މި ފެށޭ އޭޕްރީލް މަހުގެ ފަސްވަނަ ދުވަހު ރިލީޒް ކުރުމަށް ކުރިން ހަމަޖެހިފައިވާ، ޑާކްރެއިން އެންޓާރޓައިންމެންޓްގެ ދިވެހި ފިލްމް "ގޮށްރާޅު" ޕްރިމިއާރ ކުރުން ލަސްވެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި ފިލްމު ލަސްކޮށްފައި ވަނީ، މިހާރު އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ދިވެހި ފިލްމް "ވަކިން ލޯބިން" ގެ އިތުރު ޝޯ ތަކެއް އެޅުވުމަށް ހަމަ ޖެހިފައިވާތީއެވެ. އަދި ކުރިން "ގޮށްރާޅު" އެޅުވުމަށް ހަމަ ޖެހިފައިވާ ތާރީޚްގައި "ވަކިން ލޯބިން"ގެ ޝޯ ތަކެއް ވެސް އެޅުވުމަށް ވަނީ ހަމަ ޖެހިފައެވެ. އަދި "ގޮށްރާޅު" އެޅުވުމަށް ހަމަ ޖެހިފައިވާ ވަކި ދުވަހެއް ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށާއި، ފަހުގެ ތާރީޚެއްގައި އެކަން އިއުލާނު ކުރާނެ ކަމަށް ވެސް މި ދެ ފިލްމުގެ ސްޓޫޑިއޯއިން ބުނެއެވެ.

ޖުމައްޔިލް ނިމާލާއި، ހަސަން އިރުފާނާއި، މުޅި ފިލްމު އިންޑަސްޓްރީ އަށް އަލަށް ތައާރަފުވާ ދެ ފަންނާނުން ކަމުގައިވާ ތަސްނީމާ، ޔަޝްފާ އަދި އަޒާން ފެނިގެން ދާ މި ފިލްމަކީ މަސައްކަތުގެ މާހައުލުގައި މީހަކު އުފައްދާ ހަމަ ނުޖެހުމަކަށް ކިޔާ ނަމެއްގެ މައްޗަށް ކުޅޭ ފިލްމެކެވެ. މީގެ އިތުރުން ވެސް މި ފިލުމުގައި ނާޝިދާއި ހަމްދާނު ފާރޫޤު އަދި ނުޒުހަތު ޝުއައިބު (ނުޒޫ) ވެސް ހަރަކާތްތެރި ވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު