ޕީޕީއެމް ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދެ ބިލުގެ ފުރަތަމަ ކިއުން އިއްވައި މިނުޓެއްހާއިރު ތެރޭ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

މިއަދުގެ ޖަލްސާ ފެށުމަށްފަހު އަބްދުﷲ މަސީހުވަނީ ޕީޕީއެމް ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވާފައިވާ ޕާޓި ބަދަލު ކުރުމުން ގޮނޑި ގެއްލޭ ބިލާއި، ޕީޕީއެމްގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ފަނދިޔާރުންގެ ގާނޫނަށް ހުށަހެޅުއްވި އިސްލާހުގެ ބިލު މަޖިލީހަށް އިއްވާކަން އިއުލާން ކުރައްވާފައެވެ.

ޕީޕީއެމްގެ ފަރާތުން ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ހުށަހަޅާފައި ވަނީ އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެގޮތުން އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރު ކުރުމަށް ވަނީ ހުށަހަޅައިފަ އެވެ. އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރަނީ ފަނޑިޔާރުކަމަށް އައްޔަންކުރާ މީހާގެ ކިބައިގައި ހުންނަން ޖެހޭ ސިފަތަކެވެ.

ފަނޑިޔާރުންގެ ގާނޫނުގެ އިތުރުން މަޖިލީހަށް ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށްފަހު އެ ދައުރުގެ ތެރޭގައި އެ ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ވަކިވެއްޖެނަމަ ނުވަތަ އެހެން ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ ގޮނޑި ގެއްލޭނެކަން ކަނޑައަޅާ ގާނޫނުގެ މަސައްކަތްތައް މިއަދު ފަށާނެ އެވެ. އަދި އެފަދަ ގޮތަކަށް ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައި އިލެކްޝަން ބޭއްވުމުގެ އިޖުރާއުތަކާއި އުސޫލުތައް ވެސް އެންޓި ޑިފެކްޝަން ގާނޫނުގައި ހަދާ ގާނޫނުގައި ބަޔާންކުރާނެ އެވެ.

މިއަދުގެ ޖަލްސާއަށް ޖުމްލަ 27 މެންބަރުން ވަޑައިގެންނެވިއިރު، އިދިކޮޅު މެންބަރުން މިއަދުވެސް ޖަލްސާގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޞބ

    ނުބަލަން ތީ މަޖްލިސް އެއް ބާވަނީ ކަމަށް

    • މާނު

      ހެޔޮ ބަލައި ނުގަތަސް

  2. ރިޔާ

    ސާބަސް އެއިރަކު މަޖުލިސް ބޭއްވޭގޮތަކަށް ބާވަންޖެހޭ