި އެއާޕޯޓެއް ގާއިމްކޮށްފި ނަމަ ހޯރަފުށީ އެއާޕޯޓަށް ވުރެން އެތައް ތަނަކުން ފްލައިޓުތަކުގެ ޑިމާންޑު ދިއްދޫ އެއާޕޯޓަށް ބޮޑުވާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިކަން ހއ.އަތޮޅުގެ މެޕަށް ބަަލައިލުމުން ވަރަށް ސާފު ވާނެއެވެ. ހޯރަފުށީ އެއާޕޯޓު އޮތް އިހަވަންދިއްޕޮޅަކީ ދިއްދޫ އާއި އެ އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރިކޮށް، ގައްލަންދޫ ކަނޑު ހުރަސްކޮށްފައި ދާން ޖެހޭ ހިސާބެކެވެ. އިހަވަންދިއްޕޮޅުގައި އޮތް މީހުން ދިރިއުޅޭ 5 ރަށުގެ އާބާދީ އަރަނީ ކިރިޔައި 8،000 ށެވެ. ނަމަވެސް ދެން އޮތް 9 ރަށަކީ ދިއްދޫގެ ވަށައިގެންވާ ރަށްތައް ކަމުގައިވާއިރު އެރަށްތަކުގެ ޖުމްލަ އާބާދީ 14،000ށް ވުރެން ގިނައެވެ. ދިއްދޫ ކައިރީ 2 ރިސޯޓުވެސް އޮންނައިރު އިހަވަންދިއްފޮޅުގައި އޮތީ އެންމެ ރިސޯޓެކެވެ. ހއ. އަތޮޅުގެ ވެރިކަން ދިއްދޫ އަށް ދީފައި ވަނީ އެރަށުގެ އާބާދީ ބޮޑުވެފައި، އެހެން ރަށްތަކުގެ މީހުންނަށް އެރަށަށް ދާން ފަސޭހަވުމުންނެވެ. މިހާރުވެސް މިދެންނެވި 14،000 މީހުން ބޭނުން ކުރަމުން އަންނަނީީ އަމިއްލަ އަތޮޅުގައި އޮތް އެއާޕޯޓުގެ ބަދަލުގައި ހަނިމާދޫ އެއާޕޯޓެވެ.

"މި ރަށުގެ ރައްޔިތުންނަށް ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވޭ އަސްލު. ތަރައްގީ އަށް ވާހަކަލަ އެއްވެސް ކަމެއް ދިއްދޫ އަށް ނުކޮށްދޭ. ދިއްދޫ އަށް ވުރެން އެއާޕޯޓު ހައްގު ރަށެއް މި އަތޮޅަކު ނެތް. މިސާލަކަށް މިރަށުގައި އެއާޕޯޓެއް އަޅައި ފައިދާވާން ފެށުމުން ސިޔާސީވެރިން އަރާ ބުނާނެ ދިއްދޫ އެއާޕޯޓަކީ ތިމަންނާމެންގެ މާސްޓާ ޕްލޭން އެކޭ. އެހެން ބުނެގެން މިކަން ކޮށްފިއްޔާ ރަނގަޅުތާ. އަހަރެމެންނަށް ވަރަށް އުނދަގޫ މިހާރު މާލެ ދާން. މިއަށް ވުރެން ފަސޭހަ ގޮތެއް އެބަ ބޭނުންވޭ. ވެރިކަން ދޭން ބޮޑު އެހީއެއް ވީމާ ރަށަށް އައިސް އަޅާފައި ހުރި ތަނެއް މަރާމާތު ކޮށްދޭނަމޭ ބުނެެގެން މިކަން ނިންމައެއް ނުލެވޭނެ. ރައްޔިތުންނަށް ހައްގު ތަރައްގީ ހޯދައި ދިނުމަކީ ސަރުކާރުގެ ވަޒީފާ" ދިއްދޫ އިން "ވަގުތު" އާ ވާހަކަ ދެއްކި ރައްޔިތަކު ކިޔައިދިނެވެ.

ހއ. ދިއްދޫ ފުޓްބޯޅަ ޓާފް ދަނޑު | ވަގުތު އިމޭޖަސް : މުހަންމަދު އަފްޒަލް

ކުރިންވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓު އަޅައިގެން ފައިދާ އެއް ނުވާނެ ކަމަށް ސަރުކާރުތަކުން ބުނި ބައެއް އެއާޕޯޓުތަކަށް ދުވާލަކު އެތައް ޝެޑިއުލް ދަތުރުތަކެއް މިހާރު ކުރަމުން ގެންދާކަމީ ލޯމައްޗައް ފެންނަން ހުރި ހަގީގަތެކެވެ. ރާއްޖޭގެ އަތޮޅުތަކުގައި ގިނަ އެއާޕޯޓުތައް އަޅާފައި ހުންނަނީ ވެރިކަން ކުރާ ރަށުން އެންމެ ލަސްވެގެން 10 ނުވަތަ 15 މިނެޓުން ލޯންޗުގައި ދެވޭހާ ދުރުމިނުގައެވެ. ނަމަވެސް ދިއްދޫގެ ހާލަތު މިއާ މުޅިން ހިލާފެވެ.

މީގެ ކުރިން ދިއްދޫގެ ބައެއް ރައްޔިތުން އެ ރަށުގައި އެއާޕޯޓު ހެދޭނެ ބައެއް ސަރަހައްދުތަށް ދެއްކުމަށްް ފަހުގައި މީސް މީޑިއާގައި އޭގެ ފޮޓޯތައްވެސް ހިއްސާ ކޮށްފައިވެއެވެ. މިއަހަރުގެ ބަޖެޓުގައި ދިއްދޫގެ ބިން ދެވަނަ ފަހަރަށް ހިއްކުމުގެ ސާވޭ އަދި ޑިޒައިން އަށް 350,000 ރުފިޔާ ހިމަނާފައިވެއެވެ. މިހާރު ދިއްދޫގައި އޮތް ހުސް ޖާގަތަކުގައި އެއާޕޯޓު ނޭޅޭ ނަމަ އަލަށް ހިއްކަން އޮތް ބިމުގައިވެސް އެއާޕޯޓު ނޭޅޭނީތޯ އެރަށުގެ ރައްޔިތުން ސުވާލު ކުރެއެވެ. ބޮޑު ފަޅެއް އޮތް ދިއްދޫގައި ޑޮމެސްޓިކް އެއާޕޯޓެއް އަޅައިގެން ބިން ގެއްލޭނެ ކަމަކަށް ނުބެލެވެއެވެ. އެންމެ ފަހުން ހިއްކި ބިމުގައިވެސް ފްލެޓު އެޅުމުގެ ބަދަލުގައި ބިނާ ކުރީ ހައުސިން ޔުނިޓުތަކެކެވެ. މިއީ ބިން ސަލާމަތް ކުރަން އެއްވެސް ތަނެއްގައި ގެންގުޅޭ އުކުޅެއް ނޫނެވެ. އެއާޕޯޓާއި އެކު އެތައް ވަޒީފާގެ ފުރުސަތުތަކެއްވެސް ފަހިވެގެން ދާނެއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައިވެސް ތަނެއް ކުރިއަރުވަން ވިސްނާނަމަ، އެންމެ ފުރަތަމަ އެތަނެއް ކައިރީ އަޅަނީ އެއާޕޯޓެކެވެ. އެއާޕޯޓެއް އޮންނަ ސަރަހައްދެއް ނުހަނު އަވަހަށް ކުރިއަރައި، ތަރައްގީވެގެން ދާނެކަން އެތައް ސަތޭކަ ދިރާސާތަކަކުން ވަނީ އެނގި ހާމަވެފައެވެ. އެއާޕޯޓެއް އޮތުމުން ފަސޭހަކަމާއި އެކު ވައިގެ މަގުން މުދާތައް ގެނައުމަށް ވެސް މަގުފަހިވެގެން ދާނެއެވެ. އެކަމަކު ސަރުކާރުން މި ހުރިހާ ކަމަކަށް ބީރު ކަންފަތެއް ދީ އެވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާކަށް ބޭނުމެއް ނުވެއެވެ. ދިއްދޫގައި އެކަން ކުރަން ބޭނުން ނުވާނަމަ ދިއްދޫ އާއި 1 ކިލޯމީޓަރު ދުރުގައި އޮންނަ އަލިދުއްފަރު ފިނޮޅުގައިވެސް އެއާޕޯޓެއް އެޅިދާނެއެވެ. އަދި އެތަން އެނޫންވެސް އެކިއެކި ބޭނުންތަކަށް ތަރައްގީ ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ.

"އަތޮޅެއްގެ ވެރިރަށަކީ ވަރަށް މުހިއްމު ރަށެއް. މި އަތޮޅު ހޮސްޕިޓަލް މި ހުންނަނީ ދިއްދޫގައި. އެމަޖެންސީ ޕޭޝަންޓެއް ގިނަފަހަރަށް އަންނާނީ އަތޮޅު ހޮސްޕިޓަލުގައި ކައިރި ރަށްރަށުން. އެކަހަލަ ހާލަތެއްގައި ޕޭޝަންޓަކު ގައްލަންދޫ ކަނޑު ހުރަސްކޮށްފައި ޖެހެނީ ހޯރަފުށި ނުވަތަ ދެން ހަނިމާދޫ އަށް ދާން. އެހެންވީމާ އަޅުގަނޑުގެ ޒަމީރު އަދި މި ކައުންސިލްވެސް ގަބޫލު ކުރަނީ ދަށްބިތުގައި އެއާޕޯޓެއް އަޅާނަމަ އެތަނަކަށް ވާން ޖެހޭނީ ދިއްދޫ ކަމަށް. މީގެ އިތުރުންވެސް ދިއްދޫ އަށް އެއާޕޯޓެއް މުހިންމުވާ އެތައް ސަބަބެއް އެބަހުރި" ދިއްދޫ ރަށު ކައުންސިލް މެމްބަރު ޒުހުރާ ވިދާޅުވިއެވެ.

ދިއްދޫ ފަހަތުގައި އޮންނަ އަލިދުއްފަރު ފިނޮޅު-- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޒުހުރާ ވިދާޅުވީ ސަރުކާރުން މި ސަރަހައްދުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވިސްނުން ގެންގުޅޭ ނަމަ ދިއްދޫއަށް އެއާޕޯޓު ގެންނަން ކައުންސިލުން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް، އަތޮޅަށް އިތުރު އެއާޕޯޓެއްގެ މުހިއްމުކަން ޒުހުރާ ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރައްވައިފައެވެ.

ދާދި ފަހުން ސަރުކާރުން ވަނީ ހޯރަފުށީ އެއާޕޯޓުން ވަރަށް ފައިދާވާ ކަމަށް ބުނެފައެވެ. އަދި ދިއްދޫ އާއި އަތޮޅުގެ އެހެން ރަށްތަކުންވެސް އެ އެއާޕޯޓު ބޭނުން ކުރާ ކަމަށް ބައެއް މީޑިއާތަކުން ހަބަރު ފަތުރާފައިވެއެވެ. މިއާއެކު އެރަށްތަކުގެ ގިނަ ރައްޔިތުން ވަނީ ޖީބަށް ބަރުކުރަން ހޯރަފުށީ އެއާޕޯޓު ބޭނުން ކުރެވެން ނެތްކަމަށް ބުނެ މީސް މީޑިއާގައި އަޑުވެސް އުފުލާފައެވެ. އަދި ހޯރަފުށީ އެއާޕޯޓަކީ އިހަވަންދިއްޕޮޅުގެ އެއާޕޯޓެއް ކަމަށާއި އެއީ މުޅިި ހއ އަތޮޅުގެ އެއާޕޯޓެއް ނޫންކަމަށް އެ ރައްޔިތުން ބުނެފައިވެއެވެ.

"ދިއްދޫއަކީ ހއ. އަތޮޅުގެ މެދު. އަތޮޅުގެ މެދުގައި އޮތް އަތޮޅުވެރިކަން ކުރާ ރަށަށްވެފައި، ދަށްބިތާއި މަތީބިތް ގުޅުވައިލަދޭ ރަށަކީ ދިއްދޫ. ހޯރަފުށީ އެއާޕޯޓަށް ދިއްދޫ ރައްޔިތުން ދަތުރު ކުރުމަކީ ވަރަށް ނާދިރު ކަމެއް. ހަނިމާދޫ އެއާޕޯޓު މިތާ ކައިރީ އޮތުމުން ސަރުކާރުގެ ވިސްނުމަކު ނެތް އިތުރު އެއާޕޯޓެއް މި ސަރަހައްދުގައި އަޅާކަށް. އެކަމަކު އެފަދަ ހިޔާލެއް އައިސިއްޔާ އެއްބާރުލުން ދޭނަން." ދިއްދޫ އަތޮޅު ކަައުންސިލް މެމްބަރު އަބްދުﷲ ސިރާޖު ވިދާޅުވިއެވެ.

ދިއްދޫގައި އެއާޕޯޓު އެޅޭނެ ކަމަށް ބުނެ މީސް މީޑިއާގައި ދައުރުވި ކުރީގެ ފޮޓޯއެއް

ރާއްޖޭގެ އަތޮޅުތަކުގެ އެއާޕޯޓުތަކާއި ވެރިކަން ކުރާ ރަށާއި ހުރި ދުރުމިން :

ހދ. ކުޅުދުއްފުށީ އެއާޕޯޓު - ވެރިކަން ކުރާ ރަށް ކުޅުދުއްފުށީގައި

ށ. ފުނަދޫ އެއާޕޯޓު - ވެރިކަން ކުރާރަށް ފުނަދޫގައި

ނ. މާފަރު އެއާޕޯޓާއި ވެރިކަން ކުރާރަށް މަނަދޫ އާއި ހުރި ދުރުމުން - ނުވަ ކިލޯމީޓަރު

ރ. އިފުރު އެއާޕޯޓާއި ވެރިކަން ކުރާރަށް އުނގޫފާރާއި ހުރި ދުރުމިން - ހަތަރު ކިލޯމީޓަރު

ބ. ދަރަވަންދޫޫ އެއާޕޯޓާއި ވެރިކަން ކުރާރަށް އޭދަފުއްޓާއި ހުރި ދުރުމިން - ނުވަ ކިލޯމީޓަރު

ދ. ކުޑަހުވަދޫ އެއާޕޯޓު - ވެރިކަން ކުރާރަށް ކުޑަހުވަދޫގައި

ތ. ތިމަރަފުށީ އެއާޕޯޓު - ވެރިކަން ކުރާރަށް ވޭމަންޑޫ އާއި ހުރި ދުރުމިން - ފަސް ކިލޯމީޓަރު

ލ. ކައްދޫ އެއާޕޯޓާއި ވެރިކަން ކުރާރަށް ފޮނަދޫ އާއި ހުރި ދުރުމިން - ދެ ކިލޯމީޓަރު (ލާމު ލިންކް ރޯޑުން ދެވޭ)

ގއ. ކޫއްޑޫ އެއާޕޯޓާއި ވެރިކަން ކުރާރަށް ވިލިނގިއްޔާއި ހުރި ދުރުމިން - އެއް ކިލޯމީޓަރު

ގދ. ކާޑެއްދޫ އެއާޕޯޓާއި ވެރިކަން ކުރާރަށް ތިނަދޫ އާއި ހުރި ދުރުމިން - ތިން ކިލޯމީޓަރު

ޏ. ފުވައްމުލަކު އެއާޕޯޓު - ފުވައްމުލަކުގައި

ސ.ގަން އެއާޕޯޓާއި ވެރިކަން ކުރާރަށް ހިތަދޫ އާއި ހުރި ދުރުމިން - 14 ކިލޯމީޓަރު (އައްޑޫ ލިންކް ރޯޑުން ދެވޭ)

ހއ. ދިއްދޫ އާއި އެންމެ ކައިރީ އޮތް ހދ. ހަނިމާދޫ އެއާޕޯޓާއި ހުރި ދުރުމިން - 15 ކިލޯމީޓަރު

ހއ. ހޯރަފުށީ އެއާޕޯޓާއި ވެރިކަން ކުރާރަށް ދިއްދޫ އާ ހުރި ދުރުމިން - 25 ކިލޯމީޓަރު

މި ލިސްޓުންވެސް ދިއްދޫ އަށް އެއާޕޯޓެއް ހައްގުކަން ނުހަނު ސާފެވެ. އެހެނީ، ރާއްޖޭގެ އަތޮޅެއްގެ ވެރިކަން ކުރާ ރަށާއި އެންމެ ދުރުން ސަރުކާރުގެ ހަރަދުގައި އެއާޕޯޓެއް އަޅާފައި އޮތީ ހަމައެކަނި މި އަތޮޅުގައެވެ. ހއ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް އަތޮޅަށް ވާއިރު، މިއަށް ވުރެ އާބާދީ ކުޑަ އަތޮޅުތަކުގައި މިހާރުވެސް ސަރުކާރުން އެއް އެއާޕޯޓު އަޅައި ނިމިފައި ވަނިކޮށް، އިތުރު ދެ އެއާޕޯޓު ތަރައްގީ ކުރަމުންގެންދާކަން ފާހަގަކޮށްލަމެވެ.

”ވަގުތު ހޭރިޔާ“ ގެ ޓީމުން ހއ. އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ޒިޔާރަތް ކޮށްފައިވާއިރު ދިއްދޫ ވަށައިގެންވާ ރަށްތަކުގެ 14،000 މީހުންގެ ތެރެއިން 3،000 ވަރަކަށް މީހުންނާއި އެއާޕޯޓާއި ގުޅޭގޮތުން ހިޔާލް ހޯދުމުގެ ސާވޭ އެއް ވާނީ ކޮށްފައެވެ. ސާވޭ އިން ހާމަވެފައި ވަނީ އަތޮޅުގެ ރައްޔިތުން ދިއްދޫގައި އެއާޕޯޓު އަޅަން ބޭނުންވާކަމެވެ. މި ސާވޭގެ ތަފްސީލީ ރިޕޯޓެއް ވަރަށް އަވަހަށް ޝާއިއު ކުރެވޭނެއެވެ.

ހޯރަފުށި އޮތް ހިސާބުގެ ގޮތުން އެ ސަރަހައްދަށް އެއާޕޯޓެއް މުހިއްމެވެ. ހަމަ އެ ބީދައިން ދިއްދޫ އަށްވެސް އެއާޕޯޓެއް ނުހަނު މުހިއްމެވެ. މި ސަރުކާރުން ގެންގުޅޭ 30 މިނެޓުން ކޮންމެ ރަށަކުން އެއާޕޯޓަކަށް ދެވޭ ސިޔާސަތުގެ ލިސްޓަށް ދިއްދޫ އާއި އަތޮޅުގެ ގިނަ ރަށްތައް ހިމެނިފައި ނުވާކަމީ ސާފުވެފައިވާ ކަމެކެވެ. ރާއްޖޭގެ އެެހެން ބޮޑެތި ރަށްތަކަށް ފަސޭހައިން އެއާޕޯޓުގެ ޙިދުމަތް ލިބޭއިރު ދިއްދޫ ރައްޔިތުން ފާޅުގައި މި ޙިދުމަތުން މަހުރޫމް ކޮށްފިއެވެ. އެއާޕޯޓަކީ ތަރައްގީ އެއްކަމަށް ނުވީ ހަމައެކަނި ދިއްދޫ ރައްޔިތުންނަށް ވީމައެވެ. ދިއްދޫ އެއާޕޯޓުގެ ހުވަފެން ދެކިދެކި ތިއްބައި އެރަށުގެ އެތައް ބަޔަކު މުސްކުޅިވެ ހިނގައްޖެއެވެ. ރަށުގެ ރައްޔިތުން މިކަމަށް ކެތް ކުރާނީ ކިހައި ދުވަހަކަށް ބާއެވެ؟ އެއާޕޯޓުގެ ހުވަފެން ބަލަން ތާއަބަދު ރަށުގެ ރައްޔިތުން ތިބޭނެ ހެއްޔެވެ؟ އެއާޕޯޓުގެ ޙިދުމަތް ހޯދަން 40 މިނެޓު ލޯންޗުން ދަތުރުކޮށް ނުވަތަ "ރޭގަނޑު ފުރައިގެން ހެނދުނަށް މާލެ ދެވޭ" ގޮތަށް ދިއްދޫ ރައްޔިތުން ރުހި ގަބޫލުވެގެން ތިބޭނެ ހެއްޔެވެ؟ ނޫނެކެވެ. މިއީ ރައްޔިތުން ރުހި ގަބޫލުވާނޭ ގޮތެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު

70 ކޮމެންޓް

  1. ދިގުބުރިއަން

    ދިއްދޫއިން ހަނިމާދުއަށް 15-20 މިނެޓުން ދެވެން އޮއްވާ ދިއްދޫގަ އެއާރޕޯޓެއް އެޅުމަކީ ދެކޮޅުޖެހޭ ވިސްނުމެއް ނޫން، ތިގޮތަށް ބަލަންޔާ ކެލާ މާދުރު ހަނިމާދުއާ ކެލާގަވެސް އެއާޕޯރޓް އަޅަންވީނު

    34
    39
    • އުތިމު

      ދިއްދޫގަ އެޅީމަ ކެލައަށްވެސް ކައިރިން އެއަރ ޕޯޓެއް ލިބުނީ ނޫންތަ؟؟؟

      65
      15
      • ފިއްލަދޫގެ ދިރުން

        ވެރިރަށަކީ ދިއްދޫ. ދިއްދޫގަ އެއާޕޯޓެއް އޮތިއްޔާ ހަނިމާދު އަށޤ ނުގޮސް ދާނީ ދިއްދު އަށް. އަތޮޅުގެ ކުރިއެރުމަށް ބޭނުންވަނީ. ކެލާގެ 1،000 މީހުންނާ ދިއްދޫގެ 5،000 މީހުންނާ ނުބައްދަލު. ދިއްދޫ އަކީ އަހަރެމެން އަތޮޅަށްވެސް ހުރި ފަހުރެއް. މި އަތޮޅު ގިނަ މީހުން މި ގެންގުޅޭ ހަސަދައިގެ ބައި ފޮހެލަން އެބަޖެހޭ. ހެޔޮނުވާނެ.

        70
        8
        • ދި ކެލާ މީހާ

          ބަލަ މަވެސް ކެލާގަ އުޅެފަ ކަމެއް ވީމަ ދަނީ ދިއްދޫ އަށް.. 14000 މީހުންގެ ހައްގު ކޮބާ؟ ކެލަޔަށް މި އެއަރޕޯޓ އައިސްގެން އެހެން ރަށްރަށުގެ މީހުންގެ ތަކުލީފު ކޮބާ؟ އަމިއްލަ ރަށެއް ނޫން މޮޅުގޮތް އޮތީ އަތޮޅު އެންމެންގެ ކުރި އެރުމާ މުޅި އަތޮޅުގެ ތަރައްޤީގައި ކަން ހަނދާން ކޮއްދެން.. މަށަކީވެސް ކެލާ މީހެއް މަ އިސްކުރާނީ އަމިއްލަ އެދުމަށް ވުރެއް އަތޮޅުގެ އެދުން

          49
          5
          • ދިއްދޫ ރައްޔިތުން

            ކެލާގަ ވެސް އެއާޕޯޓް އެޅިދާނެ.ސުވާލަކީ ކެލާއާ ކައިރީގައި އޮތީ ކިތައް ރަށް ތޯ. ދިއްދޫ އާ ކައިރީގައި އޮތީ ކިތައް ރަށް ތޯ. ގިނަ ރައްޔިތުން ނައް ފަސޭހަ ވަނި ކޮންހިސާބެއްގައި އެއާޕޯޓް އޮވެގެންތޯ؟

        • ފ

          ދިއްދޫގަ ނޭޅުން ކިހިނެއްވާނެ ބާ؟

          3
          34
          • ބިލެތްބެ

            މިގޮލާ ދިއްދޫ އާ ހަސަދަވެރިވެގެން ފއްބެ ޖަހައިގެން ކޮމެންޓްތައްޓްކޮށް ނަގަނީ ލޮލް. ،😂. ހަސަދަވެރިކަން އިންތިހާ، ނުކައި ހުރެފަ ބުނާނެ މަވެސް ރޯދައޭ ހަސަދައިން ހިތް ފުރިފަ އޮތަސް. ހިތް ސާފުކޮށްލާ ކޮއްކޯ. ދިއްދޫ ތަރައްގީވާާާނެ އަބަދުވެސް އެއައޕޯޓެއް ނުލިބުނަކަސް އަދި

            4
            1
  2. ދިއްދުު މިހަަ

    ވަރައްރަގަލު ވާހަކައެއް

    24
    8
  3. އިހަވަންދޫ

    ދިއްދު އަށް އެއާޕޯޓު ހައްގުކަމަށް ފެނޭ

    40
    15
    • ޒައިކް

      ކެލައަށް މާ ހައްޤު

      12
      39
  4. ގަންޖާ

    އެއް ސަރުކާރުން ބޭނުންވަނީ ތިލަދުންމަތި ބިކަ ކުރަން

    24
    12
  5. އަޒް

    ބަލަ އަހރުމެން ނޭ އޮޅޮނީ ކޮންމެފަަހަރަކު. އެމަޑިޕީމުން އަިއސް ދޮޣުހަދާ ހެދީމަ. މިހަތަނަ އެމީހުން ރައިތުން ނައް ކޮެއްދިނީ ކޮން ކަމެއްހޭ؟ މިސުވާލު އަމިލައް ނަފްސަކޮލާދެން ޥޯޓްދީ، ކައިފަވެސް ބްރިޖްއެއޮތީއެޅިފަ. ކިތަހަސްމީހުންނައެފަސޭހައެބަވޭ. ދެންތިނަޝީދު ތިރަށައްނާރުވާތި..

    71
    8
  6. ޜަނާ

    ޢެއަރޕޯޓާ ހުރި ދުރުމިންތައް ޖަ ހާލިއިރު ލޯންގައި ދެވޭނެ ވަގުތުވެސް ޖަ ހާލި ނަމަތާ ކުރަންޖެ ހޭ ދަތުރުގެ ތަކްލީފް އެނގޭނީ. އަނގައިން ކިޔާލަން ފަސޭހަ ހަނިމާދޫ ކާރިޔޭ

    17
    2
  7. ކުންނާރު

    މަވެސް ތިކަން ތަޖުރިބާ ކުރިން. އޮފީސް ދަތުރެއްގަ ދިޔައިން ދިއްދު އަށް. އެރަށަަށް އެއާާޕޯޓެއް އެޅުމަކި ވަރަށް ބޭނުންތެރި ކަމެއް

    70
    10
    • Kelaa

      ތާއީދު

      22
      8
  8. ދަންޑެހެލު

    ޅަވިޔަނި އަތޮޅާއި މީމު އަތޮޅާއި ފާފު އަތޮޅު ރައްޔިތުންގެ ވާހަކަ މެންޝަން ނުކުރީ ކީއްވެ؟ އެ އަތޮޅު ތަކުގައި އެއާޕޯޓް އެޅުން މާ އައުލާކަން ބޮޑު ތިތާ އެޅުމަށްވުރެ، މ އަތޮޅުގައި އަދި ކިރިޔާ އެ މަސައްކަތްފެށީ

    13
    23
  9. މަންޑަ

    ވަރަށް ފުރިހަމަ ލިއުމެއް.

    45
    7
  10. ފާތުމަތު

    ހަނިމާދޫވެސް ދުރު. ދާން އަގުބޮޑު. މިއީ ދެރަވަރު ކަންކަމް

    16
    6
    • ފޯއްބެ

      އަގު ބޮޑު ކުރަނީވެސް ތި ރަށު މީހުންދޯ..

      10
      35
      • ބުގިސް

        އަގުބޮޑުވަނީވެސް ސަބަބުތަކެއް ހުރެގެންދޯ. ބަލާ ދިރާސާ ކޮށްލީމަ އެނގޭނެ. ބަޔަކު ކުރަ ވިޔަފާާރިއެއް ކިހިނެއް ގެއްލުމުގަ ކުރާނީވެސް.

  11. ހޯރަފުށި މީހާ

    ހޯރަފުށީގައި އެއާޕޯޓު ރަނގަޅު އިނގޭ. އެކމަކު ދިއްދޫ އިން ހަނިމާދޫ އަށް ދާން އުނދަގުކަން ގަބޫލުކުރަން.

    43
    7
  12. ހުދުހުދު

    2023ވަނަ އަހަރުގެ ރިޔާސީ ހިންތިހާބާއި މުޅި ދިއްދޫ ރައްޔިތުންނާއި ކައިރި ރައްތަކުގެ ރައްޔިތުން ތެދުވާނީ އެއާރޕޯޓްގެ ފަސޭހަކަން ގެނެސްދެވޭނެ ފެންވަރުހުރި ސިޔާސަތެއް އޮތް ރިޔާސީ ކެނޑިޑޭޓަކާއި އެކު ، ވަރަށްސާފު، އަވާމެންދުރެއް އަމާ މެންދުރެއް ދައްކާނެކަމެއްނެތް . މިއީ ބޮޑު ތިލަދުންމަތީ ދިއްދޫ =ކެރޭނެ=

    104
    13
  13. ޒަކީ

    ކަނޑުބޯޓުން މާލެ ދާން ބުނަން އަންނި ލަދު ކޮބާާ؟ އޭނާ ޕްރައިވެޓު ޖެޓުން އައީމަ ނިމުނީ އެއްނު.

    61
    7
  14. ހާލަތު

    ނަޝީދު އެޖަވާބު ދެއްވާފަ އޮއްވަ ދިއްދޫން ބިޔަ މެޖޯރިޓީ އެމްޑީޕީއަށް ދިނީ. ހެހެހެ

    44
    5
  15. އެއާޕޯޓް

    ނުބޯ ކުއްޖަކަަށް ކިރެއް ނުލިބޭނެ ވަރަށް ސާފު

    20
    1
  16. މަގޭ ޙިޔާލު

    ދެން ކޮންމެ ސަރުކާރަކުން ހއ. ދިއްދޫގައި ނުވަތަ ދިއްދޫ ކައިރި ފަޅު ހިތްކައިގެން އެއާރޕޯޓެއް އަޅައިފިނަމަ ބެލެވޭނީ އެއީ ވަގުތު ނޫހުން ދިއްދޫ ރައްޔިތުންނަށް ވެދެންވި ގުރުބާނީއެއްގެ ފޮނި ނަތީޖާކަމަށެވެ.

    70
    9
  17. ތަކުރުފާނު

    އާބާދީ ގޮތުން ބަލާއިރު ދިއްދޫ އަށް އެއާޕޮޓެއް ބޭނުންތެރި

    66
    13
  18. ހުވަދޫ މީހާ

    މާއްކޫ ދިއްދު އަން ގިޔެ މީހެކެ. ވަރަން އުނދަގުލެ ހަނިމާދޫ އެން އިޔަންނަން. އެ ރަޓަން އެއާޕޯޓެކެ ހަމަ ހައްގު. އެގީގެ!

    41
    4
  19. ކަދަ ކަނޑު

    ކަނޑުގަދަ ދުވަހެއްގެ 45 މިނެޓުވެސް ނަގާ ހަނިމަދޫ އަށް ދާން

    51
    10
  20. ވަށަފަރު

    އަންނި ބުންޏަސް ދިއްދޫ މީހުން ގަދަ ހަދައިގެން ނޫނީ ތިކަމެއް ނުވާނެ. މަވެސް ބޭނުން ކައިރިން އެއާޕޯޓު

    46
    6
  21. ނަޖީބު

    ތިތަ އަތޮޅަކީ އެއްބަޔަކު އަނެއްބަޔަކަށް ހާދަ ޖެހިފަ ތިބޭ އެއްބަޔަކު އަނެއްބަޔަކު ކުރި އަރަން ބޭނުންނުވާ ހަސަދަވެރި ބައެއް އުޅޭ އަތޮޅެއްކަމަށް ފެނޭ..އަތޮޅު އޮތް ގޮތުން ދެ ބަޔަކަށް އޮތީމަބާ؟؟ ބަހާލާފަ ދެ އަތޮޅަށް ހަދަން ފެނޭ އެއްބަޔަށް ހ އަތޮޚު އަނެއް ބަޔަށް މިހާރު ކިޔާހެން ހއ ކިޔާނި

    60
    13
  22. ބަންނަ ބޯޓު

    ދިއްދު މީހުން މާބޮޑަށް ސިޔާސީވެގެން އެމީހުން ފަހުން ހިތާމަކުރާާނެ.

    37
    4
  23. ސަލީމް

    ވަރަށްފުރިހަމަ ރިޕޯޓެއް،

    32
    6
  24. ނަފްސް

    ހުވަދު އަތޮޅުގައި 4 އެއާޕޯޓް އޮވޭ ކީއްވެ ހއ. ގަ 2 އެއާޕޯޓް ނޭޅޭންވީ؟
    ހއ. ގެ އާބާދީ ހުވަދު އަތޮޅަށް ވުރެން ބޮޑު

    28
    4
  25. Anonymous

    ދިއްދޫ މީހުންނޭ. ބޭބެ ދޭނެ ނަސޭހަތެއް ނެތް، ސިޔާސީ ފިކުރައް ނުބަލާ ތަރައްގި އަށްވީމަ އާނބަސް ބުނޭ. ތިއަށް ވުރެ ކުޑަ ރަށްރަށަށް ބޮޑެތި ޕްރޮޖެކްޓުތައް އަންނަނީ އެންމެން ހިފާލާގެން.

    28
    1
  26. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ﷲއިރާދަފުޅުން ރައީސްޔާމީން މިނިވަންވެ 2023ވެރިކަން ޕީޕީއެމް ލިބިއްޖެއްއާ ދިއްދޫރައްޔަތުންގެ އުންމީދުފުރި ހަމަ ކުރެވޭނެ އިންޝާﷲ

    35
    6
    • ޒީނާ

      ތިޔަ ބުނަނީ އޭނާގެ ވެރިކަމުގަ މި ދިއްދޫ ކައިރިން ހުރަސްކޮށް 4 ފަހަރު ހޯރަފުއްޓަށް ދިޔައިރު މިރަށަށް ބުރާވެސް ނުލި މީހެއްގެ ވާހަކަ. އޭނާއަށް މިރަށް ކީއްކުރަން މި ހއ އަށް ކޮށްދެވޭނެ އެއްވެސްކަމެއް ނޯންނާނެކަން ސާފު އައިހެވަނެކޭ ކިޔައިގެން މި އަތޮޅަށް ދެއްކި ހުވަފެނީ ބުހުތާނުން.. އެއަރޕޯޓަށް ވުރެއް މާ މުހިންމު ކަންތައް އެބަހުރި

      5
      20
      • ބެ

        ދިއްދޫއަކަށް ނޭނގެއޭ ސަރުކާރުގެ ބޮލަށް ޗިޕެއްވެސް ޖަހާލަން...ޓާފް ދަނޑެއް ފުށުން ޖަހަން އެނގޭނީ

  27. މުހަންމަދު

    އަދިވެސް އަޅުގަނޑައްފެންނަނީ އެމްޑީޕީވެގެން ރައްޔަތުން އުޅެން ހަހަ

    12
    5
  28. ﷲއަށްބިރުވެތިވޭ އަނިޔާވެރިންނާ ދުރައްދޭ

    ﷲއިރާދަފުޅުން ރައީސްޔާމީން މިނިވަންވެ 2023ވެރިކަން ޕީޕީއެމް ލިބިއްޖެއްއާ ދިއްދޫރައްޔަތުންގެ އުންމީދުފުރި ހަމަ ކުރެވޭނެ އިންޝާﷲ އެމްޑީޕީ ވެރިކަމަށް ގެނެސްން މަގާމް ހޯދި ދިއްދޫބާގަނޑުކޮބައިތޯ މި ހާރު

    21
    5
  29. ކުރަފަތް

    ހަނިމާދޫގަ އެއަރޕޯޓް އޮއްވާ ކުޅުދުއްފުށީގަ އެއަރޕޯޓް އެޅުމަކީ ހަމަޖެހޭ ކަމެއްބާ ކޮށްމެކަމަކައް ގުރުބާންކުރެވޭ ބަޔަކައް ދިއްދޫމީހުން ވާކައްނުޖިހޭ އަހަރެމެނީ ފުއްދުންތެ ރި އަމިއްބަސްބުނުމިގެ ހައްގުޮތްބައެއް އަތޮޅުމެދުތެރޭގަ އޮތް އެއްމެބައިގިނަރައް އަހަރެމެން ސިޔާސީމީހުންގެ ކަންޑިބުރިއަކައް ވެގެން އަބަދު މަގުތަކުގަ ދިދަދަމާ ބަދަރުގަ ދިދަޖަހަން ތިބޭނެކަމައް މިސަރުކާރުން ހީކުރާނަމަ އެއީ މޮޔަކަމެއް ސޯލިހުގެ ވައުދު އަދި އޮތީ ގަދަނީދީގަ ގުގުރިދަމަދަމާ

    87
    3
  30. ޚިޔާލު 3

    ޙަނިމާދޫ ކުޅުދުއްފުށޯގަވެސް އެއަރުޕޯޓު ދިއްދޫގައިވެސް އަޅައިދޭންވީ 2023 ގައި ފަށްޓާނަށް މަ ހޮވައިދީ

    10
    2
  31. Addu city ge naseyhaiy

    ދިއްދޫ މީހުންނަށް ހީވަނީ އެމްޑީޕީ- އެއާޕޯޓް ކަޑަ ، ޕީޕީއެމް އެއަޕޯޓް އޯކޭ. މިހެނެއް ނޫން ކޮއްކޮމެންނޭ. އެއާޕޯޓަަކަށް އެންމެން އެކުގަ އުޅޭ.
    ދިއްދޫ އަކީ މަށަށް ހއ.އަތޮޅުގައި އޮތް އެންމެ ފައްކާ ރަށް. ސިޔާސީ ކަންކަމާ މިކަހަލަ ކަންކަމުގަ ކަޑަ.

    14
    3
  32. ހަޖަމް

    ހއ. ގެ އާބާދީ އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް އާބާދީ. ދެކުނުގައިވެސް ހއ. އަށް ވުރެން އާބާދީ ބޮޑު އަތޮޅަކަށް އޮތީ އައްޑޫ ސިޓީ އެކަނި. އެހެންވީމާ ތަރައްގީ ގެނެވެން އެބަ ޖެހޭ. ނޫނީ ދެވަނަ އުތުރު ގަޑުބަޑަކަށް ދާން ޖެހޭނީ.

    61
    7
  33. އުތީމު މީހާ

    ދިއްދޫއަކީ އަހަރުމެންގެ މާލެ، އެތަށް ގޮތަކުން ބަރޯސާވެ އެތައް ޙިދުމަތެއް ހޯދުމަށް އަބަދު ދާ ތަނެއް. ބަލިވިޔަސް ގަދަވިޔަސް އެރަށުން ލިބޭ ފުރިހަމަ ހިދުމަތް ހޯދުމަށް އަތޮޅު މެޖޯރިޓީ ދާ ރަށެއް. އާބަދީ ބޮޑު މުޅި އަތޮޅު ހުރީހާ ރަށެއްގެ މީހުން އާބާދު ވާންފަށާފައި ރަށެއް.. އެރަށުގަ އެއަރްޕޯޓް އެއް އޮތުމުން މުޅި އަތޮޅަށް ވަޒީފާ ލިބި ތާރީޙީ ގޮތުން މުއްސަނދި އަތޮޅުގެ ޓުއަރިޒަމްއާ ކެލާ ވަށަފަރުގެ އަރަމުން އަންނަ ސަނާއަތަށް ވެސް ލިބޭނެ ކުރި އެރުމެއް. ދިއްދޫ އެއަރ ޕޯޓް ބޭނުން

    81
    3
    • ކެލާ ރައްޔިތު މީހާ

      މި އަތޮޅު މީހުން ހެޔޮ 500 މީހުންގެ އާބާދީގެ ރަށަކަސް ދިއްދޫ އާއި ވާދަ ކުރެވޭތޯ ބަލާތި. އެ ކަކުންޔެއް ހަރު ކޮންނާނީ އެ ކަކުންޔެއްގެ ވަރުން އިނގޭ. މަ މިއީ ކެލާ މީހެއް. ދިއްދޫގަ އެއާޕޯޓު އަޅަން އަހަރެން ތާއީދު. ހަސަދަވެރި އެއް ނުވޭ. ވާ މީހުންވެސް އެބަ އުޅޭ. އެކަމަށް މާފަށް އެދި ލަދުވެތިވަން.

      43
      5
      • އުތީމު މީހާ

        ކެލާގަ އަޅައިގެން ދެ ބިތުގެ މީހުންނަށް އޭގެ ފައިދާއެއް ނުކުރާނެ.. ދިއްދުގެ މެޕު ބަލާލީމަ ފެންނާނެ އެއަރޕޯޓެއް އަޅާފަވެސް އަދިވެސް ބޮޑު ބައެއް އޮތްތަން.. އަހަރުމެންނަށް ވެސް ރަނގަޅީ ހިދުމަތް ލިބެންހުރި ތަނެއްގަ އެޅިއްޔާ.. އަނެއްކާ ރިއްސާ ބަނޑާއެކީ ކަނޑުމަގުން ސެންޓަރގަ އޮތް ދިއްދޫ ހޮސްޕިޓަލަށް ގޮސް އަނެއްކާ ކަނޑުގަ ދުްވާފަ ކެލަޔަށް އަރަން؟ އާބާދީ އަށް ވިސްނިޔަސް އެންމެންގެ ފައިދާ އަށް ވިސްނިޔަސް އެއަރޕޮޓ އޮތުން މޮޅީ ހއ އަތޮޅު މެދުގަ ވެރިކަން ކުރާ ރަށާ ގުޅިފަ ނޫނީ ބުޑުގަ އޮތިއްޔާ ..

        26
        2
        • ތަރިބުރާ ވަށަފަރު

          ހޮސްޕިޓަލް އޮތީ ދިއްދޫގަ. އެ އަޅަނީ ޓާޝަރީ އާ ހޮސްޕިޓާވެސް. އަތޮޅުގެ ފައިދާ އަށް ވިސްނަން ފެނޭ ހަސަދަވެރި ނުވެ.

          17
          2
          • ހަސަދަ ހާދަ ބޮޑޭދޯ

            މަ މިއީ ބާރަށު މީހެއް. ދުވަހަކުވެސް ދިއްދޫ މީހުން އެހެން ރަށަކަށް ތަރައްގީ އެއް އަންނާތީ ހުއްޓުވާ އެކަމާ ހަސަދަލައި، އެއްޗެހިކިޔާ ނަގާ ތަނެއް ނުފެނޭ. އެކަމު އެރަށަށް ކަމެއް ކުރާތީ މި މީހުން ހީވަނީ ބުރީގަ ރޯވެގެން އުޅޭހެން

            64
            2
      • ކުރަފި

        މީ މެމްބަރުތޯ. މެމްބަރު ވަރަށް އެންޓި ވާނެ ކެލާޔާ.

        3
        1
      • ސޮހޭ

        ދި އްދޫ މީހަކާތޯ އިނދެގެން އުޅެނީ.

  34. ބާރަށުން

    އަތޮޅު ވާދަވެރިންނަށް ބުނެލަން ބޮޑު އާބާދީއެއް އޮވެ ތަރައްގީވެފަ އަދި ވަމުން ވެސް ދަނީ ދިއްދޫ. އެ ރަށުގެ ސަރުކާރު އޮފީސްތަކާ ހޮސްޕިޓަލާ ބޭންކް ފަދަ ތަންތަން އެއް ސަރަހައްދެގައި އޮންނީވެސް އަންނަ ބީރައްޓެހިންނަށް ފަސޭހަލަކަށް، އެރަށުގެ ރައްޔިތުނެށް ހޯރަފުށީ ޕޯޓް އަށްވެސް ދެކޮޅު ނުހަދާހުރީ އަތޮޅު ފައިދާއަށް ވިސްނާފަ.. މީހާރުވެސް އެރަށު މީހުންގެ ވާހަކަ އަކީ އަދި ގިނަ ރަށްރަށުގެވެސް އެދުމާކީ އެންމެނަށް ފޯރާ ފަސޭހަ ހިސާބެއްގަ އޮތުން.. މުޅި އަތޮޅަށް ގުޅާލެވިފައިވާ ރަށެއް ކަމުން މުޅި އަތޮޅަށް ވެސް ލުއި ވާނެ... ދިއްދޫ ރައްޔިތުންނަކީ ފެށުނީންސުރެ އަމިއްލަ ރަށަށާ މުޅި އަތޮޅަށް ވިސްނާ ބައެއް، ވެދަނެ ފެށުނީންސުރެން އަތޮޅު ވެރިކަން ކުރާތީ އެ ޙިޔާލް ހުންނަނީ ކަމަށް .. ހއ މެދުގައި އެއަރް ޕޯޓް އަޅަން އެންމެ ބުއްދިވެރީ ތިޔަ ރަށުގަ..

    75
    4
  35. ހޯރަފުށީ ކަތީބު

    ކެލާ އަށް ބަދަލު ކުރަންވީ ވެލާނާ އެއާޕޯޓުވެސް. އަޅެފަހެ މީހަކު އަޖައިބެއް ނުވާނެތަ.މިހާރުވެސް މި ކިޔަނީ ފަސޭހައިން ގިނަ ބަޔަކަށް އަވަހަށް ދެވޭ ގޮތެއްގެ ވާހަކަ. ކެލާގެ އޮވެގެން އެކަމެއް ނުވާނެ. އެހެނެއް ނޫން. ކެލާ އަށް ލޯކަލް ޓޫރިޒަމް ހަމަ ބަންޑުން ޖަހާލަންވީ އެކަމާ ދެކޮޅެއް ނޫން.

    9
    1
    • މޮގުމޮގު

      އެންމެން ހަސަދަ އެއް ނުލާ. އެއީ މަދު ބަޔަކު

  36. ހާން

    ވިސްނަނީ މުޅި އަތޮޅަށް. ވެރިކަން ދިއްދު އަށް އެ އޮތީ އާބާދި ބޮޑުވެފަ އެންމެނަަށް ދާން ފަސޭހަވީމަ. ޒަމާނުންސުރެ މިހެން އޮތީ. ހަސަދަވެރިވެގެން ވާނެ ވަކި ފައިދާ އެއް ނޯންނާނެކަން ހަނދުމަ ކޮށްދެން. އިސްލާމް ދީނުގަވެސް އޮންނަނީ މަދު ބަޔަކަށް ވިސްނުމުގެ ބަދަލުގެ މެޖޯރިޓީ އަށް ބުރަވާން. ދިއްދު ކައިރި އަހަރެމެން އެންމެން މި އުޅެނީ. މިކަމުގެ ފައިދާ ވާނެ އެންމެނަށްވެސް. އޯކޭ!

    45
    1
    • lol

      އެއާޕޯޓް ކެލާ އައްށޭ؟ ފީސަބިލް އެއް ނޫން. ކެލާ އެއާޕޯޓަށް އަޅާނީ ހަފްތާ އަކު ފްލައިޓެއް އޭޭެރުން. އެއާޕޯޓު އަޅަނީ ވީހާވެސް ގިނަ ބައަކަށް ބޭނުން ކުރެވޭ ތަންތާ. އެއީ ފައިސާ ހޯދަން އަދި އެންމެނަށް ފަސޭހަ އަށް. ކެލާ އަކީ ރީތި ރަށެއް. ވިލާތައް އަޅާ ސީޕްލޭން ރަންވޭ އެއް ބޭނުންވާނީ އެއާޕޯޓެއް ނޫން

      14
      1
      • އޮޑި

        ދިއްދުއަށްވެސް ރަގަޅެއްނުން ސީ ޕޮލޭން . ޢެހެންނޫނަސް އެއަ ރޕޯޓެ އް އަޅަން ދުގުމިނެތް ބޭނުން ހު ރަހަށް އަދި ބިތައްވިއަސް ކަނޑާ ހަމައަށް ހިއްކިޔަސް ނެތް ތަނެތް ވެ ރީ ސޮ ރީ. ޢަލީ ވަހީދު ކައި ރީ ބުނެ ފުލޯޓިންގ ރަންވޭ ހަދަން

        2
        4
  37. ކަނީރު

    ޔާމީން ސަރުކާރުންތަ ދިރުވާލީ؟

    1
    4
  38. މުހައްމަދު

    ދިއްދޫގަ އެއާޕޯޓެއް އަސްޅު ވަރަށް މުހިންމު

    8
    1
  39. ސާރާ

    ދިއްދޫ ތިޔައީ ރނަޝީދުގެ ޕަޕެޓެއް އެހަދަނީ ރަގަޅަށް ދިއްދޫ މީހުނަކީ ފިތުނަވެރި ދެއްކުން ތެރިބައެއް 2017 އިންފެށިގެން އައްނި ބޭނުން ގޮތަކަށް ގުބޯހައްދާ ލާނެ ދެން ތިބެނީ އަތްޖަހަން ވީކަމެއް ހަރާން ވަގު ހުރިނަމަ މިއަދު ހުންނާނީ ގިނަ ގުނަ ފަސޭހަތަކެއް ކޮއްދީ ތިޔަ އެއަރޕޯޓްވެސް އަޅަން ފަށާފަ އެއީ ކިޔަވާގެން ހުރި އކޮނަމިސްޓެއް ތިޔައުޅޭ ރނަޝީދަކީ މުސްކުޅިއަންހެނުން ހައްދާ ދޮންދީ ނިކަމެތިން ދިރިއުޅޭ ޖިފުޑިތައް މީޑިޔާގެ ކުރިމަތީ ބޭޒާރު ކުރުން ނޫންކަމެއްނޯންނާނެ ރޭގަޑު ދައްކާ ވާހަކަ ދުވާލު ބަދަލު ވާނެ ދިއްދޫ ގިނަ ޒުވާން ނަކީ އަންނިގެ ޕަޕެޓް

    2
    3
  40. އިހުސާން

    ތިޔަ ރަށް ތަރައްޤީކުރަން ރައީސް ޔާމީން އުޅުނީމާ ތިރަށުގެ ތިބޭ ބަޔެއް މީހުން ރައީސް ޔާމީން އާއި ދެކޮޅަށް ނުކުމެ، ދާއިރާގެ މެމްބަރު ބަޤާވާތް ކުރީ.

    2
    2
  41. ދޮންއަލި

    އަޅުގަނޑަކީ ކެލާމީހެ އަޅުގަނޑުވެސް ވަރަށްބޭނުން ދިއްދޫގައި އެއަރޕޯޓް އެޅޭނެދުވަހެއްބަލަން ދިއްދޫ އަކީ އަތޮޅުމެދުގައި އޮންނަރަށެއް އަތޮޅުގެ ހުރިހާރަތްޔެތުންނަށްވެސް ފަސޭހަވާނެ ދަތުރުކުރަން ތިޔަހުރިހާ އެއަރޕޯޓަަކަށްވުރެން ފައިދާވާނެ ދިއްދޫގެއެއަޕޯޓުންކަން އަޅުގަނޑަށްވެސްޔަގީ

    4
    1
  42. ބޯތަށި

    ދިއްދޫ އަށް ބޭނުން ވަނީ ސަތަރި ގަނޑެ

    2
    5
  43. އައިނާ

    މީ ވަރަށް ހެއްވާ ވާހަކައެއް. ދިއްދޫ މީހުންނަކީ ޒަމާނުއްސުރެވެސް ވަރަށް ފޮނިބައެއް. މިހާރު އަދި ހާއްސަކޮށް ހޯރަފުއްޓާ ވާދަވެރިކަމެއް އޮންނާނެ. އެމީހުންގެ ގޮތް ދިއްދޫ މީހުން ދަންނަ ކޮންމެ މީހަކަށް ވެސް އެނގޭނެ. މިހާރު އެއުޅެނީ ހޯރަފުށީގައި އެއާރ ޕޯރޓެއް އެޅިމަ ދިއްދޫގަ އެއާރޕޯރޓެއް އަޅަންވެގެން. ހަނިމާދޫ އެއާރ ޕޯރޓް ބޭނުންކުރަނީ ހަމައެކަނި ދިއްދޫ މީހުންނެއްނޫން، މުޅި ބޮޑު ތިލަދުންމަތީގެ އެންމެންވެސް ދަތުރުކުރަނީ އެ އެއާރ ޕޯރޓުން .. މީދެން ހަނީމާދޫ އެއާރ ޕޯރޓުން ވަގުރު ނޫހަށް މައުލޫމާތު ދޭންޖެހޭވަރު ކަމެއް ނޫން. ބަލަ ދިއްދޫ ނޫނަށް އެއަށް ވުަރެ ދުރުގަ ކެލާ ފިއްލަދޫ ތަންތަން ވެސް މިއޮތީ. އެމީހުންވެސް ހަމަ އެއަރ ޕޯރޓެއް ބޭނުން.. ދައޕަރުގަ އެއަރޕޯރޓެއް ހަދާވާކަ މާކުރިއްސުރެ ދައްކާވާހަކައެއްއެއީ.

    2
    33
    • ބޮޑާ ހޯރަ

      އެއަރޕޯޓް ބެނުންވަނީކީއްވެކަން ފެކްޓްސް އާއެކު މިލިޔުމުގަ އެހެރީ. ބަލަގަ ކެލާ ފިއްލަދޫ އަށްވެސް އަދި އެހެން މީހުންނަށްވެސް ފަސޭހަ ވީނު އަތޮޅު މެދަށް އެއަރޕޯޓް އައިމަަ. ތިކީ 2 ރަށަަށް ވަކިން 2 އެއަރޕޯޓްތަ ދޭންވި؟ ރޮދި ކެނޑިފަ ހުއްޓަސް ކޮމެންޓް ކުރާތި.
      ހޯރަފުއްޓާ ވާދައަކަށް ނޫޅެ ދިއްދޫ ބަޔަކު. ތީ އަދި އެފެންވަރެއް ނޫން. ތިއެއަރޕޯޓް ހޯރަފުއްޓަށް އައިސްގެން ދިއްދޫ މީހުން އެއްޗެކޭހިތަކަށް ނާރަ. އެކަމް ކަލޭމެންނަށް ނުހުރެވުނެއްނު އެއްޗެކޭ ނުބުނެ ހަމަ ދިއްދޫ އެއަރޕޯޓޭ ކީއަޑު އިވުނީމަވެސް. ފެންވަރު. އިހަވަންދޫ މީހުން ހަމައެކިޔަނި ރަނގަޅަސް. އެހެންބަޔަކަށް މިހޯރަފުށި ބައިގަނޑު ހެވެއްނޭދޭނެ. މިމީހުންނާ ބެހޭވެސް ކަމެއް ނޫންވިއްޔަ މީ ހިތްބޮޑު ވާކަށް މިކަމަކާ.
      ދިއްދޫ މީހުންގެ ފޮނި ވާހަކަ ތިދައްކަނި މިނޫހުގަ ހަމައެއޮތީ ދިއްދޫ މީހުންގެ ހިތްހެޔޮ ވާަހަކަވެސް ލިޔެފަ. ކިޔާލާާ. ރަމަޟާން މަހުވެސް ނުކައި ހުރީމަ ނިމުނީ. ހިތުގަ ހެޔޮދޯ ހުސް ހަސަދައިން ބަރާ ވެފަ ްްްްްްްްޮްްްްްްްްްްްްްްްްޮްްްްްްްްްްްްްްްްޮްްްްްްްްްްްްްްްްޮްްްް އޮތަސް.

  44. މަވަތި

    ޙަޤީޤަތަކީ އެއަރޕޯރޓެއް އަޅަން ބޭނުންވާކަން ޕީޕީގެ ތެރޭގައި ތިބި ދިއްދޫ މީހުންނަށް ޔާމީނުގެ ސަމާލުކަން ނުގެނެވުނީ އެހެންނަމަ 2 އެއަރޕޯރޓް އެކު އެކީވެސް އެޅީސް ޔާމީނު ބަލާނީ ބޮޑު ޚަރަދުތައް ކޮށްގެން ބޮޑު އެއްޗެއް ޖީބަަށްލާން އެވަރިހަމަ ވެރިކަމުގަ ހުރެ އެންމެ ފަހަރަކު ދިއްދުއަށް ނަޔަސް ނަޝީދު 16 ފަހަރު ދިއްދުއަށް އަޔަސް އެހިތްވަރެއް ނެތް އެބުނީ ކަނޑުމަގުން ވަތަށް ފައިބައިގެން ދަތުރުކުރާށޭ ދެންވެސް ދިއްދޫ ހއ އަތޮޅު އެއަރޕޯޓް އަޅައިދޭނީ ޕީޕީ ގެ ވެރިކަމުގަ 2023 ގަ އެމީހެއްގެ ކައިރިއަށް ދިއްދޫ ރައްޔިތުން ލެފިލަން ޖެހޭނީ

    2
    1
  45. ދިއްދޫ ރައްޔިތުން

    ކެލާގަ ވެސް އެއާޕޯޓް އެޅިދާނެ.ސުވާލަކީ ކެލާއާ ކައިރީގައި އޮތީ ކިތައް ރަށް ތޯ. ދިއްދޫ އާ ކައިރީގައި އޮތީ ކިތައް ރަށް ތޯ. ގިނަ ރައްޔިތުން ނައް ފަސޭހަ ވަނި ކޮންހިސާބެއްގައި އެއާޕޯޓް އޮވެގެންތޯ؟

    4
    1
  46. ޒިލޭބި

    ބަރުލަމާނީ އަށް ވޯޓުދީ! މިހާރު މިއޮތް ސިސްޓަމަކުން ކައިފަ އެއާރ ޕޯޓެއް އެޅޭވަރަށް އިތުރެއް ނުވޭ. ކެލާގަ ވެސް އެޅިދާނެ. އާބާދީން އެންމެ ބޮޑު ޕަސެންޓު ލިބޭ ރަށެއްގަ އެކަން ކުރަން އެބަ ވިސްނަން. ނުތެޅި ތިއްބަވާ. ފުލެޓާއި މިސްކިތް ވެސް އޭރުން އަޅާނަން

    • Anonymous

      ކެލާގަ އަޅައިގެން ދެ ބިތުގެ މީހުންނަށް އޭގެ ފައިދާއެއް ނުކުރާނެ.. ދިއްދުގެ މެޕު ބަލާލީމަ ފެންނާނެ އެއަރޕޯޓެއް އަޅާފަވެސް އަދިވެސް ބޮޑު ބައެއް އޮތްތަން.. އަހަރުމެންނަށް ވެސް ރަނގަޅީ ހިދުމަތް ލިބެންހުރި ތަނެއްގަ އެޅިއްޔާ.. އަނެއްކާ ރިއްސާ ބަނޑާއެކީ ކަނޑުމަގުން ސެންޓަރގަ އޮތް ދިއްދޫ ހޮސްޕިޓަލަށް ގޮސް އަނެއްކާ ކަނޑުގަ ދުްވާފަ ކެލަޔަށް އަރަން؟ އާބާދީ އަށް ވިސްނިޔަސް އެންމެންގެ ފައިދާ އަށް ވިސްނިޔަސް އެއަރޕޮޓ އޮތުން މޮޅީ ހއ އަތޮޅު މެދުގަ ވެރިކަން ކުރާ ރަށާ ގުޅިފަ ނޫނީ ބުޑުގަ އޮތިއްޔާ ..

  47. ދޫން ހަނި ފިނޭ

    ހަނިމާދޫން ކުޅުދުއްދުއްޓަށް ހުންނަ ދުރުމިން ހަނިމާދޫން ދިއްދޫ އަށްވެސް ހުރީ ކުޅުދުއްދުށީގައި އެއަރޕޯރޓް އެޅި ސިޔާސަތު ދިއްދޫއަށް ހިންގާ ދިއްދޫގައި އެއަރޕޯރޓެއް އެޅެންޖެހޭ ފައިދާއާއި ނަފާ ލިބިނިވި އެއަރޕޯރޓަކަށްވާނެ އުތީމު ތަކަންމާރަންދޫ ދޮނަކިޅީ ރިސޯރޓް ކެލާ ވަށަފަރު ފިއްލަދޫ މުރައިދޫ އަލިދޫ ރިސޯރޓުން ބޭނުންކިރާނީ ދިއްދޫ އެއަރޕޯރޓް ހދ ގެ ބައެއް ރަށްތަކަށްވެސް ފަހިވޭ