ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ރަސްމީ ދަތުރެއްގައި ކަމަށް ބުނެ އޮޅުވާލައިގެން ރާއްޖެ އައިސް، ރާއްޖޭގެ ސިޔާސީ އިދިކޮޅު ފަރާތްތަކާއި ބައްދަލުވުންތައް ކުރިއަށްގެންދިޔަ ބައެއް މެމްބަރުންނާއި މެދު އީޔޫއިން ފިޔަވަޅު އަޅައިފިއެވެ.

މިކަމާއި ގުޅޭގޮތުން އީޔޫގެ ޚަބަރުތައް ގެނެސްދޭ މީޑިއާއެއްގައި ވާހަކަދައްކަމުން އީޔޫ ޕާލިމެންޓުގެ އިސް މެމްބަރަކު ވިދާޅުވީ، މިދިޔަ އޮގަސްޓު މަހުގެތެރޭގައި ރާއްޖެ އައިސް އިދިކޮޅު ފަރާތްތަކާއި ބައްދަލުކުރި ވަފްދަކީ އީޔޫ ތަމްސީލުކޮށް އެފަދަ ބައްދަލުވުމެއް ކުރިއަށްގެންގެދިއުމުގެ ބާރު އޮތް ބައެއް ނޫން ކަމުގައެވެ.

ހަމަ އެހެންމެ މީގެ ކުރިންވެސް އެއިން ބައެއް ފަރާތްތަކުން ޤައުމުތަކަށް ކުރި ދަތުރުތަކުގައި ރަސްމީ ހައިސިއްޔަތެއް ނެތި އެފަދަ ޢަމަލުތައް ހިންގާފައިވާއިރު، އެފަރާތްތަކާއި މެދު މިހާރު ފިޔަވަޅުއަޅައި ޔޫރަޕިއަން ޔޫނިއަންގެ ބައްދަލުވުންތަކުން އެކަހެރިކޮށް، އީޔޫގެ ފަރާތުން އިންތިޚާބުތައް މޮނިޓަރ ކުރުން މަނާވާގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށް ޑޭވިޑް މެކްއެލިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިޔޫއިން އެ އިއްތިހާދުގެ ބައެއް މެމްބަރުންނާއި މެދު ފިޔަވަޅު އަޅާފައިމިވަނީ، އޮގަސްޓު މަހުގެ ތެރޭގައި އެ މެމްބަރުން ރާއްޖެއަސް ކުރި ދަތުރެއްގައި އިދިކޮޅު ސިޔާސީ ފަރާތްތަކާއި ބައްދަލުކޮށް އެފަރާތްތަކަށް ވާގިވެރިވެ ވާހަކަދައްކާފައި ވަނިކޮށެވެ. މީގެ އިތުރުން ރާއްޖެ އާއި މެދު ފިޔަވަޅު އެޅުމަށް އެ އިއްތިހާދުން ތައްޔާރުވަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް އެ ދަތުރުގައި އިދިކޮޅާއި ބައްދަލުކުރި މެމްބަރުން ވަނީ ވާހަކަ ދައްކާފައެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ 41 ފަރާތަކާއި މެދު ފިޔަވަޅު އެޅުމަށްޓަކައި ލިސްޓެއް ތައްޔާރުކޮށްފައިވާ ކަމަށްވެސް އެފަރާތްތަކުން ވަނީ ބުނެފައެވެ.

މި މެމްބަރުންނާއި މެދު ފިޔަވަޅު އެޅުމުން އެފަރާތްތަކުން ފަހުން ބުނެފައިވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކާއި ބައްދަލުކުރީ އީޔޫ ތަމްސީލުކުރާ މެމްބަރުންގެ ގޮތުގައި ރަސްމީ ގޮތުން ނޫން ކަމަށެވެ. އެހެން ނަމަވެސް އެފަރާތްތަކުން އެ ދަތުރުގައި އީޔޫގެ ފަރާތުން ބައެއް ނޫސްތަކުގައިވެސް ވަނީ ވާހަކަ ދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޢަލީ

    ޗޮކުން!!!!

  2. ބޭބެ

    ހެހެ!! ރާއްޖޭގެ ރައްޔިތުންނަށް މިއެނގުނީ އަނެއްކާވެސް އާކަމެއް!! މިއީ މިއިދިކޮޅު މީހުން ފައިސާދީގެން ރާއްޖެގެނަސް ކުރުވާ ކަންތައްތައް!! އެއޮތީ ފަޅާއެރީމާފިޔަވަޅު އަޅާފަ!!! އަނެއްކާވެސް އަތައްގޮވީ!! މާތްﷲ މިނުބައިނުލަފާ މީހުން ފަޞީހަ ކުރެއްވީ!!!

  3. ޙހ

    ކޮބާ ހީވޭ ކަމެއްހެން؟

  4. ސަމަންދަރު

    ދެން ތިއޮތީ އެމްޑީޕީ ބިޑި ހެދިފަ އެހެންވެގެންނޭ އަހަރުމެން މި ބުނަނީ ތިޔައީ މުނާފިގު އަންނި ވައްކަން ކުރަން ފޮނުވި ބައެކޭ.

  5. ޖ

    ކޮބާ ފެނިއްޖެތަ މިއެމްޑީޕީ އާލާތުންދައްކާ ދޮގުވާހަކަ

  6. Anonymous

    ރާކަނިމަސް ކެވިފަ ހުންނާނެ މިހާރު

    • ޗހަކާ

      ދެން ލަލަލަލަ........

  7. ފެނޭތޭތޭ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ހަރާމްކޯރޭ ދަ ބަނޑު ދޮންނައޭ ތަމެންނަށް ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ފެނޭތޭ ފެނޭދޯ ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް..

  8. ފޮކުސް ނިއުސް

    ފޭކް ނިއުސް

  9. ޜީނދޫ

    2018ޔާމީން ޝަހީމް

  10. ލަލަލާ

    ހެހެހެހަހަހަ އިދިކޮޅު ބައިގަނޑު ދެން **** ބަލަ....!!! ހުއްހުއްހުއް.

    • ބޮޑުބެ

      ރުޅި އަންނަ ވަގުތުގަވެސް ރިވެތި ޚުލްޤުގައި ހުރުމަކީ މުހިންމު ކަމެއް. އިޖުތިމާޢީ ގޮތުންނާއި ދީނީ ގޮތުންވެސް މެ. އެއީ އެމީހެއްގެ އަސްލު އެނގޭނެ ދަނޑިވަޅު. އެހެން ވަގުތުތަކުގަ 'އެކްޓް' ކުރެވިދާނެ. އެކަމަކު ރުޅި އަންނަ ވަގުތު ދޫ ކޮންޓްރޯލު ކުރުމަކީ އެމީހެއްގެ އަސްލު ހާމަވާ ކަމެއް. ހަޑި މުޑުދާރު އެއްޗެއް ދޭހަވާ ގޮތަށް ޝުޢޫރެއް ފާޅުކޮށް ތިމާ ބަދުނާމު ނުވެވެސް ކިޔޭނެ އެއްޗެހި އެބަހުރި. ޚާއްސަކޮށް ތި ބުނިފަދައިން ދީނާއި ޤައުމު ވިއްކާލަން އުޅޭ ޚާއިނުންނާއި މެދު.

  11. ޕަރީ

    އަންނިހަދާދޮގުބޮޑިބޭޒާރުވެއްޖެއެންނު

  12. Anonymous

    ކޮބާ ޝޭހު އިލިޔާސް!! އިޔާޒޫ!! ޗުއްޕުވެސް ނުބުނެ ތިތިބެނިއްޔޯ!! މިވަރަށް ފަސާދަކުރާއިރުވެސް!! ގައުމަށްޖެހިފައޮތް ވަބާއެއެްްނު މީ!!

  13. ރަސްފަންނު

    ރަނގަޅަށް ބޯވަ ރަހަލާފަ މިހާރު އޮންނާނީ...

  14. 6އޭ

    އެމްޑީޕީ ތީގަމުގެޙަލާކު.ދެރަކަމަކީ ރާއްޖޭގަ ނުވިސްނޭޖާހިލުން ތިބީމަ މީ މިގައުމުގެ ނުވިސްނޭ މީހުން އެޕާޓީގަ އުޅޭނީ 75 ޕަސެންޓް ކުއްވެރިވެ ކޮންމެސް ޖަލްހުކުމެއް ގެ ދައުރު އަދާކޮއްފަ ތިބިމީހުން. ދެން ބާކީ 25 ޕަސެންޓް އެއީ ވެރިކަމާ ބައްދާ ޢާލާތުން

  15. އަބްދުއްލާ

    މިރާއްޖެ އަށް ދަތިކުރުމުގެ ފިޔަވަޅެއް އަޅައިފިނަމަ ޓްރަމްޕާ މެދުވެސް ފިޔަވަޅުއަޅަާނަން ކުރިޔަށް އޮތް މިޑްޓާމް އިންތިހާބަށްފަހު ޓްރަމްޕް ވެސް މަގާމުންދުރުކުރެވޭނެ ހީނުކުރާތި ދަތިކުރަން އުޅެގެން ތިމާއަށް ވެރިކަމުގާ ދެމިހުރެވޭނެ ކަމަށް.

  16. ނޭފަރީ

    ޗަކޮޔާ މާރިޔާ. ޗަކޮއިމެންނަށް މިއަޑުތަކެއްނީވޭދޯ؟ އަދިވެސް ދެއުޅިއެއްނުވާ ވާހަކދައްކާގެން ގުނބޯތައް ނަށްޓުވާ.

  17. ހިރާސް

    ދެން ކޮން އިތުބާރެއްކުރެވޭނީ އީޔޫއަކަސް ބީޔޫއަކަސް.

  18. ސަގަރު

    ދޮން މީހަކުގެނެސް ދެތިންވާހަކައެއް ދައްކާލާ ރައްޔިތުން ބިރުގެންނެވި ޒަމާން މާޒީވެއްޖެ ކަލޯ އަންނީ. ފަޅާއަރާނެ އަތަށް ގޮވާނެ.ދެންލަލަަލލަަލ

  19. މޫސަ

    އެ ރީނދޫ ބައިގަނޑު ހީކުރީ ޔާމީނު ބިރުން ތޯލާފުޅިއަކަށް ވަދެ ފި ލާނެކަމަށް. ޔާމީނަކީ ކެނެރީގޭ މީހާކަހަލަ މޯލެއް ނޫން.

  20. ރަށުމީހާ

    ގައިމު ތިޔަބުނާތަނުގެ ރަސްމީ ޓުވިޓާއިން ޓުވީޓު ކޮށްފައެބަހުރި ތިޔަ ދަތުރު އަޅުގަނޑު ގޮވާލަން ފިޔަވަޅުއަޅާދޭން އެދުމްށް

  21. ފައިސަލް

    ޢަޅޭ، ހީވޭ ކަމެއްހެން......ހިންޔެއް ނާންނާނެ؟

  22. ހުސޭނު

    އަދި ފިޔަވަޅެއްނާޅަ އެކަމު ވަރައްހަރުކަށިކޮއް އެމެންބަރުންގެ މައްސަލަ ޢީޔޫއިން ތަހުގީގު ކުރަމުންދަނީ

  23. ބްރަވާޑޯ

    ޢެމްޑީޕީ އަކީ އަބަދުވެސް މީހުން މަގު ފުރެއްދުމަށްޓަކައި މަސައްކަތް ކުރާ ވަރައް ބޭއަދަބީބައެއް.އަޅުގަނޑުގެ ނަސޭހަތަކީ އިރެއްގައި އެމީހުނަށް ސަޕޯޓް ކުރެވުނު ކަމަށްވިޔަސް މިހާރު ތިމާގެ އަމިއްލަ ބުއްދި ބޭނުންކޮށގެން އަޅުގަނޑެކޭ އެއްގޮތަށް އެމީހުންގެ އަވާގައި ނުޖެހި ވޭތޯ ކޮންމެ މީހަކުވެސް މަސައްކަތް ކުރާށެވެ.

    • ނޫރާ

      ހެޔޮކޮށް ތިބުނީ..އެމީހުންނަކީ އަބަދުވެސް އެންމެ ކައިރީގަ އުޅޭ މީހުންނަށް ލަނޑު ދޭ މީހުން..ކިރިޔާލަވެސް ފެޔަށް ޖެހިލައިފިނަމަ ދެން އޮންނާނީ އެމީހެއްގެ އަބުރު ކަތިލުން...މަވެސްމީ އެމީހުން ތެރޭގައި އުޅެ އެތަނުން ފޭވެގެން ހުރި މީހެއް.

  24. ސ

    ކެނެރީގެ އައްނިއަށް އަނިޔާ އާއި ހަލާކުހުއްޓެވެ
    ދިވެހިން މިނުބައި މީހާހާކެ ކިބައިން ސަލާމަތް
    ކުރައްވާށި

  25. އހ

    އޯހް.. އީޔޫ މިހާރު ޕޕ ކުދިންނަށް އޯކޭދޯ..

  26. ޢ ރަސީދު

    މުސްކުޅި މާމާ ދެއްކި ވާހަކަ މިދިޔަ ޗޮކުން މީމަކަރު ވެރި ކަމަކީ ޢޮޅުވާލުމަކީ