މާލެ އިން ހުޅުމާލެ އަށް ދަތުރު ކުރާއިރު ޓެކްސީތަކުން ނެގޭނީ ދަތުރަކަށް 40 ރުފިޔާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ކަނޑައެޅުމުން ޓެކްސީ ޑްރައިވަރުން ރުޅިގަދަވެ، ހުޅުމާލެ އަށް ދަތުރު ކުރުން ހުއްޓާލައިފިއެވެ.

އަބަދުވެސް ޝަކުވާ ގިނަ ބައެއްގެ ގޮތުގައި ފާހަގަ ކުރެވޭ ޓެކްސީ ޑްރައިވަރުން މިއަދު ބުނީ ހުޅުމާލެ އަށް ކުރާ ދަތުރަކަށް 80 ރުފިޔާ އަށް ވުރެ ބޮޑު އެއްޗެއް ނުލިބޭނަމަ ހުޅުމާލެ އަށް ދަތުރު ނުކުރާނެ ކަމަށެވެ. 15 ވަރަކަށް މިނެޓް ހޭދަވާ މާލެ އާއި ހުޅުމާލޭގެ ދަތުރުގެ އަގު ކޮންޓްރޯލް ކުރަން ސަރުކާރަށް މަޖުބޫރުވީ ހުޅުމާލެ އަށް ކުރާ ދަތުރުތަކަށް ޓެކްސީ ޑްރައިވަރުން 200 ރުފިޔާ ނަގަން ފެށުމުންނެވެ.

މިއަދު "ވަގުތު" އަށް މައުލޫމާތު ދިން ޑްރައިވަރަކު ބުނީ 40 ރުފިޔާ އަށް ހުޅުމާލެ އަށް ދަތުރެއް ކުރުމަށް ވުރެ މާލޭގައި ދަތުރު ކުރުން އެމީހުންނަށް މާ ރަނގަޅު ކަމަށެވެ.

"މިއުޅެނީ ކުރާނެ ދަތުރު ނުލިބިގެންނެއް ނޫން. އެހެންވީމާ ގެއްލުމުގައި ހުޅުމާލެ އަށް ދަތުރު ކުރުމުގެ ވިސްނުމެއް ނެތް. ސަރުކާރުން އަގަށް ބަދަލު ނުގެންނަނީސް ހުޅުމާލެ އަށް ދެން ދަތުރެއް ނުކުރާނަން." ޑްރައިވަރު ބުންޏެވެ.

އެހެން ޑްރައިވަރަކު ބުނީ ހުޅުމާލެ އަށް ކުރާ ދަތުރުތަކުގެ އަގު ޓްރާންސްޕޯޓް އޮތޯރިޓީ އިން ހަމަޖެއްސީ ޑްރައިވަރުންނާއި މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. އެހެންކަމުން އެއަގު ޑްރައިވަރުން ބަލައި ނުގަންނާނެ ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އާންމުން ބުނާ ގޮތުގައި މާލެ އާއި ހުޅުމާލެ އާއި ދެމެދު ކުރާ ދަތުރުތަކަށް 40 ރުފިޔާ ނަގާ ގޮތައް ޓްރާންސްޕޯޓް އޮތޯރިޓީ އިން ހަމަޖެއްސުމަކީ ވަރަށް ރަނގަޅަށް ކުރި ކަމެކެވެ.

"ޓެކްސީ ޑްރައިވަރުން ހިތްހަމަ ޖެހޭ ގޮތައް ކުރެވިފައި އޮތް އެންމެ ކަމެއް ވެސް ބުނެބަލަ؟ 80 ރުފިޔާ ކަނޑައެޅިނަމަ ބުނާނެ 100 ރުފިޔާ އޭ. ކޮންޓްރޯލް އަގު ގަބޫލު ނުކުރާ ޑްރައިވަރުންނާއި ދޭތެރޭ ފިޔަވަޅު އަޅަން ޖެހޭ." ފަސެންޖަރަކު ބުންޏެވެ.

މާލެ އިން ހުޅުލެ އަށް ނުވަތަ ހުޅުލެއިން މާލެ އަށް އަދި ހުޅުމާލެ އިން ހުޅުލެ އަށް ނުވަތަ ހުޅުލެ އިން ހުޅުމާލެ އަށް ކުރާ ދަތުރަކަށް ނެގޭނީ 35 ރުފިޔާ އެވެ. މެންދަމު 12 އާއި ހެނދުނު 6 އާއި ދެމެދު ކުރާ ދަތުރެއް ނަމަ ދަތުރުފީގެ އިތުރުން 5 ރުފިޔާ ނެގޭނެއެވެ. ޑިކީއަށް ދާގީނާއެއް އަރުވައިގެން ކުރާ ދަތުރެއްނަމަ ދަތުރު ފީގެ އިތުރުން 5 ރުފިޔާ ނެގޭނެއެވެ.

ހުޅުމާލެ އަށް ދަތުރު ކުރަން ޓެކްސީ ޑްރައިވަރުން ދެކޮޅު ހެދި ނަމަވެސް އެކަމާއި ގުޅިގެން އަދި ޓްރާންސްޕޯޓް އޮތޯރިޓީ އިން ވަކިއެއްޗެއް ނުބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

144 ކޮމެންޓް

  1. ބައި

    ޓެކްސީ ސެންޓަރުތައް އުވާލާ. ބަސް ސެންޓަރު ހުޅުވާ.

    • ކާފަ

      އެއްބަސް އެއްބަސް.. ބޮޑު ނުހަރުއްޕާނެއް މި ޓެކްސީތަކާއި ހެދީ. ހުރިހާ ކަމަކާ ދެކޮޅުވާނެ އެކަމަކު ބޭނުން ޖެހޭއިރު ހަރާންތޯއްޗެ ލިބުނިއްޔާ. ހާއްސަކޮށް ތިކި ތަޅާލައިފިއްޔާ އޮންނާނީ ކާރު ހަޑިވެދާނެތީ ގޭގަ. އެކަމަކު މާލެ ބަސް ސިސްޓަމް ހެދުމާްި އަދި މިހާރު ފުޅާ ކުރުމާ ދެކޮޅުހެދީވެސް އެވެރިން.

    • އަސްލުހާލަތު

      އެމްޓީސީސީ ނޫނީ އެމްޕީއެލް ފަދަ ސަރުކާރުގެ ކުންފުންޏަަކުން ބުރިޖު ހުރަސްކޮށް ހުޅުމާލެއަށް އަދި މާލެއަށް ހާއްސަ 50 ހަކަށް ޓެކްސީ ބާއްވަންވީ ތިއަގަށް އޭރުން ތިޔަ މީހުން ސައިޒު ވެދާނެ.. ރަނގަޅަށް އަލިފާންކެވިފަ އޭރުން ތިބޭނި..

    • ޔެސްބެ

      ބަރާބަރު ހުށަހެޅުމެއް! ޓެކްސީ ހުއްދަ ބާތިލްކުރޭ! މިމީހުން ފޮނިކޮށް އުޅޭތާ ކިތަންވެ ދުވަހެއް!

    • މިިޕި

      ސަޅި

    • މިިޕި

      ސަޅި.

  2. ޔާމިން

    ފެލިފެލިތިބެންޖެހޭނީ ދަތުރުކުރަންޖެހޭނީ

  3. ބޭބެ

    މިޓެކްސީތައް ހަމަ މަގަށް އަޅުވަންޖެހޭ!!! ޕަބްލިކް ޓަރާންސްޕޯޓް އިތުރު ކުރަންވީ ސަރުކާރުން ބަސް ގެނަސްގެން!!! މިމީހުން ހިތައްއެރިގޮތަކަށް އަބަދު ޢަމަލުކުރެވިގެންނުވާނެ!!! ޓްރާންޕޯޓުން ކަނޑައަޅާފައިވާ އަގަށްވުރެން ބޮޑުކޮށް ނަގާނަމަ ރިޕޯޓްކުރޭ ޕޮލިހަށް!! ފިޔަވަޅު އެޅޭނެ!!

  4. ވާނުވާ

    ބުރިޖު ހެދީ ރައްޔިތުންގެ ނަމުގަ ޔާމީނު... ރައްޔިތުން ފެލަން ޑްރައިވަރުން ހޭކެނޑޭވަރު ބަލާ...

  5. ޏ

    40 ރުފިޔާ އެއީ ބުރިޖް ހުރަސްކުރަން ނަގާ އެއްޗެކޭ.
    އެހެންވީމަ ހުޅުމާލެއިން ފަސެންޖަރުން ނަގައިގެން މާލެއަށް ތިކުރާ ދަތުރުތަކަށް އެ އިޢުލާން ކިޔާލީމަ އެގޭނެ ނެގޭނީ 2 ދަތުރުގެ ފައިސާއާއި ބުރިޖް ހުރަސްކުރަން އެހައިވޭއާއި ހިސާބުން މާލެ އަށް ދާން މިނެގެނީ 40 ރުފިޔާކަން. އެހެންވީމަ 90 ރުފިޔާ ލިބޭނެ ދަތުރަކަށް. 80 ރުފިޔާއަށް ވުރެ ބޮޑު.

    • ޢަނީސް

      އެއީ ތެދެއް... މާލެއިން ކާރަށް އަރާ މީހާ އެ އަރާ ހިސާބުން ބުރިޖު ފެށޭ ހިސާބަށް 25 ރުފިޔާ... ބުރިޖު ފެށޭ ހިސާބުން ހުޅުމާލެ ފެށޭ ހިސާބަށް 40 ރުފިޔާ.. ހުޅުމާލެ ފެށޭ ހިސާބުން ހުޅުމާލޭއިން އެމީހަކު ދާން ބޭނުންވާ ހިސާބަށް 25 ރުފިޔާ.. އެހެން ވީމަ، ޑިކީއަށް އެއްޗެއް ނާރުވައި ދުވާލު ކުރާ ދަތުރަށް 90 ރުފިޔާ ލިބޭނެ.. ރޭގަނޑު ނަމަ 12 ގެ ފަހުން ނަމަ 105 ރުފިޔާ ނެގޭނެ. ޑިކީއަށް އަރުވައިފިއްޔާ މި ބުނި 3 ދަތުރަށް ދުވާލު 105 ރުފިޔާ ނެގޭނެ.. ރޭގަނޑު 12 ގެ ފަހުން ޑީކީއަށް ލައިގެން ކުރާ ދަތުރަށް 120 ރުފިޔާ ނެގޭނެ...

  6. ކޮމެންޓް

    އަގުހެޔޮ ކޮއްދިންކަން އޮންނާނެނު.،ަޝްވަރާގެ ކަންފުލެއްވެސސްނެތް. އަމިއްލައައް ފެންނަގޮތް ހެދީމަ ވާނީ މިހެން. ދެން ރަްޔިތުން ފެލާލާ ދުަވަސް މާދުރެއްނޫން.ވޯޓް ފަހުން އެކަން ވެސް ކުރާނެ..???????????????????

  7. ޏޖޒ

    ކާރުގެ ހުއްދަ ތައް އަތުލަ. ޢެއްފަހަރާ މުއްސަންދިވާން އުލެނީ

    • ބަސް

      އަބަދުވެސް ޓެކްސީތަކަކީ ނުލަފާބައެއް.. ރަނގަޅު ބައެއްއުޅުނަކަސް އެމީހުންގެ އަޑެއް ނީވޭނެ. އެއީ އެވެރިންނަކީ އާންމުކޮށް އަޑުގަދަ ބައެއް. ޓެކްސީއަކަށް އަރާލީމަ އެނގޭނެ އެމީހުންގެ މޫޑު.

  8. މާރިޔާ

    ހަމަދަތުރުކުރަންޖެހޭނީ

  9. ނަޝީދު

    ޓެކްސީ ޑްރައިވަރުންނަށް ރަނގަޅު އެއްގޮތް ވެސް ނޯންނާނެ. ތިޔައީ ސައިޒްވާންޖެހޭ ބައެއް. ރައްޔިތުންނަށް ހެވެއް އެދޭ ބައެއް ނޫން ތިއީ. ޕަބްލިކް ޓެކްސީ ސަރވިސްއެއް ފަށަންޖެހޭ ވަގުތު މިއައީ...

    • ާއައިޝް

      ޢަސްލުވެސް ތީ ހަމަ ކުރަންވެއްޖެ ކަމެއް. މިޤައުމުގައިވެސް ޕަބްލިކް ޓެކްސީ ސެންޓަރެހް ބޭނުންވޭ

  10. ޤސމ

    ހިތްހަމަނުޖެހެންޏާ ދަތުރު ކުރާކަށް ލާޒިމެއް ނޫން. ދަތުރު ކުރާކަށް މަޖުބޫރެއްވެސް ނުކުރޭ. ހިތްހަމަނުޖެހި ރުޅިއައުމުގެ ފުރުސަތުއޮންނާނީ މަޖުބޫރުކުރުވައިގެން ކަލޭމެން ލައްވާ ދަތުރުކުރުވާނަމަ، ރާއްޖެ އުފެދުނީއްސުރެން މިއަދާއި ހަމައަށް ކަލޭމެން ޓެކްސީކޮށްގެނެއްނޫން މާލެއިން ހުޅުމާލެއަށް މީހުން ގޮސް އުޅުނީ. މިއަދު މާމުހިއްމު ބަޔަކަށް ވެގެން ތެޅޭނެކަމެއްނެތް. ތިކަމަށްވެސް ސަރުކާރުން ގޮތެއްް ހޯދައިދޭނެ. "އޫބަރ" ކަހަލަ ހިދުމަތެއް ތަޢާރަފުކުރީމަ އޮންނާނެ ރާކަނިމަސް ކެވިފަ.

  11. ޞާދާ މީހާ

    ކޮން ޤަވާޢިދެއްގަ އޮވެގެންތަ އެއްފަހަރާ ތިންހަތަރުތަނުން މީހުންއަރުވައިގެން ކޮންމެ މީހެއްގެ އަތުން 25ރ ތިނަގަމުންދަނީ ، ތިޤަވާޢިދު ހެދިތަނުންނޭ ބުނެފަ އޮތީ ޤވާޢިދު ހަދާފަ އެއްދަތުރުއްގަ ތިންހަތަރު ތަނުން ހުއްޓުވާފަމީހުން ނޭރުވޭނޭ، ކަނޑައެޅިގެން މިހެންއަންގާފަ އޮންނަ އިރުވެސް މިކަންކުރޭ. ފުރަތަމަ ޓެކްސީ އަށް އެރި މީހާ ކައިރީ އަހާވެސްނުލާ ، ޤަވާޢިދަކު ނޯންނާނެ ޓެކްސީ ބޭނުންވާ މީހަކައިރީ ދާތަން ޑުރައިވަރު އަހާފަ ޑްރައިވަރު މޫޑު، ނުވަތަ ޑަރައިވަރު ދާން ބޭނުން ތަނަކަށް ދަތުރުކުޜާކަށްވެސް، މީ ތި ޑްރައިވަރުން ކަންކުރަމުންދާގޮތް، ތިމާމެން ބޭނުން ނުވާކަމެއް އައިސްފިއްޔާ ޤަވާޢިދުގޯސް ، މިކަންކަން ބަލަން ޓްރާންސް ޕޯރޓް އޮތޯރިޓީއަށް ގޮވާލަން. ޢެއްދަތުރަކަށް އެތަށްބަޔަކު އެރުވުން މިޙާރުވަނީ ހައްދުން ނައްޓާފަ . ޚިތަންމެ ރުަޅިއަޔަސް މީޙަޤީޤަތް!

    • Anonymous

      ތިކަހަލަ އެތަށް ޙަރާމް ފައިސާއެއް ތިޔަ ޑްރައިވަރުންނަށް ނަގައި އަނބިދަރިންނަށް ދެމުން ދަނީ!! މިހާރު ޑްރައިވަރުންގެ ގޮތުގައި ގިނައިން ތިބޭނީވެސް ދީންވެރި ރަނގަޅު ކަމަށް ފެންނަ މީހުން.!! އެކަމަކު މި ބޭނުން ކުރާ ފައިސާ ހުއްދަވާނެ އެއްވެސް ގޮތެއް ނޯންނާނެ.

    • ކުރިމަގު

      ތީ ވަރަށްބޮޑު ތެދެއް! ތީ ހަމަ ޙަޤީޤީ ތެދެއް

  12. އަހްމަދު

    ދެން ވަގުތުނޫހުން ނެރެންވީނު 40ރފ އައްދުއްވާނެ ވެހިކަލެއްދޯ.

    • މާލޭ މީހާ

      އަހަރުން ނޫޅެން ތި ޓެކްސީ އަށް އަރާކަށް! ލޮލް

      • ޔޫން

        ހަ ހަ ހަ ހަ . ތެދެއް??

      • ނިއުޓެކްސީ

        40ރ އަށް ދަތުރު ނުކުރެވޭ މީހުންއަތުން ޓެކްސީބޯޑް އަތުލާފަ އަހަރެމެންނަށް ގެނޭ.. މިތިބީ ދަތުރުކުރަން. ކޮންބޮޑައެއް ހާކާކަށް.. އޭއްޗެކޭ މީއްޗެކޭ ފަޅޮލޭ ކިޔައިގެންވެސް ލާރިގަޑެއް ކަންވާލެވޭތޯ ބަލާތި.

  13. ޫރައިވަރު

    ކަލޭމެންކަމަކީ އަބަދުވެސް ރައްޔިތުން ފެލައިގެން ދިރިއުޅޭބައެއް އެހެނީ ތެޔޮ އަގުބޮޑުވާ އިރައް ފީ އަގުބޮޑުކޮއްލާ އެކަމަކު ތެޔޮ އަގު ދައްވިޔަސް ޓެކްސީތަކުން ފީ އަގުހެވެއްނުކުރޭ. ޟިޙާރުވެސް ޑިކީއައް އެއްޗެއްލާއިރުވެސް އެންމެން އެއްއަގެން ނުނަގާ އެމީހަކު ބޭނުން ވަރަކައް ރައްޔިތުން ފެލަނީ،
    މީބޮޑު އުދަގުލެއްޖެހިފައޮތް ތިއަގުތައް ވ ސަޅި ދަތުރުކުރާށޭ ބުނެފިތަ އެއްފަހަރުވެސް ދަތުރަކައްނެގޭނެ ވަރު ބުނެފައެއޮތީ ހަމަ ފުއްޕާފަތިބެންޖެހޭނީ ވ ސަލާން

  14. ހޯހޯ

    ޓެކްސީ ޑްރައިވަރުން މާ މަތީގަ އުޅެނީ. އެހެން ވަނީވެސް ޓެކްސީތައް ކޮންޓްރޯލް ކުރާނެ އަދި ބަލަހައްޓާނެ ބަޔަކު ނުވާތީ. ޓްރާންސްޕޯޓް މިނިސްޓްރީ އަކީ ނަމެއްގަ އޮންނަ ބައެއް. އަސްލު މާލެ އަކު ޓެކްސީއެއް ނުހުރޭ. ހުންނަނީ ހުސް ބަސް. ނަމެއްގަ ކާރުގަ ޓެކްސީ ޖަހާފަ ހުއްޓަސް، އެއީ ހަމަ ބަސްތަކެއް. ދަތުރު މަތީގަ ހުއްޓަސް ފެހި ބޯޑު ދިއްލައިގެން ތަންތަން ކޮޅުން މީހުން އަރުވަމުންދާ ބަސްތަކެއް. ސޮރީ. ހުރިހާ ޓެކްސީ ޑްރައިވަރުން އެއްނޫން. އެކަމަކު ހަމަ ގިނައީ ޓެކްސީގެ ނަމުގަ ބަސް ދުއްވާ މީހުން. ފަހަރެއްގަ މި ޓެކްސީ ތަކުން ބޮލަކަށް 40ރ ވެސް ނަގާފާނެ.

  15. ކަސްޓަމަރ އެއް

    40 ރުފިޔާއަކީ މާލެއިން ހުޅުމާލެއަށްދާން ވަރަށް ކުޑަ، އަދި ގއްލުމުގައި ނޫނީ ނުކުރެވޭނެކަމެއް. ރޭގަނޑު އެކްސްޕްރެސް ފެރީގައި މީހަކަށް 35ރުފިޔާގެ ރޭޓުން 4 މީހުންނަށް ނޫނީ ދެމީހުންނަށް ބެލީމަވެސް ޓެކްސީ ދަތުރާ ނުބައްދަލު. ވަގުތު އަވަސްވާނެ ޓެކްސީގައި. ކިޔުގަ މަޑޫކުރަން ނުޖެހި، ހިތްފަސޭހަ ދަތުރެއް ކުރެވޭނެ. ކަންކަމުގަ މަސްވަރާ ދޫކޮއްލީމާ ވާގޮތް މިއަދު މިޤާއުމުން މިފެންނަނީ.

  16. ކަސްޓަމަރެއް

    އަޅުގަނޑަކީ ޑުރއަވަރެއްނޫން ނަމަވެސް ބުނެލަންބޭ ބޭނުންވަނީ 40 ވަރަށްވެސް ކުޑައޭ 80 ނަމަ އޯކޭ

    • Anonymous

      ކަލޭއަށް ވަކިން 80 ހަމަޖައްސަންވީދޯ

    • ހަސަނު

      -/40 އިން މަތިން ކަލޭ ބޭނުން ވަރެއް ދީ

  17. ަަައަލީ

    މާލެއިން ބުރިޖާހަމައަށް 25 ބުރިޖު ހުރަސްކޮށް މާލެއަށް ނުވަތަ ހުޅުމާލެއަށް 40 ހުޅުމާލެ އެތެރެއަށް 25 = ޖިމްލަ 90 ރުފިޔާ ހުޅުލެއަށް ފުރަންދާމީހާ ދާގީނާ އަރުވާނަމަ35+40= ޖުމްލަ 75 ރުފިޔާ ޓްރައިވަރުންނަށްވެސް ގޯހެއް ނޫން

    • ނަން

      ކޮސް ނުގޮވާ އެއީ ބުރިޖާ ހިސާބުން 40ރ. ޥާހަކައެއް ނޫން. މާލޭގެ ކޮންމެ ތަނަކުން އަރައިގެން ހުޅުމާލެއަށް ދިޔައަސް 40ރ. ޙުޅުމާލެއަށް ދާން އަރާފިނަމަ 40ރ. ޙުޅުލެއަށް ނަމަ 35ރ.

      • Anonymous

        މާލޭގެ ކޮންމެ ތާކަކުންވެސް ހުޅުމާލެއަށް ދާން 40.. ހަމައެކަނި ބްރިޑްޖް ހުރަސްކުރަން 40 ނަގަންޏާ މަށަށް ފެންނަނީ ބްރިޑްޖުގެ ފީ އޭގެ ތެރެއިން ޓެކްސީތަކުން ދައްކާގޮތަށް ހެދުމަށް. ދެން 30 ނުވަތަ 35 ރުފިޔާ ފީއެއްގެ ގޮތުގަ ނެގީމަ ހުންނާނީ ރީތިވެފަ.

    • އަޅުގަނޑު

      ތިގޮތަށް އަޅުގަނޑަށްވެސް ތި މާނަ ކުރެވެނީ

  18. ފާތުމަ

    މާރަނގަޅު.އެންމެން ޕަބްލިކް ބަސް ބޭނުންކުރާނެ.ދެރަވާނީ ހަމަ ޓެކްސީ ޑްރައިވަރުންނަށް.

    • Anonymous

      އެކަންވެސް ފުރިހަމަކޮށް ނުކުރެވިގެން އުޅެނީ އެމީހުންނާ ހެދީ. ފުރަތަމައިނުންވެސް ބަސް ސިސްޓަމް ޤާއިމު ކުރާ ޚަބަރުވެގެން އެމީހުން ޓްރާންސަޕޯޓަށް ގޮސަ މައްސަލަ ޖައްސައިގެން އެކަންވެސް މާލޭގަ އޮތީ މިހާރު ޖޯކުގޮތަކަށްނުން.

  19. މާޝާ

    ޙަރާން ލާރި ކާން އެނގެނީ ވަކި ބަޔަކަށް ނޫން މި ޑްރައިވަރުން ވެސް ލާރުޔާ ހެދި މޮޔަވަނީ

  20. ބުލޮރޮދި

    ޢަގު ބަރަާބަރު، މާލެއިން ދަތުރު ލިބެންޏާ ، މައިތިރި ވެގެން ތިބޭ ނުފެލި

  21. ޙުޅަނގު

    އެކަމެއް ނޭނގެ ހުޅުމާލޭ ތެރެ ބަލާލީމަ!

  22. ޖާހިލުން

    ތީ ވަރަށް މަތީ ބައެއް.

    ކުރިންވެސް ގަދަކަމުންނެއްނޫންތަ އެމީހުންލައްވާ ޓެކްސީ ބޯޑު އެޅުވުނީވެސް....؟

    ސަރުކާރުން ހިފަހައްޓާލާ ..އޭރުންޖެހޭނީ ހަމަ ކުރަން.

    • ދަތުރުވެރިއެއް

      އެދުވަސްކޮޅު ޓެކްސީއަކަށް އެރިމީހަކަށް އެނގޭނީ އެވެރިންގެ ދުއްޕާން. މުޅި ދަތުރު އެމީހުން އެކިޔާލަކިޔާލަ އިންނަ ކުދިކިޔުމަށް އަޑުއަހަން އިންނަންޖެހޭނީ. ދެން މިހާރު އެބޯޑުވެސް އެމީޙުން ހަދަނީ ކެރަވަޅު. އެކަކުގެ ޖާގަ އިނަސް ފެހިކުލަ ޖައްސައިގެން ދާނެ މަޑުނުކޮށް. ނޫނީ ރަތްކޮށް ބަހައްޓާފައި އެމީހުން ބޭނުންވާ މީހަކަށް ހުއްޓާފަ އަރުވައިގެންދާނީ.

  23. އޫބަރ އެންޑް އޮލޭ ބޫން ބޫން

    ދެން ފަށާނީ އޫބާ އެންޑް އޮލޭ. މި އުޅޭ ޑްރައިވަރުންގެ ވަކިދަށުން ނިކަމެތިން ސަލާމަތްކުރަން މާ ލަސްވެއްޖެ. ހީވަނީ ދުނިޔޭގެ މި ނޫން ބައެއް ނެއްހެން. މެލޭސިޔާ ވާނެ މިސަަލަކަށް މީގެ. ތިބެބަލަ

  24. ނައުޝާދު

    الحمدلله.. މާލެއިން ހުޅުމާލެއަށް ދާން ކޮޅަކަށް 40 ރުފިޔާ ނެގިޔަސް ޓެކްސީ ޑްރައިވްރުންނަށް ބޮޑުތަނުން ފައިދާ ވާނެ. ާަސަބަބަކީ ތެޔޮ ޚަރަދަށް 15 ރުފިޔާވެސް ކޮޅަކަށް ނުދާނެތީ. އަދި ހުޅުމާލެއަށް ގޮސްފަ އެކޮޅުގައިވެސް ޓެކްސީ ކޮށްފަ އަނބުރާ މާލެއަށް އަންނަ އިރު އަނެއްކާ މަދުވެގެން 40 ރުފިޔާ ލިބޭނެ. މިގޮތުން ހަމައެކަނި ދެކޮޅު ދަތުރަށްވެސް 80 ރުފިޔާ ލިބޭއިރު ދުވާލަކަށް 3 ދަތުރު ނެގިޔަސް މަހެއްގެ މައްޗަށް ބަލާއިރު ހަމައެކަނި 3 ދަތުރު ކޮށްލައިގެން އެލިބެނީ 7200 ރުފިޔާ އެވެ. މިއީ އިތުރަށް ޗާޖްކުރާ ދާގީނާ އަދި ރޭގަނޑު ދަންވަރު ވަގުތު ތަކުގައި ނަގާ އިތުރު ޗާރޖް ނުލާ ހަމައެކަނި މާލެއާއި ހުޅުމާލެއަށް ދުވާލަކު 3 ދަތުރު ކޮށްލައިގެން މަހެއްގެ މައްޗަށް ލިބޭ އާމްދަނީއެވެ. މިއިން ތެޔޮ ޚަރަދަށް 1500 ރުފިޔާ ކެނޑިޔަސް ފައިދާގެ ގޮތުގައި 5700 ރުފިޔާ އެބަ ލިބެއެވެ. ވީއިރު ރައްޔިތުން ބުރަ މަސައްކަތުން ހޯދާ ލާރިކޮޅުން ޓެކްސީ ޑްރައިވަރުން ހިތަށް އެރި އަގެއް ނުނެގިގެން ބޮޑާ ހާކައިގެން އުޅޭއިރު މިހާރު ސަރުކާރުން ކަނޑައަޅާފައިވާ އަގަށް ދަތުރު ކުރިޔަސް ހަމަ ބޮޑުތަނުން އެވެރިންނަށް ފައިދާ ވާނެއެވެ. މިހާ ބޮޑު އެއްޗެއް މިހާރުގެ އަގަށް ކުރިޔަސް ފައިދާގެ ގޮތުގައި ލިބޭއިރު އެޢަދަދު މަދުވެގެން އެއަށް ބޮޑާހާކައިގެން އެއަށްވުރެ ބޮޑު ޢަދަދެއް ހޯދަން ދަތުރުތައް ނުކޮށް ހުއްޓާލިޔަސް އަހަރެމެންށް ވަރިހަމަ..

    • ބަންނު

      ކިހިނެއްތޯ 5700 ހޯދައިގެން
      15000 ރފ ގޭކުލި
      3000 ރފ ބިލްތައް
      7000 ރފ ކާރުގެ ވެރިޔާއަށް
      10000 ރފ ގޭގެ ހަރަދު
      އަދި ކޮބައި ކާރ މެއިންޓެނެންސް .. ތެޔޮ . . މިހެންގޮސް ކިޔާނެ ކަމެއް ނެތް...

      • ވިކްޓަރ

        އެއީ ހަމަ އެކަނި ބްރިޖުގަ ދުވާލަކު 3 ދަތުރުން ލިބޭ ފައިދާ... އެމީހުން ބްރިޖުގަ ކުރާނީ ދުވާލަކު 3 ދަތުރުތަ؟؟ ނޫނީ ދަތުރުތަށް ކުރާނީ ހަމަ އެކަނި ބްރިޖުގަ އެކަނިތަ؟؟ ނުވިސްނާ ކޮމެންޓް ކުރިޔަސް ތީ ބޮޑުވަރު!!

        • Anonymous

          ދެން އެހެންވިއްޔާ ތި ކާރު ވިއްކާލާފަ އެހެން ކަމެއް ކުރަންވީ ނޫ؟؟

      • ބަންނުއަށް

        މިރާއްޖޭގަ ޓެކްސީއަށް ދުވަހަކު ފައިދާވި ޚަބަރެއްނުވާނެ. ތިގޮތަށްކިޔާނަމަ 35000 ނުލިބެންޏާ ނޫޅެވޭމީހުން އަހަރުމެން އެންމެންނަކީވެސް. ދަތުރަކަށް 25 ނަގާނެ. ގިނަފަހަރަށް ދެމީހުން އަރުވައިގެން ދުއްވާނީ. ވާރޭ ވެހިލާއިރަކަށް ކާރެއް ނުލިބޭނެ. ވާރޭނުވެހުނަސް ގުޅައިގެންވެސް ކާރުލިބޭނީ މަދު ގަޑިއެއްގަ އެތައް ފަހަރަކު ގުޅައިގެން. މަގުމަތިން އަތްނަގައިގެންވެސް ހުންނަންޖެހޭ އެތައް އިރަކު. ދެން އަހަރުމެން ހަމަ ޤަބޫލުކުރަންވީ ކަލޭމެންނަށް ފައިދާއެއްނުވެޔޭ ބުނާއިރަށް. ތިގޮތަށް 35،000 ނުލިބެޔޭ ބުންޏަސް އެކަންވެސް ގަބޫލެއް ނުކުރެވޭ. އެއީ ޓެކްސީ މީހުންނަކީ އާންމުގޮތެއްގަ ލިބޭ އެއްޗަކާމެދު ދޮގުހަދާ ބައެއް. ދެން ކާރުގެ ވެރިފަރާތަށް އެއްޗެއް ދައްކަންޏާ ބުނަން އޮތީ ތިހުރީ އަސްލު އޭނަގެ ވަޒީފާއެއްގައޭ. އެހެންވީމާ ވަޒީފާދިން ފަރާތާ މަޝްވަރާކުރާށޭ މުސާރަ ކުޑައިއްޔާ. އެހެން ވަޒީފާތަކުގަ ވެސް ހަދަނީ އެހެން. އޭރުން ވަޒީފާއާމެދު ހިތްހަމަ ނުޖެހެންޏާ އެހެން ވަޒީފާއެއް ހޯއްދަވާ.

      • ކަސްޓަމަރު

        ހަމައެކަނި ދުވާލަކު 3 ދަތުރުގެ މިސާލެއް އެއީ. ކަލޭމެން ދެކޮޅުޖެހޭ ވަރަށް ދަތުުރު ހޯދައިގެން ލާރިހޯދަބަލަ. މަސައްކަތް ކޮށްގެން ލާރި ހޯދަބަލަ. އެންމެ ދަތުރަކުން މުއްސަނދިވާން ނޫޅެބަލަ. ޢަހަރުމެންނަކީ ވެސް ހަމަ ތިޚަރަދުތައް ކުރަންޖެހޭ މީހުން.

  25. މީހާ

    ވަކިތާކައް ނުދެވޭ ޓެކްސީ ތަކުގެ ހުއްދަ ބާތިލްކުރަން ފެނެ

    • ކަސްޓަމަރެއް

      ތެދެއް ތިބުނީ. މާ މަތީގަ ތިބޭ ބައެއް އެއީ. އެވެރިން ހަމަމަގަށް އަޅުވާ ސަރުކާރަކަށް އަހަރެންގެ ތާއީދު،

  26. ބުރާރު

    ޓެކުސީ ޑްރައިވަރުން މީ ސައިޒަށް ކަނޑަން ޖެހޭ ބައެއް. ސަރުކާރުން ޖެހެނީ މީޓަރ ބަހައްޓަން / މިނިމަމް މީޓަރ ޗަރޖަކީ 20 ރުފިޔާ ކަމަށް ބަލާފައި. ޓެކުސީ މީހުން ދަތުރު ނުކުރާ ނަމަ ސަރުކާރު ކޮންމެވެސް އެއް ކުންފުންޏަކުން ބުރިޖްހުރަސްކޮށް ކުރާ ދަތުރު ތައް ކުރަން . ހުޅުލެ އާއި ހުޅުމާލެ ދަތުރުތައް ވެސް ކުރަން. މިޓެކްސީ މީހުން ވަގުތުގެ ނާޖާއިޒު ނެގި ވަރު ބަލަ އެންމެ ދެތިން ދުވަސް ވީ ތަނާ. 150 އާއި 200 ދެމެދު ރައްޔިތުން ފެލާލައިފި. އެފަދަ އަގުތައް ނެގި މީހުން ލައިސަންސް ސަސްޕެންޑް ކުރަން ޖެހޭ.

  27. ހުސޭނުބޭ

    އިބޫމެން ސަރުކާރު ކުންފުނިތައް ވިޔަފާރީގެ ތެރެއަށް ނުވައްދަން ވަޢުދުވަނީ މިހެންވެ! ފަސޭހައިން ރައްޔިތުން ފެލާލަން. މި ސަރކާރުން ދެން ބަލަންވީ ފެރީ ޚިދުމަތަށް އެމްޓީސީސީ ވެއްދި އުސޫލުން ބައެއް ފެރީތައް ވިއްކާލައިގެންވިއަސް ޓެކްސީ ޚިދުމަތަށް އެމްޓީސީސީ ނޫނީ އެހެން ކޮންމެވެސް ސަރުކާރު ކުންފުންޏެއް ވައްދަން. ރައްޔިތުންނަށް ލުއިފަސޭހަ ލިބޭނީ އޭރުން.

  28. ވިސްނާ

    ހެޔޮ ނުކުރިޔަސް! މިހާރުވެސް ތީހިތުހުރިގޮތަކައް ދަތުރު ކުރާބައެއް! ހުޅުމާލެއައްގޮސް ސެންޓަރައްގުޅާފަ ޓެކްސީއެއް ފޮނުވުމައް އެދުމުން ލިބުނުޖަވާބަކީ ޓާމިނަލަކައް ނުފޮނުވޭނެޔޯ! އެޔޯ އޭބުމުމުން ރުޅިއާއްސަ ފޯނުއެބޭއްވީ! މީހާލަކީ! ވީމާ ތީކީއްކުރާ ބައެއް!

  29. ޑްރައިވަރ

    ކަލޭމެން އެންމެން އަހަރެމެންނަށް ހެއްދެވި ނެހެއްދެވިއަށް ގޮވާއިރު މުޅި މަގުމަތީގަ ޓެކްސީ ނުލިިބިފަ މީހުން ތައް... ރޭގަވެސް މަގޭ ކައިރީ މީހަކު ބުނި 100 ރފ ވެސް ދީފާނަމޭ ހެންވޭރަށް ގެންގޮސް ދޭަށޭ....

    • ޖުހާ

      އެެހެންވަނީވެސް ޑްރައިވަރުންގެ ނުލަފާކަމުން. ޓެކްސީ ކުރަން ރަޖިސްޓްރީކޮށްފައި ޓެކްސީތައް އެއޮންނަނީ ޕާކުކޮށްފާ.

    • ކަސްޓަމަރ

      ނޫނޭވާ ހަޔާތްވެސް ކުޑަބައެއްތީ. ރައްޔިތުން އިނދަޖައްސާފަ ދެން ތިޔަ ގޮވަނީ މީހަކު ޓެކްސީއެއް ނުލިބިގެން 100 ރުފިޔާވެސް ދޭން ބުނިވާހަކަ. ހަނދާންވޭތަ އެންމެ ފުރަތަމަ ބަސް ދަތުރުތައް ފަށާ ހަމަރު އިވިގެން ތިވެރިން ޓްރާންސްޕޯޓަށްގޮސް މައްސަލަ ޖައްސާ ނޫސް ނޫހަށް ބަޔާން ދީ ހެދި ދުވަސްވަރު މަތީން؟ އެކަމުގެ ސަބަބުން ސަރުކާރުންނަށް މަޖުބޫރުވީ މާލޭގަ ބަސް ސިސްޓަމް ކުޑަކޮށްލަން. އެކަމަކު މިއަދު ތި ފޮނިކަނޑަނީ ރައްޔިތުން އިނދަޖެހި އާދޭސް ކުރާ ވާހަކަ.

  30. މުހައްމަދު

    އަގު މިހާރު ހުރިވަރު ރަނގަޅު. އެއީ ޓެކްސީއަށް 90 ރުފިޔާ ލިބޭނެ.މާލޭގަ ދިރިއުޅޭ ގެއިން ބުރިޖާ ހިސާބަށް 25 އަދި ބުރިޖުން ހުޅުމާލޭ ބަސްޓޭސަން އަށް 40 ރުފިޔާ، ބަސްޓޭސަން އިން އެމީހާ ގެއަށް 25 ރުފިޔާ. އެކު ޖުމުލަ 90 ރުފިޔާ.

  31. ޔޫސުފް

    މާލެ ޓެކްސީތައް ހުޅުމާލެއަށް އަރައިގެން ހުޅުމާލޭގަ އުޅޭ މީހުން މީހުންނަށް ނުހުރުއްޕާނަކަށްވެއްޖެ. ކޮންމެ ދުވަހަކު މަގުމަތިން ހިންގާފަ ދާއިރު ހުއްޓުވާފަ އެބައަހާ ބޮންބޭދަރުބާރު ނޫނީ ވަޅޯމަސް ކެފޭ ހުންނަނީ ކިހާހިސާބަކު ހެއްޔޭ! ސަރުކާރުން މި މީހުން ފިއްތާފަ ބަހައްޓަންވީ!

  32. މަރީ

    ބޭރު ޤައުމުތަކުގައި ހަދާގޮތަށް ޓެކްސީތަކުގައި މީޓަރު ހަރުކުރަންވީނު.

  33. އިފް

    އެމީހުން ބޭނުން ހިސާބަކަށް މީހުން ބާލާނީ އެކަމު ހަމަޔަށް ފައިސާ ދޭންޖެހޭ...

  34. އެޑިޓް

    ޓެކްސީ ދުއްވާ އާލާތުން މީ މާމަތީބައެއްތަ! މާފުއްޕާފަ ބުނާނެ ނުދާނަމޭ، ނުކުރެވޭނެޔޭ!
    މަސްވަރާ ކުރަން އަންނާށޭ! ދެން ސައިޒްވެފަ ތިބޭ!

  35. ހައްޤުބަސް

    އަގު ހެވޭ؟ ބަލަ މަވެސްމީ ކާރެއް ގެންގުޅޭ މީހެއް.. ހުޅުމާލެއިން މާލެއަށް 3 ދަތުރު ކުރާއިރު އެއްމެ ފިތެއްވެސް ނުދޭ.. ތެޔޮ ޚަރަދެއް ނުވޭ އެންމެ 4 ކިލޯ މީޓަރު ހަމަ ނުވާ ދަތުރެއް.. ކަލޭމެން މާލެ ވަށާ ބުރެއް ޖެހީމަ އެއީ 5.5 ކިލޯ މީޓަރު ދުއްވާއިެުވެސް 25 ތި ނަގަނީ ހަމަ އޯކޭ.. ދަތުރު ހުއްޓާލައިގެން ތިބޭ އަލިފާން ނުކެވޭތީ، ކުރާމީހުން ކުރާނެ..

    • ދިވެއްސެއް

      ޝުކުރިއްޔާ..

    • ަަައަލީ

      ހުޅުމާލެ އިން މާލެ އަށް މަށައް ފެންނަނީ 9 ކިލޯ މީޓަރ

  36. ޓަކި މޫނާ

    ރަނގަޅީވެސް ކަލޭމެން ޓެކްސީގަ ހުޅުމާލެ ނައީޔާ. އެމްޕީއެލް ބަހުގެ ޚިދުމަތް މާ އަގުޔެކޮށް ލިބެން އެއްވާ 200 ރުފިޔާ ދީފަ ޓެކްސީ އަށް އަރަންވީ ކީއްކުރަން؟

  37. ހަސަން

    ލ.ގަން ތުނޑިން ކައްދޫ އަށް 350 ރުފިޔާ ގަމުން ފޮނަދޫ އަށް450 500 ރުފިޔާވެސް އެބަ ނަގާ ޔާމީނަކަށް މިތަނެއް ނުފެނޭބާ...؟ މިކަން ވެސް ކޮންޓްރޯލް ކޮށްލަދީބަލަ. ލ.ގަން ތުނޑީ ބަނދަރުން ހޮސްޕިޓަލަށް ދެކޮޅު ދަތުރު 100 ރުފިޔާ މީއީދެން ބޮޑުވަރު ޔާމީނަށް ވޯޓުދޭނީ ލ.އަތޮޅު ގަމުގައި ދުއްވާ ކުލީ ވެހިކަލްތަކަށް ކޮންޓްރޯލް އަގެއް ހަދައި ދިނިއްޔާ އެހެންނޫނީ މަވާ ސަލާމް.....

    • ކޮއްކޮ

      ރަށު ކައުންސިލެއް ނޯވޭތަ؟

  38. ހަބޭސް ބޭބެ

    އަގު ހެޔޮ ކުރަން ދޯ ބޭނުން ވަނީ
    އަދި ދާނެ

  39. އަހުމަދު

    ބަލަގަ ކަލޭމެން 200 ރުފިޔާ ރައްޔިތުން އަތުން ފެލާލީ ޓްރާންސްޕޯޓާއި މަޝްވަރާ ކޮށް ވާހަކަ ދައްކާފާތަ؟ އަހަރުންވެސް ދެން މާލޭގެ ދަތުރެއް ނުކުރާނަން ޓެކްސީގައެއް، އެހެޔޮ ހިނގަން ޖެހުނަސް...

    • ސާބަހޭ

      ރަނގަޅު. އައި ސަޕޯޓް ޔޫ.

  40. ފަޒް

    ދެދަތުރު ކޮއްފަ ގޭގަ އޮންނަންވެގެން ޓެކްސީ ޑްރއިވަރުން އުޅެނީ.

  41. ޟާނު

    ސަރުކާރުން ކޮންޓްރޯލްކުރާ ޓެކްސީނިޒާމެއް ހަމަޖއްސަންފެނޭ އިންޑިޔާތަންތޥެސް ނުނަގާއަގުނަގަން މިއުޅެނީ

  42. ކިޔާ

    ހައްހާހާ... ދަތުރުތަކުގެ އަގުހެޔޮކުރީމަ މިވެރިން ރުޅިގަދަވި ވަރުބަލާބަލަ..ބުރިޖު ހުޅުވިފަހުން އަގެއް ކަނޑަނާޅާއިރު މިވެރިން ބޮޑު އަގެއް ނަގައިގެން ޓެކްސީ ދުއްވިއިރު އަމަލުކުރިގޮތް ހަނދާންނެތޭހާ ދުވަހެއްނުވޭ... ހުޅުމާލެއަށް ގޮސް އެނބުރި އަންނައިރު ޓެކްސީ ހުސްކޮށް އަންނަން ޖެހޭތީއޭ ބުނެ، އެކަށީގެންނުވާ ބޮޑު އަގެއް ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ އަތުން ނެގިއިރު އެމީހުންވެސް ރުޅިއަންނާނެ ވަރު އަންދާޒާ ނުކުރެވޭ ދޯ.މިމީހުންނަށް އެކަނިދޯ ރުޅި އަންނަން އެނގެނީ؟؟؟؟އަހަރެމެން މިއޮށް ހުރިހާ ދުވަހު ހުޅުމާލެއަށް ދިޔައީ ފެރީގަ.ކާރުގަ ބުރިޖު ހުރަސްކިޮށް ނުދެވުނަސް މިހާރުވެސް އެގޮތް އެބައޮތް.އަދި ބުރިޖުގަ ދާން ބަސްވެސް އެއޮތީނުން.އަދި ދެފައި ސަލާމަތުން ހުރިއްޔާ ބުރިޖުމަތީގަ ހިނގާފަވެސް ދެވޭނެ ދޯ...އަހަރެން އާންމުކޮށް އުޅެނީ ހިނގާފަ.ކާރަކަށް އަރަނީ މަދުފަހަރެއްގަ.އެއީ ވެސް ގޮތެއް ނެތިގެން.އެކަމަކު އެންމެންނަކަށް ހިނގާފައެއްވެސް ނޫޅެވޭނެ ދޯ..އުޒުރުވެރީންނަށް އެއީވެސް ބޮޑު ތަކްލީފެއް.

  43. ގުއްޔު

    ޓެކްސީ ޑްރައިވަރުން ބޭނުންހާ އަގެއްގަ ދަތުރު ކުރެވިގެން ނުވާނެ.
    ބޮޑާހާކާ ޑްރައިވަރުންގެ ލައިސަންސް ކެންސަލް ކޮށްލާ. މިމީހުންވެސް މި އުޅެނީ ރައްޔިތުން ފެލަން.

  44. Anonymous

    ޓެކްސީތައް އުވާލާ . މާފުއްޕާފަ އުޅޭ ބައެއް

  45. އަލީ

    އައްޑޫގައި 21ކމ އަށް ނަގަނީ 100 ، ދެން މާލޭގައި 5ކމ 80 ނަގަން ޖެހޭ ސަބަބެއް ނޭންގެ، ގެއްލުމެއް ނުވާނެ 40 ނެގިޔަސް

  46. ޢަދި

    ޓެކްސީ ކުރުން ދެކޮޅުހަދާ މީހުންގެ ހުއްދަ ބާޠިލްކޮށް އެކަން ކުަރާނެ ބަޔަކަށް ދިނުން އެދެން.

  47. މޫސާން

    މާލޭ ތެރޭގައި މިދުއްވާ ޓެކްސީ ތަށް، ރައްޔެތުން އަތުން ލާރި ނަގައިގެން ދުއްވަނީ އެމީހުން ބޭނުން ގޮތަކަށް. އަހަރެން ދަރިފުޅު ގޮވައިގެން ހޮސްޕިޓަލް އިން ގެޔަށް ދާން އެރި ކާރެއް، ޑަރައިވަރު ކުއްލިއަކަށް މަޑު ކޮށްފާ ކުރީ ސީޓަށް އެރުވި ފިރިހެނެއް. އޭނާ ފޯނުން ގޮވީ ލަދުވެތި އައުގުރާނު. ޑަރއިވަރު އަޅާވެސް ނުލާ...ޓެކްސީތަށް އެހާބާ، ސާފެއްނުކުރޭ. މިކަން ހަމަ އަކަށް އަޅުވަން ގޮވާލަން

  48. އަރީފު

    މިހުރިހާ ދުވަހު އެމްޓީސީސީ ކާރުގެ ހިދުމަތް ދިނީ

    ހުޅުމާލެ އިން ހުޅުލެއައް 110 ރުފިޔާ އައް ހަމަ

    އެކަނި ދުރުވަނީ ހުޅުމާލެ އާއި ހުޅުލޭތަ އޭރު އޯކޭ

    މިހާރު ކުރީގެ 3 ގުނަ ދުއްވާފަ 150 ރުފިޔާ

    ނެގީމަ ގޯސް ވަނީ މަސެއް ގައިމު ސައިކަލުގަ

    ވެސް ނުދާނަން މީހަކު 40 ރފ ހޯދާކައް މާލޭން

    ހުޅުމާލެ އަކައް

  49. އަރީފު

    ސަރު ކާރުވެސް ލަދުން ނުހުރެ ތިހާ ބުރިޖުގެ ފީ ކުޑަނަމަ ބުނަންވީނުން ބުރިޖައް އެރުމައް ނަގާނެ ފީ އެއް ނުނީ މުއިޒު އިއުލާން ނުކުރަނީ ރަތްޔިތުން ފެލާލަން ބޭނުން ވާލެއް ބޮޑު ކަމުން ކުރިން އިއުލާނު ކޮއްފިނަމަ ވޯޓު މަދުވެދާނެތީވެ ނޫންތަ
    7 ދުވަހު ސަރުކާރު ބޮޑުންނައް މަސް ވަރާކޮއްގެންވެސް ނަގާނެ އަގެއް ނުނިމުނު

  50. ކާފަ

    ޓެކްސީ އަގުބޮޑު ކުރާނެ ތެޔޮ އަގު ބޮޑުވާރަށް، އެކަމަކު ތެޔޮ އަގުހެޔޮ ވިޔަސް އަގުބޮޑު ކުރިތަން އެންމެ ރުފިޔާއެއްވެސް ހެވެއް ނުވާނެ

  51. ހައިރާން

    ސަރުކާރު މުވައްޒަފުންގެ މުސާރައަކަށްވެސް ގޭ ކުލި ދަށްކާފަ އާއިލާގެ ޚަރަދުތައް ހަމަޖައްސާ ބިލްތައް ދައްކާ ވަރަށް ފައިސާއެއް ނުލިިބޭ، ދެން ޑްރައިވަރުންގެ ދަތުރުތަކުން މިހުރިހާ ކަމެއް ހަޖަހޭ ވަރުގެ އަގެއް ސަރުކާރުން ހަމަޖައްސައިދޭކަށް ނުޖެހޭ. މިހާރުވެސް ތި ޑްރައިވަރުންނާ އަޅާ ބަލާއިރު ސަރުކާރުގެ އާދައިގެ މުވައްޒަފުން އުޅެނީ މާ ދަތި ހާލުގަ،

    • Anonymous

      ތިބުނީ ރަނގަޅަށް. ޓެކްސީތައް އެކަނިދޯ ސަރުކާރަށް ބަލަދުއަރަނީ. 4 އަހަރުގެ ޑިގުރީއެއް ނިންމައިގެން އައިމާވެސް ލިބެނީ 10 އަކާ 15 ހާހާ ދެމެދު. އެއީ ހަފްތާއަކު 60 ގަޑިއިރު މަސައްކަތްކޮށްގެން. ހަމައެވަރުގެ މަސައްކަތް ކޮށްފިއްޔާ ޓެކްސީތަކަށް ލިބޭނެ މާގިނައިން. ޚަރަދުތައް ކަނޑާފަވެސް ގިނަވާނެ. އެއީ ޓެކްސީތައް އޮންނަނީ ނުލިބިފަ. އަދި ބަސްތަކަށް ހަދައިގެން ދުއްވާ ދުއްވުން ނުލައި.

  52. ބުއްޅަަަަަަަަަަަަަބޭ

    ޕަބްލިކް ޓްރާންސްޕޯރޓް ބަހުގެ ޚިދުމަތް ފުޅާކުރަންވީ، އެކަންވެސް ކުރެވޭނީ މިސަރުކާރަށް، އެކަންކުރާނެ، އަދި ކުރެވޭނެ. ދިވެހިންގެ ބޮޑާކަމާއި ކިބުރުވެރިކަންވެސް ބޮޑީ، ހައްދުފަހަނަޅާދަނީ ކޮންމެކަމެއްވެސް! 2008 ގަ ޑިމޮކްރަސީކިޔާ އެއްޗެއް އައިތަނަކުން ސަލާމަތްނުވެގެން އުޅެނިކޮށް ޖަޒީރާ އައިސްގެން މިއުޅެނީ، އަސްލު ދިވެހިން ތިބެންވީ ޖަޒީރާގަ، އައްނި ބުނިޔަސް އެއީ ރަނގަޅުވާހަކައެއް!

  53. އިބުރާހިމް

    ކޮންގެއްލުމެއް. ނުވާނެ ގެއްލުމެއް. 40 ރު ފިޔާ ހަމަ ރަނގަޅު.

  54. ފަޟީލް

    މަކިޔާނީ ބްރިޖް ޔާމީން! އެއީ ހަމަ ބްރިޖް ޔާމީން. ޓެކްސީޑްރައިވަރުން ދަތުރުހުއްޓާލައިގެން ތިބެބަލަ! ސަރުކާރުން ތިކަމަށް ޙައްލުހޯދާނެ! ދެން ސަރުކަރުން ފަށާނީ ޓެކްސީ ދަތުރުތައް! އޭރުން ބުނާނެ ސަރުކަރުން ތިމަންނަމެނަށް ދުއްތުރާކުރަނީއޭ! އެއްގޮތަކަށްވެސް 40 ރުފިޔާ ކުޑައެއްނޫން!

  55. ހިތްފުރިބަލަ

    ރޭގަ 8 ޖެހި އިރު މާލެ އިން ހުޅުމާލެ އަށް ކުރި އެއްކޮޅު ދަތުރަށް 100 ރުފިޔާ ނެގި އަދި ދަމުން ހުޅުމާލެ އިން އިތުރު މީހުންވެސް ކާރަށް އެރުވި ..
    ނުވިތާކަށް ދާން ބޭނުންވާތަން ބުނެދެން ނޭގުނަސް ބަވާލަނީ ދެން ގެންގޮސް ބޭލީ 4ވަނަ ބަސް ސްޓޮޕް ކައިރި އަށް އެކަމް ދާން ޖެހުނީ 3 ވަނަ ބަސްސްޓޮޕް ކައިރީ އިން ގެޔަކަށް .. އެވަރުންވެސް ހަމަ 100 ވެސް މަދުވެފަ ތިބޭ ބަޔެއް ހިތައް އަރާ މި ގައުމުގަ ޕަބްލިކް ބަސް ފަށާ ތި ޓެކްސީ ތައް އުވާލާނަމައޭ ..

  56. އޭނަ

    މި ކޮމެންޓް ތައްފެނުނީީމަ ހަދާާން ވީީ ހިތް ދަތި ހަދާާން އާާ ކޮއްލާ ހިތްވެއްޖެ. އެއީީ މީީގެ ފަސްވަރަކައް މަސްކުރިން އަހަރެން ހުޅުމާލެއައް ދިޔައީ ދަރިފުޅު ޑޮކްޓަރައް ދައްކަން. ދަރިފުޅު ބަލިވެގެން އެރަށު ގަ އެބައްޔައް ފަރުވާާ ދޭ މޮޅު ޑޮކްޓަރެއް ހުރިކަމުގެ ހަބަރު ލިބިގެން އަހަރެން ގެ ދަރިފުޅުގެ އުމުރަކިީ ތިން އަހަރު އޭރު އަހަރެން އިނީ ދެވަނަ ކުއްޖަކައް ބަޑުބޮޑު އޭރު ބަޑައް އައްމަހައް ވުރެ ބޮޑު ފިރިމީހާާއައް ރިޒޯޓުން އޮފެއްވެސް އެދުވަހު ނުލިބުމުން ދިޔައީީ އެކަނިމާާ އެކަނި ޑޮކްޓަރައް ދައްކާާފަ މާާލެ އާާދެވުނު އިރު އަހަރެން ހުރީީ ވވ ވަރުބަލިވެފަ ކާރެއް ލިބޭތޯ ވަރައް ގިނައިރު ހުންނައްޖެހުން ކާރު ލިބުމާއެކު ގެ އައް ދާާން ގެ އިން މަގާާާާާ އަވަށް ބުނެދިނީީ މަވެސް ނޭގުންް ދެެންް ކިޔާާދިން މަގުތަކުން ދުއްވާާފަ ވަކި ހިސާާބަކައް އާާދެވުންތަނުން ދަރިފުޅައް ހޮޑު ލެވިއްޖެ ހޮޑު ލެވުނީީ އަހަރެންގެ ގަޔައް ކާާރައް އެއްމެ އެތިކޮޅެއްވެސް ނޭޅެ ކާާރު ދުއްވަން އިން މީީހާާ ރުޅިއައިސްގެން ނުކިޔާާކައް އެއްޗެއްނެް ދެން މިޖެހުނީ އެތައް ރުފިޔާ ތަކެއްދީީގެން ކާރު ދޮންނާާށޯ ހޮޑުލައްޔާާ ކާާރައް ނޭރީީމަ ނިމުނީީނޯން ހްޯ މުޅި ދުވަސް މިދިޔައްޔޯ ކިޔާާ އެއްޗިހިކިޔާފަ އެއްމެފަހުން ކާރުން ފާބަން އައްގާފި އެ ރަހުމެއް ނެއްމީީ ހާ އަހަރެން އިން ހާާލައް ވެސް ވިސްނާާނުލާ އޭރު ގެއާ ވ ވ ދުރު އަހަރެން ގެ ދަރިފުޅު އޭރު ރޮނީީ އަހަރެން ހުރީީ ދަރިފުޅު އުރޭ ހާާލެއްގައެއްނު ބޑު ބޮޑު ކަމުން ދަރިފުޅު ބލިވެ އެހާާލުގާާ އަންނަން ޖެހުނީީ ދަރިފުޅު ހިންގުވާާފަ އިތުރު ކާާރަކައްވެސް ދެމީީހުންގާާގަ ހޮޑުހުރުމުން ނު އެރުވި މީީ ވވ ދެރަވި ދުވަހެއް އަހަރެން ގެ ދަރިފުޅު ގެއައް އައިސް ވެސް އެބޭބެ ކޮއްކޮ އާާ ދިމާާލައް ހަޅޭއް ކީީ އޭ ކިޔާފަވެސް ރުއި އެ ދުވަހު އަހަރެން ހިތައް އެރި އެއީ އިންސާާނެއްބާާ އޭ ވެސް އެހާާ ރަހުމު ކުޑަ އަޅެ ކާރައް ހޮޑު އެޅުނީީކީީވެސް ނޫނެޭ ހަޅޭއް ލަވަވީީ

    • Anonymous

      ޓެކްސީ ޑްރައިވަރުންނަކީ މިގައުމުގެ ހަލާކު. އެގޮތަށް ފުއްޕާފަ އުޅެން ދޫކޮށްލާތީ ދެރައީ. އެބަ ޖެހޭ މިވެރިން ސައިޒުކުރަން.

  57. ޡޒޫ

    ދެންމީޓަރ ބަހައްޓަންވީ އެރައް ރަގަޅުވާނެކަމަށް ބަލަމާ

  58. އިހުމާލު

    މި ޓެކުސީ ޑުރައިވަރުން ހުންނަ ނުލަފާކަން ބަލާލަބަލަ މިމީހުންނޭ މަސްމަރާ ނުކޮއް 200 ރ ނަގަންފެށީ މިމީހުންގެ ސަބަބުންނޭ ސަރުކާރުން އަގު ހަމަ ޖެއްސީ ދެންކޮން ވާހަކައެއް ތި ދައްކަނީ ދަތުރު ނުކުރަންޏާ ކާރު ކޮޓަރިކޮޅުގަ ބާއްވައިގެން އެއަށްބަލައިގެން އޮވެ ނިދާބަލަ .

  59. ޔާން

    އަސްލު ސަރުކާރަށް އޮލިގެން ދަތުރުފީ އެގޮތަށް ހަމަޖެއްސުނީ.... ދުނިޔޭގެ އެހެން ގައުމުތަކުގައި އަގުނަގަނީ ދަތުރުގެ ދިގުމިނަށް ކިލޯމީޓަރަކަށް ޖެހޭ ނިސްބަތުން.... އެގޮތަށް އަގުކަޑައެލުމަށް ސަރުކާރަށް އިލްތިމާސް ކުރަން....

  60. ނުރަބޯ

    އެމީހުންނަކީ އަމިއްލަ އެދުން ޙައްދުން ނައްޓާލާފައި ތިބިބައެއް. ޚިދުމަތެއް ދިނުމުގެ ބަދަލުގައި ޚިދުމަތް ހޯދާމީހުން ފެލާލަން އުޅޭ ބައެއް. ޓްރާންސްޕޯޓް އޮތޯރިޓީއިން ތިޔަހެދީ ރަނގަޅަށް.

  61. Anonymous

    ކަލޯ 40ރ އެއްނޫނެއްނު!! މާލެއިން ބުރިޖާހަމައަށް 25ރ ބްރިޖުން ރަންވޭ ހުރަސްކުރަން 40ރ. ހުޅުމާލެ އަށް އެތެރެވާނަމަ އިތުރު 25ރ. ޖުމްލަ 90ރ. ދަތުރަށް. މި ވަރުން ނުވަންޏާ ޕޮލިހުން ބަހައްޓާފައި ހުންނަ ޕާކިންގ މަނާ ކޯން ބަހައްޓާފަހުރި މަގެއްގެ އެއްފަރާތުގައި ޕާރކް ކޮށް ލާފަ ގޭގަ އޮވޭ!!

  62. ރޮކް1

    ޓެކްސީ ޑްރައިވަރެއްގެ ކައިރީގަ އަހާބަލަ އޭނާ ނަމާދު ކުރަންތޯ އަދި ދީން ގަބޫލް ކުރަންތޯ؟ ހެޔޮނުވާނެ ނިކަމެތި ރައްޔިޔުން ފެލާލައިގެން ފޭރޭ ލާރި ހަލާލުވާނެ އެއްގޮތްވެސް ނޯންނާނެ!

  63. Anonymous

    ހޫބެ: 40ރ ލިބޭނެ 2 ލީޓަރެއް ވުރެގިނައިން ޕެޓްރޮލް މާލެއިން ހުޅުމާލެއަށް ކިތަދަތުރު ކުރެވޭނެ

  64. މިހެއް

    ތި ޓެކްސީ ޑްރައިވަރުން ގެ ބަލާ ވަރައް ބޮޑު އަބަދުވެސް ..... އެއް ފަހަރުން މުއް ސަނދި ވާން އުޅޭ ބައި ގަނޑެއް އެއީ .... މި ކުޑަ ރާއްޖެ ފިތުނަ ކުރަން އަބަދުވެސް މަސައްކަތް ކުރާބައެއް ތީ... ޓެކްސީ އަކައް އެރިއަސް ސިޔާސީ ޔަރީމާ އޮނަނާނީ .....ސަރުކާރު ބައި ބައި ކުރުން އޮންނާނީ.

  65. ރަމީޒު

    ނުޖެހޭ ޑުރައިވަރުން ބޭނުންގޮތެއް ހަދާކަށް

  66. Anonymous

    ޙަަަސްނުވޭ ހަމަ ހޮވޭއިރަށް އަގުތައް ބަދަލުކުރާަނެ ޔަގީން

  67. Anonymous

    ޢަސްލު ހަގީގަތުގައި ޑުރއިވަރުން ވެސް އެދައްކަނީ ދޮގުވާހަކައެއްނޫން ސާޅީސް ރުފިޔާ އަށް ދަތުރު މާލެއިން ނަގައިގެން ހަމައެކަނި ހުޅުމާލެ އަށް އަރާނީ އެއް ނޫން ގެންގޮސް ލާން ޖެހެނީ ކޮންމެވެސް ފުލެޓަކަައް ތިރީސް މިނެޓް މަދުވެގެން ހޭދަވޭ އެއްކަލަ ޑުރެއިވަރު މިޖެހެނީ އަންބުރާ ހުސްއަތާ މާލެ އަންނަން 40 ރުފިޔާ ހިފައިގެން 1ގަޑިއިރުން 40 ވިސްނާލާ އެއީ ވެސް ކާންބޯން ކުރާ މަސައްކަތް

    • Anonymous

      ހުޅުމާލޭން މާލެއަންނަ ފެރީތައް އަންނަނީ ހުސްއަތާތަ؟ އަގުހެޔޮކޮށްގެންދޯ ބަޔަކު އަރާނީވެސް. އެމީހުން އެކަނިދޯ ކާންބޯންޖެހެނީ. އެއްފަހަރުން މުއްސަނދިވާން އުޅެންޏާ މީހުންގެ ނަފުރަތު ލިބޭނެ. އެންމެންވެސް އެކިޔަނީ މިމީހުންގެ ބޮޑާކަމުގެ ވާހަކަ. ލައްކަ ދުވަހު މިމީހުން ހިތުހުރިހާ ގޮތަކަށް އުޅެފިތާ. އެކަން އިނގޭނެ ޓެކްސީ އާންމުކޮށް ބޭނުން ކުރަންޖެހޭ މީހުންނަށް.

  68. ފައިން

    ޢަސްލު ހަގީގަތުގައި ޑުރއިވަރުން ވެސް އެދައްކަނީ ދޮގުވާހަކައެއްނޫން ސާޅީސް ރުފިޔާ އަށް ދަތުރު މާލެއިން ނަގައިގެން ހަމައެކަނި ހުޅުމާލެ އަށް އަރާނީ އެއް ނޫން ގެންގޮސް ލާން ޖެހެނީ ކޮންމެވެސް ފުލެޓަކަައް ތިރީސް މިނެޓް މަދުވެގެން ހޭދަވޭ އެއްކަލަ ޑުރެއިވަރު މިޖެހެނީ އަންބުރާ ހުސްއަތާ މާލެ އަންނަން 40 ރުފިޔާ ހިފައިގެން 1ގަޑިއިރުން 40 ވިސްނާލާ އެއީ ވެސް ކާންބޯން ކުރާ މަސައްކަތް

    • ބޮޑުބެ

      ތިބުނާ ހުސްއަތާ އަންނާކަށް ނުޖެހޭނެ އަގުހެޔޮނަމައީ. އޭރުން ދެކޮޅަށް ޓްރެފިކް ހިނގާނެ. މާލޭ-ހުޅުމާލޭ ފެރީތައް މާލެ އަންނަނީ ހުސްކޮށްތަ؟؟ ކާންބޯން ކުރާ މަސައްކަތައްވީމަ ދޯ އެހާބޮޑާ ކަމާއެކު އެއުޅެނީ. ކީއްވެތަ އެހެންވީއިރު މީޓަރު އެޅުވުމާ ދެކޮޅީ. ކީއްވެތަ މާލޭގެ ބަސްދަތުރުތަކާދެކޮޅު ހަދައި ހުރިހާކަމެއް ޗޮކުހުން ދުއްވާލީ އޭރު.

    • Anonymous

      އެ ކީއްވެޔޯ ހުސް އަތާ އަންނަން ޖެހެނީ. ހަމަ ނޭގޭތީ އަހާލީ.މާލޭގަ ވެސް ނަގަންވާނެ 50ރ. ހަމަ ހުސް އަތާ މާފަންނުން ހެންވޭރަށް ދާންޖެހިދާނެ.?

  69. ޅޮސް

    ޓްރާންސް ޕޯރޓް މިނިސްޓްރީން ކާރު ދުއްވުމުގެ ލައިސަންސްވެސް ދެނީ... ދެން ކީއް ކުރަން ޓެކްސީ ޑްރައިވަރުންނާ މަޝްވަރާ ކުރާކަށް؟ މާ ބޮޑާ ބައެއް ޓެކްސީ ޑްރައިވަރުންނަކީ...

  70. ީިބަތްތެލި

    ވަރަށް ރަނގަޅު. ޓެކްސި ޑްރައިވަރުން މައިތިރިވީމަ އަލުން ތިކަން ކުރަން ފަށާނެ ބައިތިއްބާ

  71. Anonymous

    ކީއްކުރާނީ އަމިއްލަ އެދުން ބޮޑުކަމުން އެހެން އެއްވެސް ކަމެއް ދެނެގަނެވޭވަރު ނުވޭވިއްޔާ! މާލޭގެ އެއްތަނުން އަނެއް ތަނަށް ދާން ނަގާވަރަކީ 25 ރުފިޔާ އަދި ހުޅުމާލޭގެ އެއްތަނުން އަނެއް ތަނަށް ދިއުމަށް ނަގާވަރަކީ 25 ރުފިޔާ. ސިނަމާލެ ބްރިޖް ފެށޭތަނުން ހުޅުމާލެ ފެށޭތާނގާ ހުންނަ ޓާރމިނަލް އާ ހަމަޔަށް ދާން ނެގޭ ފީއަކީ 40 ރުފިޔާ އެވެ. ދުނިޔޭގެ އެހެން ތަންތާގާ އަޅާފަ ހުރި ބްރިޖް ތަކަށާއި ހައިވޭއަށް ނަގާ ފީއަށް ބަލާއިރު ސިނަމާލެ ބްރިޖް ކަޑައްތުކުރަން 40 ރުފިޔާ އަކީ އެއް ގޮތަކަށްވެސް ކުޑަ އެއްޗެއް ނޫނެވެ. ނަމަވެސް އެބްރިޖް ކަޑައްތު ކުރަން 50 ރުފިޔާ އަކީ މާބޮޑު ފީއެކެވެ. ތިޔަ ބްރިޖަކީ އާންމުން އަތުން ފޭރިގެން ޓެކްސީ ޑްރައިވަރުން މުއްސަނދިވާން ހަދާދީފައިވާ ފައިސާ މެޝިނަކަށް ވެގެން ނުވާނެ އެވެ.

  72. ދޫނި

    ޢިންޑިޔާ ލަންކާ ތަންތާ ގޮތަށް ޓެކްސީ ތަކުގަ މީޓަރު ބަޙައްޓަބަލަ. ޑްރައިވަރުންވެސް ހެޕީ ރައްޔަތުމީހާވެސް ހެޕީ

  73. ޜައްޔިތު މީހާ

    މިއިން ކޮންމެ ޓެކްސީ ޑްރައިވަރަކު ޕްރައިވެޓް ކާރެއް މަގުމަތީ ބާއްވައިގެން. ޙިތުހހުރިހާ އަގެެއް ނަގައިން ހަރާމް ލާރި ކާތާ ލައްކަ ދުވަސްވެއްޖެ. ޢަހަރަުމެން ބުރިޖާ އެއްޗެހި މިއަޅައިން މިއުޅެނީ މި މީހުން ޖީބައް ބަރުކުރާކައް ނޫން. ޢިރާދުކުރެއް ވިއްޔާ ޔާމީން ހޮވޭ ދުވަހު މިބައިގަނޑު ސައިޒްކޮށް މަގުމައްޗައް ެއެއްލާލަފަހުރި ކާރުތައް ނައްތާލާނަން.

  74. ޝަރީފް

    މިއަދު 1919، 3232 ޓެކްސީސެންޓަރައް ގުޅާފަ ހުޅުމާލެ އަށް ދާން ބުނީމަ 100ރ އަށް ކަމަށް ދަތުރު ކުރެވޭނީ. މީ ލާރި ބޭނުން ވިޔަސް ބޮޑުވަރު. ފުލުހަށް ގުޅީމަ ބުނީ ޓްރާންސްޕޯޓަށް ގުޅާށޯ. ސަރުކާރު ބަންދު ދުވަހެށްގަ ކިހިން ޓްރާންސްޕޯޓައް ގުޅަނީ.?

    • ކަރަންފޫ

      އަސްލު ޑްރައިވަރުންނެއް ނޫން.. ތި ސެންތަރުތައް ބަންދުކުރަންވީ. އޭރުން އެމީހުން ޓްރާންސްޕޯޓަށް ތަބާވާނީ.

  75. ގަލޮޅު މީހާ

    ޓެކްސީ ޑުރައިވަރުނާ ދޭތެރޭ ފިޔަވަޅު އަޅަންޖެހެ.
    ޓެކްސީ ސެންޓަރުން އެކަން ނުވަންޔާ ޕަބްލިކް ޓްރާންސްޕޯރޓް ތައާރަފް ކުރޭ.

    ސަރުކާރުން މިކަން މިގޮތަށް ކުރައްވަން ޖެހޭނެ.

  76. ކިންްގ އެޑްވާރޑް 7

    ދެން ހުރިހާ ޓެކްސީއެއްގަ މީޓަރ ހަރުކުރޭ!

  77. ކިންގ އެޑްވާރޑް 7

    ރައީސުލްޖުމްހޫރިއްޔާއަށްވުރެ މާ ފެންވަރު ވަރަށް މަތީ ބައެއް ތިޑްރައިވަރުންނަކީ!
    ކިރިޔާ ވިއްސާރަ ކަންޏެއް ޖަހާލާއިރަށް ގޭގަ! ހުރިހާ ޓެކްސީ ސެންޓަރުތަކުގެ ފޯނުކޮޅުތައް އެންގޭޖް! މިޤައުމަކަށް ރައްޔިތުންގެ އިހުސާސްތައް ނުދަންނަ ޓެކްސީތަކެއް އަދި ޓެކްސީ ސެންޓަރ ތަކެއް ބޭނުމެއް ނޫން!

  78. ރިވެންޖް

    ކަލޭ އަތުގަ އެވަގުތަކު ހުރީޔާ ހުރި ފައިސާ އެއް ދޭންވީނު ޓެކްސީ ޑްރައިވަރަށް..

  79. މަރީ

    އެއްފަހަރާ މުއްސަނދި ވާންވެގެން އުޅޭބައެއް މިޓެކްސީ ޑުރައިވަރުންނަކީވެސް. ހުރިހާ އެއްމެންނަކީ ފުދުންތެރިންނެއްނޫން. އެއްމެންނަކަށް 100ރުފިޔާ ދީފަ ދަތުރުކުތެވޭހާ ފެންވަރެއްނެތް. 40ރުފިޔާ އެއީ ހަމަ އެެއްމެ ރަނގަޅު އަގު. ހުޅުމާލެއަށް އަގުބޮޑުކޮން ދަތުރުކުރަންޔާ މާލޭގެ ތަނަކަށް ދާކަށް ޓެކްސީއެއް ނުލިބޭނެ. އޭރުން ހުރިހާ ޓެކްސީ ޑުރައިވަރުންވެސް ބޭނުންވާނީ ހުޅުމާލެއަށް ދަތުރުނަގަން. 40ރުފިޔާއަށްވުރެ ޓެކްސީ ދަތުރު ބޮޑުނުކުރުމަށް އެދެން.

  80. މިސް

    ތިޔަ ޑުރައިވަރުންގެ ބޭނުމަކީ ރައްޔިތުން ފެލާލުން.

  81. ޕަސިންޖަރ

    މާލެ އިން ބްރިޖް ކައިރިއަށް 25 އަށް ދަތުރެއް ކޮަށްފަ ބްރިޖް ހުރަސްކުރާ ހިސާބުން އިތުރުފީ އެއް ނަގާގޮތަށް ހަމަޖެއްސީމަ ދޯ ރަނގަޅުވާނި. ޓެކްސީ ޑްރައިވަރުންވެސް ކާންބޯން ކުރާ މަސައްކަތް ވިއްޔާ. މިސާލަކަށް 25+40

    • އާންމު އާދުމީ

      ދެންތިބީވެސް ކާންބޯންޖެހޭ މީހުން. ޓެކްސީއަކަށް ދުވާލަކު 8ގަޑިއިރު ދުއްވައިފިނަމަ ބޮޑު އެއްޗެއް ލިބޭނެ. އަދި ހުޅުމާލެއަށް 40 ރުފިޔާއަކީ ކުޑައެއްޗެއްނޫން. މައްސަލައަކީ ދެތިން ދަތުރުކޮށްލާފަ ނޫނީ ވާރޭވެހޭތީ ކާރުކޮޅު ހަޑީވެދާނެތީ އުޅޭ ޒާތްކޮޅުބޮޑު އުޅުން. ދެންތިބީވެސް 8 ގަޑިއިރު ނުނީ އެއަށްވުރެން ގިނައިން މަސައްކަތްކުރާމީހުން.

  82. މަ މިއު މަ

    އެ އަދި ހަމައަކަށް އެޅޭނެ. އަޅާލާ އެއްޗެއް ނޫން.

  83. ޚޖގޗ

    ދަތުރުކުރަން ދެކޮޅުހަދާ ޑުރައިވަރުންގެ ހުއްދަ ބާތިލްކުރީމަ ނިމުނީ...

    • Anonymous

      ދެތިން މީހަކަށް އެހެން ހެދީމަ ދެންތިބިމީހުން ސައިޒުވާނެ. މައްސަލައަކީ ވޯޓުއަހަރަށް ވީމަ.

  84. ޒިންމާދާރު

    މާލޭގައިވެސް ބަސްޕޮއިންޓުތަކެއް ހަދާފައި ބަސްދަތުރު ކުރެވޭގޮތަށް ހަދާދީބަލަ، މިއީވެސް ކުރަންޖެހޭ ކަމެކޭ އޮފީސްތަކަށް ވިލިމާލެއިން އަންނަ ފަރާތްތަކަށްވެސް ފައިދާވާނެ ކުރިންވެސް ބަސްދަތުރުތައް އޮވޭ....

    • Anonymous

      އޭރުން އަނެއްކާ ޑްރައިވަރުން ހަރުތާލު ކުރާނެ ތިމަންނަމެންނަކަށް ފައިސާއެއް ނުލިބެޔޭ. ބަލާބޮޑު ބައެއް އެއީ.

  85. ޢިބްރާހިމް

    ގޮތެއްފޮތެއް ނުހުންނަ މާލެ ތެރޭ ދުއްވާ ޑްރައިވަރުން ހުޅުމާލެއާ ބްރިޖްގަ އާންމު އުނދަގޫ ކުރަން ނުދިއުމަށް، އެމީހުން އަމިއްލަ އަށް ނިންމުން ތީ ވަރަށް ރަނގަޅު ކަމެއް.. ތާއީދު ތިކަމަށް

  86. ލައޮލާވޮނީތާ

    500 އެއްހާ ޓެކްސީޑްރައިވަރުންނާއިގެން ސަލާމަތްނުވެގެން ގައުމު އުޅެންމިޖެހެނީ. މާގަދަވެގެން އުޅޭބައެއް. ބޮޑެތި ރަށްވަރުގެ ބާޑަބިޔާ ގަނޑުގަނޑުހެންހީވާ ޓެކްސީތައް އުވާލާފޢި ކުދި އޭސީ ކުރޮޅިއެންމެކޟުދާނީ މިކުދިމަގުތަކަށް.

  87. sandhuvaa

    ސަރުކާރަށް ގޮންޖަހަން ފުރުޞަތު ނުދެއްވުމަށް ގޮވާލަން. މިހާރު އެމީހުން އެ އުޅެނީ ބިރުދައްކާގެން ބޮޑުއަގު ހޯދަން. ކީއްވެބާ ފުރަތަމަ ދުވަހުވެސް =/80ރުފިޔާއަށް ނުކޮށް ރައްޔިތުން ފެލާލީ. ޓެކްސީގެ ގޮތުގައި ރަޖިސްޓަރީކޮށްގެން ދުއްވާނަމަ، ސަރުކާރުގެ ޤަވަޢިދާ އެއްގޮތަށް ދަތުރުތައް ކުރަންޖެހޭނެ. އެހެންނޫނީ ޓެކްސީ ހުއްދަ ބާޠިލްކުރައްވާ. =/50ރުފިޔާއަށްވުރެ ބޮޑުނަމަ، އެއީ މާބޮޑު ޢަދަދެއް. 2ލިޓަރ ޕެޓްރޯލެއް ނާނދާނެ.

  88. މު
    • ޓެކްސީ

      އަސްލުވެސް ގިނަ ޓެކްސީ ޑްރައިވަރުންނަކީ ވަރަށް ފޮނިބައެއް. އެމީހުންނަށް ފުދި އިތުރުވާ ވަރަށް ވެސް ދަތުރު ކޮށްގެން ލާރި ލިބެ. އެހެންވީމަތާ ދަތުރެއް ކޮއްދޭން އެދުނީމަ ވެސް އެމީހުން ހިތައް އެރީމަ ކޮއްދެނީ. ގިނަ މީހުން ޓެކްސީ ބޭނުންކުރަނީ ވާރޭ ވެހޭ ދުވަސް ދުވަހު. މިވެރިން ތިބޭނީ ފިލާ. ތި އަގު ހަމަ ރަނގަޅު.

  89. އައްޔު

    މާލޭގެ އޯކިޑްމަގުން ފަރީދީމަގަށް އަޅާލިޔަސް 25 ރުފިޔާ ނަގާ އަދި ނުވިތާކަށް ހޭންޑް ބޭގް އެއް އަތުގައި އޮވެއްޖެނަމަ 30 ރުފިޔާ ނަގާ މާލޭގެ އެއްކޮޅުން އަނެއްކޮޅަށް (ވިލިނގިލި ޓާމިނަލް އިން ހުޅުމާލެ ޓާމިނަލްއަށް) ދާކަށް ޕްޓްރޯލް ލީޓަރެއް ނާދާނެ އެކަމަކު 30 ރުފިޔާއާއި 35 ރުފިޔާގެ އަގެއް ނަގާ މީބޮޑުވަރު ސަރުކާރައް ގޮވާލަން. އަޅުގަނޑު އެނބަ ގެންގުޅެމޭ އައިޑިއާރ އެއް އަންނަ ހަފްތާ ޓްރާންސްޕޯޓް އޮތޯރިޓީއަށް ދާނަން

  90. ދދދދދދ

    އަމިއްލައަށް ހުއްޓާލީމަ ރަނގަޅުތާ. ވަރަށް ފޮނި ބައެއްގެ ގޮތުގަ ފާހަގަ ކުރެވޭ ބައެއް ތީ. މަށަށް ވެގެން މަށެއް ނާރާނަން މާލޭގަ މިއުޅޭ ޓެކްސީއަކަށް. ބަލަން ތިބޭތި ހުއްޓާލި ގޮތަށް އަމިއްލައަށް ދަތުރު ކުރަންވެސް ފަށާނެ. ލާރި ލިބެނީ ތިހެންނަކުން ނޫންވިއްޔަ. އެއް ދަތުރުމަތީ ތިން ހަތަރު މީހުން ނަގައިގެން ކޮންމެ މީހަކު އަތުން ދަތުރެއްގެ ލާރި ނަގާ. ޓެކްސީގަ ދަތުރު ކުރަނީ މިމީހުންގެ އަޅުންނޭ ހިތަށް އަރާ ކަހަލަ. ބާރަށް ލަވަ ޖަހާފަ ނޫނީ ފާޑުފާޑުގެ ސިޔާސީ އެއްޗިހި އަޅުވާފަ އެއްވެސް އަގަލައެއް ނެތި އުޅޭ ބައެއް ތީ. ހުޅުމާލެއަށް ގޮސްގެން އެތާވެސް އެ ޒާތަށް އުޅެގަނެގެން އުޅޭ ވާހަކަ ދައްކާތީ އިވޭ.

  91. އަހަންމަދޭ

    އަގު ކަނޑައަޅާކަށް ނުޖެހޭ ތިމީހުނާ މަޝްވަރާ ކުރާކަށް. މީގެ ކުރިންވެސް އެކި ސަރުކާރުތަކުން އެކި ކަންކަމުގަ މަޝްވަރާ ކުރެވޭތޯ ބެލި. އެކަމަކު ތިމާމެންނާ ނޫޅެވޭނޭ ހިތަށް އަރާފަ ތިބޭ ބޮޑާ ކިބުރުވެރި ބައެއްގެ ގޮތުގަ ފެނުނީ. މިހާރު ހުރި އަގަށް ނުކުރަންޏާ ނުކުރޭ. ބަލާނަން ކިހާދުވަހަކު ފޮނި ދެއްކޭތޯ.

  92. ޛެޔިހަނު

    ކޮންމެ ޓެކްސީ އަކީ ކުޑަބަހެއް .. މިހާރުވެސް އެއްމެ ކޮޅަކަށް ތިންހަތަރު މީހުން ލާގެން ނަގާވަރު .. އަބަދެވެސް ލުބޭ ވަރު މަދުވެގެން .. ހުޅުމާލެ އަގު 40 އޯކޭ

  93. ދިވެހިމަންޖެ

    ޓެކްސީތަކުގަ މީޓަރު ހަރުކުރަން ވީނު. އެކަމަށްވެސް މިމީހުން އެއްބަހެން ނުވާނެ

  94. އެއްމެފުރަތަމަ ގައުމު

    ޓެކްސީ ސެންޓަރުތައް އުވާލާ. ބަސް ސެންޓަރު ހުޅުވާ.މިޓެކްސީތައް ހަމަ މަގަށް އަޅުވަންޖެހޭ!!! ޕަބްލިކް ޓަރާންސްޕޯޓް އިތުރު ކުރަންވީ ސަރުކާރުން ބަސް ގެނަސްގެން!!! މިމީހުން ހިތައްއެރިގޮތަކަށް އަބަދު ޢަމަލުކުރެވިގެންނުވާނެ!!! ޓްރާންޕޯޓުން ކަނޑައަޅާފައިވާ އަގަށްވުރެން ބޮޑުކޮށް ނަގާނަމަ ރިޕޯޓްކުރޭ ޕޮލިހަށް!! ފިޔަވަޅު އެޅޭނެ!!އެމްޓީސީސީ ނޫނީ އެމްޕީއެލް ފަދަ ސަރުކާރުގެ ކުންފުންޏަަކުން ބުރިޖު ހުރަސްކޮށް ހުޅުމާލެއަށް އަދި މާލެއަށް ހާއްސަ 200 ހަކަށް ޓެކްސީ ބާއްވަންވީ ތިއަގަށް އޭރުން ތިޔަ މީހުން ސައިޒު ވެދާނެ.. ރަނގަޅަށް އަލިފާންކެވިފަ އޭރުން ތިބޭނި..

  95. ހަލީމް

    ބަލަ މާލެ ހުޅުމާލެމާލެ ދަތުރު ގެ ދިގުމިން މާލެ ވަށާ ބުރެހް ޖެހޭ ދިގުމިން 40 ރުފިޔާވެސް ބޮޑު

  96. ޢާސިދާ

    ތިި ޓެކްސީ އަކާއި ހުރެ މިހާރު އުޅެވޭވަރެއް ނޫން ކޮންމެ ދަތުރަކުން ތިންދަރު ނަގާ މުޅިމާލެ ފުރިއްޖެ ކޮންމެ މޯހަކު ޓެކްސީ އެއްގަނެގެން މިޟީހުން ބޭނުން އިރަކު ސާވިސްދެނީ މިމީހުންގެ ޔުނީފޯމރއް ލެއްވޭވަރުގެ ވެރިއެއްވެސް ނެއް ބަލާ ދުނިޔޭގެ ހުރިހާގައުމެއްގަވެސް މިވެރިން ތިބޭނީ ޔުނިފޯމްގަ

  97. ހަމަދު

    ޓެކްސީ ތަކުގަތިބޭ ބައެއް ޑްރައިވަރުންނަކީ ވަރަށް އަދަބުކުޑަބައެއް ސިޔާސީވެގެންގޮސް ކިއޭނުކިޔޭ އެއްޗެއް ނޭގޭ ކަސްޓމަރުން ތިބޭއިރުވެސް މިކަންވެސް ވެއްޖެ ހުއްޓުވަން

  98. ހުރަނބީ

    ވަކިބަޔަކަށް ނޫނީ ޓެކްސީ ދުއްވޭގޮތަށް އިންނަ އިނުން އުވާލާފައި ބޭނުންވާ އެންމެނަށް ޓެކްސީބޯޑު ދޫކޮށްބަލަ! ވަގުތުން މައްސަލަ ހައްލުވާނެ ފްރީމާކެޓް އުސޫލުން. އެހެންނޫނީ ޑުރައިވަރުން ކޮންޓްރޯލް ކުރެވެން ވާނީ ސަރުކާރަށް!

  99. އަލީ

    އަގު ބޮޑު ކޮށްފިއްޔާ އަހަރުމެން ނާރާނަން ޓެކްސީ އަކަށް

  100. ޓެކުސީ

    ޓެކުސީ ކުރާމީހުންނާއި ހެދި ބުރިޖެއްވެސް އެޅޭކައްނެޔް ބުރިޖު ހަމައަޅާނިމުނީމަ 300ރ އަށް ދަތުރެއްކުރަންފެށި ރައީސް ޔާމީން ބުރިޖު އަޅައިދެއްވީ ރައިއްޔަތުންނަށް ފަސޭހަ އަކަށް އެކަމަކު މިޓެކުސީ ގަމާރުން މުޅި މުޖުތަމައު ހަރާބު ކޮއްފި މިވަރު ބައެއް ނެތްކަމަށް ހެދިގެން މިތިބަ ތެޅެނީ ދެން ދުވަހަކުވެސް ޓެކްސީ އަކަށް ނާރާނަން މިއަޒުމުގައި މިހުރީ ސަރުކާރުން ޓެކްސީ ދަތުރު ފަށާނެ ކަމުގެ އުއްމީދުގައި ސުކުރިއްޔާ ރައީސް ޔާމީން.

  101. އަލިބެއްޔާ

    ސަރުކާރުން ހިންގާ ކުންފުންޏެއްގެ ދަށުން ޓެކްސީ ކުރަން ފަށަންވީ.. އަމިއްލަ ގޮތުން ޓެކްސީ ވިޔަދިނުން މަނާ ކުރަންވީ.. އޭރުން އިތުރު ވަޒީފާތައް އުފެދި ރައްޔިތުން އަތްފޯރާ ފަށަށް ޓެކްސީ ދަތުރު ތިރިވާނެ.. ޑްރައިވަރުންނަށް ހީވާ ކަހަލަ އެމީހުންނާއި ކުޅެލަން ބަޔަކަށް ނުކެރޭނޭ.. ސީދާ ފާޅުގައި ރައްޔިރުންނަށް ޖެއްސުން ކޮށް ފުރައްސާރަ ކުރާބައެއް..

    • Anonymous

      ސަރުކާރަކަށްވެސް ނުކެރޭނެ..