(ހއ. ދިއްދޫ) ބޮޑުތިލަދުންމަތީ އުތުރު ބުރީގެ ދިއްދޫގައި މީހުން އާބާދުވުމުގެ ކުރިން ރަށުގެ އަހުލުވެރިންގެ ހަޔާތް ދިޔައީ ހިޖުރަ ކުރުމުގައެވެ. ދޮނަކުޅިން ހޮނޑާފުށިން އެންމެ ފަހުން ދިއްދުއަށެވެ. އަތޮޅުގެ އެންމެ އާބާދީ ބޮޑު ދިއްދޫ ނެގުމަށް ފަހުގައި ދެން އެންމެ ބޮޑު އާބާދީއެއް އޮންނަ ހޯރަފުށީގެ ވާހަކަ ވެސް ދާދި އެއް ގޮތެވެ. ހަތިފުށީގައި އުޅެމުން ދިޔަ އެ ރައްޔިތުން، ހޯރަ ދޫނި އަރަމުން ދިޔަ ހޯރަފުއްޓަށް ހިޖުރަ ކުރީއެވެ. އަދި ހަމަ އެ ސަރަހައްދުގައި އޮންނަ ބެރިންމަދޫ މީހުން ވެސް ފަހުން ހޯރަފުއްޓަށް ދިރިއުޅުން ބަދަލުކޮށްފައި ވެއެވެ.
ދިއްދު އާއި ހޯރަފުށީގެ ހާލަތު އޮތީ ދާދި އެއް ގޮތަށެވެ. ބިމުގެ ދަތިކަން ކުރިމަތިވެ ފެހިކަން މަދުވެފައި އޮތް ދެ ރަށެކެވެ. ދިއްދޫ މި އޮންނަނީ ހއ. އަތޮޅުގެ ދަށްބިތުގައެވެ. ހޯރަފުށި މި އޮންނަނީ އަތޮޅުގެ މަތި ބިތް، ގުދުރަތީ ގޮތުން ވަކި އަތޮޅެއް ކަމުގައިވާ އިހަވަންދިއްޕޮޅުގައެވެ. މި ދެ ރަށުގެ ދެމެދުގައި ވަނީ ދަތުރުކުރަން ދަތި ގައްލަންދޫ ކަނޑެވެ.
ނަވާރަސަތޭކަ ފަންސާން އަށް ވަނަ އަހަރު ދެ އަތޮޅަކަށް ތިލަދުންމަތި އަތޮޅު ބެހުމަށް ފަހު އުތުރު ބުރީގެ ވެރިރަށުގެ ގޮތުގައި ދިއްދޫ ކަނޑައެޅީއެވެ. އަދި ދެކުނު ބުރީގެ ވެރިރަށުގެ ގޮތުގައި ކުޅުދުއްފުށި ކަނޑައެޅިއެވެ. އެއީ އޭރު ވެސް އެންމެ އުތުރުގައި އެންމެ އާބާދީ ބޮޑު ދެ ރަށެވެ. މި ގޮތުގައި ކުރިއަށް ދަނިކޮށް، ހއ. އަތޮޅުގެ ވެރިކަން ކުރާ ރަށުގެ ގޮތުގައި ހޯރަފުށި ކަނޑައެޅިގެން އައީ 1977 ގައެވެ. އެ ކަން ބަދަލުކޮށް އޭގެ ތިން އަހަރު ފަހުން އަލުން ދިއްދޫ އަށް ވެރިކަން ބަދަލު ކުރީ 1980 ގައެވެ.
އަތޮޅުގެ އެންމެ އާބާދީ ބޮޑު ތިން ރަށުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ވެސް މި ހާދިސާއާ ގުޅުވައި އެކި ވާހަކަތައް ދެކެވެއެވެ. ދިއްދޫ އާއި ހޯރިފުއްޓާއި އަދި އިހަވަންދޫގެ ދެމެދު އޮތް ވާދަވެރިކަމަކީ މިއަދު ރާއްޖޭގެ އެންމެ އިސް ސިޔާސީ ލީޑަރުން ވެސް ދައްކަވާ ވާހަކައެކެވެ. އެހެންވިޔަސް އަޚްލާގީ މިންގަނޑުގައި މުޅި އަތޮޅުގެ މަސްލަހަތު އިސްކުރުމަކީ އަބަދުވެސް މި އަތޮޅުން ފެންނަ ރީތި ސިފައެކެވެ.
ވެރިކަން ބަދަލު ކުރީ އަތޮޅުވެރިޔާގެ ލޯބިވެރިޔާ ބުނެގެން؟
ދިއްދޫން ހޯރަފުއްޓަށް އަތޮޅު ވެރިކަން ބަދަލުވެެގެން އައި އިރު، އަތޮޅުވެރިޔަކަށް ހުންނެވީ ވައިޖެހޭ އިބްރާހިމް ރަޝީދެވެ. މިހާރު އޭނާ ދުނިޔޭގައި ނެތެވެ. އަތޮޅުވެރިކަން ހޯރަފުއްޓަށް ބަދަލުވުމާ ގުޅޭ ގޮތުން މައިގަނޑު ގޮތެއްގައި ދެކެވެނީ ދެ ވާހަކައެވެ. ފުރަތަމަ ވާހަކައަކަށް އޮންނަނީ ދިއްދޫގައި ހުރި އަތޮޅު އޮފީސް ހަލާކު ވުމެވެ. ދެން ނަގަނީ ހޯރަފުށި ކަނބަލަކާއި ވައިޖެހޭގެ ރަޝީދު ކައިވެނި ބައްލަވައިގަންނަން އުޅުއްވުމުން އެ ވާހަކައެވެ.
ހއ. އަތޮޅު މޮޅަދު އަށް އުފަން އަތޮޅުގެ ތާރީޚްގެ ކަންކަން ދިރާސާ ކުރައްވާ މުހައްމަދު މޫސާ ވެސް މި ވާހަކަ ފާހަގަކުރެއްވިއެވެ. ގިނަ އަހަރުތަކެއް އަތޮޅުގޭގައި މަސައްކަތް ކުރެއްވި މުހައްމަދު ވިދާޅުވަނީ އެ ކަމަކީ ވައިޖެހޭގެ ރަޝީދުގެ ނުފޫޒުން ކުރެއްވި ކަމެއް ކަމުގައެވެ. އެއީ ހޯރަފުށިން އޭނާ ކައިވެނި ބައްލަވައިގަތް ކަނބަލުގެ ފަރާތުން ރަނުގެ ބައެެއްގެ ގޮތުގައި ހުށަހެޅުއްވީ ހޯރަފުއްޓަށް އަތޮޅު ވެރިކަން ބަދަލު ކުރުން ކަމަށް ވާހަކަ ދެކެވޭ ކަން އެބޭފުޅާ ފާހަގަ ކުރެއްވިއެވެ.
"މިކަން ހިނގީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު. ވައި ޖެހޭގޭ އިބްރާހިމް ރަޝީދުގެ އަތޮޅުވެރިކަން ދިއްދޫން ހޯރަފުއްޓަށް ބަދަލުކުރީ ނުފޫޒުގެ ބޭނުން ކޮށްގެން. އަތޮޅުވެރިޔާ އިބްރާހިމް ރަޝީދު އާއި އޭރުގެ ޕްރޮވިންސަލް އެފެއާސް (ފަހުން އެޓޯލްސް މިނިސްޓްރީ) ގެ ވެރިއަކަށް ހުންނެވި އަބްދުﷲ ހަމީދު އަކީ އެއްކޮށް ކިޔެވި ކްލާސްމޭޓުން. ވައިޖެހޭގޭ އިބްރާހިމް ރަޝީދު ވިދާޅުވެއްޖެ ކޮންމެ ކަމެއް އަބްދުﷲ ހަމީދު ކުރައްވާނެ. އަބްދުﷲ ހަމީދު އެކަމަށް "ޔެސް" އޭ ބުނި ހިސާބުން ވެރިކަން ބަދަލުކުރީ. ހޯރަފުށިން މީހަކާ އޭނާ ކައިވެނި ކުރަން އެ ކުއްޖާއަށް ރަން ކިޔުނު އިރު ވެރިކަން ބަދަލުކުރަން ވެސް ހިމެނީ. މިއީ ހަގީގަތަކީ. 1978 ވަނަ އަހަރުގެ ނޮވެމްބަރު 8 ވަނަ ދުވަހު ރައީސް މައުމޫން ވެރިކަމަށް ވަޑައިގަތީ. އޭގެ އަހަރަކާއި ތިން ދުވަސް ފަހުން އަލުން ދިއްދޫ އަށް ވެރިކަން ބަދަލުކުރީ. އެހިސާބުން އިބްރާހިމް ރަޝީދުގެ އަތުން އަތޮޅު ވެރިކަން ވެސް ގެއްލުނީ. ދެން އަތޮޅު ވެރިކަން ހަވާލު ކުރެއްވީ އުތީމު އާދަމް އަބްދުލް ރަހްމާނުއާ" މުހައްމަދު މޫސާ ތަފްސީލް ކޮށްދެވިއެވެ.
މުހައްމަދު މޫސާ އެކޭ އެއްގޮތަށް ދިއްދޫ އާއި އަތޮޅުގެ އެހެނިހެން ރަށްތަކުގެ ބައެއް މީހުން ވެސް ހަމަ މިގޮތަށް މި ވާހަކަ ކިޔައި އުޅެއެވެ. ދެން އަންނަނީ މިއާ މުޅިން ތަފާތު ވާހަކައެކެވެ. ފަހަރުގައި މި ދެ ވާހަކަ ކޮންމެވެސް ހިސާބަކުން ގުޅިފައިވުން ވެސް އެކަށީގެންވެއެވެ.
ކަތީބުން ވިދާޅުވަނީ އަތޮޅު އޮފީސް ހަލާކުވުން ކަމަށް
އެ ދުވަސްވަރު އުތީމު ކަތީބު ކަމުގައި ހުންނެވި އާދަމް އަބްދުލް ރަހްމާން (އުތީމު އާދަމްބެ) ދެއްކެވި ސަބަބަކީ ދިއްދޫގައި ހުރި އަތޮޅު އޮފީސް ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހުމެވެ. މި ގޮތުން ހުޅަނގު މޫސުމުގައި ވައި ގަދަ ދުވަހެެއްގައި އަތޮޅު އޮފީހުގެ ފުރާޅު ނައްޓައިގެން ދިޔަ ކަމަށް ވެއެވެ. އޭގެ ފަހުން އެ ތަނުގައި ވަގުތީ ހިޔާއެއް ހަމަޖެއްސި ނަމަވެސް ފުރާޅު ނައްޓައިގެން ދިއުން އާންމު ކަމަކަށްވީއެވެ.
"އަތޮޅު އޮފީސް ހިންގާ އިމާރާތް ކޮންމެ ފަހަރަކު ހުޅަނގު މޫސުމުގައި އެ އަންނަ ވިލާގަނޑުގައި ފުރާޅު އެއްލައިލައިގެން ދަނީ. ދެން ސަރުކާރުން ދެންނެވީ އަތޮޅު އޮފީސް ހިންގާ އިމާރާތެއް ހުރި ރަށަކަށް ވަގުތީ ގޮތުން މި ބަދަލުކޮށްދޭން. އެ ގޮތުން ހޯރަފުށީގަ އިމާރާތެއް ހުރުމުން ނިންމީ ހޯރަފުއްޓަށް އަތޮޅުވެރިކަން ބަދަލު ކުރަން." ތިން އަހަރު ފަހުން ދިއްދުއަށް އަލުން އަތޮޅު ވެރިކަން ބަދަލުކުރެވުނު އިރު އަތޮޅުވެރިޔާގެ މަގާމަށް އައްޔަން ކުރި އާދަމްބެ ވިދާޅުވިއެވެ.
އާދަމްބެގެ އިތުރުން މީގެ ކުރިން އަތޮޅު އޮފީހުގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒަކަރިއްޔާ ހުސައިން ވެސް ވިދާޅުވީ، އެއީ އޭރު އަތޮޅު އޮފީހުގެ ފުރާޅު ނައްޓައިގެންދާތީ އާއި އައު އިމާރާތެއް ހަމަޖައްސަން އޭރު ބަޖެޓެއް ނެތް ކަމަަށް ސަރުކާރުން އެންގުމުން ރަނގަޅު އިމާރާތެއް ހުރި ރަށަކަށް އަތޮޅު ވެރިކަން ވަގުތީގޮތުން ބަދަލު ކުރީ ކަމަށެެ. އެ ޒަމާނަކީ މިހާރު ހުންނަހެން ވަރުގަދަކޮށް އިމާރާތްތައް ހަދާފައި ހުރި ޒަމާނެއް ނޫނެވެ.
"ދެން ސަރުކާރުން އަންގައިފި ބަޖެޓެއް ދެވެން ނެތް ކަން. ދެން ވައިޖެހޭގޭ ރަޝީދަށް އެންގީ އަތޮޅު ވެރިކަން ކުރެވޭނީ ކޮން ރަށެއްގަ ކަން. ރަޝީދު ބޭނުންވީ ހޯރަފުއްޓަށް ބަދަލުކުރަން. ތިން އަހަރު ފަހުން އަނެއްކާ ވެސް ދިއްދުއަށް ބަދަލު ކުރީ އެތަން ހަދާފަ، އެފަހުން ފުރާޅު އެއްލައެއް ނުލާ" ފަހުން ދިއްދޫގެ ކަތީބު ކަން ވެސް ކުރެއްވި ޒަކަރިއްޔާ ހުސައިން ވިދާޅުވިއެވެ.
ސާޅީސް ދެ އަހަރު ފަހުން އަދުގެ ހާލަތަށް ބަލާއިރު އަދިވެސް އަތޮޅު ވެރިކަން ކުރަމުން އަންނަނީ އަތޮޅުގެ އެންމެ މީސް ގިނަ އަދި މެދުގައި އޮންނަ ދިއްދޫގައެވެ. ނަމަވެސް ހޯރަފުއްޓާއި ދިއްދޫގެ ވާދަވެރިކަން އަދިވެސް ބޮޑެވެ. މިއީ މި ދެރަށް ޖިއޮގްރަފިކަލީ ގޮތުން ދެ އަތޮޅެއްގައި އޮތުމުން ކަންތައް ވަމުން އަންނަ ގޮތް ކަމުގައި ވެސް ވެދާނެއެވެ. ދެ ރަށުގެ މީހުން އެއްބަޔަކު އަނެއް ބަޔަކަށް ސަމާސާކޮށް ދިމާ ކުރުމުގެ ގޮތުން ވަަނަންތަކާއި އެނޫންވެސް ވާހަކަތައް ދައްކާ ކަމީ އެންމެންނަށްވެސް އެނގޭ ހަގީގަތަކެވެ. ނަމަވެސް އިޖްތިމާއީ ކަންކަމުގައި ދެ ރަށުގެ ރައްޔިތުން ވެސް ގުޅިގެން މަސައްކަތް ކުރާކަން ފާހަގަކުރެވެއެވެ.
ހޯރަފުށީ މީހުން ހާދަ ވަރެއް މި ވަނީ ދިއްދޫ ހަބަރުތަކުގަ.. ހަމަޖައްސާލާ ބްރޯސް މާ ތެޅޭ އެއްޗެއް ނޫން.
އެ ހޯރަފުށީ މީހުންނެއް ނޫން އެހެން ބައެއް އެކަން އެ ކުރަނީ ހެދިގެން ތިބެ.. ދިއްދޫއަށް ފުލް ސަޕޯޓް ދޭނެ މިކޮޅުން.. މި ކޮޅުގެ ފެމިލީތައް ވެސް ބައިވަރު އުޅޭނެ ދިއްދޫގަ..ތި މާކުރީގަ އޮތް ވާދައެއް.. މިހާރު ދިއްދޫ އަކާ ވާދައެއް ނެތް ކައިރީގަ އޮތް އެހެން ރަށަކާ އޮތް އެއްޗެއް އޮތީ
ޒަކަރިއްޔާ ކަތީބާ އާ އުތީމު އާދަންބެ. މިއީ މުކަން އެންމެ ރަނގަޅަށް ދަންނަ މީހުން..
ދިއްދޫ މީހުންވެސް ބުނާނީ ހަމަ މިގޮތަށް.
ތީ އެހެން ރަށެއްގެ ބަޔަކު ދައްކާ ވާހަކަ އެއްތާ ލޯބީގެ ވާހަކަ އަކީ
ދިއްދޫ ކުދިން މި ހޯރަފުއްޓާ ގުޅުން ރަނގަޅު އެކުވެރި..ދިއްދޫއަކާ ހަސަދައެއް ވާދައެއް ނޯންނާނެ މިކޮޅަކުން.. އެއް އަތޮޅެކޭ ކިޔަސް މި ދެ އަތޮޅެއް.. ތި އޮތް ހަސަދައެއް އޮތީ މި އިހަވަންދިއްޕޮޅު ތެރޭގަ އޮތް ރަށަކާ.. ދިއްދޫގަ އެއަރޕޯޓު އަޅަންވެސް އަހަރެމެން ތާއީދު ހަމަ.. ޓަޝިއަރީ ހޮސްޕިޓަލްވެސް އަޅާފަ ހީރަފުށިން ދިއްދޫއަށް ވެސް ޓްރާންސިޓު ފުލައިޓެއް ބޭއްވީމަ އެވީ..
ހޯރަފުއްޓަކީ ވ ވިޔާނުދާ، އަނގަހަޑި، ދީނާ ދުރު ބަޔަކު އުޅޭ ރަށެއް
ދިއްދޫ މީހެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ އަނގަ ހަޑި ދީނާ ދުރު ގޯސް މީހުން އުޅޭނޭ ކޮންމެ ތަކަނުވެސް. އެހެނޭ ކިޔާފަ ވަކި ހޯރަފުށީ މީހުންނަކީ މިހެން އުޅޭ ބަޔަކޭ އެހެން އުޅޭ ބަޔަކޭ ބުނެވޭކަށް ނުއޮންނާނެ. ހަސަދަވެރިކަން ދޫކޮށްލާ. އަހަރެމެން ތެރޭގަ ވެސް ދީނާ ދެކޮޅު އަނގަހަޑި މީހުން އުޅޭ. އެހެން މީހުންގެ ވާހަކަ ނުދައްކާ އަހަރެމެން ތެރޭގަ ހުރި ކަންކަން އިސްލާހު ކުރަން އުޅެމާ.
ވައިޖެހޭގެ ރަޝީދު އެއީ ވަރަށް ބިޓިން މީހެއް
އަތޮޅުގެ ވާދަވެރިކަން އުފެދުނީ ހޯރަފުއްޓަށް ވަގުތީގޮތުން ވެރިކަން ބަދަލު ކުރުމުން.
ދިއްދޫ އަކާ ނެތް ވާދަވެރިކަމެއް.. މާކުރީގަ ކަމަށް ތިވާނި.. ދިއްދޫ ތުރާކުނު މީހުން މި ހއ އިންވެސް ހޯރަފުއްޓަށް އެންމެ ރަނގަޅީ.. އެހެން ބަޔަކު ތި ކޮމެންޓުތައް ކުރަނީ ރުޅިއަރުވަން ހޯރަފުށީގެ ނަމުގަ.. ފޭކު އެފްބީ ޕޭޖެއްވެސް ހިންގާނެ އެރަށު މީހުން ހޯރަފުށި ހޮސްޕިޓަލޭ ކިޔައިގެން..
ދިއްދޫ އަކާ ވާދަ އެއް ނުކުރެވޭނެ އެހެން އެއްޗެއް ކިޔސް އދި މިހާރު އޮތީ އިހަވަންދޫ އާ ހޯރަފުށި ވާދަވެރިކަ. ހޯރަފުށީގަ އެއާޕޯޓް އެޅީމަ ރުޅި އައިސްގެން އިހަވަންދޫ މީހުން އެ އެއާޕޯޓު ބޭނުންވެސް ނުކުރޭ
އަޅެ އެއްޗެއް ކިޔާދީބަލަ.. ހޯރަފުށި ހަަބަރަކަށް ދިއްދޫ މީހުން ހަސަދަވެގެން ކޮމެންޓެއް ނުކުރޭ.. އެކަމު ދިއްދޫ ހަބަރުތައް ހަސަދައިގެ ބަސްތަކުން ފުރިފަ.
މަށަށް މިހާރު ގަބޫލު ކުރެވޭ އަތޮޅުގެ މައި ރަށަކީ ދިއްދޫކަން. އެއީ މައި ރަށަށް އަބަދުވެސް އެއްޗެހި ކިޔާނެ އެހެން ރަށްތަކުން، މިސާލަކަށް މާލެ
ހޫން ހޯރަފުށީ މީހުން ވިއްޔާ އެހެން ރަށެއްގަ ކަމެއްކުރާތީ ހަސަދަ ވެގެން ލޮލަށް ނިދި ނައިސްގެން އުޅެނީ.. ތީ ހަސަދައިގެ ކޮމެންޓެއް ސީދާ އަހަރެމެން ނުކުރަން ރިޕްލައިއެއް ދިނުން ފިޔަވާ.. އެހެން ނޫނަސް ދިއްދޫއަކާ ވާދަވެރިކަމެއް މިހާރު ނުވެސް ނެތް..ވާދަ ކުރަނީ އެހެންބަޔަކާ.. ރައީސް ޔާމީނު އަޅަން ނިންމާ ބަޖެޓު ކުރި އެއަރޕޯޓް ނިންމުން ފިޔަވާ މި ސަރުކާރުގަ ހޯރަފުށީގަ ހިންގި މަޝްރޫއެއް ދައްކަބަލަ، ހުސް ކުރެހުނާ ބިންގާ އެކަމު ތިޔަ އުޅެނީ ނިދި ނައިސްގެން އަލީ ހާޝިމުމެން ހޯރަފުށީގައޭ ހުރިހާ މަޝްރޫއެއް މިސަރުކާރުން ހިންގަނީ ކިޔައިގެން..
ޔެސް އައި އޯލްސޯ ނޯޓިސްޑް ދެޓް ދިސް އިޒް ހެޕެނިންގ
ދި ދޮގެއް.. ހޯރަފުށީ މީހުން އެހެން މީހުންގެ ކަންތަކަކާ ނުބެހޭނެ.. އަހަރެމެން ބަލަނީ އަހަރެމެންގެ ތަރައްޤީގެ ކަންތައް ކުރެވޭތޯ.. އެފް.ބީގަ އުޅޭނެ ހޯރަފުށި ނަމުގަ ހަދާފަ އޮންނަ ފޭކު ދެ ޕޭޖެއް އެތަނުން އެއްޕޭޖު ހިންގަނީ ކައިރި ރަށެއްގެ ބައެއް އެމީހުން މަސައްކަތްކުރަނީ އެހެން ރަށްރަށާ މިރަށާ ޖެއްސުމަށް.. އެމީހުން ބެހޭނެ ހުރިހާ އެންމެންގެ ކަންކަމާ.. ދެން އިން ޕޭޖު ހިންގާ ބައެއް ނޭނގޭ.. އަސްލު ދިއްދޫއާ އެއްވެސް ހަސަދައެއް ނޯވޭ މާކުރީގެ ކަމެއް ތި އޮތީ..
މަރުވުމުން ދާންޖެހޭނީ އެކަނި
ކުދިންނޭ ހަމަޖެހޭ، ތިއިީ ހޯރަފުއްޓާއި ޖެހިގެން އޮތް ރަށުގެ މީހުން ކުރަ ކަމެއް. ނަން ކިޔާކށް ނެތިންޒ. އެމީހުން ހޯރަފުށި ނަމުގަ ކޮމެންޓުކޮށް ނަގަނީ. ދިއްދޫ މީހުން އަހަރެމެންނަށް ހެޔޮ، ނެތް އެއްވެސް ރުޅިވެރިކަމެއް ދެރަށް ދެމެދު
އަތޮޅުގެ އާބާދީ- ރާއްޖޭގެ އޭރުވެސް އެންމެ ބޮޑު. އެހެންވެ އުތުރު ގަޑުބަޑަށް ފަހު އަވަހަ ނާސިރު އަތޮޅު ބައިކުރީ
އިހަވަންދިއްޕޮޅުގަ އޮތް ވަކި ރަށެއްގެ ބަޔަކު ހއ. އަތޮޅު މޯހުންގެ މެދުގަ ބައިބައިވުން އުފައްދަން ނޫޅޭށޭ. އަބަދުވެސް ފާހަގަވޭ އެމީހުން އެހެން އުޅޭކަން. އަބަދުވެސް ލާރި ލާރި ލާރި. ބަލަ އަދި ދާން ޖެހޭ ދުނިޔެ އެއް އެބަ އޮތޭ!
ހޯރަފުއްޓާ ދިއްދޫގެ ރައްޔިތުން ވ އެކުވެރި
އެދުވަސްވަރު ހޯރަފުއްޓަކީ ތައިލޭންޑްގެވެރިރަށް ބެންކޮކެވެ. ވަރަށްބިޓުންކާމިޔާބުވާނެ
މޮޅު އެއްޗެއް ބުނެލީ.. ތިޔަ ބެންކޮކަށް ވުރެއް މާނުބައި މުޅި ރާއްޖެވެސް އޭރުވެސް މިހާރުވެސް.. ތިޔަ ނޫނަ ތަނެއް ދިމައެއް ނުވޭ މަށަކާ..
އިތީމު އާދަންބެ ދިއްދުއަށް ހެދިގޮތުގެ ރިޕޯރޓެއް ލިޔަންފެނޭ. ލައްކަ ވާހަކަމީ
ބުނަން ވާހަކަ އެއް. މިއީ ވަގުތީ ދުނިޔެ އެއް. ހަސަދަވެރި ނުވޭ. ބަޔަކަށް ލިބެން އޮތް އެއްޗެއް ނުހުއްޓުވާ. މިއީ ވަގުތީ ތަނެއް. އިސްލާމް ދީނުގެ ރިވެތި އަހްލާގުތަކުގައި ހިފާ.
އިހަވަން ދޫ މީހުން ނަން ހޭލުން ތެރިކުރަން ކުލާސްތައް ނަގާ ދޭން ވެއްޖެ. ސަބަބު ޖޭވާތީ.
ވަރުގަދަ ހއ އަކާތާ މިއޮށްފަދަ ރޯދަމަހު ވަގުތުނޫހާ ލައްވާލާފަ މިއޮތީ..
އާދަންބެމެންގެ އެވާހަކަތަކަކީ ހަމަ ބުއްދިން ގަބޫލް ކުރާނެ ވާހަކައެއްނޫން އެއިރުވެސް ދިއްދޫގަ އަތޮޅުއޮފީސް ހިންގޭ ފެންވަރުގެ އިމާރަތްތައް ހުރީ ދިއްދޫމީހުންނަކީ ރާއްޖޭގެ ބޭރައް އަމިއްލަ ބައްތެލިއޮޑިފަހަރުގަ ދަތުރުކުރި މުއްސަންދި ދިރިއުޅުމެއްއުޅުނު ރަށެއް އެއްމެގޮވާލުމަކައް އެކަހަލަ އެތައް އިމާރާތެއްހަދާލަން މާގިނަދުވަހެއްނުނަގާނެ އެދުވަސްވަރު މުޅިރާއްޖޭގަވެސް އީޓްޖަހާ ހިޔާކޮއްރަނގަޅުފެންވަރެ ގެދޮރުހުރި ތަހުޒީބް އެއްރަށަކީ ހއދއްދޫ އަދި މީހާރުވެސް ހަމަ އެތަރައްގީއާ ތަހުޒީ ކުއްމަދު ރަށަކީ ހއގަ ދިއްދުއެވެ މީއޮޅުވާލެވޭނެ ހަގީގަތެއްނޫން ބަޔަކު އަބަދުވެސް ދިއްދޫ އާއި ޒާތީވެފަ އޮންނަލެއްބޮޑީ އެކަން ދިއްދޫމީހުން އެހާ ސީރިޔަސްކަމަކައް ނުހަދަނީ
ކޮންމެފަދަ ގުރުބާނީއެއްވެގެންވެސް ހއދިއްދޫގަ އެއަރޕޯޓެއްއަޅާނަން މާދުރުނޫން މުސްތަގުބަލެއްގަ މީސަމާސާވަާހަކައެއްނޫން
ޙޯރަފުށި މީހުނާ މި އަތޮޅު ރަށްތައް ޖައްސުވާނަން
އެކަން ކުރަން ހަދައިގެން އިހަވަންދޫ މިހާރު ތި ކަނޑަނީ ފަހަތަށް، އެހެން މީހުންގެ ކަންތަކާ ނުބެހި އަމިއްލަ ރަށް ތަރައްޤީކުރަން އުޅުން ބުއްދިވެރި..