(ހއ. ދިއްދޫ) ހަޔާތުގެ ސަފްހާތައް ގުނަމުންދާ ވަރަކަށް ކޮންމެ މީހަކަށް ވެސް ބަދަލުތަކެއް އަންނާނެއެވެ. މައިމީހާގެ ބަނޑުން ވިހެއުމާއެކު އެ ތުއްތު ދަރިފުޅު ހެދިބޮޑުވުމަށް އަނެކާގެ އެހީތެރިކަން ބޭނުންވާ ބީދާއިން ކޮންމެ މީހެއްގެ ވެސް ޒުވާންކަމުގެ ޖޯޝާއި ބާރުވެރިކަން ފަނޑުވެގެން ދާނެއެވެ. މުސްކުޅިވެ، ގައިބާރު ދެރަވެ، އަނެކާގެ އެހީތެރިކަމަށް ބޭނުންވާ ދުވަސް ބައްދަލުކުރާނެއެވެ. މިއީ ކޮންމެ އިންސާނެއްގެވެސް އުފެދުމުގައި ﷲ ސުބްހާނަހޫ ވަތައާލާ ލައްވަވާފައިވާ ކަންކަމެވެ.

ކޮންމެ މީހަކުވެސް ބޭނުންވަނީ ތާއަބަދަށް ޒުވާންކަމުގައި ހުންނާށެވެ. ނަމަވެސް އެ ނިއުމަތް މި ލިބެނީ މަދު ބަޔަކަށެވެ.

ބޮޑުތިލަދުންމަތީ އުތުރުބުރީގެ މެދުގައި އޮންނަ ހއ.ދިއްދޫ އަށް އުފަން ސައީދު މުހައްމަދު (ބޮޑު ސައީދު) އަކީ އުމުރުން 65 އަހަރުގެ މީހެކެވެ. އޭނާއަކީ ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ހާޝިމް (ސްމިތު) ގެ ބައްޕައެވެ. މުސްކުޅިވިއިރު ވެސް އޭނާގެ ހަށިގަނޑަކަށް މާ ބޮޑެތި ބަދަލުތަކެއް ނާދެއެވެ. އަދިވެސް ހުރީ ޒުވާންކަމުގެ މަތީގައެވެ. ޒުވާންކަމުގެ ޖޯޝާއި ހިތްވަރު އަދިވެސް އޭނާގެ އެބަހުރިއެވެ. އެ ބާރުވެރިކަމަށް ބަދަލެއް އައިސްފައިވާ ކަމެއް ފާހަގަނުކުރެވެއެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ މި ނިއުމަތް އޭނާއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ އަދި ބޮޑު ސައީދުގެ ޒުވާން ކަމުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟

ބޮޑު ސައީދު "ވަގުތަށް" އިންޓަވިއު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ގިނަ ބަޔަކު ޝައުގުވެރިވި މި ވާހަކަތައް "ވަގުތު" ހޭރިޔާ ޓީމަށް ކިޔައިދެމުން ބޮޑު ސައީދު ވަނީ އޭނާގެ ހަޔާތުގެ ސަފްހާތައްވެސް ހިއްސާކޮށްފައެވެ. ބޮޑު ސައީދު ބުނި ގޮތުގައި އޭނާއަކީ ފެށުނީއްސުރެވެސް ކެއުމުގެ ވައްޓަފާޅިއަށް ވަރަށް ބަލައިގެން އުޅުނު މީހެކެވެ. ކެއުމުގައި ވަކި ހައްދެއް އަބަދުވެސް ގެންގުޅޭ ކަމަށް އޭނާ ބުނެއެވެ.

"ޒުވާން އިރުގައި ވެސް އަދި މިހާރުވެސް އަޅުގަނޑު އޮންނާނީ ވަކި ލިމިޓެއް ކެއުމުގައި. ހަމަ ރައްޓެހި ރަހްމަތްތެރިންނާއެކު ކޮފީތަކަށް އަރަން. އެކަމަކު އަޅުގަނޑުގެ ކެއުން އޮންނާނީ ވަކި ގޮތަކަށް. އަޅުގަނޑު ނުކާނަން ބޭނުންހާ އެއްޗެއް އޭރުވެސް. އަބަދުވެސް ބަތް ކާއިރު ކައި އުޅެނީ މުށެއްގެ ބަތް، ތެޔޮ ރޮށި ނަމަ 3-4 ރޮށި. އެއަށް ވުރެ އިތުރަށް ކިތަންމެ ބަނޑުހައިވެފަ އިނަސް ކައިފައެއް ނުހުންނާނެ." ބޮޑު ސައީދު ކިޔައިދިނެވެ.

ކެއުމުގެ ވައްޓަފާޅީގެ އިތުރުން އޭނާއަކީ ކުޑައިރުއްސުރެ ވަރަށް ހެލިފެލިވެ އުޅުނު މީހެކެވެ. މަސްވެރިވެރިކަމަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އުމުރުން 25 އަހަރު އެ މަސައްކަތް ފެށިއިރު ބޮޑު ސައީދަކީ ކަނޑުގެ އެކި ސަރަހައްދުތަކަށް ފީނާ އުޅޭ މީހެކެވެ. ގައްލަންދޫ އެތެރެވަރީގައި އޭނާ ނުފީނާ ތަނެއް ނޯންނާނެ ކަމަށް ވެއެވެ. މިހާރުވެސް ހަފްތާއަކު ދެ ފަހަރު ނޫނީ ތިންފަހަރަށް ފީނާލަން ނުވަތަ ފަތާލަންދާ ކަމަށް އޭނާ ބުންޏެވެ. ފެތުމަކީ ކުރެވޭނެ އެންމެ ދުޅަހެޔޮ ކަސްރަތުކަމުގައިވެސް ފާހަގަކުރިއެވެ.

ބޮޑު ސައީދު ވަގުތަށް އިންޓަވިއު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މީގެ އިތުރުން ބޮޑު ސައީދަކީ ޒުވާން އިރު ދިއްދޫގައި ވަރަށް ގަދައަށް ފުޓްބޯޅަ ކުޅުން އެކަކެވެ. އޭރު ފުޓްބޯޅަ ހަދާ އުޅުނީ ކުކުޅު އަދި ވެލާ އެއްޗެހިގެ ހަންގަނޑު ހިއްކައިގެން ސާފުކޮށްގެން ކަމަށް އޭނާ ބުންޏެވެ. ފުޓްބޯޅާގެ އިތުރުން ވޮލީއާއި، ސަގާފީ އެކި ކުޅިވަރުތައްވެސް ކުޅިފައިވެއެވެ. އަދި މިހާރުވެސް ސަގާފީ ހަރަކާތެއް ބާއްވާނަމަ ބައިވެރިވަން ތައްޔާރަށް ހުރިކަމަށް އޭނާ ބުންޏެވެ.

ބޮޑު ސައީދު ވަނީ ރަށުގައި ހިންގި އެކި ކޯސްތައްވެސް ފުރިހަމަ ކޮށްފައެވެ. އެގޮތުން ކަސްރަތު ކޯހަކާއި، ފެތުމުގެ ކޯހެއްގައި ބައިވެރިވެ، ވަނަ ހޯދާފައިވެއެވެ. އަދި ފަޔާ ފައިޓިންގް ކޯހަކުވެސް ބައިވެރިވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ބޮޑު ސައީދަށް 65 އަހަރު ވިއިރު އޭނާގެ 9 ދަރިން ތިބެއެވެ. އެއީ ދޮށީ އަނބީގެ އެއް ދަރިއާއި ހަނގު އަނބީގެ 8 ދަރިންނެވެ. މަސްވެރިކަމުން ލިބުނު ފައިދާއިން ބޮޑު ސައީދު ފިހާރައެއް ހުޅުވިއެވެ. ސިޓިންގް ރޫމް ތަންކޮޅެއްގައި ހުޅުވި އެ ފިހާރަ ބޮޑު ކުރަމުން ގޮސް މިހާރު އެ ފިހާރަ ވަނީ ވަރަށް ބޮޑަށް ބޮޑުކޮށްފައެވެ. ކޮވިޑްގެ ބަލިމަޑުކަން އައުމުގެ ކުރިން ދުވާލަކަށް 30 ، 25 ހާސް ރުފިޔާ ލިބޭކަން އޭނާ ފާހަގަކުރިއެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މިހާރު ވިޔަފާރީ ވަރަށް ބޮޑަށް އަނޑިއަޅާލާފައިވާ ކަމަށް ބުންޏެވެ.

ބޮޑު ސައީދު ވަގުތަށް އިންޓަވިއު ދެނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޒުވާންކަން ދަމަހައްޓަން ބޭނުންވާނަމަ ދިން ނަސޭހަތަކީ ކެއުމުގެ ވައްޓަފާޅިއަށް ސަމާލުވުމެވެ. އަދި ޒުވާންއިރު ގޭމްކުޅެން އެއްތަނަކަށް ޖެހިފައި ތިބުމުގެ ބަދަލުގައި ހެލިފެލިވެ އުޅުމަށް އޭނާ އެދެއެވެ.

ކިރުތުބުން ނެއްޓި ކޮންމެ ޅަ ކުއްޖެއްވެސް ފުރާވަރަށް އަރާނެއެވެ. ފުރާވަރުގެ ދުވަސްރުން ނެއްޓި ޒުވާންކަންވެސް ބައްދަކުރާނެއެވެ. އަދި ޒުވާންކަމުގެ ކުލަވަރު ފަނޑުވެ، މުސްކުޅި އުމުރު ފުރާއަށްވެސް އަޅާނެއެވެ. ނަމަވެސް ޒުވާން އިރު ނުކުރި މަސައްކަތެއް މުސްކުޅި ވާ ދުވަހު ނުކުރެވޭނެއެވެ. ޒުވާންއިރަށް ވުރެ މުސްކުޅި ވުމުން ތިމާގެ ހާލު ދެރަވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    magey bappa ah 68 aharu..mashaAllah hama thihaa zuvaan kan mathy hunnaaany

    13
  2. ކާފަ

    65 އަކީ އަދި މުސްކުޅި ވުމެއްނޫން...

    25
  3. ބޭބެ

    ސައީދުބޭ ގެ އެއްމެ ރަނގަޅު ސިފައަކީ އަމިއްލައަށް އިސްނަގައިގެން އިޖުތިމާއި ކަންތައްތަކުގަ ބައިވެރިވާ ބައިވެރިވުން. މީހަކު ނިޔާވިޔަސް އެންމެ ކުރިން އެތަނެއްގަ ހުންނާނީ ސައީދުބޭ.

    20
  4. އީމް

    65 އހަރުގެ ތި މީހާ އަށް ވުރެން މާ ޒުވާން ތިމާގެ މީހުން މަގޭ އެބަތިބި! ކަރުގަ ވެސް ރުލެއް ނެތް! ލޮލް 65 ވިޔަސް ގިނަ މީހުން މާ ބޮޑަކަށް މުސްކުޅި ނުވޭ ބަލި ނުވަންޏާ! ލޮލް

    11
    2
    • މުނޮން

      ދޭތެރެ ދެމެދުން ލޮލް ޖަހާލީމަ ވަރަށް ކޫލް އިނގޭ ދެން. ގަދަ ގޮލައެއް.

  5. ސްކިޕަރ

    ހެހެހެހެ.. ބޮލުން ފަތް ނުފައިބާ ހުރީމަ ދޯ ތިކިޔަނީ ތިހެން.. އެހެން ނޫނަސް 65 އަކީ ލޭޓް އެޑަލްޓްހޫޑް. އެއީކީ މުސްކުޅިއެއް ނޫން. ދިވެހިންނާއި ދިވެހީންގެ ޕާސްޕްޝަންސް.. ހހެހެހެހެ

    9
    1
  6. ޏަން

    މި ހާރު މާ ދިއްދޫ މި ނޫ ހުގައި ބޮޑު ގުޅައީ ކީއްވެބާ؟ މުޅި އޮަޑީގައި ދިއްދޫ ދެފައި

    21
    3
    • ތަފާލަ

      ތިދެން އެއްޗެކޭ ކިޔާފާނެ..ހަޖަމުނު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަވަނީތަ؟؟ އަސްލުކޮނާތަ މައްސަލާޔަކީ؟؟؟ އަހަރެމެނަށް ރާއްޖޭގެ ރައްފުށުގެ މައުލޫމާތާ ވާހަކަ ވަރަށް ކަމުދޭ ލިޔާބިތްވެސްވޭ..ދެން ވަގުތުނޫސް ކިޔާމީހަކުނަމަ އެގޭނެދޯ ޖޭރިޔާޓީމު މިވަނިދޖމާޔަކަށޭ ލިޔެފައޮވޭދޯ...ދެންއެހެން ނޫނަސް ކިޔާހިތް ނުވަންޏާ ނުކީމަ ނިމުނީ..ލިޔާވާހަކަޔަށް ތިކަހަލަ ކޮމެންޓު ނުކުރާނެ....ޝުކުރު ކުރަންދަސްކޮއްބަލާ އިންސާނާ

      7
      1
    • ބޮން

      ޖުއްލާބުން އަބަދަވުސް ހަޖަމުގެ މައްސަލަތައް ހައްލުކޮށްދޭ. ތިބޭފުޅާއަށް އަދި ތިބޭފުޅާގެ އާއިލާ އަށްވެސް ޖުއްލާބް ހިޔާރް ކުރަށްވަ

  7. Anonymous

    ދުޅަ ހެޔޮ ސިއްހ ހަތެއްގާ ހުރުމަށް ކަސްރަތުކުރުމާ ކެއުންބުއިމުގެ މެދުމިންގަނޑު ފާ ހަގަކުރުން ރަނގަޅު... އެކަމަކު ﷲ ދެއްވި ޢުމުރު ބޭރުފުށުން ބަދަލުކުރުމަކީ މައްސަލަޔެއް..
    އިސްތަށިގަނޑު ކަޅުކޮށް ތުނބުޅިބާލާ އޮމާންކުރީމާ ދެން މިވާގޮތަކީ ތިމާޔަށް ތިމާގެ ހަށިތަށް އުނިވަމުންނުދާކަން ޝައިތާނާ ޢާފިލްކޮ އްދޭނެ. އަދި އެއީ ޔަހ ހޫދީންނާ ނަސާރާއިންގެ އެއްޗެއް...

    12
    1
  8. އަލީ

    އެންމެ ލޯބީ އަމީނާ

    2
    3
  9. ސަމް

    ސައީދުބެ ދެޢްކި ވާހަކަތަކަށް ތާއީދު.. ހަމަ ހަގީގަތުގަވެސް ކެއުމުގައި މެދުމިންގަޑެއްގެން ގުޅުމާއި ހެލިފެލިވެ އުޅުމަކީ މީހާ ޒުވާންކަމުގައި ބެހެއްޓުމުގެ އިތުރަށް ސިއްހަތަށްވެސް އެހާމެ ފަައިދާ ހުރި ދެ ކަންތަކެވެ... 💯💯

    6
    1
  10. ތަފާލަ

    ތިދެން އެއްޗެކޭ ކިޔާފާނެ..ހަޖަމުނު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަވަނީތަ؟؟ އަސްލުކޮނާތަ މައްސަލާޔަކީ؟؟؟ އަހަރެމެނަށް ރާއްޖޭގެ ރައްފުށުގެ މައުލޫމާތާ ވާހަކަ ވަރަށް ކަމުދޭ ލިޔާބިތްވެސްވޭ..ދެން ވަގުތުނޫސް ކިޔާމީހަކުނަމަ އެގޭނެދޯ ޖޭރިޔާޓީމު މިވަނިދޖމާޔަކަށޭ ލިޔެފައޮވޭދޯ...ދެންއެހެން ނޫނަސް ކިޔާހިތް ނުވަންޏާ ނުކީމަ ނިމުނީ..ލިޔާވާހަކަޔަށް ތިކަހަލަ ކޮމެންޓު ނުކުރާނެ....ޝުކުރު ކުރަންދަސްކޮއްބަލާ އިންސާނާ

    3
    3
  11. ވާނުވާ

    ކެއުމާއި ބެހޭގޮތުން ދެއްކި ވާހަކަ ރަނގަޅު. އެކަމަކު ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވުނު ނަމަ ސްމިތު ކަހަލަ ދަރިޔަކު ނުހުރީސް

    11
  12. އޭނާ

    ނުރަޖެހީމާ ކަންބޮޑުވެ ބޯކަޅުކޮށް ތުނބުޅިބާލާ ޒުވާންވާން މަސަ އްކަތްކުރާ މީހާ ބުނާކަހަލަ
    ތިމާ އީ އިއ އްޔެ މެންދުރުގެ ޅަކު އްޖެކޭ.. ދުވަހަކު މަރެ އްނުވާނޭ. އެފަދަ މީހާޔަކަށް ނޭނގޭނެ ޤަބޫލެ އްވެސް ނުކުރާނެ ތިމާ ﷲ އާ ބަ އްދަލުވާން ޖެހޭ ދުވަސް ކަ އިރިވާތީ ހޭ އެރު އްވުމުގެ ގޮތުންނޭ ނުރަޖަހާލާފަ މިތިބީ..

  13. ބަލައިގެން ކެއުން

    ކެއުމުގެ ވައްޓަފާޅި އަސްލު ވަރައް މުހިންމު މީހާ ފިޓްކޮށް ހުއްނައް. އެމީހާ ގެ ކެއުމުގެ އުސޫލުތަކާ އަހަރެންގެ ކެއުމުގެ އުސޫލުތަކާ ވަރައް އެއްގޮތް... މަށައް މިހާރު 30 ފެއްނަފެނުމަށް އަދިވެސް މީހަކަށް އުދަގޫވާނެ މަށަށް 22 އަހަރޭބުނައްވެސް... 18 އަހަރުގަ ނަގާފަ ހުރި ފޮޓޯތަކާ މިހާރާ ހުރިތަފާތަކީ ނުރަ ކޮއްމެސް ވަރަކަށް ހުރުން

    2
    2