(ހއ. ކެލާ) މަދިރިއަކީ އިންސާނުންގެެ ގައިން ލޭ ބޮއެ އުޅޭ ކުޑަ ސޫތްޕެކެވެ. ހަށިގަނޑުން ކުޑަ ނަމަވެެސް މަދިރިއަކީ އެ ސޮރުމެންގެެ ސަބަބުން އިންްސާނުންނަށް އެތައް ގެއްލުމެއް ލިބޭ އެއްޗެެކެެވެެ. ރޭގަނޑުގެ އަރާމު ނިދިން މަހްރޫމްކޮށްލުމާއި އެއްތަނެެއްގައި ހަމަޖެެހިލައިގެންް ތިބުމަށް މި ކުޑަ ސޫފި ހުރަސް އަޅައެވެ. ކިތަންމެ ވަރަކަށް މެެރިޔަސް ހުސް ނުވާހާ އަދަދު ގިނަ މި ކުޑަކުޑަ މަހްލޫގަކީ އެއްްގޮތުން ބަލާ އިރު އިންސާނުންނަށް ވުރެ ބާރު ގަދަ އެއްޗެކެވެ.
ރާއްޖޭގެެ ރަށްރަށް ގުދުރަތީ ގޮތުން އުފެދިފައި އޮންނަ ގޮތުންް ހާއްސަކޮށް އަތޮޅުތެރޭގެެ ގިނަ ރަށްރަށަކީ ޖަންގަލި ބިޔަ ރަށްރަށެެވެެ. އަދި އެންމެެ އެެދެވޭ ގޮތެެއްގައި ކުނި މެނޭޖްކުރެވެން ވެސް ނުހުންނަ މި ރަށްރަށުގެ އެންމެ ބޮޑު މައްްސަލައަކަށް ވެެފައި ވަނީ މަދިރި ގިނަވުމުގެ މައްސަލައެެވެ. ހާއްސަކޮށް ހިޔާ ބޮޑު ޖަންގަލި ބިޔަ ރަށްރަށަށް ދިމާވަމުން އަންނަ މި މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ އިރު މި މައްސަލައަށް ދާއިމީ ހައްލެއް ނުލިބި އޮތުމަކީ ގިނަ ބައެއްގެ ޝަކުވާއެކެވެެ.
ހއ. ކެލާއަކީ މަދިރީގެ އުނދަގޫ އިންތިހާއަށް ބޮޑު ރަށެކެެވެ. ރަށުގެ ގުދުރަތީ ރީތިކަމުގެ ވާހަކަ ދެއްކުމުގެެ ކުރިން މަދިރީގެެ އުނދަގުލުގެ ވާހަކަތައް އަޑުއިވެެެއެވެ. ހއ. އަތޮޅަށް ކުރި ހޭރިޔާ ދަތުރުގެ ތެރެއިން ކެެލާއަށް ދެވުނީ މެންދުރުގެ ވަގުތެެއްގައެވެ. މަދިރިއަކީ އާންމުކޮށް ހެނދުނާ ހަވީރު އަދި ރޭގަނޑު ފަދަ ފިނި ވަގުތުތަކުގައި އުޅޭ އެއްޗެއްކަމުން އެވަގުތު މަދިރި އުޅެފާނެކަމަށް ކުޑަކޮށްވެސް ވިސްްނާ ނުލެވެއެވެ. ނަމަވެސް ކަންވީ ހީކުރިގޮތާ މުޅިން ހިލާފަށެވެ.
ކެލާގެ ބަނދަރަށް ފޭބި ހިސާބުން ފެށިގެން މަދިރި ހަފަން ފެށިއެވެ. އެރަށަށް އަރާ ކަރު ހިއްކުން ފިލުވުމަށް ފެން ގަތުމުގެ ކުރިން މަދިރި މެރުމަށް ހާއްސަ ކޯލަވާޓަރާއި، ލޯޝަން އަދި ރެކެޓު ގަންނަން ޖެހުނެެވެ. އެންމެ ދުވަހަކަށްް ކެލާއަށް ދިޔަ މީހަކަށް މިހާ އުނދަގުލާ ކުރިމަތިލާން ޖެހުނު އިރު އެރަށު ރައްޔިތުންގެ ހާލަކީ ކޮބައިބާ އެވެ؟
އެެރަށު ބައެެއް މީހުން ބުނި ގޮތުގައި އަބަދު މަދިރީގެ ވޭޭނުގައި އުޅެން ޖެެހުމުގެެ ސަބަބުން އެެެމީހުން މިހާރު ތިބީ އެކަމަށް ވަރަށް ބޮަޑަށް ހޭނިފައެވެެ.
އެ ރަށުގައި ދަނޑުވެރިކަން ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ މީހަކު "ވަގުތު"އަށް ބުނީ މި މައްސަލައާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހޭ ބަޔަކީ ދަނޑުވެެރިން ކަމަށެެވެެ. އެެގޮތުން ދަނޑުތަކުގައި މަސައްކަތް ކުރަމުން އަންނަ އިރު ގިނަ މީހުން މަދިރީގެ އުނދަގުލުގެެ ސަބަބުން ބޮނބި ދުން ޖަހަންޖެެހޭ ކަަމަށް އޭނާ ބުންޏެެވެ.
މިއީ އެތައް ޒަމާނަކުން ފެށިގެން ކެލާއަށް ދިމާވެފައި އޮންނަ މައްސަލައެކެެވެ. މި މައްސަލަ ކެެލާގައި ބޮޑުވެފައި ވަނީ އެެރަށުގައި އޮންނަ ކަނޑޫފަލުގެެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ކަނޑޫފަލުގައި ލޮނު ފެން ނުހުންނަ އިރު އެެތަނަކީ ބޮޑަށް ބަންދުވެެ މީހުންްގެެ މާބޮޑު ހިލަމެއް ނުވާތަނެއް ކަމުން އެެެސޮރުމެންނަށް އެތަނުގައި އާލާވުމަށް ނުހަނު ފަސޭހައެވެ. ކަނޑޫފަލަކީ ކެލާއަށްް އޮންްނަ ބޮޑު ފަހުރަކަށް ވާއިރު، މަދިރީން ރައްކާތެރިވުމަށް ކަމުގައިވިޔަސް އެތަން ނައްތާލުމަށް އެ ރަށުގެެ ގިނަ ބަޔަކު ދެކޮޅުހަދައެވެ.
"މަދިރިއާ ހެެދި ވަރަށް އުނދަގޫވޭ. އެންމެންނަށްވެެސް އެނގޭ ކަނޑޫފާ ނައްތާލައިފި ނަމަ މިކަމުން ސަލާމަތްވާ ނެކަން. އެކަމަކު އެއީ ކެލާއަށް ލިބިފައިވާ ގުދުރަތީ ހަދިޔާއެެއް. އަހަރުމެންގެެ ފަހުރެެއް" ކެލާއިންް "ވަގުތު"އަށް މައުލޫމާތު ދިން އިސްްމާއިލް މުހައްމަދު 68، ބުންޏެވެެ.
ކެލާއިން ވާހަކަ ދެެއްކި ގިނަ މީހުން ބުނެފައިވާ ގޮތުގައި، މަދިރި މެރުމަށް ޒަމާނީ އާލާތްތައް ނުހުންނަ ޒަމާނުގައި އެރަށު މީހުން މަދިރި މެެރުމަށް ހަމައެކަނި ކުރާ ކަންކަމަކީީ މަދިރިއަށް ދުން ޖެެހުމާ، ދުންދަނޑި ޖެހުމެެވެެ. މަދިރީގެ އުނދަގުލުގެ ސަބަބުން ނުނިދޭތީ ކިރިޔާވެސް ލިބޭ ގެެއެއް ނަަމަ ނިދަނީ މަދިރިގެ ދަމައިގެެން ކަމަށް އެމީޙުން ބުނެއެވެެ. މަދިރިގެެއަކީ ނިދާ އެނދުގެ ވަށައިގެން އޮންނަ ދާ ނުވަތަ އުއި ފޮތިގަނޑެކެވެ. މި ފޮތިގަނޑު ގިނަ ގޭގޭގައި ބޯކޮށް ދަމާފައި ހުންނާތީ ފޮތިގަނޑު ގިރާކޮށް ނިދާފައި ތިބޭ މީހުންނަށް އުނދަގޫ ކުރުމަކީ މަދިރިއަށް ދަތި ކަމެކެވެެ.
މީގެެ އެެތައް އަހަރެއް ކުރިން ކެލާއިން މަދިރި ނައްތާލުމަށް ކަނޑޫފަލަށްް ބޭސް އެެޅިކަމަށް އެރަށުގެ ދުވަސްވީ މީހުން ބުނެއެވެ. އެކަމުގެެ ސަބަބުން ކަނޑޫފަލުގެެ ބައެެއް މަރުވެެގެެން ދާން ފެެށުމުން އެކަންް ހުއްޓާލި ކަމަށާއި، އޭގެ ފަހުން މަދިރި ކޮންޓްރޯލްްކުރުމަށް މާބޮޑުކަމެެއް ކުރެވިފައި ނުވާކަމަށް އޭނާ ބުންޏެވެ.
ކެލާއަކީ ފަތުރުވެރިކަމުގެ ރޮނގުންވެެސް ވަރަށް ކުރިއަރާފައިވާ ރަށެކެވެެ. ކެލާގައި ހިންގާ ގިނަ ގެސްޓު ހައުސްތަކަށްވެެސް މަދިރީގެ އުނދަގުލަކީ ބޮޑު މައްސަލައަކަށް ވަނީ ވެފައެވެެ. ކެލާ ރައްޔިތުންް ތިބީ ކެއުން ބުއިމަށް ކުރަންް ޖެހޭ ހަރަދާ ދާދި އެއްވަރަކަށް މަދިރީގެެ އުނދަގުލުގެ ސަބަބުން ކުރަން ޖެހޭ ހޭދަ ބޮޑުވެ ސަރުކާރުން މިކަމަށް ހައްލެއް ހޯދައިދޭނެެ ކަމުގެ އުންމީދުގައެެވެ.
ހަމަ ބާރަށަށްވެސް!! 🙄🙄
ބަލަ މިރާއްޖޭގައި މަދި ނެތީ ކޮންރަށެއްތޯ މި މާލޭގައިވެސް މަދިރާއި ހެދި އުޅެވޭ ވަރެއްނުވޭ، މާލޭގެ މަގުތަކުގައި ކާނި ތަކުގައި މަދިރި، ގޭ ދޮރުމަތީ ނަގުގައި ކުނި ކޮތަޅު !
ރަށަކަށް މަލާމަތް ކުރިޔަސް މީ ބޮޑުވަރު ،
ގައިމު އަހަރެމެން މިތިބީ މަދިރި އަާ ހެދި އެއް ނުން...... ވަގުތު މީހުން ފެނުނީމަތި މަދިރި ގިނަވީ