ނ. ކުޑަފަރީއަށް އެޑިއުކޭޝަން މިނިސްޓަރ ވަޑައިގެންނެވި ނަމަވެސް މަރުޚަބާ ކިޔަން ނުޖެހޭކަމަށް އިދިކޮޅު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވަމުންދާ ކުޑަފަރީ ސްކޫލުގެ ލީޑިންގ ޓީޗަރު ރަހުމަތުﷲ އަބްދުލް މުހުސިން ބުނެފިއެވެ.

އޭނާ މިގޮތަށް ބުނެފައިވަނީ ކުޑަފަރީ ޓީޗަރުން އިދިކޮޅު ސިޔާސީ ފަރާތްތަކައި ގުޅިގެން ބޭއްވި ހަރަކާތެއްގައި ސަރުކާރަށް އިންޒާރުދިން ޚަބަރެއްގެ ސްކްރީންޝޮޓަކާއި އެކު މީސްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށް އާންމުކުރި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ އެޑިއުކޭޝަން މިނިސްޓަރ އެރަށަށް ވަޑައިގަތީ ސިޔާސީ ދަތުރެއްގައި ކަމަށާއި، އެކަމަނާ ވަޑައިގެންނެވީ ރަސްމީ ގަޑީގައި ކަމަށެވެ.

"މިނިސްޓަރ ސިޔާސީ ދަތުރެއްގައި ރަސްމީ ގަޑީގައި ކުޑަފަރީއަށް ވަޑައިގަތީމަ ކީއްވެތޯ ނިކުންނަން ޖެހެނީ، ހޭބަލި ނުވެބަލަ." ރަހުމަތުﷲގެ ޕޯސްޓުގައި ބުނެފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް މިމަހުގެ ފަސްވަނަ ދުވަހު ކުޑަފަރީއަށް ވަޑައިގަތުމުން އެ ސްކޫލުގެ ގިނަ ޓީޗަރުން އެކަމަނާއަށް މަރުހަބާ ދެންނެވުމަށް ނުނިކުތީ އެކަމަނާގެ އެ ދަތުރުފުޅަކީ ސިޔާސީ ދަތުރަކަށްވާތީކަމަށް ދޭހަވާފަދަ ގޮތަކަށް ރަހުމަތުﷲ ވާހަކަ ދައްކާފައި ވީނަމަވެސް، މިނިސްޓަރ އެރަށަށް ވަޑައިގެންނެވީ ސިޔާސީ ހަރަކާތެއްގައި ކަމެއް އެނގިފައެއް ނުވެއެވެ. އަދި އެކަން ސިޔާސީ ޕާޓީއަކުންވެސް ހާމަކޮށްފައެއް ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓަރއަށް ރަހުމަތުﷲ ހަޤީޤަތް ނޭނގޭ އެފަދަ ތުހުމަތެއް ކޮށްފައިވާއިރު، އެކަމަނާ ކުޑަފަރީއަށް ވަޑައިގަތުމުން އަޑުގަދަ ކުރާއިން ލަވަ ޖަހައި ބަޔަކު މަގުތަކަށް ނިކުމެ ހުތުރު އެއްޗެހި ކިޔައި، ބައިސްކަލެއްގައި އެޑިއުކޭޝަން މިނިސްޓަރ ވަށައިގެން މީހަކު ވަނީ ދުއްވާފައިވެއެވެ. އެނގިފައިވާ ގޮތުން އެ ބައިސްކަލު ދުއްވާފައިވަނީ ކުޑަފަރީ ސްކޫލުގެ ޓީޗަރެއްގެ ފިރިމީހާއެވެ. އެދުވަހު އެޑިއުކޭޝަން މިނިސްޓަރ އެރަށު ސްކޫލަށް ޒިޔާރަތްނުކޮށް އެރަށުން ވަނީ ފުރާވަޑައިގެންފައެވެ.

އެކަމަނާއަށް މަރުހަބާ ދެންނެވުމަށް އެރަށުން ނިކުތީ ތިން ދިވެހި ޓީޗަރުން ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެކަމަނާ ފުރާވަޑައިގަތުމަށް ބަނދަރު ސަރަޙައްދަށް ވަޑައިގަތްއިރު، ސިޔާސީ ބަޔަކު ނިކުމެ ފޮތިގަނޑެއްގައި "ޓެބްލެޓް ވަގު" ޖަހައިގެން ބެނާއެއް ދަމާފައި ހުއްޓެވެ. ކުޑަފަރީ ސްކޫލުގެ ދަރިވަރުންނަށް އެޑިއުކޭޝަން މިނިސްޓްރީން ފޮނުވާފައިވާ ޓެބްލެޓްތައް ނުދީ ހިފަހައްޓާފައިވާއިރު، އެކަމާއި ގުޅޭގޮތުން އެ ސްކޫލުގެ ޓީޗަރުން ދަނީ މިނިސްޓްރީ ބަދުނާމުވާ ގޮތަށް ބެލެނިވެރިންނަށް އޮޅުވާލަމުންނެވެ.

މިއަދު ކުޑަފަރީ ޓީޗަރުން ނިކުމެ ސަރުކާރަށް އިންޒާރު ދީފައިވާއިރު އެފަރާތްތަކުން ވަނީ އެ ސްކޫލުގައި ތަޅު އަޅުވަން ޖެހިދާނެ ކަމަށް ބުނެފައެވެ. އިދިކޮޅު ޖަލްސާ އާ ގުޅުނު ކުޑަފަރީ ޓީޗަރަކު މިއަދު ބުނެފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ޓީޗަރުން ނިކުމެ އުޅުމަކީ ހަޑި ކަމެއް ކަމަށް ޤަބޫލު ކުރާ ކަމަށާއި ނަމަވެސް އެންމެ ރަނގަޅު ގޮތަކީ ހަނޑިކޮށް ނިކުމެވެސް އިބޫ އާއިއެކު ތިބުން ކަމަށެވެ.

ކުޑަފަރީ ފާހަގަކުރެވިފައިވަނީ ސިޔާސީ ހަރަކާތްތަކުގައި ފޯރިގަދަ ރަށެއްގެ ގޮތުގައެވެ. އެރަށަށް، ފިލައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ދަތުރެއްގައި ވަނީ، ކުޑަފަރީ ސްކޫލަކީ ރާއްޖޭ ފުރަތަމަ ސުމާޓް ސްކޫލަށް ހަދައި، އެ ސްކޫލުގެ ނަން "ކުޑަފަރީ ސުމާޓް ސްކޫލް"އަށް ބަދަލުކުރާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

66 ކޮމެންޓް

  1. ހަޤީގަތް

    އެމްޑީޕީ އިން އެކުރަނީ ސީދާ ބުލީ

  2. ރުޝްދާ

    ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ފައިނަގައިގެންހުރި މީހަކު މީހުންލައްވާ ތިޔަކުރުވަނީ ސަޅިކަމެއް! ވެރިންނަށް އިޙްތިރާމް ނުކުރުމާ ހަޑިހުތުރު އިންޒާރުދިނުމާ ނަމޫނާ ތިޔަފެންނަނީ! އަމުދުން އިސްލަމްދީނަށް ވަރަށް ޤަދަރުކުރާ ރައްޔިތަކު އުޅޭރަށެކޭ ކިޔާތީ އަޑުއަހަން! ދެން ވިސްނާ

    • އިބްރާހިމް

      އެމްޑީޕީއިން ކުޑަފަރީގެ އަގު ވެއްޔާއި މޮޑެލައިފިއެވެ.

  3. މެސީ

    ރީނދޫ ހުން ޖެހުނީމަ ވާ ގޮތް. ލަދެއް ހާޔާތެއް ނެތް. ވަގުތުން ވަޒީފާ އިން ކަނޑާލަން ގޮވާލަން. ތި ފެންވަރު ބަޔަކު ކުދިންނަށް ކިޔަވާދޭން ތިއްބަން ހެޔޮ ނުވާނެ.

  4. އިބޫ

    ކަލޭ ރޮދި އިބޫ އާ އެއްކޮށް ނުކުތީ ތީ ދީނީ ކަމެއްވީމަ ދޯ. ލަދު ކޮބާ

  5. ނިސާ

    ލަދު ކުޑަ. ގޮތް ކުޑަ

  6. ނުވިސްނާ

    ކުޑަފަރީ އަކީ އަބަދުވެސް ވަރަށް ހަޑިހުތުރުބަހުން މުއާމަލަތް ކުރާބަޔެކެވެެ. އެރަށުގަ ތިބޭނީ އެރަށުމީހުންގެ ދަރިންދޯ. ކާކަށް ދެރަވާނީ..

  7. ޜަހްމަތް

    ކުޑަފަރީ މަދަރުސާގަ އުޅެނީ އެވަރުގެ ހަޔާތް ކުޑަ އަންހެން ޓީޗަރުން ކިޔަވާ ދިނުމަށް ވުރެ ފިރިހެންވެރިންނަށް ދަންވަރު ބޮޑުފޮތުން ކިޔަވައިދޭން މާ މޮޅުވާނެ. މި ވަރުގެ މީހުން ސުކޫލުގަ ތިބެގެން ކޮން ރަނގަޅެ ކުދިން ވާނީ.

  8. އަހުމަދު

    ކިހާވަރަކުން ދާނެބާ. ﷲ މިބައިމީހުންނަށް ހެޔޮ މަގު ދައްކަވާށި. ވަކި މީހަކަށް ތާއީދު ކުރުމަކީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއް. އެކަމު ގައުމުގަ ތަރުބިއްޔަތު ކުރަން ހަވާލުވެ ތިބޭ މީހުންގެ ބަސްމަގު މިވަރު ވީމަ ވަރަށް ދެރަވަރު.

  9. އަލީ

    ކުޑަފަރީ އެއްނޫން ކިޔަންވީކީ ހަޔާތްކުޑަފަރި ކިޔަނވީ އެއްވެސްކަމެއްގަ ގޮތެއްފޮތެއް ލަދެއް ހަޔާތެއް ހުންނަބައެއްނޫން އެއީކީ ރީދޫހުމުން ފޯވެފަތިބޭނީ 100 ަކުނ 2 މީހުންވެސް ނުތިބޭނެ ސަލާމަތަކުން ތިޔަ ކިޔާ ރަހުމަތުﷲގެ ވަރަށް ރީތި ފޮޓޮތަކެއްވެސް މީސްމީޑިއާއިން ފެނުނު ދެން ގޮތެއް ފޮތެްހުންނާނީ

  10. އަލީ ހަމީދު

    ތިޔަ ފޮޓޮގަ ތިޔަ ތިބީ އެކައްވެސް ކުޑަފަރީ މަދަރުސާ ޓީޗަރުން ދެން ދަރިންގެ ކޮން ލަދެއް ހަޔާތެއް ހުންނާނީ

  11. ޝިނާ

    ކުދިންނަށް ނަމޫނާ ދައްކަންތިބި ބަޔަކަށް ކުފޫ ހަމައެއް ނުވޭ ކުޑަފަރީ ޓީޗަރުންނެއް. ކޮންމެ ސަރުކާރަކަސް ކޮންމެ ވެރިޔަކަސް އިހްތިރާމް ކުރަންޖެހޭނެ

  12. Anonymous

    މަހިތަށް އަރާ ތިޔަ ކުޑަފަރީ ސްކޫލުން ކިޔަވާ ކުދިންގރ ޙާލަތަކީ ކޮބައިބާއޭ؟ އަހަރެން މިއަދު ތިޔަ އިއްޒަތްތެރި ސިޔާސީ ޓީޗަރ ޕޯޑިއަމްއަށް އަރާ ތުރުތުރުލަމުން ދެއްކި ވާހަކަ އަޑުއެހިން! އެ ސިޔާ ކަމަނާ ސީދާ ދިނީ އިންޒާރު އޭނަބުނީ އެއްވެސް މީހަކު ބަދަލުކޮށްފިއްޔާ ސްކޫލްގެ ތަޅޭ ލާނީ.. ކިޔަވާ ކުދިންނަށްވުރެވެސް މީނަ ލޯބިވަނީ އެން.ޑީ.ޕީ ދެކެ.. މީވާ ޤައުމެއް!

  13. ދޮންއަލީ

    ވަގުތުން ވަކިކުރަންވީ މިފެންވަރުގެ މީހުން ސަރުކާރުގެ އެއްވެސް ވަޒީފާއެއްގަ ބަހައްޓައް ނުފެނޭ ،، ވަގުތުން ކަނޑަންވީ. އަވަސް އަވަސް އަވަސް ކުރަންވީ.....

  14. ޙެހެ

    ކަލޭ ހޭބަލި ނުވެ ދަރިވަރުންނަށް ނަމޫނާ ތި ދައްކަނީ ކަލޭ ނުގޮސްގެން އެޑިއުކޭޝަން މިނިސްޓަރ ފެއިންޓް ވެއްޖެ

  15. ބެލެނިވެރިޔާ

    އިބޫ އެ އައީ ކޮންކަހަލަ ދަތުރެއްގައިތޯ ތިޔަ ޓީޗަރާ ސުވާލުކޮށްލަން ބޭނުން. ތިޔަ ކަހަލަ ބަސްމަގު ހުންނަ މީހުން ޓީޗަރުންނަށް ތިބޭތީ ކުދިންގެ އަޚްލާގު ގޯސްވަނީ. ކޮންމެ ގަޑިއެއްގައި ވަޑައިގަތަސް މިނިސްޓަރ ވާނީ މިނސްޓަރަށް

  16. ޏުހަންދާ

    މިގޮތަށް ސްމާޓް ކުރާވާހަކަ އޭނާ އެބުނި. 1ވަނަ ސްމާޓް ސްކޫލް ދޯ!

  17. ާއަލިބެ 7

    މީނާ މިރާއްޖޭގެ ހުރިހާ ޓީޗަރުން ލަދުގަންނުވައިފި. މިކަލޭގެ މިހުރީ ހަމއިގަބާ އަނެއްކާ

  18. މުހައްމަދު

    ތިޔައީ ހަމަރަގަޅއްވެސް ހޭބަލިވެފަައިހުރިމީހެއް.

  19. މަރޭ

    މިކަހަލަ މީހުން ރަނގަޅު ނުވާނެ. މިކަހަލަ ތީޗަރުން އަހަރުމެންގެ ދަރިންނަށް ކޔަވައިދޭނެ ކަމެއް ނެތް. ތިމާ އިހުތިރަމު ކުރަން ޖެހެ ބަޔަކު އަބަދުވެސް ތިބޭނެ.

  20. ހުސޭނުބޭ

    އިންސާފުގެ އެންމެ އިސްކަމެއް ދޭންޖޭނީ ތިމާމެންގެ މަސްޢޫލިއްޔަތު އިޚްލާޞްތެރިކަމާއެކު އަދާކުރުމަށެވެ. ތި ތަނުން އެ އިންސާފު ޤާއިމްކޮށްދެވެނީ ކިތަށް މީހުންނަށް ހެއްޔެވެ.

  21. އަހްމަދު

    ވަރައްހިތާމަހުރިކަމެއް ތިޔަސްކޫލުގަތަޅުއެޅުވީމަ އެކަމުގެ ގެއްލުންވަނީ ރައީސް ޔާމީނައްތޯ؟ ޓީޗަރުންނަކީ ހުރިހާވަގުތެއްގަވެސް ނަމޫނާދައްކަންޖެހޭބައެއް ތިޔަސްކޫލުގެޓީޗަރުންނަކީ ތިޔަރަށުގެ ތިޔަސްކޫލުގަ ކިޔަވާކުދިންނައް ނަމޫނާބަޔަކަށްވާންޖެހޭ އެހެންނޫންނަމަ އެކުދިންގެ އަދަބު އަހްލާގު ގެއްލިހަލާކުވާނީ ރައީސް ޔާމީނަކަށް ވާނެމާބޮޑުގެއްލުމެއްނޯންނާނެ ހޭބަލިވާނީވެސް އަދި ވަރުބަލިވާނީވެސް އެދަރިވަރުން މަގޭހިތައްއަރަނީ މިސްކޫލުގެ ބެލެނިވެރިންނައްވެސް މިގޮތްއޯކޭބާވައޭ ސިޔާސީވިއަސް މިދެންބޮޑުވަރު މިމީހުންގެ ވެރިކަމެއްގާ ކިހާވަރެއްވާނެބާ ﷲގެހެޔޮރަހްމަތްފުޅުން އެފަދަދުވަހެއް ނުދައްކަވާށި އާމީން

  22. ހައްވީ

    ތިއީ ކޮންމެ ސަރުކާރެއް ވެރިކަން ކުރިޔަސް ސްކޫލެއްގަ ޓީޗަރުކަން ކުރާ ވަރަށް ވުރެ އަޚްލާޤީ ފެން ވަރު ދަށް ބޭފުޅެއް. ވަޒިފާ އިސްތއުފާ ދެއްވާ ސިޔާސީ ޕާޓީ އަކާ ގުޅެން ފެނޭ. އޭރުން އަޅުގަނޑުމެންގެ ކުދިންގެ މުސްތަޤްބަލަށް ރަގަޅުވާނެ.

  23. ާއަހަރެން

    ކެނދިކުޅުދޫއަށްވެސް އަޔޯ ތި މިނިސްޓަރު ...ރަސްމީގަޑީގަ....ސްކޫލަށް ވަދެނުލާ...ޕީޕީއެމް ޖަގަހައަށްދިޔައީ....

  24. ޓަވަރު

    ތިޅާއި ސައިޒްކޮށޮލާނަން ރަގަޅަށް

  25. ޖުހާ

    ތީ ހަމަ ހަޔާތްކުޑަފަރީ.

  26. ހުސެން

    ހޭބަލި ނުވޭ، ދެންއޮތް5 އަހަރުގައި ވެސް ﷲރަހްމަތުން ވެރިކަމުގަ ހުންނާނީ ރ.ޔާމިން. އިދި ކޮޅައް ސަޕޯޓުކުރުމަކީ މައްސަލައެއްނޫން އެކަމު ދަރިވަރުންނައް ކިޔަވައިދޭން ތިވަރުގެ އަހުލާގު ފެންވަރުދައް މީހަކު ނުބަހައްޓާނަން. އިދި ކޮޅައްސަޕޯޓު ކުރާކަން ހާމަކުރާކައް ތިފެންވަރައް ވެއްޓޭކައްނުޖެހެ އަދި ދެތިން މީހަކުއެއްކޮއްފަ މުޅި ސިވިލްސަރ ވަންޓޭވެސް ނުބުނެވޭ. އެހެން ވީމަ ކަލޭވެސް ހޭބަލި ނުވެ ހަމައިގަ ހުރޭ.

  27. ޝީޝާ

    ޓީޗަރެއްގެ ބަހުރުވަ ހުންނަންވީ ގޮތެއްނޫން ދޮތަ ތިޔައީކީ ޓީޗަރަކަށް ކުފޫ ހަމަވާ މީހެއްވެސް ނޫން ތިޔައީކީ އެހެން ނޫނަސް ކުޑަފަރީމީހުނަކީ ވަރަށް ގޮތެއްނެތް ބަޔެކޭ ބުނާ އަޑުއަހަން

  28. އަސްލަށްއިއާދަވަނީ

    ކުޑަފަރީގައި ތި އުޅޭ މީހުންގެ އަސްލަކީ ކޮބައިކަން ތާރީޚުން ސާފުކޮށް އެނގެން އެބައޮތް. އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެކަމުގެ ދިރިހުރި މިސާލެއް! މި ކޮމެންޓު ޖަހާލަދެއްވައްޗޭ!

  29. ނެރު

    ރައްޔިތުން ޓިސްލާފަ ބަޑި ފަޅައިގެން ދަނީބާ

  30. އަސޭ

    ތެޅިތެޅި ހުޅުނބުދާނީ. 2018 ނޮވެމްބަރު 11 ވަނަ ދުވަހު މިރާއްޖޭގެ ރައީސްކަމުގެ ހުވާކުރާނީ ރައީސް ޔާމީން އިރާދަކުރެއވިއްޔާ

  31. ސަގަރު

    ކުރީގެ މުސްކުޅި ބަހެއް އޮންނާނެ "ކުޑަފަރީ އޮޑިއެއް ރަށްމަތިވުން" ކިޔާ. މީގެ މާނައަކަށް އިންނާނީ އެކަކު އަނެކަކަށް ކިޔާ ނުކިޔާ އެއްޗެއް ނޭނގޭވަރަށް ޒުވާބުކޮށް އަޑުގަދަކޮށްގަތީމަ ދީއުޅޭ މިސާލުބަހެއް ގޮތަށް. މިކަމުންވެސް އެނގޭ ކަމަކީ ކުޑަފަރިއަކީ މުސްކުޅި ޒަމާނުއްސުރެ ވަރަށް ނާތަހުޒީބު ގޮތްކުޑަ ބަޔަކު އުޅޭ ރަށެށްކަމެވެ. ކައިރިކުރާ ކޮންމެ ރަށެއްގެ ބަޔަކާ ޒުވާބުކޮށް ގަދަކަން ދައްކަން އުޅޭބައެއްކަމެވެ.

  32. ފައިނު މީހާ.

    ތިޔަފަދަ މުވައްޒަފުންނާ މެދު އަޅާނެ ފިޔަވަޅު ސިވިލް ސަރވިސްގެ ޤަވާޢިދުގާވޭ އެހެންކަމުން ލަސްނުކޮށް ކުށާ އެކަށީގެންވާ ފިޔަވަޅު އެޅުމަށް ގޮވާލަން. އެއީ ކުށުގެވެށިން އެހެން މުވައްޒަފުން ސަލާމަތްކުރުމަށްޓަކައި.

  33. އަހްމަދު

    ކުޑަފަރީރައްޔިތުންނަކީ މިހާނާތަހުޒީބުބައެއްކަމަކަށްމީގެކުރިންހިއެއްނުކުރަން މިއީކަންނޭގެ ޝިޔާމުވެސް އުފަންރަށާ އެހާދުރުވެގެންއުޅޭސަބަބަކީ ހޭބަލިވެގެން ކީއްކުރަންބާ ސަރުކާރު ވަޒީފާއެއްގަހުންނަނީ ހާއްސަކޮށް ޅަދަރިންނައްތަރުބިއްޔަތުދޭން ހޭބަލިވެގެން ވަޒީފާދޫކޮށްލަންވީނު ހޭބަލިވެގެން ގޭގައޮންނައްވީނު

  34. ދދދދދދ

    އަހަރެން ތި ބާގައި މީހުންނަށް ނަފްރަތު ވަނީ ތިމީހުންގެ މުޑުދާރު އަޚްލާގުގެ ސަބަބުން. އަޚްލާގެއް ނެތް މީހުންބަށް ރުޅި އެރުމަކީ ދީނަށްޓަކައި ރުޅި އެރުން. އެއްވެސް ޒާތީ ކަމެއް މިއަކު ނެތް

  35. ޙަސަނު

    ޓީޗަރ ކަމުން ވަގުތުން ވަކިކުރަންވީ.އެހެރީ ބަސްމަގު ހުރިގޮތް.ދެން ދަރިވަރުންނަށް ވާނީކިހިނެއް؟އަޚްލާޤްގެ ކަންފުޅެއްވެސް ނެތް.

  36. މާމަ

    ލަދުކުޑަ ގޮތްކުޑަ މީހުންވެސް ފަންޑިތަކައިގެން ރީދޫހުންޖެހިފަ ތިބޭނެ އަޅާނުލާ

  37. ނަސްރު

    އިންޝާﷲ. ދެންއޮތް5 އަހަރުގައި ވެސް ﷲރަހްމަތުން ވެރިކަމުގަ ހުންނާނީ ރ.ޔާމިން. އިދި ކޮޅައް ސަޕޯޓުކުރުމަކީ މައްސަލައެއްނޫން އެކަމު ދަރިވަރުންނައް ކިޔަވައިދޭން ތިވަރުގެ އަހުލާގު ފެންވަރުދައް ބަޔަކު ބައިތިއްބައިގެންނުވާނެ..

  38. މސ

    ތިކަހަލަ ގާމާރުންނަކީ ކިޔެވިކިޔެވިހެން ކާފަރުވާ
    ޖާހިލު ގަމާރުން. ދަރިވަރަކަށް ސްކޫލަށް ގައުމަށް ކަލޭ ފަރާތުން ލިބޭނެ އެއްވެސްފައިދާ
    އެއްނޯންނާނެ ތިމާގެ އަޚުލާގީފެންވަރުން ދަށްވުމަކީ ޓީޗަރުކަމަށް ކުފޫ ހަމަނުވާކަން
    ހާމަވާކަމެއް

  39. އަބްދުއްލާ

    މި އެމްޑީޕީ އަށް ސަޕޯޓް ކުރާ މީހުންނަކީ މުސްލިމުންތަ ؟ވެރިންނަށް ކިޔަމަން ވުމަކީ މާތް ﷲ ކަނޑައަލުއްވާފައި އޮތް ވާޖިބެއްކަމެއް ނުދަންނަމުތަ ؟ ކުޑަފަރީ އަކީ ފަސާދައިގެ ރަށެއްނަމަ ﷲ ގެ ކޯފާ އެރަށަށް އައުންގާތް.

  40. ދިވެހިރަތްލޭ

    ފަރީކުޑަބޮޑުވިއަސް އަޚްލާގީސިފަލިިބިހުރެ އަޚްލާގްހުރި ނަަމަ ދައުލަތުގެ އިސްމީހުން އެއީ ތިމާކިތަންމެނުރުހޭ މީހަކުކަމަށްވީނަމަވެސް އަދަބްއިޚްތިރާމް ކުރަންޖެހޭނެ. އެހެންނޫނަސް ޓީޗަރުންނަކީ މައިންބަފައިންފިޔަވާ އަޅުގަންޑުމެންޅަދަރިން ތަރުބިއްޔަތު ކުރުމުގެޒިންމާ ކޮނޑުއަޅައިގެންތިބޭ ބައެއް. ކުޑަފަރީތިޔަޓީޗަރއަށްވެސް ިސޔާސީކޮންމެފިކުރަކަށް ތާއީދު ކުރުމުގެ ފުރިހަމަ އިޚްތިޔާރުލިބިގެންވާކަން ގަބޫލްކުރަން. އެހެންނަމަވެސް ތިޔަގޮތައް އިހްތިރާމްކުޑަކޮށް ބެއަދަބީބަހުރުވައިން ވާހަކަދެއްކުމަކީ ވަރަށްތާކުންތާކުނުޖެހޭ ފިނޑިކަމެއް. ތިޔައަމަލުންހާމަވެގެންތިދިޔައީ ތިމާއަކީ އެއްވެސްއަގެއްހުރި އަދަބުއަޚްލާގުނެތް ވަރަށްދެއުޅިއެއްނުވާ މީހެއްކަން. އިއްޔެނުވަތަމިއަދުނަމަވެސް އެއިރެއްގައޮތް ސަރުކާރެއްގެ ތައުލީމީވުޒާރާއަކަށް ތިޔަޓީޗަރ މުހިންމެއްނުވާނެ. އަދި ތިމާގެހައިބަތުހުރިކަންދައްކަން ތިމާއަށްތިމާފެނި މާވަރުގަދަކަން ދައްކާަގައުމެއްގެ ސަރުކާރަކަށް އިންޒާރުދޭއިރު ގައުމުގެސަރުކާރަކަށްތިޔަކަމަކުން ލިބޭނީކޮންގެއްލުމެއްތޯ އަމިއްލަނަފްސާއި ސުވާލުކޮށްލަންވީނޫންތޯ..؟ ތިމާކިތަންމެ ބާރުއަޑަކުން އަޑުލާއިންޒާރުދިނަސް ސަރުކާރުއޭގެޒާތުގަ ހިނގަމުންދާނެ. އެހެނެއްކަމަކު ސަރުކާރުތިޔައަމަލުގެމައްޗައްކޮށްލާކުޑައިޝާރަތްކުން ތިމާހުއްޓި ހުންނަންޖެހިދާނެ. ވީމާސިޔާސީ ވަކިފިކުރަކާވެގެން ތިމާހިތުހުރިކޮންމެވާހަކައެއްދައްކާ އަމަލުކުރުމަކީ ބުއްދީގެހަމަތަކުންވިސްނާފިނަމަ ބުއްދިވެރިއަކުކުރާނެކަމެއްނޫން.

  41. ސ

    ޓީޗަރުންނަކީ މީހުންނަށް އިޙްތިރާމު ކުރާ އިޙްތިރާމް ކުރަން ދަސްކޮށްދޭ އިޙްތިރާމު ލިބިގެންވާ ބައެއް! މިވަރު ނޭގޭނަމަ ޓީޗަރުންގެ ކެޓަގަރީއަށް ކުފޫ ހަމަ ނުވޭ!

  42. ހަބޭސް

    މާދަމަކަންނޭގެ އިބޫ އަންނަންފެށީމަ މީހުންހޭބަލިވާންޖެހޭނީ އެދުވަހު ހޭބަލި ނުވަންބުނާމީހުންނާމެދު އިބޫ ކިހިނެއްބަ ކަންކުރާނީ ތިއީ މިގައުމުގެ ވެރިކަމަށް ފައިނަގާމީހުންގެ ފެންވަރު ދެން އެހެންވިއްޔަ ވެރިކަނ ްލިބިއްޖެނަމަ(އިންޝާﷲ ނުލިބޭނެ) ދެންބަހުރުވަ ހުންނާނެގޮތް އަމިއްލައަށް އިބޫ ވަޒަންކޮށްލަބަލަ

  43. ހަބޭސް

    މިފަހަރު މުހުސިނު ހޭބަލި ކުރުވާނެ ހޭބަލި ނުވިޔަސް އަހަރެންވެސް މިހުރީ މުހުސިނު ހޭބަލު ކުރުވަން ތައްޔާރަށް ކިޔަވާދޭ ސްކޫލެއްގެ ލީދިންގ ޓީޗަރެއްގެ މަސްމަގު ހުންނަވީ ވަރަށްވުރެ މާބޮޑަށް މުހުސިނުގެ ބަސްމަގު ދަށްވެއްޖެ ނަތީޖާއަކީ ކިޔަވާދޭ ސްކޫލެއްގެ ދޮރުމަތިންވެސް ދެން މުހުސިނަށް ނިގުން އެއިރުން ހުންނާނީ ރަގަޅަށް ހޭބަލިވެފައި

  44. ޢަލިބެ 7

    ޓީޗަރެކޭ ބުނީމަ ލަދުގަނޭ. ތަންކޮޅެއް މެޗުއަރ ކޮށް އުޅެބަލަ މީހަކަށް ސަޕޯޓް ކުރިއަސް.

  45. އިބްރާ

    އިންސާނުން ކުރާނުބައިކަންކަމަށް މުސީބާތް އައިސް ލައިގަންނަނީ އެއްގޮތަށެވެ.

  46. ބަދަވި

    ހަޔާތްކުޑަފަރީ

  47. ޡުލޭ

    ޚުޑަފަރީ މީހުންނަކީ މުޑުދާރުބައެއް. ޣޮނޑުންހެން ތިބޭނީ. ޢެކަމަކު ބޭރުފުށުގެ މުޑުދާރުކަމަށްވުރެ ނަފުސުގެ މުޑުދާރުކަން މާބޮޑުކަން މުޅިގައުމަށް ދައްކުވައިފި. ޢަޚްލާޤުގެ ކަންފުޅެއްވެސް. މުސްލިމުންނަކީ އެކަކު އަނެކަކަށް އިޙްތިރާމް ކުރާމީހުން.

  48. ޙައުލާ

    މޑޕ ގެ މެމްބަރެއް ނޫނީ ސަޕޯޓަރެއްވެސް ލަދުހަޔާތުގެ ކަންފުޅެއްވެސް ނުހުންނާނެ. ޓިހާ ގޮތްކުޑަ ބަޔަކު ނުވާނެ އެގޮތަށް ދޫކޮށްލާކަށް. މަގުފުރެދިފަ އެމީހުން އެތިބީ.

  49. އަންނި

    ކުޑަފަރީ ސްމާޓް ސްކޫލުގެ ސްމާޓް ޓީޗަރުންދޯ، ކަލޭމެންނަށް ތިއޮތީ ދަރިން ތަރުބިއްޔަތު ކުރެވިފަ، ކޮންމެބަޔަކު މިޤައުމުގެ ވެރިކަމަށް އަޔަސް ކަލޭމެން ފާހަގަކުރާނެ ހޭބަލިނުވޭ ކަލޭމެންވެސް

  50. ސީން

    ތިލީޑިންގ ޓީޗަރ ވަޒީފާއިން ވަކިކުރުމަށް ސީދާ ގޮވާލަން. ކުދިބަޔަކަށް ތަރުބިއްޔަތު ދޭންޖެހޭ މީހެއްގެ ސިފައެއްނޫން ތީކީ. އެމީހެއްގެ ފިކުރު ކޮންމެ ގޮތަކަށް ހުއްޓަސް ސިވިލް ސާރވިސް އިން ތިކަން ބަލާފަ ތިޓީޗަރާ ފިޔަވަޅު އަޅާ ވަޡީފާއިން ވަކިކުރުމަށްގޮވާލަން.

  51. މަ މިއު މަ

    ސިޔާސީ ކަމެއްގަ ދިޔަނަމަ މަރުހަބާ ކިޔަން ނުކުންނާކަށް ނުޖެހޭ އެކަމަކު ތިރަށު ރައްޔިތުން ތި ކުރީ ވަރަށް ވަރަށް ހަޑި ކަމެއް. މި ހަޑި ނަން ލިބެނީ ތި ރަށަށް!

  52. ދީންވެރިޔާ

    ކުޑަފަރީ މީހުން އެތިބީ ޓެރެރިސްޓް ނަޝީދު ބުނިގޮތައް، ބިރުފަހަނަ އަޅާ ގޮސްފަ، އާޚިރުގަ، ތިޔަ ކެވޭ ލާރިޔާކީ އަލިފާނަށް ނުވިއްޔާ ރަނގަޅު. ތިއާލާތުން ކިޔަވަދެން ދޭ ޓެރެރިސްޓް ނަޝީދަށް. އަހަރެން ތިރަށަށް އަރާނަން ޓެބްލެޓު ނުދީ ހިފެހެއްޓޭތޯ ވެސްބަލާނަން، ތުނބުޅި ދިގުކޮށްގެން މީހުންގެ އަނބިންނާ މޮށޭކަން ވެސް އޮތީ އިނގިފަ

  53. ފަރުހަތު

    އާނ އަދި ހޭބައްޔެއްނުވޭ ހޭބަލި ވީމަ ތި ބުރާންތި އިންނާނި ގޭގަ ދެން ޖެހިގެން އޮންނަ އޮޑިއަށް އަރާގެން ދާނި މަހަށް...

    • ޔާމީނު

      މަހަށް ދިޔަސް އޯކޭ ވާނެ 10000 ލިބޭނެ މުވައްޒިފުންނަށް ވުރެ ދެރައެއް ނޫނެން އަދިވެސް ގިނަ ވަައުދު ވޭ

  54. ބޭބެ

    ފީކަޅާ ބައެއް!! ތި މީހުންގެ ކަރުބުޑުގައި ހިތިރަހަލާ ދާއިމަށް ހިތާމައިގާ އުޅެންޖެހޭނީ ކޮންދުވަހަކުންބާއޭ އެބަހިތައްއަރާ!!!

  55. ބޮޑު ތަޅު

    ހުރިހާ ތަޅެއް އަޅުވާ... ކާކަށް ދެރަ ވާނެ ކަމައް ތޯ؟ ރައީސް ޔާމީނަށް ނޫނީ އެޑިއުކޭޝަން މިނިސްޓަރަށް ތޯ ދެރާ ވާނީ؟ ހަމަ ތި މީހުނާ ތި މީހުން ގެ ދަރިން ނަށް ލިބޭ ގެއްލުމެއް އެއީ... ޔާﷲ މި ބައި މީހުނަށް ހެޔޮ ވިސްނުން ދެއްވާށި! އާމީން...

  56. ޢާސިދާ

    ޚުކުޑަފަރީ ކާންދޭއސތުގަ ދަތް ނާޅާ މިނޫން ދުވަހެއްވެސް އައިސް ދާނެ

  57. ކުޑަފަރީ

    ބެނާހިފައިގެން ތިބި މީހުންނަށް ކުޅިދައްކާލާނަން މޮޅައިބޫ ދިޔައީ ކޮންކަމެއްގައިތޯ ބަލައިލާން ޖޭހޭ

  58. Anonymous

    ހޭޭބަލިތިޔަފަދބަޔަކުކިޔަވާދޭކުދިއްގެހާލުގުންނާނީކިހިނަކުއްތޯ

  59. ތަންފުކެއްބޮޑުވަރު

    ކުޑަފަރީގެ ތިޔަ ލީޑިިންގ ޓީޗަރަކީ ސިޔާސީ މަގާމެއް ބޭނުންވެގެން އުޅޭ ފަރާތެއް. އާނާއާ މެދު ފިޔަވަޅުއަޅާ. އޭނާ ސަރުކާރުން ތުރާކުނުގައި ގާއިމްކުރާ ޖަލައްލާ މީހުންނަށް ދިވެހިބަސް އުނގަންނައިދޭ ޓީޗަރެއްގެގޮތުގައި، ތުރާކުރަނަށް ފޮނުވާލައްވާ.

  60. މުދި

    ކޮބާ ކުޑަފަރީ ޖަގަހާގަ ކެމްޕޭނު ފަށަން ފެނޭ ކުދިންކޮޅު ލައިގެން . ކުދިން ސިގިރެޓް ބޯތީ ޕްރިންސިޕަލް ވ ކަންބޮޑުވޭ. މި ތިބީ ކިޔަވާދޭންތިބި ބަގައިގެ ފެންވަރު . ހަމަ

  61. ޔަގީން

    ސާބަހޭ ކުޑަފަރީ ޓީޗަރުން ބައެއްގެ ދަށުވާކައް ނުޖެހޭ

  62. ބޭބެ

    މިފަދަ އާލާތުން ވަގުތުން ބޭރު ކުރޭ
    ޢެމްޑީޕީ ގެ އަސްލު ސިފަ ފެންނަން ފެށީ

  63. ޙަސަން

    ޓިޔަ މިނިސްޓަރ އާއި 3 މެމްބަރެއް ނ.އަތޮޅުގެ ބައެއް ރައްރަށައް އެރި. އެކަމަކު ޕީޕީއެމް ހަރުގެ ފިޔަވާ އެހެންތާކަށްނުދޭ. އޭނަ ވަޑައިގަޠީ ކެމްޕޭން ދަތުރެއްގަ.

  64. ކާސިންބެ

    ސިޔާމް ނޫނީ މައުރޫފް ލާރިކޮޅަކުން ފިލިޖަހާލީމަ އަނެއްކޮޅަށް ބެނާނެރޭނެ.