(ހއ. ކެލާ) މިރަށުގައި ތައްޔާރުކުރާ "ކިރުއައްޕަ" އަކީ ރަށުގައި ވަރަށް މަޝްހޫރު ކެއުމެކެވެ. ކިރުއައްޕަ އޭ ބުނުމުން މިބަސް އަޑުއިވިފައި ނުވާ މީހުންނަށް މަޖާ ބަހަކަށް މިބަސް ވެދާނެއެވެ. އަޅުގަނޑަށްވެސް ކަންދިމާވީ މިހެންނެވެ. ފުރަތަމަ މިބަސް އަޑުއިވުމުން ދެވަނަ ފަހަރަށް ވެސް ޔަގީންކޮށްލުމަށް ނަން ތަކުރާރުކޮށްލީމެވެ. އެ ރަށު މީހުން ބުނާ ގޮތުގައި ކެލާގައި ތައްޔާރުކުރާ ކިރުއައްޕަ އަކީ ފޮޅި އަކަށް ކިޔާ ނަމެކެވެ.

ހއ. ކެލާ އަށް ހާއްސަ ބިންބި ފޮޅި ތައްޔާރު ކުރުމަށް ބޭނުންކުރާ ބިންބި؛- ވަގުތު އިމޭޖަސް-

ކިރުއައްޕަ ނުވަނަ ކެލާއަށް މަޝްހޫރު މިފޮޅި ތައްޔާރުކުރަނީ ބިންބި ފުށުންނެވެ. ބިންބި އަކީ ކެލާފައި ފަސޭހައިން ހެއްދޭ ވަރަށް ގިނައިން ގޭގޭގައި ބޭނުންކުރާ އެއްޗެކެވެ. އެރަށުގައި ބިންބި ބޭނުންކޮށްގެން ވަރަށް ގިނަ ބާވަތްތަކުގެ ކެއުންތައް ތައްޔާރުކުރާއިރު ބިންބި ފޮޅި ނުވަތަ ކިރުއައްޕަ ތައްޔާރުކުރާ މަންޒަރު "ވަގުތު" ޓީމަށް ދައްކައިދެއްވީ ކެލާގެ ރައްޔިތެއް ކަމަށްވާ މަރިޔަމް ޒުލްފާ، 53 އަހަރެވެ.

މަރިޔަމް ޒުލްފާގެ ބަދިގެއިން ކެލާއަށް ހާއްސަ ދެ ބާވަތެއްގެ ކެއުމެއް ތައްޔާރުކުރާ މަންޒަރު އޭނާ ވަނީ ދައްކައިދީފައެވެ. ހީވާގި ރައްޔިތެއް ދިރިއުޅެމުން އަންނަ ކެލާއަކީ ދަނޑުވެރި ރަށެކެވެ. މަރިޔަމް ޒުރުފާއަކީ ވެސް ހީވާގި ދަނޑުވެރިއެކެވެ. ދަނޑުވެރިކަމުގެ އިތުރުން ރޯނުވެށުމާއި ފަންގިވުނުން އަދި މަދު ހޮވައިގެން އައިސް މަދުވެސް ވިއްކާ މީހެއްގެ ގޮތުގައި ޒުރުފާ ފާހަގަ ކުރެވެއެވެ.

ކިރުއައްޕަ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

ބިންބި ފުށް

ފެން

ލޮނު

ކިރުއައްޕަ ތައްޔާރުކުރާގޮތް:

ކިރުއައްޕި ތައްޔާރުކުރުމަށް ފުރަތަމަ ބިންބި ފުށް ލޯގަނޑަކަށް އަޅާނީއެވެ. އެއަށްފަހު ފެން އަޅައި ދިޔާވަންދެން ގިރާނީއެވެ. އެއަށްފަހު ލޮނުކޮޅެއް އަޅާނީ އެވެ. ލޮނުއަޅާނީ ރަހަލާ ވަރަށެވެ. މި ފޮޅި ހުންނާނީ ހއ.ދިއްދޫމީހުން ތައްޔާރުކުރާ ފެންފޮޅި ގޮތަށް ތަތްކޮށެވެ. އެއީ އައްޑޫ މީހުން ތައްޔާރުކުރާ ކިރުފޮޅި ގޮތަށް ދިޔާކޮށް ފުށާ ފެން އެއްކޮށްގެން ތައްޔާރުކުރާ ފޮޅިއެވެ. މި ފޮޅި ތަފާތުވަނީ މިފޮޅި ތައްޔާރުކުރުމަށް ބިންބި ފުށް އަޅާތީއެވެ.

ހއ. ކެލާ އަށް ހާއްސަ ބިންބި ފޮޅީ ތައްޔާރު ކުރަނީ؛- ވަގުތު އިމޭޖަސް

ބިންބި ފޮޅި ތައްޔާރުކުރުމަށް އޮލަކޮށް ފުށްގަނޑު ފެނާ އެއްވުމުން އުނދުންމައްޗަށް ތަވާ އަރުވައި މަޑުގިނީގައި ފިހާނީއެވެ. ފިހުމުގެ ކުރިން ތަވާމަތީގައި ތެޔޮފޮދެއް ހާކާލުމުން ތަވާގައި ފޮޅި ތަތް ނުލަވާނެއެވެ.

ހއ. ކެލާ އަށް ހާއްސަ ބިންބި ފޮޅީ ރައްޔާރު ކުރަނީ؛- ވަގުތު އިމޭޖަސް

މަރިޔަމް ޒުލްފާ ބުނީ މާމަމެންގެ ޒަމާނުއްސުރެ ބިންބި ފޮޅި އެރަށުގައި ހަދާ ކަމަށެވެ. އެންމެ ގިނައިން ބިންބި ފޮޅި ތައްޔާރުކުރަނީ ރޯދަމުހުގައިކަމަށް އޭނާ ބުންޏެވެ. ރޯދަވީއްލުމަށް ބިންބި ފޮޅިއާއި ބޯށި މަސްހުންނަށް ވަރަށް ބޮޑު ތަރުހީބެއް އޮންނަ ކަމަށް އޭނާ ބުންޏެވެ.

ރަށުން ލިބޭ ތަކެކި ބޭނުންކޮށްގެން ފަސޭހައިން ހަދާލެވޭ އަދި ހަށިގަނޑަށްވެސް ފައިދާހުރި މި ކެއުމަކީ ރަށުގެ ސަގާފަތުގެ ތެރޭގައި ހިމެނޭ ހާއްސަ ކެއުމެއްކަން އޭނާ ފާހަގަ ކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޖުއްބާ

  ތީގެ ކިރުއައްޕަކޮޅެއް މާލެ ފޮނުވަބަލަ.

  10
  2
 2. ހަސީންް

  މަހީކުރީ މީދަލެއް ޗަސްކޮށްލާފަކަމަށް

  8
  3
 3. Anonymous

  ޗީޑި! ތި ކާކަށް ނުކެރޭނެ! ހީވަނީ މީދަލެއް ޗަސްކޮށްފަހެން! ކިރުއައްޕަ ކީ އިރު ކިރު ފޮދެއް ވެސް އަޅާނުލާ! ލޮލް... ތީ ހަޑިހޭވުން! އައްޗީޑީ

  1
  1
 4. Anonymous

  އަރޭ ޔާރް ޔޭތޯ ހަމާރީ އިންޑިއާކީ ރާގީޑޯސާހޭ ތޯ ތުމްލޯގޯކީ އަޕްނީ ރެސިޕީ ކޭސާހުއާ😂😂

 5. ވަހުދަތު

  ކާއެއްޗެއް ތައްޔާރުކޮށްފަ އޮންނައިރު ކޮންމެވެސް ކަހަލަ ޝަހުސީ ކަމެއް ހުންނަން ޖެހޭ. ތިޔަ ބަލާފަވެސް ހީވަނީ. ޔަކް. އަދި ކިރުއައްޕައޯ/ ނޖ ކިޔާބައެ.

  1
  1
 6. ތުނބުޅި

  ކިރުއައްޕަ އެއް ނޫން . ކިރުއައްޕަން ކިޔަނީ

 7. ޝާނީ

  ކިރު އައްޕެއަކަށް ކިރެއްނާޅާ😕

  1
  1
 8. ހަހަ

  ސޭމް ބުރޯ... ހަހަ

  1
  1
 9. އައި

  އެ އެހާ ނުބައި

 10. ކެރީ

  މަޖޭ