ގާނޫނާއި ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން ފަސް ޖެހުމަށް ނެތި އަމަލު ކުރުމަށް ޕްރޮސެކިއުޓަަރު ޖެނެރަލް ބިޝާމް ފުލުހުންނަށް ގޮވާލައްވައިފިއެވެ.
ޕީޖީ ބިޝާމް މިހެން ވިދާޅުވީ ދ. ވާނީގައި ބޭއްވި ޕޮލިސް ރެކްރޫޓް ޓްރެއިނިންގް ޕްރޮގްރާމެއްގެ ނިންމުމުގެ ރައްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި، ދ. އަތޮޅުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ޕޮލިސް އެކަޑަމީގެ އިސްވެރިންނާއި، 29 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގް ކޯހުގެ ބައިވެރިންނާއި އެބައިވެރިންގެ އާއިލާތަކުން ވަނީ ބައިވެރިވެފައެވެ.
"ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތް ވާގޮތުގެ މަތިން އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާއި ކެރުމާ އެކު ފަސްޖެހުމެއް ނެތި ސާބިތުކަމާ އެކު ފުލުހުންގެ ވާޖިބު އަދާކޮށްދެއްވާ." ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕީޖީ ބިޝާމް ވިދާޅުވިއެވެ.
މީގެ އިތުރުން ބިޝާމް ވިދާޅުވީ ފުލުހުންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ދުވަހެއް ދުވަހަކަށް، އައުގޮތްތައް ހޯދައިޒަމާނީ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
ބިޝާމް ވިދާޅުވީ ގައުމެއްގެ ދެމެހެއްޓެނިވި ތަރައްގީގައި ފުލުހުންގެ ދައުރަކީ ވަރަށް މުހިއްމު ދައުރެއް ކަމަށެވެ. އެގޮތުން ދެމެހެއްޓެނިވި ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ މުޖްތަމައުގެ ހަމަޖެހުން ކަމަށް ބިޝާމް ވިދާޅުވި އެވެ.
ދ. ވާންޏަކީ 2004 ވަނަ އަހަރުގެ ސުނާމީއާ ގުޅިގެން މީހުން ހުސްކުރި ފަހުން ފުލުހުންގެ ތަމްރީނުތައް ބޭއްވުމަށް ބޭނުން ކުރާ ރަށެކެވެ.
އަނެއްކާ ގާނޫނާ އެއްގޮތަށް އަމަލު ކުރުމަށް ފުލުހުން ފަސްޖެހެނީބާ؟އަންގާލާގެން އުޅެއްޗޭ.
ބަރަބޯ، ބޯކިބާ
ކަނބުލޯ! ބޯގޯސް ގޮވުން ނުގޮވާ.. މަޑުން އިނދޭ...
ތިހެންވެއްޖެ ކަމަށްވާނަމަ އަވަހަށް 1 ފެބްރުއަރީ ގައި ސްޕްރިމް ކޯޓުން ނެރުނު ހުކުމް ތަންފީޒު ކުރުމަށް ފުޅުހުންނަށް މަމެން ގޮވާލަން.
ބަރަބޮލެއް ހެން ހީވާއިރުވެސް އަނގަ ހުޅުވާ