(ހއ. މުރައިދޫ) މި ރަށަކީ ކަށި ކެޔޮ ގަސްތައް ވަރަށް ގިނައިން ހުރި ރަށެކެވެ. އެތައް ބޭނުންތަކެއް ކުރެވޭ މި ގަހުގެ ބޭނުން މުރައިދޫ ރައްޔިތުންވެސް އޭގެ އެންމެ ބޭނުންތެރި ގޮތުގައި ކުރެއެވެ. ކެއުމަށް އެކި ބާވަތްތަކުގެ އުފެއްދުންތައް ތައްޔާރުކުރުމަށާއި އެތަކެތި ވިއްކައިގެންވެސް ބޮޑު އާމްދަނީއެއް އެ ރަށު ރައްޔިތުން ހޯދައެވެ.

ކަށިކޭލަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރީގައި ވަރަށް ގިނައިން ހެއްދޭ ގަހެކެވެ. މިފަދަ ގަސްތަކަކީ އިންސާނުން އަޅައި ނުލިއަސް އަމިއްލައަށް ހެދޭ ގަސްތަކެކެވެ. މި ގަހަކީ ގޮފިތަކެއްލާފައި ބޮނޑި އަކަށް ހެދޭ ބިޔަ ގަހެކެވެ. މިގަހުގެ ފަތް ހުންނަނީ ވަރަށް ދިގުކޮށް ދެފަރާތް އެއްވަރަށް މެދަށް އަޑިވެލާފައި ކޮޅަށް ތޫނުކޮށެވެ.

ކަށިކެޔޮ ފަތުގެ ކައިރިފަށުގައްޔާއި މެދުގައި ތޫނުކަށިތަކެއް ހުރެއެވެ. ގަސްހަރުލާފައި ހުންނަނީ ފައިބާ ބިމަށް ހިފައިފައި ހުންނަ ވަރަށް ވަރުގަދަ އަޅޯތަކަކުންނެވެ. މި ގަހުގެ ފަތްތަކުން އިހުގައި ފަން ވިންނަ ގޮތަށް ވިނެގެން ގޭގައި ބޭނުންކުރާ ހިފައިގެންގުޅޭ ތަކެތިވެސް ހަދައި އުޅެއެވެ. މުރައިދޫ ރައްޔިތުންވެސް އިހުގައި މިފަދަ ތަކެތި ހަދައި އުޅުނު ކަމަށް ވެއެވެ.

ހއ. މުރައިދޫ މީހަކު މަދު ފަޅަނީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ކަށިކޭލުން ތައްޔާރުކުރާ ބައެއް ކާތަކެތި:

  • ކަށިކެޔޮ ބަތްޕެން
  • ކަށިކެޔޮ ފަނި
  • ކަށިކެޔޮ މެޓާ

ކަށިކެޔޮ މަދުން އެކި ކެއުންތައް ތައްޔާރުކުރާ އިރު މިފަދަ ކެއުންތައް ވިއްކައިގެން ވެސް މިއީ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިއެކެވެ. ބޮޑު ކަށިކެޔޮ ވަލެއް މުރައިދޫގައި އޮތް އިރު ގިނަ ބަޔަކު ކަށިކެޔޮ ހޮވައިގެން މީގެ މަދު ވިއްކާ ހަދައެވެ. ރަށުގެ ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް މަދު ވިއްކާ މީހަކު ހުންނައިރު ރަށުގައި މިކަން އޮންނަ ބޭނުން މަދުކަމުން ރަށުން ބޭރު ކުރާ މިންވަރު ވަނީ އިތުރު ވެފައެވެ.

މި ވިޔަފާރި ކުރާ ބައެއް މީހުންނާ "ވަގުތު" ނޫސްވެރިން ވަނީ ބައްދަލުކޮށް އެ މީހުން ވިޔަފާރި ކުރާ ގޮތް އޮޅުން ފިލުވި އިރު ގިނަ ވާހަކަތަކެއް އެނގުނެވެ.

މަދު ވިއްކުމުގެ ވިޔަފާރި އަކީ އެކަމަށް ހުރިހާ ވަގުތެއް ހުސްކޮށްގެން ކުރާ ވިޔަފާރިއެއް ނޫންކަން އެ މީހުން ދެއްކި ވާހަކަތަކުން ހާމަވެއެވެ. އެއީ ލިބޭ ހުސް ވަގުތު ތަކުގައި އާއި ވަގުތުގެ ބޭނުން ރަނގަޅު ގޮތުގައި ހޭދަކުރުމަށް ކުރާ ކަމެއް ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

ދިހަ އަހަރުވަންދެން މަދު ވިއްކުމުގެ ވިޔަފާރި ކުރާ ތަހުމީނާ އިދްރާސް، 54 އަހަރު ކިޔައިދިން ގޮތުގައި މަދު ވިއްކުމުގެ މަސައްކަތަކީ ބުރަ މަސައްކަތެއް ކަމަށެވެ.

"ހެނދުނު ވަލުތެރެއަށް ވަދެ މަދު ހޯދައިގެން އެ ހިއްކަނީ. ބިންމައްޗަށް ވެއްޓިފައި ހުންނަ މަދުތައް ހިތްކައިގެން އެ ފަޅައިގެން މަދު ނަގަނީ،" ތަހުމީނާ ބުންޏެވެ.

ކޮންމެއަކަސް މުރައިދޫގެ ރައްޔިތުންނާއި ކަށިކޭލާ ވަނީ ވަރަށް ބޮޑަށް ގުޅިލާމެހިފައެވެ. މި ވާހަކަތަކުން އެނގުނީ މުރައިދޫ ރައްޔިތުން ކަށިކޭލަށް ދީފައި އޮންނަ ލޯތްބެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ކަށިކެޔޮ ޕިރިނީ ވ މީރު އެއްޗެއް! އެ ވާހަކަ އެއް ނެތް!

  2. އަހުމަދު

    ލޯބިބޮޑުކަމުން ރަށުން ކަށިކެޔޮ ރަށުން ހުސްވަވަނީ