(ހއ. ދިއްދޫ) ހއ. ދިއްދޫން ދިމާވެ ވާހަކަ ދައްކާލާ ކޮންމެ މީހަކު ހެން އެ ރަށަށް ހާއްސަ ހިއްޗާއި ބަތުގެ އަޖުމަ ބަލައިފިންތޯ ސުވާލު ކުރެއެވެ. އޭގެ އަޖުމަ ނުބަލައި ރަށުން ފައިބައިގެން ނުދިއުމަށް ކޮންމެ މީހަކު ހެން ބުނެ އުޅެއެވެ. އެއީ ދިއްދު އަށް ހާއްސަ ކެއުމަކަށްވާތީއެވެ.

ރަށަށް ޒިޔާރަތް ކުރާ މީހުންނަށް ފުރިހަމަ މެހުމާންދާރީ އަދާކުރާ ދިއްދޫގެ ރައްޔިތުންގެ އެންމެ މަގުބޫލު ކެއުމަކީ ހިއްޗާއި ބަތާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރޯދަ މަހުގައި ރޯދަ ވީއްލުމަށް ހިއްޗާއިި ބަތާ ނުކައި އެއް ދުވަސް ވެސް ނުދާނޭ ކަމަށް ދިއްދޫގެ ގިނަ މީހުން ބުނެ އުޅޭއިރު އެނޫން ދުވަސްތަކުގައި ވެސް މި ކެއުން ގެތަކުގެ މޭޒުމަތިން ފެންނަން ހުރެއެވެ.

މި ކެއުން އެންމެ މަގޫބޫލީ އުމުރުން ދުވަސްވީ މީހުންގެ މެދުގައި ނަމަވެސް، ރަށުގެ ޒުވާން އަންހެން ވެރިންނަށް ވެސް ހިއްޗާއި ބަތާ ތައްޔާރު ކުރަން އެނގެއެވެ.

ހއ. ދިއްދޫ އަށް މަޝްހޫރު ހިއްޗާއި ބަތާ ތައްޔާރު ކުރަނީ.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"ރޯދަމަހު ރޯދަވީއްލަން ގޭގޭގެ ސުފުރާމަތިން އެންމެ ގިނައިން ފެންނަން ހުންނަނީ ހިއްޗާއި ބަތާ. ރޯދަ ވީއްލައިގެން ބަނޑު ކެއުމަކަށް ކާން އަބަދުވެސް މި ހުރޭ. ފޫއްސެއް ނުވޭ މި ކައިކައި. އަބަދުވެސް ވަރަށް ކަމުދޭ" ދިއްދޫ ޒުވާނަކު ބުންޏެވެ.

ހއ. ދިއްދޫ އަށް މަޝްހޫރު ހިއްޗާއި ބަތާ ތައްޔާރު ކުރަނީ.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މައިގަނޑު ގޮތެއްގައި ކާއްޓާއި މަސް ބޭނުން ކޮށްގެން ތައްޔާރުކުރާ ހިއްޗަކީ ދިއްދޫގެ ރައްޔިތުންގެ ތެރޭގައި އަދި ރަށަށް އަންނަ މެހުމާނުންގެ ތެރޭގައިވެސް މީރުކަމަށް ނަން މަޝްހޫރު ކެއުމެކެވެ. ހިއްޗާއި ފެންބަތާއި، ފިހުނު މަހާއި ތަރުކާރީ ސަޓަނި މި ކެއުމުގެ ފުރިހަމަ ސެޓެއްގެ ތެރޭގައި ހިމެނެއެވެ. ހިތި އެންމެ ފުރިހަމަވާނީ އޭގެ ތެރެއަށް ލުނބޯ އާއި މިރުސް ވެސް ޖަހައިގެން ކަމަށް ދިއްދޫ ރައްޔިތުން ބުނެއެވެ.

މި ކެއުން ތައްޔާރުކޮށް އުޅޭ އާއިދާ އަލީ، 37، ބުނީ ކުޑައިރުއްސުރެ ގޭގައި ހިއްޗާއި ބަތާ އަބަދުވެސް ހަދައި އުޅޭ ކަމަށާއި އަދި ރޯދަމަހެއް ނަމަ ކޮންމެ ދުވަހަކު މި ކެއުން ގޭގައި ކައްކާނެ ކަމަށެވެ.

ހއ. ދިއްދޫ އަށް މަޝްހޫރު ހިއްޗާއި ބަތާ ތައްޔާރު ކުރަނީ.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހިއްޗާއި ބަތް ކެއުމަށް މި ރަށުން ފުރުސަތު ލިބުނު އިރު އެންމެން ވެސް ހީކުރީ މިއީ ހިތި އެއްޗެއް ކަމެވެ. އެއީ އެކަމަކު ހަގީގަތެއް ނޫނެވެ. ރަށުގެ ރައްޔިތުން ބުނި ގޮތަށް މި ކެއުން އެންމެ ބޮޑަށް ކަމުދިޔައީ ފެންބަތާއި ފޮޓޯ އިން އެ ފެންނަ ކެއުމާއެކު އަންނަ ފުރިހަމަ ސެޓުގައެވެ. ރޮއްޓާއި މޮޑެގެން ވެސް މީގެ ރަހަ ބެލި ނަމަވެސް އެންމެ ބޮޑަށް ހަމަ ކަމުދިޔައީ ފެން ބަތާއެކު ކާށެވެ.

ހިއްޗާއި ބަތާ ތައްޔާރު ކުރަން ބޭނުންވާ ތަކެތި:

13 މީހުންނަށްވާ ވަރަށް ކައްކާކަ ނަމަ ތަކެތި ބޭނުންވާނެ މިންވަރު:

މަޑު ގަބުޅި ދޭއް

ރޯމަސް- ކިއުބުކޮށް ކޮށާފައި

ބޮޑު އެއް ފިޔާ

ދެ ލޮނުމެދު

ކުލަޖެހޭ ވަރަށް ރީނދޫ

ތައްޔާރު ކުރާނެ ގޮތް:

ގަބުޅި ގާނާފައި ފިޔާ، ލޮނުމެދާއި އެއްކޮށް ފުނޑާނީއެވެ. ރަނގަޅަށް ފުނޑުމުން ރީނދޫ ލައި އެއްކޮށްލާނީއެވެ. އަދި އެއަށްފަހު ކޮށާފައި ހުރި ކަނޑުމަހާއި ފުނޑާފައި ހުރި ހުނި އެއްކުރާނީއެވެ. އެންމެ ފަހުން ކުރާ ކަމަކީ ދެ ތިންޖޯޑު ފެންއަޅައި ހުރިހާ އެއްޗެއް އެއްކޮށް ކައްކަން އުދާނީއެވެ. ބައެއް ފަރާތްތަކުން ފުނޑާފައި ހުރި ހުނި އެއަށް ބޭނުންވާ ވަރަށް ފެން އަޅައި ކައްކައެވެ. އަދި ކެކެންފެށުމުން މަސްއަޅައެވެ. މި ކެއުން ތައްޔާރު ކުރާނެ ގޮތުގެ ވީޑިއޯ އިން އިތުރަށް ސާފުވާނެއެވެ.

ހއ. ދިއްދޫ އަށް މަޝްހޫރު ހިއްޗާއި ބަތާ ތައްޔާރު ކުރަނީ.- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ހިއްޗާ ބަތަކީ ދިއްދޫއަށް ހާއްސަ ކެއުމެއް ކަމުގައި ވިޔަސް ހއ. ގެ ބައެއް އެހެން ރަށްތަކުގެ މީހުންވެސް މިހާރަކަށް އައިސް ހިއްޗާއި ބަތާ ތައްޔާރުކުރާކަން ފާހަގަ ކުރެވެއެވެ. އެއީ ދިއްދޫ މީހުން އެހެން ރަށްރަށު މީހުންނާއި ކައިވެނިކޮށްގެން އެރަށް ރަށަށް ގޮސް ހިއްޗާއި ބަތާ ހަދާތީއެވެ. އަދި އެ ފަރާތްތަކަށް ވެސް ހިއްޗާއި ބަތާ ކަމުދިއުމުން އާއްމު ގޮތެއްގައި ހަދަމުން އަންނަނީ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ކޮލަމާފުށީމީހާ

  މީގެ ދެތިން އަަހަރުކުރިން ރޯދަމަހެއްގައި ދިއްދޫގައި ހުރިއިރު ފާހަގަވީ ދިއްދޫގެ ކޮންމެ ގެއެއްގައިވެސް ހިއްޗާބަތާ ހުންނަކަން، އަދި ރޯދަ ވީއްލައިގެން މަޢްރިބް ނަމާދުކޮށްގެން އައިސް އޮންނާނީ ހިއްޗާ ބަތާކެއުން،

  45
  1
 2. ދިދަ ދަނޑި

  ދިއްދޫ މީހުން ކައިބަލަ.. އަހަރެމެން ނޫޅެން ތިނުކެވިގެނެއް..

  13
  83
  • އަލަ ދަނޑި

   ކަލޭ ނުކައިގެން ނޫޅޭ މީހަކު. ބަނޑަށް އޮތަސް ހެޔޮ.

   56
   3
 3. ހަމީދާ

  އަމިއްލަ ކެއުމެއް އޮންނާނީ ވަރުގަދަ ސަގާފަތެއް އޮންނަ ރަށްތަކުގަ.

  61
  3
 4. ޙަމައަސްްލު

  މިގައި ދައިން ފުޑުމާއި މިސްޗައރިން ފުޑުމުން ރަހަ ތަފާތުވޭ... އަސްލު ދައިން ފުޑީމަ މިރީ

  37
 5. އައްޑޫ ޝަކުވާ ބޯޓު

  ޝާން ވެސް ރަނގަޅަށް ލިޔާ ކުއްޖެއްކަން ފާހަނގަ ކުރެވޭ. ނެތް ކުށެެއްވެސް. ކިޔާނިމުނު އިރުވެސް މަ އެކަމަކު އެހާ ކާހިތްވާ ކަހަލަ އެއްނުވި. ތީގެ ރަހަބަލައި ލީމަ އިނގޭނީ.
  ކޮމެންޓުކޮށްފައި އިން އަހުމަދު ކިއަރީ އަހާބަލަ އެގޭގައި ރިހައާއި ގަރުޔދިޔަ ކައްކާއިރު އަޅަނީ ކިތައް ޓަނު ދިވެހި ކަނޑުމަސްތޯ. މުޅިއަކުން ގޯސް ވާހަކައެއް ނޫން. މަސް އަޅާ ވަރު މެންޝަން ކޮށްލިނަމަ ލިޔުން އިތުރަށް ފުރިހަމަވީސް. ފިރިހެން ބޭފުޅަކަށް ހަމަ ނޭގިދާނެ .

  28
 6. މީހަކަށް

  ގަދަކަމުން ކާންދޭކަށް ޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫޫ ނޫޅޭ އެހެންލިޔެފައެއްވެސް ނެތް ...ބޭނުންމީހުން ނޭގޭމީހުން ކިޔައިގެން ބަލައިގެން ހަދަންވީ..ނިމުނީ..އަހަރެމެނަށް ރާއްޖޭގެ ރަށްރަށުގެ މިކަހަލަ މައުލޫމާތު މާރަނގަޅު ތިއުޅޭ ރިޝްމީޔަކާ އައްޒަޔަކާ ކައިޖާނަކަށްވުރެ...ޝުކުރިއްޔާ ވަގުތުހޭރިޔާ ކުދިން އިންޝާﷲ މިތިހެދޭތޯ ބަލާނަން..ވ.މީރުވާނެހެން ހީވަނީ...

  50
  • އައްޑޫ ޝަކުވާ ބޯޓު

   ކޮން. މީހަކަށް. ލޮލް

  • އައްޑޫ ޝަކުވާ ބޯޓު

   ދިދަ ދަނޑިވާހަކަ ދޯ؟
   އަސްލުވެސް ހޭރިޔާ ޓީމުގައި އުޅޭ ވަރަށް ބެސްޓުކުދިން

 7. ނޯނީ

  ހުސް ހުންނާ ފިޔަ އާ ލޮނު މެދުން މީރު ރަހަ އެއް ފުނޑި އަސް ނުނިކުންނާނެ! ! އެ ހުނި ތެރައަސް ދިރި، ދަވިއްގަދު، ކޮތަބިރި މިން ހަމަ ކޮށް އަލާފަ އިގުރު ކޮޅެއް ވެސް ލީމަ ތި މީރު އެއްޗަކަށް ވާނީ! ތީ ސުމެއްގެ އެއްޗެއް! އެއްވެސް މީރެއް ނުވާނެ! އަހާބަލަ ރަގަޅު ކައްކާ އެއް ކައިރިން! ސަހަރޯ

 8. ޖުން

  ކައިޒީން ކައްކާ ވަރަށްމޮޅަށް ހިތި