(ހއ. މޮޅަދޫ) ނިކަގަހެކޭ ބުނެފި ނަމަ، އެއީ ގިނަ ބަޔަކަށް އާ ގަހަކަށް ނުވާނެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ކިތަންމެ ނިކަގަހެއް މިއަދު ފެންނަން އެބަހުއްޓެވެ. ރާއްޖޭގައި ހެއްދޭ އެންމެ ބިޔަ އެއް ގަހަކީ ނިކަ ގަހަށްވާ އިރު، އެ ގަހަކީ މިހާރު ހިމާޔަތް ކުރެވިފައިވާ ގަސްތަކުގެ ތެރެއިން ގަހެކެވެ.
މޮޅަދޫއަކީ ނިކަ ގަސް ގިނަ ރަށެކެވެ. އަތިރިމަތީގައި އާއި ވަލު ތެރެ އާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ނިކަ ގަސްތައް ހެދިފައި ހުރެއެވެ. އެއީ ވަރަށް ބޮޑަށް ފެތުރޭ ގަސްތަކެކެވެ. މޮޅަދޫގައި ވެސް އެ ގަސްތައް ވަރަށް ބޮޑަށް ފެތުރި އެ ގަހުގެ މޫތައް ވަނީ ދަމާލައިފައެވެ.
ނިކަ ގަހަކީ ރާއްޖޭގެ ވަލުގައި ވަރަށް ގިނަ އެއްޗެކެވެ. އެއީ ރާއްޖޭގެ ވާވަލުގައި އެންމެ ބޮޑެތިކޮށް ހެދޭ އެއް ގަހެވެ.
މި ގަސްތަކާ ގުޅޭ ގޮތުން މޮޅަދޫގެ މުސްކުޅިވެރިން ބުނާ ގޮތުން މި ރަށުގައި ހެދިފައިވާ ނިކަ ގަސްތަކުގެ ތެރެއިން ހިމާޔަތް ކުރެވިފައިވާ ބޮޑެތި ހަތަރު ގަހަކީ ގަރުނަކަށް ވުރެ ގިނަ ދުވަސްވެފައިވާ ގަސްގަހެވެ. ގަސްތަކުގެ ތާރީހަށް ބަލާ ނަމަ 1932 ވަނަ އަހަރުގެ ތެރޭގައި އައި ބޮޑު ވިއްސާރައިގެ ދުވަސްވަރުގައި ވެސް އެ ގަސްތައް ހުރި ކަން ރަށުގެ ދުވަސްވީ ރަށްވެހިންނާ ވާހަކަ ދައްކާލުމުން ވެސް އެނގިގެން ގޮސްފައިވެއެވެ.
ދިވެހި ބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުން ރާއްޖެ ތެރޭގައި ތިބި ދުވަސްވީ ގަސްތައް ހިމާޔަށް ކުރުމުގެ ގޮތުން ކެމްޕެއިން ހަރާކާތެއް ވަނީ ހިންގާފައެވެ. އެހަރަކާތުގެ ތެރެއިން މޮޅަދޫ ގައި 100 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ހިމާޔަތް ކުރަންޖެހޭ ގަސްތަކެއް ހުރިތޯ ބެލި ބެލުމުގައި މޮޅަދޫގެ ރައްޔިތުން ފާހަގަ ކުރި ހަތަރު ގަހަކީ 100 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ގަސްތައް ކަމަށް ކަނޑައަޅައި މިހާރު އެގަސްތަކަކީ ހިމާޔަތް ކުރެވިފައި ހުރި ގަސްތަކެއް ކަމުގައި ނިންމާފައިވެއެވެ.
ރާއްޖޭގައި ހެދޭ ގަސްތަކުގެ ތެރެއިން ނިކަ ގަހަކީ އެންމެ ބޮޑު ބިޔަ ގަސްތަކުގެ ތެރޭގައު ހިމެނޭ އެއްގަހެވެ. މި ގަސްތައް ހެދިފައި ހުންނަ ސަރަހައްދުގައި ހިޔާ ބޮޑުކަން ވަރަށް ބޮޑަށް އޮވެއެވެ.
މޮޅަދޫގެ ރައްޔިތުން ބުނާގޮތުގައި ހިމާޔަތް ކުރެވިފައިވާ މި ނިކަ ގަސްތަކަކީ އެރަށާ ކައިރީ އޮންނަ މަނަފަރު ރިސޯޓަށް ޒިޔާރަތް ކުރާ ފަތުރުވެރިންނާއި އަދި އެކި ސަރަހައްދު ތަކުން އެރަށަށް ޒިޔާރަތް ކުރަމުންދާ މީހުންނަށް ވަރަށްވެސް ހިތްގައިމު ތަނަކަށް ވެގެން ގޮސްފައިވާ ކަމަށެވެ. އެފަދަ މީހުންގެ ފިނި މައިޒާނަކަށް ވެސް މި ތަން ވެގެން ގޮސްފައިވާ ކަމުގައި އެމީހުން ބުނެއެވެ.
އެތައް ޒަމާނަކުން ހެދިފައިވާ މިފަދަ ބޮޑެތި ގަސްތައް ކަނޑާލުމަކީ މޮޅަދޫގެ ރައްޔިތުން ހިތްހަމަ ޖެހޭކަމަކަށް ނުވާނެ ކަން ޔަގީނެވެ. މި ގަސްތައް ފެންނަން ހުރުމަކީ ބަލާބެލުމަށް ހިތްގައިމު ކަމެއް ގެނުވާ ކަމެކެވެ.
ރާއްޖޭގައި މޮޅަދޫ ނޫން ރަށެއް އޮތް ކަމަށް ނުފެންނަނީ ބާ؟
މޮޅަދޫ ނޫން ރަށެއް ނެތީތަ؟ތިޔަށް ކިޔަނީ އިޝްތިހާރުކުރުން
މިވެސް ހަބަރެކޯ.. މޮޔަބައެއް...
ކަލޭ އެކަމް މި ހަބަރު ހުޅުވާފަ ކޮމެންޓް ވެސް ކޮއްފީމެއް ނު
ވަގުތހަކީ މީދިޔާ ކުންފެންޏެކޭ އެމީހުން ހޭޅިޔާ ކިޔާ ޕްރޮގުރާމެއްގެ ދަށުން ގޮސް އެކި ރައްރަށުން އެރައް ރަށާބެހޭ މައުލޫމާތު ގެނެސް ދެނީ. މިފަހަރު މިއޮތީ މޮޅަދޫއައް ގޮއްސަ
100 އަހަރު ވީމަތަ ގަހެއްގެ އަގުވަޒަންކުރެވެނީ ؟ ހުޅުމާލޭގެ އެހެރަ އުފުރާލާ ބިޔަ ގަސްތައް އެއީ އެއްވެސް ނޫންތަ؟!
ރ. އަތޮޅުގައި ހުރި އެންމެ ބޮޑެތި ނިކަގަސްތައް ހުރީ ރ.އިނގުރައިދޫ ގަ. 17 މޭލު ދުރުން ފެންނަ 3 ނިކަގަސް އެރަށުގައި ހުރި. އެގަސްތަކަށް 300 އަހަރަށްވުރެ ގިނަދުވަސް ވެދާނެކަމަށް ދުވަސްވީ މުސްކުޅިން އިހުގެ މުސްކުޅިންނާއި ހަވާލާދީ ބުނޭ. ނަމަވެސް ސަރުކާރުގެ ހުއްދަ ހޯދައިގެން ކައުންސިލަރުން އެއިގެތެރެއިން 2 ގަސް މިހާރުވަނީ ނައްތާލާފައި.