ސްރީލަންކާގެ ކެންޑީގައި ދިރިއުޅޭ ދިވެހިން ވަރަށް މުހިންމު ހާލަތްތަކުގައި މެނުވީ ގެއިން ނުނިކުތުމަށް ލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އެދިވަޑައިގެންފިއެވެ.

ލަންކާގައި އިއްޔެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އިން ކުރި ޓްވީޓެއްގައި ސަފީރާއި ހަވާލާދީ ވިދާޅުވެފައި ވަނީ އާންމު ހާލަތަކަށް ރުޖޫޢަ ވަންދެން ކެންދީގައި ދިރިއުޅުއްވާ އަދި އެތާންގައި މިވަގުތު ތިއްބެވި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުން ވަރަށް މުހިންމު ހާލަތްތަގައި މެނުވީ ގެއިން ނިކުމެވަޑައި ނުގެން ތިއްބެވުމަށް ނަސޭހަތްތެރިވާ ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ސްރީލަންކާ ސަރުކާރުގެ ކަމާބެހޭ އެންމެހައި ފަރާތްތަކުގެ އެންގެވުމާއި ނަސޭހަތްތަކަށް ސަމާލުވެ ވަޑައިގެން އެއާއި އެއްގޮތައް އަމަލު ކުރެއްވުމަށް ސްރީލަންކާގައި ތިއްބެވި އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން." މުންދު ވިދާޅުވިއެވެ.

ބުޑިސްޓުންނާއި މުސްލިމުންނާއި ދެމެދު ކެންޑީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އިއްޔެ މުޅި ލަންކާގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ. ނަމަވެސް ކެންޑީ ފިޔަވައި އެހެން ސަރަހައްދުތަކުގެ ހާލަތު އޮތީ އަމާން ކޮށެވެ. ކެންޑީ އަކީ ލަންކާގައި ގިނަ ދިވެހިން ދިރިއުޅޭ ކޮލަަމްބޯ އާއި ވަރަށް ދުރު ސަރަހައްދެކެވެ. އެހެންކަމުން ކެންޑީގައި ހިނގާ ހަމަަނުޖެހުމެއްގެ އަސަރު ކޮލަމްބޯ އަކަށް ނުކުރެއެވެ. ނަމަވެސް ކެންޑީގައި ވެސް ކޮންމެވެސް ވަރަކަށް ދިވެހިން ދިރިއުޅެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. މަ މިއު މަ

  ލަންކާވެސްތީ އެހާ ރައްކާތެރި ތަނެއް ނޫން މިހާރު، އެހެންވީމަ ބޭރައްދާ ދިވެހިން ދެން އެހެން ދިމާލަކަށް ދޭ

  • ހާމިދު

   ބަންގާޅަށް އެންމެން ދާންވީ.... މިޔަންމާރ ރައްޔިތުންވެސް ބަލައިގަތީ އެމީހުން.

 2. މމމމމ

  މިވީހާދަދަށްގޮތެކޭ.މިރާއްޖޭގަ ކުއްލިނުރައްކަލުގެ ހާލަތުއިއުލާންކޮށްފަ އޮތީމަ މުޒާހަރާކުރަން ޓިކެޓނަގާގެން މިދިޔައީލަންކާއަށް. ގޮސްރަންގަޅައްމުޒާހަރާ ނުޖެއްސި އުޅެނިކޮށް އަނެއްކާ ލަންކާގަވެސް ކުއްލިނުރައްކަލުގެ ހާލަތު އިއުލާންކޮށްފި.

 3. ޖެޑް

  ފުއާދު ތައުފީޤާއި އޭނާގެ ޑާންސް ޕާޓީވެސް އަދި މަޑުކުރައްވާ ...

 4. Anonymous

  ދިވެހި ފަސްގަޑު އުޅެންކުޑައީތޯއެވެ.