ސިޔާސި ޕާޓީތަކަށް ޓީވީތަކުން ހަމަހަމަ ފުރުޞަތު ދިނުމާބެހޭ އުޞޫލާ ޚިލާފަށް ރާއްޖެ ޓީވީން ޕީޕއެމަށް އޮންއެއަރ ޓައިމް ވިއްކަން ދެކޮޅުހަދަމުންދާކަމަށާއި، އެއީ ނުސީދާގޮތެއްގައި ރައްޔިތުންތަކެއްގެ ހައްޤަށް އަރައިގަތުން ކަމަށް ޕީޕީއެމުން ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު، ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ހިނގަމުންދަނީ އިންތިޚާބީ އަހަރަށްވީމަ ޓީވީތަކުން ހަމަހަމަ ފުރުޞަތު ދިނުމުގެ އުޞޫލު ގެޒެޓް ކުރެވި އަމަލުކުރަން ފަށާފައިވީ ނަމަވެސްބައެއް ޓީވީ ޗެނަލްތަކުން ގަޑި ގަންނަން ދިޔައީމަ އެ ފުރުޞަތު ނުދީ ދައްކަނީ ހުއްޖަތްތަކެއް ކަމަށެވެ.

"މިހެން ދަންނަވާލަން މިޖެހުނީ މިދެންނެވި އުޞޫލުގެ ތެރެއިންވެސް އަޅުގަނޑުމެނަށް ގަޑި ނުވިއްކާ ތަފާތު ހުއްޖަތްތައް ދައްކަވަމުން ދެންދަވާތީ. އަޅުގަނޑުމެންގެ ކެމްޕޭން އޮފީހުން ޕާޓީގެ އޮފީހުގެ ފަރާތުން ރަސްމީ ސިފައެއްގައި ސިޓީ ބިޓީ އަޅުގަނޑުމެން ވާނީ ރާއްޖެ ޓީވީއަށް ފޮނުވާފައި، އަޅުގަނޑުމެންނަށް ދޭންވީ ޕްރޮގްރާމްތަކެއް އޮންނަންވީ މިންވަރެއް އެބޭފުޅުން ވިއްކަވާ އަގެއްގައި،" އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ރާއްޖެ ޓިވީގެ އޮންއެއަރ ޓައިމް ގަތުމަށް ޕީޕީއެމުން ރާއްޖެ ޓީވީގައި އެދުނު އެދުމަށް ރާއްޖެ ޓީވީން އަހަންމިއްޔަތުކަން ދެއްވަން ބޭނުންފުޅު ނުވި ކަމަށެވެ. އެގޮތަށް ކަންތައް ކުރަމިންދަނީ ޕީޕީއެމްގެ އަޑާއި، ސިޔާސަތުތައް އެ ޓީވީގެ ބެލުންތެރިންނަށް ފެނިދާނެތީ ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

"ބޭނުމަކަށްވީ އަޅުގަނޑުމެންގެ އަޑު، އަޅުގަނޑުމެންގެ ވާހަކަ އެފަރާތްތަކަށް އިވިދާނެތީ އެކަން ހުއްޓުވުން. މިއީ ރައްޔިތުންގެ ހައްޤުތަކަކަށް ނުސީދާގޮތެއްގައި އަރައިގަތުން. އެ ޓީވީ ޗެނަލް ބަލާ ދިވެހި ރައްޔިތުންތަކެއްގެ ތެރެއަށް އަޅުގަނޑުމެން އަޅުގަނޑުމެންގެ އަތުގައި ހުރި އެޖެންޑާގެ ވާހަކަ ދައްކާލަން، އަޅުގަނޑުމެންގެ ސަރުކާރުން ވަމުންދާ ވައުދުތަކުގެ ވާހަކަ ދައްކާލަން ފުރުޞަތު ނުދީ ބަންދުކުރަނީ." ނިހާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ސިޔާސީ މާސިންގާ ޕާޓީއެއް، ވެރިކަން ކުރަމުންދަނީ އަޅުގަނޑުމެންގެ ޕާޓީން، މި ޕާޓީން ރައްޔިތުންނަށްޓަކައި ހިއްޞާކޮށްދޭން ބޭނުން ވަރަށް މުހިންމު މަޢުލޫމާތުތަކާއި، ރައީސްގެ މުހިންމު ވައުދުތަކާއި، އަދި ބައެއް ކަހަލަ މަންޒަރުތައް އަޅުގަނޑުމެން ބޭނުން ރާއްޖެ ޓީވީންވެސް ދައްކާލަން." ރާއްޖެ ޓިވީގެ އޮންއެއަރ ޓައިމް ޕީޕީއެމުން ބޭނުންވާ ސަބަބު ތިލަކޮށްދެއްވައި ނިހާން ވިދާޅުވިއެވެ.

ނިހާން ވިދާޅިވީ، ރާއްޖެ ޓީވީގެ އޮންއެއަރ ޓައިމް ޕީޕީއެމަށް ވިއްކުމަށް ދެކޮޅުހަދާ ސަބަބެއް ކަމަށް އެ ސްޓޭޝަނުން ބުނެފައިވަނީ ދެ މިއަނަން ރުފިޔާއިން ކޮށްފައިވާ ޖޫރިމަނާ ނުދެއްކި އޮއްވައި ޕީޕީއެމަށް އޮމްއެރ ޓައިމް ވިއްކައިފިނަމަ ޖޫރިމަނާ ނުދެއްކިދާނެ ކަމަށާއި، އެ ފައިސާ ނުދެއްކިއްޖެނަމަ އެ ސްޓޭޝަން ބަންދުކުރަން ޖެހިދާނެކަމުގ ބިރު އެ ސްޓޭޝަނުގައި އޮތުން ކަމަށެވެ.

ނިހާން ވިދާޅުވީ، ރާއްޖެ ޓީވީވެސް ހިމެނޭހެން ހުރިހާ ޓީވީ ސްޓޭޝަންތަކުންވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ އުޞޫލާ އެއްގޮތަށް ރިޔާސީ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުޞަތު ދެއްވަން ޖެހޭނެ ކަމަށެވެ.

"އެބޭފުޅުން ތާއީދުކުރައްވާ ޕާޓީތަކަށްވެސް އެހެން މީޑިއާތަކުން ދެއްވަންޖެހޭނެ. ޗެނަލް ތޭރައިން ދެއްވަން ޖެހޭނެ ގަޑި ގަނެގެން އަންނަ ކަމަށްވާނަމަ އެމްޑީޕީ ކެންޑިޑޭޓަށް. އަދި ޕީއެސްއެމް އިންވެސް ދެއްވަން ޖެހޭނެ. އެ އޮންނަ ގޮތަކަށް ގަޑި ވިއްކަން އޮންނަ އުޞޫލަކުން ހަމައަށް ދޫކޮށްފި ކަމަށްވާނަމަ ހަމައަށް އެބޭފުޅުން ވަޑައިގެން ފައިސާ ދެއްކެވީމާ ހަމަ ދެއްވަން ޖެހޭނީ." ނިހާން ވިދާޅުވިއެވެ.

އިތުރަށް ނިހާން ވިދާޅުވީ، ރާއްޖެ ޓީވީގެ ޖޫރިމަނާ ދައްކަވާފައިވާކަމަށް އެ ސްޓޭޝަނުން އިއުލާން ކޮށްފައިވާކަމަށާއި، އެހެންކަމުން މިރޭން ފެށިގެން ހަމަހަމަ ފުރުޞަތު ދެއްވުމަށް ރާއްޖެ ޓީވީގައި ދަންނަވާލަން ބޭނުންފުޅުވާ ކަމަށެވެ.

"މިއަދު އެފައިސާ ދައްކަވައިފިކަމަށް އެބޭފުޅުން އިއުލާން ކުރައްވައިފި، އެހެންކަމުން މިރޭން ފެށިގެން ރާއްޖެ ޓީވީގެ އެހެން މީހުނަށްވެސް ޕްރޮގްރާމްތައް ވިއްކާ ގަޑީގައި، އެގަޑިތަކާއި، އެ އަގުތަކުގައި އަޅުގަނޑުމެންވެސް ގަންނަން އެދުނީމަ ދެއްވާށޭ ދަންނަވާލަން ބޭނުން. އެހެންނޫނީ އެއީކީ އަދި ޑިމޮކްރަސީގެ އެބޭފުޅުން އެގެންގުޅުއްވާ ރިވެތި ސިފަތަކާއި ޑިމޮކްރަސީ ގެނައުމަށް ކުރާ މަސައަކަތްތަކާއި، ހައްޤުތައް ކަށަވަރު ކޮށްދެއްވަން ކުރާ މަސައަކަތަކަށް ނުވާތީވެ އެވާހަކަ ދަންނަވާލަން." ނިހާން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ބައެއް ސިޔާސީ ފަރާތްތަކުގެ އަބުރު ކަތިލުމުގެ ސަބަބުން ރާއްޖެ ޓީވީއަށް ބޮޑެތި ޖޫރިމަނާތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. އެންމެ ފަހުން އެ ސްޓޭޝަން ޖޫރިމަނާ ކޮށްފައިވަނީ ދެ މިލިއަން ރުފިޔާއިންނެވެ. އެގޮތަށް ޖޫރިމަނާ ކުރުމުން ފައިސާ ހޯއްދެވުމަށް ފަނޑުތައް ހުޅުވައިގެން އެ ޖޫރިމަނާތައް ދައްކަވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޙަަހަ

    2000000ރުފިޔާ ށް ވިށް ކާ

  2. ތުއްތު މަނިކު

    ރާއްޖެޓީވީ ބަހުސުގަ ބައިވެރިވާން ނުކެރުނު ބަޔެއްތީ
    ވަގުތު ނެތޭކިޔާފަ. މިހާރު ކޮންތާކުން ވަގުތު ހޯދައިގެން
    ރާއްޖެ ޓީވީއަށް އަރައިގެން މޮޔަ ގޮވަން ތިޔައުޅެނީ
    ބޮޑުމަންޒަރު މިހާރު ފެނުމުން މާޔޫސް ވެގެން ތިއުޅެނީ

  3. ތުއްތު

    ރާއްޖެޓީވީން ނިހާނު މޮޔަގޮވިޔަކަސް އަހަރުމެން އަޑެއްވެސް ނާހާނަން

    • ހެހެހެހެހެ

      އެއީ ތެދެއް. މި ސޮރު ކިޔާނީ ނިހާނުގެ ޚަބަރު ވަގުތުގަ ޖެހީމަ. މީނަ ރާޓީވީއެއް ނުބަލާނެ.

  4. ޖޯކު

    ނިހާން އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އަނެއްކާ މިއޮއި ކުޑަދުވަސް ކޮޅުތެރޭގައި ރާއްޖެ ޓީވީ 4 މިޅިޔަނުން ޖޫރީމައިނާ ކުރެވޭތޯ ތިބަޅަނީ މީގެ ކުރިންވެސް ތީ ރާއްޖެ ޓީވީއަށް އެދޭބައެއްނޫން ދެން އޮތީ ރޭގެމަންޒަރު ފެނިފަ ހަޖަމްމު ނުވަނީދޯ ނޫނީ ރީދޫޅަޝްކަރުގެ އެއްބައިވަންތަކަން ފެނުނީމަދޯ ދެން ހޯހޯ

  5. އަބްދުއްލާ

    ރާއްޖެ ޓީވީން ޕީޕީއެމަށް ވަގުތެއްނުދޭނެ . އޭރުން ހުރިހާކަމެއް ބޭޒާރުވެދާނެ

    • އައިޝާ

      ނުޖެހޭ ދޭކަށްވެސް

  6. އަސަރޭ

    ގަަދަބާރުންވެސް އެކަންނުވީދޯ ސަޅި މީހުންނައް ބިރުދައްކާގެން ވޯޓުހޯދަން އުޅުމަކީވެސް މީހުންގެ ހައްގުތަކައް އަރާގަތުމެއް ނޫންތަ ހާދަ ހިޠްބަލި ކުދިންކޮޅެކޭދޯ ވަރައް ހިތުގަ ޖެހިއްޖެތާދޯ ވަރައް އަސަރުކޮއްފި

  7. ލީމަން

    ކީއްވެ ހުޅުމާލޭގައި އިދިކޮޅު މީހުންނަށް ކެމްޕެިން ނުކުރެވެނީ.. ބެނާ ނުދެމެނީ..

    ތިހާ ހަމަ ހަމަވާހަަކަ ދައްކަވާ ބޭފުޅުން ގެ ނުފޫޒު މިއޮތްގެން ފެންނަނީ...

    މަވެސް ދެން ނުދޭނަން ޕޕ އެމް އަށް ވޯޓެއް

    ނާއިންސާފުގެ ހައްދު ފަހަނަޅާފައިވާ ބައިގަނޑެއް ޕިންކީން ނަކީ.. ޔަހޫދީން ކަހަލަ ބައެއް

  8. ކަސައުޓީ

    ތިޔަ ފައިސާ ހަލާލެއް ނޫނޭ.. ތިޔަ ހިފައިގެން ވޯޓު ގަންނަން ރަށްރަށަށް އާދޭ...

  9. އަސޭލާ

    ޓީވީއމް އިން ފޮނުވަން ޖެހެނީ ޕީޕީޕީއެމް ޖަލްސާ އެކަނި.

  10. ރުޒާނާ ޗޮއްޕަޓު

    ރާޓީވީން ވަގުތު ގަންނަން؟؟؟ އައްޗީޑި. މޮޔަވީތަ؟

  11. ނޫންތަ؟

    އެއީ ޓީވީއެއް ކަމެއްވެސް ނުދެނަތިބީމު. އިންސާނުން ގާތްވާން ހެޔޮވާވަރަށްވުރެ ކުނިވެ ފުޅަ އަޅާފަ އޮތް ފޮށިގަނޑެއް އެއީ. އެ ރާމާމަކުނު ހާލިން ވަގުތު ގަނެގެން ނުވާނެ. އެއަށް އަރައިގެންވެސް ނުވާނެ. އެއީ އިންސާނުންގެ ސޫރައިގަ ވާ އެހެން ބާވަތަކަށް ޚާއްސަ ފުޅަ ފޮށިގަނޑެއް.

  12. އައިލަމް

    ބަލަ ނިހާނޫ... ރާއްޖެ ޓީވީން އެމީހުން އެދޭކަންތައް ކަލޭމެން ކޮށްނުދީ، ކަލޭމެން އެދޭކަންތައް ކޮށްދެވެން އޮންނާނެތޯއެވެ؟ އަވަހަށް ބްރޯޑް ކާސްޓިންގ ޤަވާޢިދާއި ޚިލާފުވީ ކަމަށްބަލައި ދަޢުވާކޮށް އެ ޓީވީ ޖޫރިމަނާ ކުރެވޭތޯ ބަލާށެވެ! އެއީ ކަލޭމެންނަށް ކުރެވޭނެ ކަމެއް ނޫންހެއްޔެވެ؟ ވަރަށް ސަލާމް

  13. ދޮންކެޔޮ

    ކޮބާ 13 ކޮބާ ޕޕ ޗެނަލް ކޮބާސަން ކޮބާ ޔެސް އެވަރުއޯކޭ އެންނު

  14. މަޒް

    ދެން ނިހާނު އަރާ ޔާމީނުގެ އަބުރަށް އަރައިގަތީމަވެސް ހަމަ ރާއްޖެ ޓީވީތަ ޖުރިމަނާ ކުރަނީ.. މީ ހަމަޖެހޭ ކަމެއް ނޫން

  15. މުޙައްދަދު.../........

    ކޮބާ ހީވެއްޖެ!

  16. ނިޢަމް

    ރާއްޖެޓީވީން ފަތުރަމުންދާ ދޮގުތައް ބޭޒާރުވެދާނެތީ ޖެހިލުންވާނެތާ ދޯ؟

  17. ރީ

    މިހާރު އެގިއްޖެ ރާއްޖެ ޓީވީ އަކީ ނަމްބަރ 1 ކަން.ނިޙާނު ތިވަރުން ރާއްޖެ ޓީވީން ވަގުތު ކޮޅެއް ލިބޭތޯ ރޮއެ އާދޭސް ކުރަނީ.

  18. ލީ

    ރަާއްޖެ ޓީވީން ޕީ.ޕީ އެމް އަށް ވަގުތު ދެވޭނީ މިނެޓަކަށް ފަސް މިލިޔަން ޑޮލަރު ގެ މަގުން.އަގުބޮޑެތި ޓީވީ ސްޓޭޝަން ތަކުގެ އަގު ބޮޑު ވާނެ.އެވަރު އޯކޭ ތަ ނިހާނޫ.

  19. ވަހީދު

    އެއްގޮތަކަށްވެސް ރާއްޖެ ޓީވީ އިން ވަގުންތަށް ދައްކާނެ ކަމެއްނެތް.