ކ.ކާށިދޫއިން ގެއްލިގެން އިއްޔެ ހޯދަންފެށި ޚާއްސަ އެހީއަށް ބޭނުންވާ މީހާ ފެނިއްޖެއެވެ.

ގެއްލިގެން ހޯދަމުން ދިޔަ އުމުރުން 63 އަހަރުގެ ފިރިހެން މީހާ ފެނިފައި ވަނީ މިއަދު ހެނދުނު 7:50 ހާއިރުއެވެ. އަދި އޭނާ ފެނިފައި ވަނީ އެރަށު އިރުމަތީ ފަރާތު ކުއްޅަވަށް ފާގެ ތެރެއިންނެވެ.

މިމީހާ ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށާއި އެއްވެސް ޒަޚަމެއް ލިބިފައެއްނުވެއެވެ. ނަމަވެސް އޭނާ އަދި އޮތީ އެ ރަށު ސިއްހީ މަރުކަޒުގައެވެ.

މީގެ ފަސް މަސް ކުރިން ތަނަކުން ވެއްޓި އަނިޔާވެ އުކުޅުވަޅުގައި ބޯލްޓެއް އަޅުވައިފައި ހުރި މީހެއް މިމީހާ ގެއްލިގެން ހޯދަންފަށައިފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.