އެމްޑީއޭ ވެސް އިދިކޮޅު ކޯލިޝަނާއި ގުޅުމަށް އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގޮވާލައްވައިފިއެވެ.

އިދިކޮޅު ކޯލިޝަނާއި ގުޅުމުގެ ދައުވަތު އެމްޑީއޭ އަށް އިބޫ ދެއްވާފައިވާއިރު، އެމްޑީއޭ އަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ޕީޕީއެމް އާއެކު ކޯލިޝަން ހެދި ޕާޓީއެކެވެ. ނަމަވެސް ޕީޕީއެމްއާ އެމްޑީއޭއާ މެދު ނުތަނަވަސްކަން ހުރިކަމުގެ އަޑުތައް ފެތުރެމުންދާއިރު މިފަހަރުގެ ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ކެންޑިޑޭޓެއް އެމްޑީއޭ އިން އަދި ކަނޑައަޅާފައެއް ނުވެއެވެ.

އިބޫ ނ. މާޅެންދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން – ފޮޓޯ: އެމްޑީޕީ ޓުވިޓަރ

ނ. މާޅެންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ މިއީ އެމްޑީއޭ އިން އިދިކޮޅު ކޯލިޝަނާ ގުޅެންވީ ވަގުތު ކަމަށާއި ބާކީނުވެ އަވަހަށް މިކަމުގައި ގައުމީ ހިދުމަތެއްގެ ގޮތުގައި ބައިވެރިވުމަށް ގޮވާލާ ކަމަށެވެ.

"އެއީ މިރަށަށްވެސް، މިއަތޮޅަށް ވެސް އަދި މުޅި ރާއްޖެއަށްވެސް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތް. އެމްޑީއޭގެ އިސްވެރިންނަށް ވެސް އަޅުގަނޑު މި ގޮވާލަނީ މިއަދު ތިބޭފުޅުން ވަކިކޮޅަކަށް ނާރުއްވާ ނުތިއްބަވާ އަޅުގަނޑުމެންނާއި ގުޅިވަޑައިގެންނަވާށޭ. މިއީ ޤައުމީ ކަމެކޭ އަޅުގަނޑުމެން ކުރާ" އިބޫ ވިދާޅުވިއެވެ.

އިބޫ ނ. މާޅެންދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން – ފޮޓޯ: އެމްޑީޕީ ޓުވިޓަރ

އިތުރަށް ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ ރައްޔިތުން އެދެނީ ބަދަލަކަށް ކަމަށާއި ކޮންމެ ރަށަކަށް އެރުމުންވެސް އިވެނީ އެއް ވާހަކަތަކެއް ކަމަށެވެ. އަދި އިދިކޮޅު ސަރުކާރެއްގައި އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ އަދުލު އިންސާފު ގާއިމުކުރުން ކަމަށާއި ވޭތުވެދިޔަ ފަސް އަހަރަކީ އަދުލު އިންސާފު ގެއްލިފައި އޮތް ފަސް އަަހަރު ކަމަށް އިބޫ ވިދާޅުވިއެވެ.

"މި ކުރަނީ ސިޔާސީ މަސައްކަތަކަށް ވުރެ ބޮޑަށް ގައުމީ މަސައްކަތެއް. އަޅުގަނޑުމެންނާއެކު މަސައްކަތް ކުރަން ތާއީދުކޮށް މިތިބީ އެބޭނުމުގައި، އަޅުގަނޑުމެންގެ މަސައްކަތަކީ ހަމައެކަނި އަޅުގަނޑުމެންނަށް ބޭނުންވާ ކަންތައްތަކެއް ހޯދުމެއް ނޫން، މި ރާއްޖެ އަންނަން އޮތް ޖީލުތަކަށް އެބަ ޖެހޭ ގެންގޮސްދޭން" އިބޫ ވިދާޅުވިއެވެ.

އިބޫ ނ. މާޅެންދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން – ފޮޓޯ: އެމްޑީޕީ ޓުވިޓަރ

މި މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލަން ސަރުކާރުން މަސައްކަތް ކުރާނެ މަންޒަރު ފެންނަމުންދާ ކަމަށާއި އެ ފުރުސަތު ސަރުކާރަށް ދީގެން ނުވާނެ ކަމަށްވެސް އިބޫ ވިދާޅުވިއެވެ. އިންތިހާބު ޖެހެން ބާކީ ދެން އޮތީ އެންމެެ 13 ދުވަސް ކަމަށްވާއިރު އިބޫ ވަނީ ފަރުވާ ކުޑަކޮށްލައިގެން ތިބެވެން ނެތް ކަމަށާއި ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަ ކަމަށްވެސް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ސަފީރު

    މިމަހު 15 ގައި އެމްޑީއޭ ރަސްމީކޮށް ކޯލިޝަނާއި ގުޅޭނެ..

  2. ެަެއަނަ

    ގައުމު ހިންގޭވަރުގެ ބައެއް ނޫންތީ ގައުމުގެ ހަލާކު

  3. ޢަލީހަމީދު

    ޢިބޫ ކަލޭމެން އެންޑީޕީ އިން ވެރިކަން ކުރި އިރަށް ވުރެ ރާއްޖޭގަ އަދުލުއިންސާފް ގެއްލުނު އިރެއް ނުދޭ

  4. ޭައަނބޮކިދި

    މޮޔައިންނާ ގުޅޭނީ މޮޔައިން

  5. ގެންދޭ

    އޭރުން ކަލެއަށް ހިދުމަތްކުރަން ބޯގިނަވާނެ. މަގޭ ސުވާލެ އިބޫ މޑއ ގެހޯރަފުށިދާއިރާގެ މެމްބަރަށް ކިހިނެތްހަދާނީ.. ފައިސާހޯންޏަކިހިނެތްހަދާނޫ.. ހަމަޔަގީނުންވެސް އެމައްސަލަ އޭސީސީއަށް ވެއްދީ މޑޕ އިން. އެއީ ނުހިގާކަމެނަމަ ކީއްކުރަން މީހަކު ބަދުނާމުކުރީ. އެއީ ހިގާފައޮތްކަމެއްނަމަ މޑޕ ކޮރަޕްޝަނާ ވައްކަމާ ދެކޮޅަށް ވެރިކަންކުރަން އަންނަބަޔަކު މިފަދަ ތުހުމަތުގަތިބި ބަޔަކާ ބައިއަތުހިފަނީ ކީއްވެ.. ދެން ޝިޔާމުގެ ފޮށިން ރާފުޅިއެއް ފެނުނުކަމަށް މޑޕ ސަރުކާރުންވަނީ ކޯޓަށް މައްސަލަވައްދާފަ. އެއީވެސް ނުހިގާކަމަކަށް ޝިޔާމުވެސް ގަބޫލުކުރާނީތަ.. ދެން މޑއ އަށް ތިކޯލިޝަނާ ގުޅުނީމަ ކިތައް ޕަސެންޓްދޭނީ.. މިހާރުވެސް 4ބަޔަށް ބައިއަޅަންޖެހޭ.. މޑއ އަށް ފައިދާބޮޑީ ތިކޯލިޝަނާގުޅުނީމަތަ.. އޭރުން ފައިސަލް ބޭރުކޮއްފަ ޝިޔާމަށް ނާއިބުކަން ދޭނަންތަ. ތިހެންވީމައޭ އަހަރެން ރައްޔިތުންނަ މިބުނަނީ ވިސްނާށޭ ރޔާނާދިމާލަށް ވަގަށްގޮވަނީ އަސްލެއޮވެގެންނޫނޭ. ބަދުނާމުކުރަނީ ހަގީގަތެ އޮވެގެންނޫނޭ.. މިއީ މިހާރުވެސް މޑޕ އިން މޑއ އަށް ގޮވާފަ ކަންކޮއްފަހުރި ކަންތައްތަ.. ސިނާނުގެންދޭ އޭނައަށްވެސް މޑޕ ސަރުކާރުން ވަނީ ގަދަރުމަތިކޮއްފަ އިއްޒަތްދީފަ.. އޭނަވެސް މިހާރުއެކަމަކު މަސައްކަތް ކުރަނީ މޑޕ އަށް ވެރިކަންދޭންކަންނޭގެ. ކެދިކުޅަދޫ މެމްބަރު މައުރޫފުވެސް މިއޮތްހުރިހާދުވަހު މޑޕ ގެ ނުބައިކަމުގެ ވާހަކަދެއްކީ މިހާރު ރަގަޅުވީބާ ހުރިހާކަމެ.. މިއީވާބައެއް.. އެއްވެސް ސިޔާސީ މީހަކުދައްކާ ވާހަކައަޑުއަހާކަންނެތިން.. އަހަރެމެން ވޯޓުދޭނީ ތަރައްގީއަށް.. ތިހުރިހާ ސިޔާސީމީހުން ދަސްވެއްޖެ ތިއީ ހުސްއަމިއްލައެދުމަށް އުޅޭބައެއް.. ޝިޔާމަށް ނާބުކަން ރޔާމީންދިންނަމަ އެއްމެބާރަށް އެއްޗެހި ގޮވާނީވެސް މޑޕ މިއީ ޔަގީންކަމެ.. މިހާރު އަޑުނީވޭ ލައްކަވާހަކަ އަޑުއިވުނީސް.. ކިތައްފުޅި ރާ ކަމެއްނޭގޭ ފޮށިންފެނުނުކަމަށް ގޮވާނީ.. އަހަރެމެންނަ ރަގަޅީވެސް މޑއ ކަލޭމެންނާ ގުޅުނިއްޔާ އޭރުން ބައިއަޅަންޖެހޭވަރު ގިނަވާނެނުން.

  6. ޜަޝީދު

    އިބޫމެން ބަލިވާނޭކަން ކަށަވަރުވާތީ އަގައެއް ވީދެނީ ދޯ؟ ބޮޑުބައްޔަކުން އިބޫމެން ބަލިވާތަން ފެންނާނެ އިންޝާއަﷲ!

  7. ހުސޭނު

    އީޔޫ އިންފިޔަވަޅު އަޅާނެކަމައް ބިރުދައްކައިގެން ސިޔާމުވެސް އަދި މޑއ ވެސް އިދިކޮޅާ ގުޅެންދައުވަތުދިނަސް އިހްލާސްތެރިކަމެއް މޑޕގަ ނޯންނާނެ..ޔާމިން ވާ 5އަހަރު ކަލޭމެން ގޮވައިގެން އުޅެފިތާ.

  8. ސަލްމާ

    މިއޮށްހާދުވަހު އެމްޑީއޭއަށް ހަޑިހުތުރުގޮވާފަ މިހާރު މިބުނަނީ އަހުރެމެންނާ ގުޅޭށޭތަ؟

  9. ފަޅޯ

    ދެން ކޮންމެ ރަށެއްގައިވެސް ދައްކާ ވޯޓް އޮޅުވާލާ ވާހަކަ.

  10. ދިވެހިރަތްލޭ

    ތިކުރަނީ ކެމްޕެއިނެއނޫން. ތިޔައީ އޮޅުވާލުން. ޥާވެއްދުން އިންގިހާބުގެ ނަތީޖާއާއި މެދުރައްޔިތުންގެހިތްތަކުގަ ޝައްކާވަހުމް އުފައްދާ ރައްޔިތުންގެ މެދުގަ ފިތުނަފަސާދަ އުފެއްދުން. އެެހެންނޫންނަމަ އިންތިހާބްއޮޅުވާލަން ކުރާކަމަކީކޮބައިކަންވެސް ބުނެދެވުނީސް.

  11. ނައްލަބެ

    ކޮންމެ ބަޔަކު ކަލޭމެންނާ ގުޅުނަސް މިފަހަރު ރައީސް ޔާމީން ގިނިކަންޏާ ކާމިޔާބު ހޯދާނެ އަހަރުމެން ޒުވާނުން މިތިބީ ރައީސް ޔާމީނައް މަރުދޭން ތައްޔާރަށް..

  12. ހީވެސްނުވޭ

    ޔާމީނު ގިނިކަންޔާނިކުމެގެން ގޮވޭނީ މޮޔަ ދެހާސް ތޭރާގައިވެސް ހެދީ ބޮނޑު މަކަރެއް ދައްކާ ވާހަކައިން ލަދުން މޮޔަވާވަރުވޭ...ވެރިކަން ބޭނުމސް ތީ ބޮނޑުވަރެއް..

  13. ހަންޑި.

    ނުކިޔަވާ ރައީސް

  14. މޯޑް

    ބަލމަށަކީ އެމްޑީއޭމީހެއް ސިޔާމުގުޅުނަކަސްމެންބަރުންނެއްނުގުޅޭނެ އަޅެގުޅިބަލަ ބަލަ ގާސިމްގެހުރިހާމޮއުއްޒިފުންނައްބިރުދައްކާގެން ޖަލްސާއައްގެނަޔަސް އއ މީހުންނައްބިރުދެއްކިޔަސް އަހަރެމެން ތީގެއެއްވެސްމީހެއްގެ އަތުން ލޯލާރިއެއްވެސް ހޯދާފަކާ އެހެންވީމާ ލާދީނީފިކުރަކައް ފުރުސަތެއްނެއް ތިޔައީއީ ކޮންބަޔަކުފޮނުވާގެންއުޅޭވަފުދެއްތަ ގާސިމްގެހަގުއަންބަކީ މިތާ ރަށަކުން ގެނާކުއްޅަވައްފަލުރަނިންއެއް މިހާރުސިޔާސީލީޑަރެއްމީހަކުހައިރާންވެދާނެ ގާސިމްގެއަންހެނުންތަކުގެތެތެއިން އެންމެ ތައުލީމްދައްއަނބިމިހާރުސިޔާސީލީޑަރއެއް އަޅެފަހެމީހަކުމޮޔަވެދާނެ

  15. 2018 ޔާމީން ޝަހީމް

    ޔާމީން ޝަހީމް 2018