(ހއ. ހޯރަފުށި) ރާއްޖޭގެ ނިސްބަތުގައި އާބާދީ ބޮޑު ރަށްތައް ގޮތުގައި ބެލެވޭ ތިންހާހަށް ވުރެ މަތީ އާބާދީގެ ރަށެއް ކަމަކު ރަށުގެ މަލަމަތީގައި އޭގެ ކުލަވަރެއް ނުފެނެއެވެ. އަންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ހަތް މެންބަރުން އިންތިޚާބު ކުރަން ޖެހޭ ތޭރަ ރަށުގެ ތެރޭގައި ހިމެނޭ މި ރަށުގެ މަގުތައް މަތިން އިންތިޚާބެއް އައިސް އުޅޭ ކަމުގެ ކުލަވަރެއް ނެތެވެ.

ހިމޭން ކެމްޕޭންއެއް ކުރަމުންދާ ހޯރަފުށީގައި ރަން ރީނދޫ ދިދަފަތިތަކެއް ބަނދަރު ސަރަހައްދުގެ މެދެއްހާ ހިސާބުގައި ބަހައްޓާފައި ހުއްޓެވެ. ދެން މުޅި ރަށުގައި ވެސް ރަން ރީނދޫ ކުލައިގެ ނިޝާނެއް ފެންނަން ނެތެވެ. ގަދަ ފިޔާތޮށި ކުލައިގެ މަދު ޕޯސްޓަރެއް ފެނުނެވެ. ދެން ރަށުގައި އޭގެ ކުލަވަރެއް ނެތެވެ. ސިޔާސީ ޕާޓީތަކުގެ ޖަގަހަތައް ހުރި ނަމަވެސް ޖަގަހަތަކުގައި ހަރަކާތެއް ނެތެވެ. ކެމްޕޭން ލަވަތަކުގެ އަޑު މަޑެވެ. ރަށުގައި ހިނގަމުން ދަނީ ހިމޭން ކެމްޕޭންގެ އުކުޅުުތަކެވެ. މަދު މަދުން ދޮރުން ދޮރަށް ހަރަކާތް ކެންޑިޑޭޓުން ކުރިއަށް އެބަ ގެންދެއެވެ.

ހޯރަފުށީގެ ގޮނޑިތަކަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރޭގައި ވެސް ހިމެނެނީ ހަމައެކަނި އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންނެވެ. ރަށު ކައުންސިލްގެ ރައީސް ކަމަށް ދެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރާއިރު އަންހެނުންނަށް ޚާއްސަކޮށްފައިވާ ތިން ގޮނޑިއަށް ވެސް ދެ ޕާޓީގެ ކެންޑިޑޭޓުން ވާދަކުރެއެވެ. އެކަމަކު ރަށު ކައުންސިލްގެ އާންމު ތިން މެންބަރުން އިންތިޚާބު ކުރާއިރު، ޕީޕީއެމްގެ އެއް ކެންޑިޑޭޓް މަދުވުމުން އެމްޑީޕީއަށް އެއް ގޮނޑި ވަނީ ކަށަވަރުވެފައެވެ. އެކަމަކު އެ ގޮނޑި ކާމިޔާބު ކުރާ އެމްޑީޕީގެ ކެންޑިޑޭޓް އެނގޭނީ އިންތިޚާބަށް ފަހުގައެވެ.

ހއ. ހޯރަފުށީގައި ކުރިއަށް ގެންދިޔަ ސާރވޭ ގެ ތެރެއިން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"މި ރަށަކީ ވަކި ސިޔާސީ ފިކުރަކަށް ތާއީދު ބޮޑުކޮށް އޮންނަ ރަށެއް ނޫން. މި ރަށުން އަބަދުވެސް ނަތީޖާ ނެރެނީ އޭރެއްގެ އޮންނަ ސަރުކާރަކަށް. އެ ސަރުކާރަކާ ގުޅިގެން ތަރައްޤީ ގެނެވޭނެ ކަމަށް މި ރަށު ރައްޔިތުން އަބަދުވެސް ޤަބޫލު ކުރަނީ، ކުރިން ޕީޕީއެމްގެ ސަރުކާރުގައި އެ މީހުންގެ މެންބަރެއް، މި ސަރުކާރުގައި އެމްޑީޕީގެ މެންބަރެއް، މި ބަލަނީ ކައުންސިލްތައް ވެސް ދެވޭނީ އެ ގޮތަށް ކަމަށް،" އެ ރަށުން ދިމާވި މީހަކު ބުންޏެވެ.

ހއ. ހޯރަފުށީގައި "ވަގުތު ހޭރިޔާ" އިން ކުރިއަށް ގެންދިޔަ "އިންތިޚާބީ ދިރާސާގައި" ބައިވެރިވި ގިނަ މީހުންގެ ރާގު ވެސް ހުރީ މި ގޮތަށެވެ. އެއިން ގިނަ ބަޔަކު ވަނީ މި ރަށުގައި އިންތިޚާބުތަކުގެ ނަތީޖާ ގެނެސްދެނީ އޭރެއްގައި އޮންނަ ސަރުކާރެއްގެ ކެންޑިޑޭޓުންނަށެވެ. ކުރީގެ ސަރުކާރުގެ ނިންމުމަށް ބަދަލެއް ގެނެސް އިހަވަންދިއްޕޮޅު ސަރަޙައްދުގެ އެއާޕޯޓް ހޯރަފުށީގައި އެޅި ފަހުން މި ސަރުކާރަށް ގިނަ ބަޔަކު ތިބީ އެއްބާރުލުން ދޭން ކަމުގައި ބެލެވުނެވެ.

ހޯރަފުށީގެ 2،541 ރަށްވެހިންނަށް ހޮނިހިރު ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގައި ވޯޓް ލުމުގެ ޙައްޤު ލިބިފައިވާއިރު، ހޭރިޔާ ދިރާސާގައި 435 މީހުން ބައިވެރިވެފައިވެއެވެ. އެއީ ވޯޓް ލެވޭ އާބާދީގެ 17 އިންސައްތައެވެ. ރަށުގައި ދިރިއުޅޭ އާބާދީގެ ތެރެއިން ވޯޓް ލުމުގެ ޙައްޤު ލިބިފައިވާ 1،217 ރަށްވެހިންނަށް ލިބިފައިވާއިރު މި އާބާދީގެ 36 އިންސައްތަ މީހުން ދިރާސާގައި ބައިވެރިވެފައިވެއެވެ.

އަލަށް ވޯޓް ލެވޭ އާބާދީގެ ގިނަ ބަޔަކަށް ޕީޕީއެމް

ހޯރަފުށީގައި ކުރިއަށް ގެންދިޔަ ދިރާސާގައި އަލަށް ވޯޓް ލެވޭ އާބާދީގެ ހަތް ޒުވާނަކު ބައިވެރިވިއެވެ. އެއީ އުމުރުން 17 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާގެ ޒުވާނުންނެވެ. ދިރާސާގައި ބައިވެރިވި ޒުވާނުންގެ ތެރެއިން، ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ ދެ މީހެކެވެ. އެއީ 28.1 އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ފަސް މީހަކު ބުނެފައިވެއެވެ. އެއީ 71.4 އިންސައްތައެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

އެހެން އުމުރުފުރާތަކުގައި އެމްޑީޕީގެ މަޤްބޫލް ކަން

މި ރަށުގައި ކުރިއަށް ދިޔަ ދިރާސާގައި 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގެ 62 މީހަކު ބައިވެރިވިއެވެ.

މި އުމުރުފުރާގެ ތެރެއިން، ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 38 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 18 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ހަތަރު މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް އެކަކު ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 39 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 17 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ތިން މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް އެކަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް ދެ މީހަކު ބުނެފައިވެއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

އުމުރުން 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރުފުރާގެ 305 މީހަކު ބައިވެރިވިއެވެ.

މި އުމުރުފުރާގެ ތެރެއިން، ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 161 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 109 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 14 މީހަކު ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 161 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 109 މީހެކެވެ. ވޯޓް ނުލާނެ ކަމަށް ދެ މީހަކު ބުނެފައިވެއެވެ. އަދި ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ދެ ބުނެފައިވެއެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 14 މީހަކު ބުނެފައިވެއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

 

އުމުރުން 65 އަހަރުން މަތީގެ 78 މީހަކު ބައިވެރިވިއެވެ.

މި އުމުރުފުރާގެ ތެރެއިން، ރަށު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 42 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 35 މީހެކެވެ. ވޯޓް ނުލާނެ ކަމަށް އެކަކު ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 42 މީހަކު ބުނެފައިވެއެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 35 މީހެކެވެ. ވޯޓް ނުލާނެ ކަމަށް އެކަކު ބުނެފައިވެއެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް
ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

ރަށު ކައުންސިލަށް ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓްދޭ 26 މީހެއް

ހޯރަފުށި ރަށު ކައުންސިލަށް ހަތް މެންބަރަކު އިންތިޚާބު ކުރާނެއެވެ. ކައުންސިލްގެ ރައީސް އިންތިޚާބު ކުރާނީ މުޅި ރަށު ރައްޔިތުން ލާ ވޯޓަކުންނެވެ. އޭގެ އިތުރަށް ކައުންސިލަށް ހަ މެންބަރަކު އިންތިޚާބު ކުރާނެއެވެ. އޭގެ ތެރޭގައި އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ތިން ގޮނޑި ހިމެނެއެވެ. މި ހަ ގޮނޑިއަށް ވޯޓް ދޭއިރުގައި އެއް ޕާޓީއަށް ވުރެ ގިނައިން ވެސް ވޯޓު ދިނުމުގެ އިޚްތިޔާރު ވޯޓްލާ ފަރާތަށް ލިބޭނެއެވެ.

މި ގޮތުން ހޯރަފުށިން "ވަގުތު ހޭރިޔާ" ދިރާސާގައި ބައިވެރިވި 435 މީހުންގެ ތެރެއިން 26 މީހަކު ބުނެފައިވަނީ ރަށު ކައުންސިލް އިންތިޚާބުގައި އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވެސް ވޯޓް ދޭނެ ކަމަށެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ ގާތްގަނޑަކަށް ހަ އިންސައްތައެވެ. ވޯޓްލާ އާބާދީގެ ތެރެއިން ވޯޓްލާން ނުކުންނަ މީހުންގެ ތެރޭގައި މި އިންސައްތަ މިއަށް ވުރެ ވެސް އިތުރު ވެދާނެ ކަމަށް ބެލެވެއެވެ.

އެމްޑީޕީއާއި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ވެސް ވޯޓް ދޭނެ ކަމަށް ބުނެފައިވާ މީހުންގެ ތެރޭގައި ގިނައީ 30 އަހަރާއި 64 އަހަރާ ދެމެދުގެ އުމުރު ފުރާގެ މީހުނެވެ. މި އުމުރު ފުރާގެ 17 މީހަކު ވަނީ ދެ ޕާޓީއަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. 65 އަހަރުން މަތީގެ ހަތަރު މީހަކު ވެސް ވަނީ ދެ ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. 20 އަހަރާއި 29 އަހަރާ ދެމެދުގެ އުމުރުފުރާގެ ހަތަރު މީހަކު މި ގޮތަށް ވޯޓް ދޭނެ ކަމަށް ބުންޏެވެ. އަލަށް ވޯޓްލާ އުމުރުފުރާގެ އެއްވެސް ޒުވާނަކު ދެ ޕާޓީއަށް ދޭނެ ކަމަށް ބުނެފައެއް ނުވެއެވެ.

ހޭރިޔާ ދިރާސާގެ ޖުމުލަ ނަތީޖާ

ރަށު ކައުންސިލްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 255 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 56 އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 180 މީހުންނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 41.4 އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ފަސް މީހަކު ބުންޏެވެ. އެއީ އެއް އިންސައްތައެވެ. ވޯޓް ލާނެ ގޮތް އަދި ނުނިންމާ ކަމަށް 14 މީހަކު ބުނެފައިވާއިރު އެއީ ތިން އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ހަތަރު މީހަކު ތިބިއިރު، އެއީ އެއް އިންސައްތައެވެ.

އަތޮޅު ކައުންސިލްގެ ރައީސްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 244 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 54އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 188 މީހުނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 41 އިންސައްތައެވެ. ވޯޓް ލާނެ ގޮތް ނުނިންމާ 16 މީހަކު ތިބިއިރު އެއީ ތިން އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ފަސް މީހަކު ބުނެފައިވާއިރު އެއީ އެއް އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ތިން މީހަކު ތިއްބެވެ. އެއީ އެއް އިންސައްތައެވެ.

ރަށު ކައުންސިލްގެ ރައީސްގެ ވޯޓްގައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް 243 މީހަކު ބުނެފައިވެއެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 56 އިންސައްތައެވެ. ޕީޕީއެމްގެ ކެންޑިޑޭޓަށް ވޯޓް ދޭނެ ކަމަށް ބުނެފައިވަނީ 167 މީހުނެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 38 އިންސައްތައެވެ. ވޯޓް ލާނެ ގޮތް ނުނިންމާ 14 މީހަކު ތިބިއިރު އެއީ ތިން އިންސައްތައެވެ. ވޯޓް ނުލާނެ ކަމަށް ހަތް މީހަކު ބުނެފައިވާއިރު އެއީ ދެ އިންސައްތައެވެ. ވޯޓް ލާނެ ގޮތް ހާމަ ކުރަން ބޭނުން ނުވާ ތިން މީހަކު ތިއްބެވެ. އެއީ އެއް އިންސައްތައެވެ.

އަތޮޅު ރައީސްގެ ވޯޓް

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

ރަށު ރައީސްގެ ވޯޓް

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

ރަށު ކައުންސިލްގެ ވޯޓް

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

އެއްވެސް ސަރުކާރެއް ކަމުދޭ ތަ؟

ހޯރަފުށި ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ބެލި ނަމަވެސް މާ ގިނަ އިޚްތިޔާރުތަކެއް އޮތް ކަމަކަށް ނުބެލެވެއެވެ. ސަޕޯޓް ވެސް އޮތީ އެމްޑީޕީއާއި ޕީޕީއެމްއާ ދެމެދު އެކަނި ކަމަށް ވުމުން ވެފައިވާ ގޮތަކަށް ވެސް ބެލެވެއެވެ. އެހެންކަމުން "ވަގުތު ހޭރިޔާ" ގެ އިންތިޚާބީ މި ދިރާސާގައި ސަރުކާރުތަކާ މެދު ދެކޭ ގޮތެއް ވެސް ބަލާލީމެވެ.

ދިރާސާގައި ބައިވެރިވި 435 މީހުންގެ ތެރެއިން 220 މީހަކު ވަނީ މި ސަރުކާރު ކަމުދާ ކަމަށް ބުނެފައެވެ. އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 51 އިންސައްތައެވެ. ކުރީގެ ސަރުކާރު ކަމުދާ ކަމަށް 158 މީހަކު ބުނެފައިވާއިރު އެއީ ދިރާސާގައި ބައިވެރިވި މީހުންގެ 36 އިންސައްތައެވެ. އެއްވެސް ސަރުކާރެއް ކަމު ނުދާ ކަމަށް 19 މީހަކު ބުނިއިރު އެއީ ހަތަރު އިންސައްތައެވެ. ދެ ސަރުކާރު ވެސް ކަމުދާ ކަމަށް 38 މީހަކު ބުނިއިރު އެއީ ނުވަ އިންސައްތައެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

މާދަމާ ރިޔާސީ އިންތިޚާބެއް ބާއްވާނަމަ މި ސަރުކާރަށް ވޯޓް ދޭނަންތަ؟

"ވަގުތު ހޭރިޔާ" ދިރާސާގައި އާންމުންނަށް އަމާޒު ކުރާ ވަރަށް މުހިއްމު ސުވާލެއް އޮވެއެވެ. އެއީ މާދަމާ ރިޔާސީ އިންތިހާބެއް ބާއްވާ ނަމަ، ޤައުމުގެ މިހާރު މި ހުރި ހާލަތަށް ވިސްނާފައި މި ސަރުކާރަށް ވޯޓު ދޭނަން ހެއްޔެވެ؟ މި ސުވާލު ކުރުމުގެ މަޤްޞަދަކީ ސަރުކާރުން ދެމުންދާ ޚިދުމަތާއި މިހާތަނަށް ނެރެފައިވާ ނަތީޖާއާއި، މަޝްރޫއުތަކުގެ ދުވެލި ހުރި މިންވަރާ މެދު ރައްޔިތުން ހިތްހަމަޖެހޭތޯ ބެލުމެވެ.

މި ދިރާސާގައި ބައިވެރިވި 241 މީހަކު މި ސަރުކާރަށް ވޯޓް ދޭނެ ކަމަށް ބުނެފައެވެ. އެއީ 56 އިންސައްތައެވެ. ސަރުކާރަށް ވޯޓް ނުދޭނެ ކަމަށް ބުނެފައިވަނީ 161 މީހެކެވެ. އެއީ 37 އިންސައްތައެވެ. ވޯޓް ދޭނެ ގޮތެއް ނިންމާނީ އެ ވަގުތެއް އައިސް ޖެހުމުން ކަމަށް 32 މީހަކު ބުނެފައިވެއެވެ. އެއީ ހަތް އިންސައްތައެވެ.

ވަގުތު ގްރެފިކްސް: ހުސައިން އަރުބާން ފައްވާޒް

"ވަގުތު ހޭރިޔާ" އިން ކުރި ދިރާސާގައި ބައިވެރިވެފައިވަނީ ވޯޓްލާ އާބާދީގެ ގާތްގަނޑަކަށް 17 އިންސައްތަ މީހުން ކަމުގައިވީއިރު، ދިރާސާގައި ބައިވެރިނުވާ މި އާބާދީގެ 80 އިންސައްތައަށް ވުރެ މީހުންގެ ވޯޓް އަންނަ ގޮތުން މި ނަތީޖާއަށް ބަދަލެއް އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަދި މާލޭގައި ހުންނަ ހޯރަފުށި ރައްޔިތުން ވޯޓް ލާ ފޮށީީގެ ނަތީޖާއިން ވެސް މި ނަތީޖާ ހަމަ ބަދަލުވެދާނެއެވެ. މި އިންތިޚާބުގައި އެކި ރަށްރަށުގެ ފޮށިތަކުގައި ވެސް ހޯރަފުށި ރައްޔިތުން ވޯޓް ލާނެ ކަމަށް ބެލެވެއެވެ. އެހެން ވިޔަސް މި ވާދަވެރި ރޭހުގައި ހޯރަފުށި މަލަމަތިން ފެންނަނީ ރަން ރީނދޫ އުއްމީދު އުތުރި އަަރާ މަންޒަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޣަފޫރު

    މި ވަރަށް ވިޔާނުދާކަމެއް. މީހުންގެ ހިތް މަރާލަން. އިރާދަކުރެއްވިއްޔާ ލާދީނީން ބަލިވާނެ

    14
    5
    • ޒައިކް

      ތިޔަ ސުރުހީއަކާ ދިރާސާގެ ނަތީޖާއަކާ މާބޮޑަށް ދިމައެއް ނުވޭ.. ގިނަ ޒުވާނުންގެ ވިސްނުން ލާދީނިއްޔަތާ ދެކޮޅުކަން ސާފު

      4
      3
  2. ވިސްނޭ

    ތިޔަ ވަރަށް ބުއްދި ވެރި ވިސްނޭ ބައެއް އުޅޭ ރަށެއްތާ.. އަސްލު ހަމަ މާބޮޑެތި ކެމްޕޭނު ޖަގަހަތަކަކާ ބާރު ލަވަތަކުގެ ބޭނުމެއް ނެތް އަދި ވަކި އަތަކަށް ގޮސް ހުސްވުމުގެ މާނައެއްވެސް ނެތް.. ރަށަށް ރަނގަޅު ބައެއް އަބަދުވެސް ބަލަންވީ.. މާބޮޑަށް ސިޔާސީ ވުމަކީ ބޭކާރުކަމެއް.. ތިޔަ އެހެން މީހުން އިބުރަތްހާސިލުކުރަންޖެހޭ ފައްކާ މުޖުތަމައެއް..

    18
    1
  3. ހުސްނު އަލީ

    ވަރައް ވިސްނުންތެރި ބަޔެއް އުލޭ ރަށެއްތީ. މިގޮތައް އެހެން ރައްރަށުގެ ކަންކަން ކުރާނަމަ ސިޔާސީ އޮއިވަރުގަ މުޖުތަމައު ހަލާކުވެގެން ދިޔުން ކުޑަކުރެވޭނެ.

    4
    1
  4. Anonymous

    މިމީހުން މިއުޅެނި މެޑީޕީން ލާރިދީގެން ކެންޕެއިންޖައްސަން އައިސްގެން ދިރާސާއެކިޔަނިހަމަ މި ކަޑަ ކަމެއް

    4
    2
  5. މުހަންމަދު

    މިއީ ރާއްޖޭގެ މީހުން އިސްލާމްދީނާއި، ވަތަން ދެކެ ލޯބި ނުވާކަމުގެ ހެކި.

    3
    1
  6. އިއްބެ

    މަށަކީވެސް ތިޔަރަށުމީ ހެއް ތިޔަރަށުގައި ގިނަވާނީ ބޯނުބައި ނުކިޔަވާ މީ ހުންނާ ހަސަދަލައިގެން އުޅޭ ބޭކާރީ ވީމަ މަވެސް ކުޑައިރުއްސުރެ މިއުޅެނީ މާލޭގައި.. ތިޔަރަށުގައި ގިނަވާނީ އަންނި ކުރާމީ ހުން

    4
    2
  7. ރަށު މީހާ

    މިއީ ކިހިނެއް ކޮއްފަހުރި ދިރާސާއެއްބާ. ތިޔަ ކުރާ ހިމޭން ކެންފެއިން ފެންނާނެ ފޭސްބުކް ޕޭޖުން. ބައްލަވާލެއްވުން ވަރަށް ރަނގަޅުވާނެ. ކަންމަތީ ސައިތަކާ، ކެމްޕޭން ބާބަކިއުތަކާ އަދިވެސް...