ވެލާނާ އެއާޕޯޓްގެ އާ ރަންވޭއާ ގުޅޭގޮތުން ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ދެއްކެވި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

ވެލާނާ އެއާޕޯޓްގެ އާ ރަންވޭ މަތީގައި ހުރެ މީޑިއާތަކާއި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، މި ސަރަހައްދުގައި މި ވަގުތު މި ފެންވަރުގެ ރަންވޭއެއް ނޯންނާނެ ކަމަށާއި އަދި އިންޓަނޭޝަނަލް އެއާލައިންތަކުން ކޮންމެ ޑެސްޓިނޭޝަނަކަށް ވެސް އުދެހޭނީ އެ މީހުންނަށް އުދުހެން އެންމެ ރައްކާތެރި އަދި ޖެއްސޭނެ ތަންތަނަށް ކަމަށާއި، އަދި ސަލާމަތީ މިންގަނޑުތަކަށްވެސް ފިޓުވާ ތަންތަނަށް ކަަމަށެވެ.

ސައީދު ވިދާޅުވީ، މިހާރު ވެލާނާ އެއާޕޯޓްގެ އާ ރަންވޭއާ ގުޅޭގޮތުން ތަފާތު ވާހަކަތައް ދައްކަމުން ދަނީ ސިޔާސީ ގޮތުން ވަކި މަންފާއެއް ހޯދަން ބޭނުންވާ އިދިކޮޅު ފަރާތްތަކުން ކަަމަށެވެ. އަދި އެ ފަރާތްތަކަކީ ރާއްޖޭގައި ހިންގާ ކޮންމެ ކަމަކުންވެސް އެ މީހުން ބޭނުންވާ ސިޔާސީ މަގްސަދެއް ހާސިލް ކުރުމަށްޓަކައި ބުނަން ހިތައް އެރި ކޮންމެ އެއްޗެއް ބުނާ މީހުންކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"މިއަދު އެ ވާހަކަދެއްކި ބޭފުޅާ އެބައޮތް އެމްއެންޑީއެފް އުވާލަން ބުނެފަ. އިހަށް ދުވަހު ވިދާޅުވެދާނެ ޕޮލިސް އުވާލަން. އަނެއް ދުވަހު ވިދާޅުވެދާނެ ސްޕްރީމް ކޯޓު އުވާލަންވީއޭ. އަނެއް ދުވަހު ވިދާޅުވެދާނެ މުޅި ދައުލަތް އެހެން ބަޔަކާއި ހަވާލުކުރަންވީއޭ އިނގޭތޯ. އަޅުގަނޑު ހިތައް އަރާ ހަމަހޭގަބާއޭ އެ ބޭފުޅުން އެ ތިއްބަވަނީ". ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ދިވެހި ރާއްޖޭގެ އެންމެން ފަހުވެރިވާ ރަންވޭ އާއި އެއާޕޯޓްގެ އަގު ވައްޓާލުމަށް އައިކާއޯ، އަދި އެއާލައިންތަކަށް ޓެގްކޮށްފައި ވާހަކަދައްކަމުންދާއިރު، ކުރެވެމުން ދަނީ ކިހާވަރެއްގެ ވިޔާނުދާކަމެއްކަން ނޭނގޭ ކަަމަށެވެ.

ސައީދު މިގޮތަށް ވިދާޅުވެފައި ވަނީ، މިއަދުގެ ވަގުތެއްގައި ކުރީގެ ބަންޑާރަ ނައިބް އަދި މަޝްހޫރު ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. ސުއޫދުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ، ވެލާނާ އެއާޕޯޓްގައި އޭ 380ގެ ބޯޓެއް ޖައްސަން މަސައްކަތް ކުރަމުން ދަނީ ބައިނަލް އަގްވާމީ ވައިގެ އުދުހުންތަކާއި ބެހޭ އުސޫލުތަކާއި ހިލާފަށްކަމަށެވެ.

ސުއޫދު މި މޭރުމުން ވާހަކަދައްކާފައި ވާތީ އެކަން ދޮގުކޮށް ސަރުކާރުން ވާހަކަދައްކާފައިވާއިރު، ދިވެހި ޕާސްޕޯޓެއް އޮތް، އަދި ދިވެހި ރާއްޖޭގައި ހުރެ ރާއްޖޭގެ އަގު ވައްޓާލާ ބޮއިކޮޓްކޮށް، ދިވެހި ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލާއިރު، އެ ދެކެވެމުންދާ ވާހަކަތައް އެބޭފުޅުން އަމިއްލަށް ހިޔާލަށް ގެނައުމަށް ސައީދު ވަނީ އެދިވަޑައިގެންފައެވެ. އަދި ސުއޫދު މިއަދު ކުރި އެ ޓްވީޓަކީ ގައުމަކަށް މީހަކަށް ވެވޭނެ އެންމެ ބޮޑު ގައްދާރުވުންކަމަށް ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، މިއީ ވަރަށް ހައި ސްޓޭންޑާޑަށް ހަދާފައިވާ 13 މަސް ދުވަސް ތެރޭގައި ނިންމާލާފައިވާ މަސައްކަތެއް ކަަމަށެވެ. އަދި ސިޔާސީ ގޮތުން ތަފާތު ފިކުރުތައް ހުންނާނެ ކަމަށާއި، އޭގެ ސަބަބުން ގައުމު "ސްލަޓާ" ކުރަން ޖެހޭ ހާލަތަކަށް މީހާ ވެއްޓެން ނުޖެހޭ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"ގައުމަކީ ގުރުބާން ކުރާ ކަންބަޅިއަކަށް ވެގެން ނުވާނެ. ތިމާ ހިތްހަމަ ނުޖެހޭ ވަގުތެއްގައި. މިއަދު މި ގައުމުގެ އިސް ލޯޔަރުންކަމުގައި ވަކާލާތު ކުރާ ބޭފުޅަކު މިއަދު ސޯޝަލް މީޑިއާގައި އެ ކުރި މަސައްކަތަކީ ހަގީގަތުގައި ގައުމަށް މީހަކަށް ވެވޭނެ އެންމެ ބޮޑު ގައްދާރުވުން އިނގޭތޯ. ގައުމުގެ އަގު އެވަރަކަށް ވައްޓާލާއިރު، އެ މީހާ އެހެރީ ހަމަހޭގަތޯ އަޅުގަނޑު ސުވާލު އުފެދޭ". ސައީދު ވިދާޅުވިއެވެ.

އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، މި އެއާޕޯޓްގައި މި ހިންގޭ ޕްރޮޖެކްޓަކީ ހަމަޔަގީނުންވެސް ކޮލިޓީއާ ގުޅޭގޮތުން އެއްވެސް މީހަކަށް ތުހުމަތުތައް ނުކުރެވޭނެ ކަމަށެވެ.

"މި މަސައްކަތް ކުރިއަށް މި ގެންދަނީ އިންޓަނޭޝަނަލް ހުރިހާ ސްޓޭންޑާޑްތަކަށް ފެތޭ ވަރަށް، އެ ބޭފުޅުން އެޕްރޫވް ކުރައްވައިގެން އެ ޔަގީންކަން އަޅުގަނޑުމެން ދެނީ. މީގަ އެއްވެސް ކަހަލަ ރެގިއުލޭޝަންއެއް އަދި ސްޓޭންޑާޑެއް ބައިޕާސްކޮށްފައެއް ނޯންނާނެ". އާދިލް ވިދާޅުވިއެވެ.

ދިވެހި ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެއާޕޯޓްގެ ރަންވޭ ފުޅާކޮށް، ބޮޑު ޓާމިނަލްއެއް އެޅުމަކީ ރައީސް އަބްދުﷲ ޔާމީންގެ ދުރުވިސްނުންފުޅާއެކު ކުރަމުން އަންނަ މަސައްކަތެެކެވެ. އެ އެއާޕޯޓް ތަރައްގީ ކުރެވިގެންދަނީ އެއްފަހަރާ އެތައް ހާސް ފަތުރުވެރިންނަށް ހިދުމަތް ދިނުމަށެވެ. އަދި 50000 އެނދު ރާއްޖެއަށް އިތުރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ބައެއްވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. އިއްސެ

    ތީ ބޮޑު ... އެއް ކަހަލަ ސޫއޫދެއް.

  2. އަހުން

    ވަކީލުކަން ނަގާފަ ފިޔަވަޅު އަޅާ އެހެން މީހުންނަށް ވެސް ފިލާވަޅަކަށް ވާނީ އޭރުން. މުޅިންވެސް ހަމަ މިގައުމު މީހުން މިގައުމުގެ އަގުވައްޓާލަނީ މަދު ކުޑަ ދުނިޔަވީ މަންފާއެއް ހޯދުމަށް

  3. ޢަލީ ހަމީދު

    ތިޔަހުސްނު ސޫދަކީ ވ މޮޅުވެގެން އުޅޭ މީހެއް..

  4. ައަންނި

    އެމް.ޑީ.ޕީ މިއުޅޭ ގިނަމީހުންނަކީ ގައުމަށް ޤައްދާރު ވުމުގައިވަރައް ކުރީގައި އުޅޭބަޔެއް މިބައިގަނޑަށް ވެރިކަންލިބިއްޖެނަމަ ޤައުމުގެ ހަރުމުދާވިއްކާ އެމީހުންގެޖީބުތައް ފުރާލައިގެން ޤައުމު ދޫކޮށް ފިލާނެ

  5. މަޟް

    މިގައުމުނޫނީ ނޫޅޭނެ މިކަހަލަގެ ހަޔާތްކުޑަ ގައުމުގާތިބެގެން ގައުމުފަނާކުރަން އުޅޭ ޖައްބާރުން އުޅޭ ގައުމެއް މާދަމާ މިއާލާތުން ވެރިކަމށް އައީމަ އެހެރީ ގައުމު ހުދުކާފޫރައްވެފަ ގެސްޓުނވެސް އަންނަންވީ ޑޮލރުވެސް ފުނިފުންޔައް ކޯދުލާ އަރަނވީ އެއާރ ޕޯޓްވެސް ޖީއެމްއާރަށް ދޭންވީ މިކަހަލަގެ ގއްދާރުންގެ ހަމަޔަކީ.ތި ހުސްނުއްސޫދަކީ މިހަރު މާމަތީގަ އުޅޭ ގުންޑާއެއް

  6. ޢަސްލު

    ތީނަ ހައްޔަރު ކުރޭ

  7. ސުލައިމާނު

    ކޮންގައްަދާރެއް؟ ކީކޭކިޔަންވެގެން ގައްދާރޭ ތިޔަކިޔަނީ ގައްދާއޭ ކިޔާބަލަ އބަސްދަސްވަންދެކަށް،

  8. ޢަލީ

    ގައުމު އިދަޖައްސާލާފަވެސް ވެރިކަން ހޯދަން ރޯނު އެދުރުން...ކީއްކުރާނީ ދޯ....

  9. ބޭބެ

    މި ހުސްނުއްސުޢޫދޭ މިކިޔާ މީހާ މިފަތުރާ ހަގީގަތާ ޚިލާފް ވާހަކަ ތަހްގީގުކުރެވެންޖެހޭނެ!!! ގާނޫނީ ގޮތުން ކިތަންމެ ފުންނާބު އުހަސް އަދި ދިގު ތަންތަން ކިތަންމެ ދިގަސް މީނާ މިދައްކާ ވާހަކައިގެ ހަގީގަތް ހޯދާ ރައްޔިތުންނަށް އެކަން ސާފުކޮށްދިނުމަށް ދައުލަތަށް ގޮވާލަން!!!

  10. ކެރަފާ

    ށޫޒު ހިފާ ހައްޔަރު ކުރުމަށް ސަރުކާރައް ގޮވާލަން ތިފަދަ ދައްޖާލުން މިފަދަ ތަރައްގީއަށް މަސައްކަތް ކުރާ ގައުމަކަޢް ބޭނުންނުވޭ ހަމަމިހާރު ފޮނުވާލާ

  11. ހުސޭނުބޭ

    މަ އަބަދުވެސް ބުނަން ސުއޫދު ނޫނީ ޤާނޫނު އެގޭމީހަކު މި ދުނިޔެއަކުވެސް ނުހުންނާނޭ! މިއަދު ޔަޤީންވެއްޖެ ސުޢޫދު ނޫނީ ވައިގެ އުދުހުންތަކާ ޕައިލެޓްކަމާ އެނގޭ މީހަކުވެސް ނެތްކަން. މާދަމާ އެ ބޭފުޅާ ސާބިތުކޮށްދޭނެ އެސްޓްރޮ ފިޒިކްސް ދަންނަ އެހެން މީހަކު މި ދުނިޔެއަކު ނެތްކަމަށް!މ މިނިސްޓަރ ސަޢީދު އެންމެ ފުރަތަމަ ސުޢޫދު ދަސްކޮށްބަލަ!

  12. ރަބަރޭ

    ބަލަގަ އޭނާ އެ އުފުލައިގެން ގެންގުޅޭ މާސިންގާ ފެހި ޤާނޫނު އަސާސީގައި ހުރިހައި މަތިންދާ ބޯޓުތަކެއްގެ ޑައިގްރާމްތަކާ އެއާޕޯޓުތަކުގެ ޑޭޓާތައްވެސް އޮނާތީވެއެއްނު އެވަރު އެ އެނގެނީ............ ކެކެކެކެކެކެކެކެކެކ

  13. ޞަލާހް

    ކޮންމެއަކަސް މީމީހުން ވަރަށް އެބަ ބިރުގަނޭ ! އެކަމަކު އިރާދަކުރެއްވިއްޔަ ހަމަ ރައީސް އިންތިޚާބުކުރާނީ ދެންވެސް ދެންވެސް!

  14. ނިޢުމާ

    ޖަޒުބާތީ އޮއިވަރުގައި ޖެހި ، ޙަސަދައާއި ޒާތީ ކުރިޔަށްނެރެ ޤަވްމު އެހެން މިޞްރާބަކަށް ޖަހައިފިނަމަ ރައްޔިތުން ރޯންޖެހޭނެއެވެ. މިއީ ތޯތޯއެއްނޫނެވެ. 2008 ން 2012 ގެ ނިޔަލަށް ޤަވްމު ވެއްޓުނު ޙާލަތު ހިތްމައްޗަށް ގެނައުމަށް އެންމެ ރަގަޅު ވަގުތަކީ މިޢިއެވެ. ހަމަގައިމުވެސް ޢުމުރުން 18 އަހަރު ފުރިފައިވާ ކޮންމެ ރައްޔިތަކުވެސް އެދުވަސްވަރުގެ ނިކަމެތި ޙާލަތު ހަނދާންވާނެއެވެ.

  15. ޤައުމި

    ޥެރިކަމާހެދި މޮޔަވެފައި.ކިޔޭ މުކިޔޭވެސް ނޭގެނީ

  16. ޝުކުރު

    ސުޢޫދަކީ ރިސްވިތުހިފާ ޙާއިނެއްކަން ނޭގޭ ދިވެސްސަކު މަދުވާނެ... އައްްޑޫ މީހުން ވިސްނާ

  17. ރާއްޖެ

    ތިކަލަ ޚިޔާނާތްތެރި ޣައްދާރުންނަށް ވަކީލްކަމުގެ
    ހުއްދަ އޮވެގެން ނުވާނެއެވެ މިހާރުން މިހާރަށް
    އޭނާގެ ހުއްދަ ބާތިލްކުރުމަށް ގޮވާލަމެވެ

  18. ރާބެ

    ތިޔަހުސްނު ސޫދު މިހާރުން މިހާރައް ހައްޔަރުކުރަން ގޮވާލަން ސިޔާސީ ވިޔަސް މީއެކަމަކު ފުކެއް ބޮޑުވަރު ގައުމައް ގައްދާރުވާ މީހުންނައް ޖެހޭނީ ދެވެން އޮންނަ އެންމެ ބޮޑު އަދަބެއްދޭން މީނާ ވީ އެންމެ އަވަސް ގޮތަކައް ހައްޔަރުކުރޭ.

  19. ސަމަންދަރު

    މި ހުސްނުއް ސޫދު ހިފާ ހައްޔަރުކުމަށް ދިވެހި ޕޮލިހުންނަށް ގޮވާލަން މީނަޔާ ހެދި މިގައުމު ހަލާކުގެ ތެރެޔަޢް ވެއްޓިއްޖެ މި ވަބާ މިގައުމުން ފޮހެލަން އެބަޖެހޭ .

  20. ޖޮއްބެ

    ވަކި މީހެއްނެތް، ރީނދޫ ކްރިމިނަލް ކަލްޓްގެ ކޮއްމެމީހަކީވެސް ޣައްދާރެއް.

  21. ގުގުމާލި

    ތިޔަ މަޝްްހޫރު ޤާނޫނީވަކީލު އަދި އިރެއްގެ ބައިކުޅަބައި ވަގުތުގެ ބަންޑާރަ ނައިބު ސުޢޫދަކީ ހުރިހާދާއިރާއެއްގެވެސް ވަރަށް ޙިލްމީ ބޭފުޅެއް! އެންމެ ބޮޑަށް ވިދާލާފައިވަނީ މިޤައުމަށް ބަލްކުކޮށް ވިއްކަން މަސްތުވާތަކެތި އެތެރެކުރި މީހަކުވެއްޖެއްޔާ އޭނާގެ އެންމެ އިސްވަކީލަކަށްވާނީ ސުޢޫދު! ލަާހިކުނޫން ހުކުމަކާއި ހަމަޔަށްދާކަށް؟ ސުޕްރީމްކޯޓުގައި ހުރި މީނާގެ ދެބެއިންގެ ދަރިބޭބެ ޢަބްދުﷲސަޢީދު އެމައްސަލަ ނައްތާލާނެ. އެންމެބަހެއްބުނެލާނީ؟ ސާބިތުހިފޭވަރުގެ ހެއްކެތްނެތޭ! އެހިސާބުން ކުށްވެރިވާނީ ފުލުހުން. މިއީމީނާގެ މޮޅުކަން؟ ދެންކީއްވެތޯ ޓްވީޓެއްނުކުރެވޭނީ! ޤާނޫނީ މާހިރެއް ޤައުމަށްދެރަގޮތެއް ވިޔަކަސް ޓްވީޓަކުން ސުޢޫދު ފަލޯކުރާމީހުން މިލިޔަނުން އިތުރުވާނެ!