އަނިޔާވެރިކަމަށް ބޯނުލަބާނެ ކަމަށާއި ރައީސް ޔާމިން އެ ހުންނެވީ "ހިބަރު ވަދެއްގައި ޖެހިފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރޭ ށ.ފޯކައިދޫގައި ބޭއްވި ގުޅިފައިވާ އިދިކޮޅު ޖަލްސާގައި ޝާހިދު ވިދާޅުވީ މި ވަގުތު ރައީސް ޔާމީން އަށް ވެފައި ހުންނެއްވި ގޮތަކީ ހިބަރެއް ވަދުގައި ޖެހުމުން ވާނެ ގޮތް ކަމަށާއި ހިބަރު ވަދެއްގައި ބުޅިއެއް ނީންނާނެ ކަމަށެވެ.

"ހިބަރު ވަދެއްގައި ހިބަރު ޖެހުމަށް ފަހު ދެން އެ ސޮރު ކުރާނެ ކަމެއް ނޯންނާނެ. ފުމުނަސް ނަގާނީ. ބަޑިއެއް ޖެހިޔަސް ނަގާނީ. ތެޅުނު ވަރަކަށް ވާނީ ބަލި ހިބަރު އޮތީ ބޭނިފައި، ހިބަރު ނަގާ ތައްޓުމައްޗަށް އެއްލާނަން. އިންސާފުގެ މަގަށް ރާއްޖެ ގެންދާނަން،" ޝާހިދު ވިދާޅުވި އެވެ.

ޝަހީދު ވިދާޅުވީ ރައީސް ޔާމިން ވެރިކަމަށް ގެނައުމަށް ރައީސް މައުމޫނު ނުކުރައްވާ މަސައްކަތެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނު އެ ހުންނެވީ މިއަދު ޖަލަށް ލާފައިކަމަށެވެ.

"އެ ހާލަތުގައި ވެސް ރައީސް ޔާމީނާއެކު ހައްދަވާނެ ޑީލެއް ނޯންނާނެ. ހައްގު ބަސް ބުނި ލީޑަރަކު ވިއްޔާ ޖަލަށްލައި، މިނިވަން މީޑިއާތައް ބަންދުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާއިރު އެ ހުރިހާ ފަރާތްތަކުންވެސް ބުނަމުން ގެންދަނީ އަނިޔާވެރިކަމަށް ބޯނުލަނބާނެ ކަމަށް" ޝާހިދު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޝާހިދު އިތުރަަށް ވިދާޅުވީ ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް ޖަލަށްލާފައިވާއިރު އަނިޔާވެރިކަމަށް ބޯނުލަނބާނެ ކަމަށް އުއްތަމަފަޑިޔާރު ވިދާޅުވާ ކަމަށެވެ.

"ތިބީ މި އަނިޔާވެރިކަމުން ގައުމު މިންޖުކުރަން ވެގެން ބޮޑު ކަންނެލި އުކާލާހެން މަޖިލިސް މެމްބަރުން ނަގާ އުކާލީ. ރައްޔިތުންގެ މަޖިލިސް މެމްބަރުން ތިބީ ފަހަތަށް ޖެހޭކަށްވެސް ނޫން ، ޔާމިނަށް އަޅުގަނޑު ދަންނަވާނީ މަނިކުފާނު ތިޔަ ހުންނެވީ ހިބަރު ވަދެއްގައި ޖެހިފައިއޭ،" ޝާހިދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

52 ކޮމެންޓް

 1. Anonymous

  ދޮންކަލޯ، އިތުބާރެއްނެތޯ އެމެރިކާއިންބުނީ. ސަބަބަކީ، މައުމޫނުގެ އަރިހުގައި އުޅެފަ ހުރި މީހަކަށް ވުމޯ. ތިއީ، އެގަހު ކޭލެއް އަދި މިގަހު ކޭލެއްވެސް ނޫން. ޖަމާއަތެއްގައި ނުހިމެނޭ. ބޭކާރު އަނގަނުތަޅާ. މޑޕ އަކުން ކަލެއެއް ބަލައެއް ނުގަނޭ. މައުމޫނު ރިފޯމުކުރާ މޫވްމެންޓަށް ގުޅިގެން ކިރިޔާވެސް ސަފަކަށް ވަދެވޭނީ.

 2. މުޙައްމަދު

  ކަލޭ ތިހިރީ ހަމަ ރަގަޅަށްވެސް ފްރިޕެއިޑް ދަންތުރައިގަ ޖެހިފައި، ބެކާރު އަނގަ އަރުވަ އަރުވާ ތިބެންޖެހޭނީ، އަހަރުމެން ވޯޓްދޭނީ ރައީސް ޔާމީނަށް އިންޝާﷲ

 3. ފފފފފ

  ކަލޭތިއީ މާލޭ ބޭފުޅެއްނު. އެހެންވެ މަސްވެރިންނަށް މަލާމަތް ރައްދުވާގޮތަށް ކަލޭގެ ވާހަކަ ހުރުން އެއީ އަޖައިބެއްނޫން. އެކަމަކު، މަށަށް ނުވިސްނިގެން މިއުޅެނީ، މީނަގެ ހައިސިއްޔަތަކީ ކޮބައިކަން. މިއީ، މޑޕ މީހެއްތަ؟ ޑީއާރޕީ މީހެއްތަ؟ ޕީޕީއެމް މީހެއްތަ؟ އެކަމަކު އެއްވެސް ޕާޓީއަކުން ބަލައިގަންނަ މީހެއްނޫންދޯ؟ ވިކިލީކުން ލީކްކޮށްލި މައުލޫމާތުން އެނގޭ ގޮތުގައި، މޑޕ ގެ އެކުވެރި ދައުަލަތްތަކުންނާއި، ކްރިސްޓިއަނުންވެސް މީނައަށް އިތުބާރެއް ނެތް. ދެން މިއީ ކޮންފަދަ ބޭކާރު، މީހެއް. ދުނިޔޭގެ ބިމުން ގެއްލޭ ބޭކާރު ޖާގައެއްދޯ މީނަގެ އެގްޒިސްޓަންސްއަކީ.

 4. ރެޓޭ

  މާތް ﷲ އިންސާނުންނަށް ގުނާ ޢަދަދު ނުކުރެވޭފަދަ ނިޢުމަތްތައް ދެއްވާފައިވޭ. ނަމަވެސް އެ ނިޢުމަތްތަކަށް ކުފުރުރެ ކާފަރުވާ މީހުން ނަރަކައަށް ލައްވާ! ޢަބްދުﷲ ޝާހިދު މިވަރު ދަންނަމުތަ؟

 5. ޕރޕއޑ

  ކަލޭ ތިހުރީ ތިބުނާވަދުގަޖެހިފަ.ޕުުރިޕެއިޑުގަ ޖެހި ތާށި ވެފަ ގުޑާވެސް ނުލެވިފަ.

 6. ސޯޕް ލައިޓް ބްރަދަރ

  ވަދުގަޖެހިފަހުރީ ކާކުކަން މީހުންނަށް ރަނގަޅަށް އެނގޭ!

 7. ދޮންބެ

  ހަގީގަތަކީ
  ޜ ޔާމިނު+ސަހީމު+ޗައިނނާ+ސައުދީ
  ޢައްނނި +ގާސިމު+މައުމޫނު+އަދާލަތު+ ޔޫކޭ+އިންޑިޔާ+ޔުރިޕިއަން ޔ +ކޮމަން ވެލްތު+ޔުއެސް+އިބޫ
  ރޔާމިނު ހަމަ ގަދަ އީ

 8. ބޭބެ

  ޝާހިދު ކަލޭ ތާހިރެއްނޫން ތިވާހަކަތައް ދައްކާކަށް!! މައުމީނޫގެ 30 އަހަރުގެ ޚުދުމުޚުތާރު ވެރިކަމުގައި ރައިސް އޮފީހުގައި ހުރެގެން ވިދާޅުވިއޭ ބުނެ ހިންގިހާ ޖަރީމާތަކާއި ކުރިހާ ވައްކަމަކާއި ބޭނިހާ ހިބަރެއް ބޭނުމުގައި އެންމެއިސްކޮށް އުޅުނު އެކަކު ކަލޭތީ!!! ދެން މައުމޫނަށް ލަނޑުދީފަ ހިތުން މާކަންތައްތަކެއް ވެދާނެކަމަށް ހިތާ ނަޝީދު ކައިރިއަށް ދިއުމުން އޭނާ ކުރިކަމަކީ ފަހުގެ ޕްރީޕެއިޑް ކާޑެއް ބޮލުގަ އަޅުވާފަ އެކާޑާއެކު ބޭރުގެ ކޮންމެވެސް ގައުމަކަށް ފޮނުވާލީ!! ދެން އެކާޑުން ރީލޯޑްކޮށް އެންމެފަހުން ފޮޓޯއާއި ވީޑިއޯވެސް ނެގީ!! ދެން މިވީގޮތަކީ ހިބަރު ބާނަން އެކޮޅަށްދިޔައަސް މަރު މިކޮޅަށް އަޔަސް މަރު!! ދެން އޮތް ހަމައެކަނި ގޮތަކީ މިހާރު ތިހުންނެވިގޮތަށް ތައްޓުމަތީގައި މާނޭވާލެފި އޮތުން!! ތިބުނިގޮތަށް ޔާމީން އެއޮތީ ހިބަރުވަދެއްގައި ހިފައިގެން!! ކަލޭމެން ކޮތަންމެ ފަހަރަކު މަސައްކަތްކޮށްފި އެވަދު ކަނޑާލަން އެކަމަކު ކާމިޔާބެއްނުވި!! ދެން މިހާރު މިވީގޮތަކީ ހިޔަޅަށް
  މޭބިސްކަދުރު ނުބައިވިހެން!! ވަރަށްސަލާމް!!!

 9. ކަނޑުރަސްގެފާނު

  ޝާދޫ ތިހުންނެވީ ހިބަރުވެއްގަ ޖެހިފައި، ޔާނު އެހުންނެވީ ނިދަންމިޔަރާ، މަޑުމިޔަރާ، ކާށިމިޔަރު ބާނަންޖެހިދާނެކާމަށް ވަރުހުރި ނަނުތަކުގައި ވަދުލައި، ނަނުތައް އަތަށް މަހައިލައިގެން، ދެން ލަލަލާ

  • ފަލަކު

   ތިތިބީ ނިދިފައި ،ތިހެން ނިދިފަތިއްބާ ބުޅިކަނޑާލައިގެން ހިބަރުދާނީ ، ދެން ލަލަލާ

 10. ނަޒީ

  "ހިބަރު ވަދެއްގައި ޖެހިފައި" ވަނީ ސާހިދް އިގޭ ތޯ... ދެން ލަލަލާ

 11. ހަބީބު

  ކޮންމެ ކަހަލަ ވަދެއްގައި ޖެހުނަސް ރޯދިކުރައްވައިގެން ނެތިއްޔާ ނުއެއް ބޭނޭނެ..

  • ޔެސް

   ބަރާބަރު ވާހަކައެއް!

  • Anonymous

   ފުރިހަމަ ޖަވާބެއް.

 12. Anonymous

  މަހާދަ ފޫހިވާ މީހެކޭ މީ

 13. ކުމާރު

  ޣައްދާރުވީމަ ބޮޑު ކަންނެއްޔެއްނޫން ފެމުނުމިޔަރު އުކާހެންވެސް އުކާލަންވީ

 14. ސަލީމް

  ޝާހިދު ހަދުމަފުޅުނުވަނީތޯ ފަންހާމަސް ވަދެއްގައި ޖެހިގެން އަންހެނުން ދޫކޮށް ކަޅުއޮށެއްގެ ފަހަތުން ދިޔަ ހަދާން،

 15. ހިބަރު ބުޅި

  ބައްޕަ ފާތިހާ ކިޔަވައިގެން 10 ބުރިއަށް ގެ އެޅޭނީ ،، ހިބަރު ބޭނިގެންތާ .....

 16. ޙިބަރުސާހިދު

  ޙިބަރޭ ފަޅޮލޭ ބަރަބޮލޭ ކިޔާކަށް. ޜައީސް ޔާމީން ހޮވާނީ

 17. އަހައްމާ

  ހިބަރުވަދުގަ ޖެހިފަ ތިބިމީހުން ތި ފެންނަނީ! ރ. ޔާމީނެއްނޫން ހިބަރުވަދުގަ ޖެހިފަ ހުރީކީ! ކޯލިސަން ތެރޭން އަދި އޑޕ ތެރޭން ބޭނުންވާ އެއްކަމެއް ނުވިޔަސް ތިހެނުނީ ހަމަ އެއްގޮތެއްވެސް ހަދާލަން ނުކެރި ފުމެފުމެ ބަޑިތަޅަ ތަޅާ ހުންނަން، ތިޔަށް ކިޔަނީ ހިބަރުވަދުގަ ޖެހުން

 18. ޒަނާ

  ތިހުރީނުން ފިތިފަ ގުޑުވާނުލެވިފަ އެހެން ފަރާތަކަށް ޖެހިލާއިރަށް ޖަހާ ބޭޒާރުކޮށްލާނެ ދެން ތިހެން ކިޔާލަ ކިޔާލަ ހުރޜ ތިނޫންގޮތެއް ނެތް

 19. ޤސމ

  މީނަގެ ބައްޕަ ސަލަވާތްފުޅު ކިޔަވައިދީގެން މާލެއިން 12 ބުރި ގެއެއް ހަދާ ލަންޑަނުން ގެ ގަތީ. އެކަމު ސާހިދަކީ ވަރަށް އިހުލާސްތެރި މީހެކޯ. މީނަގެ ގެ ހެދި ދުވަސްވަރަކީި އިއްތިފާގުން ތީމުގެ ހެދުމާއި މީނާ ހަވާލުވެގެން ހުރި ދުވަސްވަރޯ. ތީމުގެ ހެދުމުގެ ބަޖެޓުން ގެއްލުނު ފައިސާއަށް ވީގޮތް މީނާއަށް ނޭގޭނެ ކަމަށް ބަލާށޯ. ސަބަބަކީ ޕްރީޕެއިޑު ޝިއުނާ ބުނާހެން މީނައަކީ އަލިފެއް ކަމަށް އިހުސާސްވާތީއޯ.

  • ޔުނުސް22

   ތީމުގެއެއްނޫނޭ ރައީސް އޮފީސް. ތީމުގެހެދިއިރު ބޭފުޅާއުޅުއްވަނީ ބައްޕާފުޅާއެކު ސަލަވާތް ކިޔަވަން އަދި!

 20. ދިވެހިރަތްލޭ

  އުރިހާހަޑިއެއްހާވާފަ އެހެންމީހުން ބަދުނާމްކޮށް ތިޔަބާވަތުގެ އިލްޒާމް އެޅުވިޔަކަސް ތިމާގެފަސްބައިމާސާފެއްނުވާނެ. ހެހެހް ތިޔަބުނާ ހިބަރު ވަދުގަ ޖެހިދަބަރުވަދުގަޖެހުނީ ކާކުތޯ ޕްރިޕެއިޑްގާތުއަހާލަބަލަ. އެކަހަލަ ގުއިރޯނުގަ ޖެހޭރައީސް އެއްނޫންމިހާރުގެރައީސްއަކީ. ގަޓުހުރިކެރޭ ކަންކަންކުރެވޭ ރައީސްއެއް މިހާރުގެރައީސްއަކީ.

 21. ޒައިން

  ހަމރަނގަޅަށް ބޭބެ ކޮންއެއްޗެއްގަ ޖެހިފަ ތިހުރީ ރަނގަޅަށް ފިތިބާރުވެފަދޯ ހަމަ ހާލިން ނިކުތީ ބޭޒާރުކޮށްލި

 22. މުހައްމަދު

  ޚަލޭތިހުރީ ޖީއެމްއާރުގެ މަޅީގާޖެހިފަ.ކަލޭތިޔަހަރީ ހަމަ ރަނގަޅަށްވެސް ހަމަބުއްދިފިލާފާ
  ކަލޭތިޔައި ބޮޑުފެއިލިޔާއެއް..

 23. އިދުރީސް

  ތިޔައީ ހުސް ގާވިޔާ މަސް. ތަފާތެއް އެބަހުރިތޯ؟ މިތަނުން ނައްޓާލާއިރު ކަށި ޖަހާފަ އަނެއް ތަނަށް މަޑުކުރާއިރު އެތާގައި އިންނަ ކުލަޔަށް ކުލަ ބަދަލު ކުރާނެ އެއީ އޭގެ ތަބީ އަތަކީ؟

 24. ދަލު ބޭރު

  ތިމީހާ ތިހުރީ ދަލުބޭރުން ޖެހިފައި. އެމްޑިޕީ ވެސް އެމީހުންނަށް ވާގިދޭ ބޭރުގެ ބާރުތައްވެސް ތިމީހާ ގަބޫލުނުކުރާކަން ދޭހަވާ ލިޔުމެއް ލީކުވި ވާހަކަ އަޑުއެހިން.. އެއީ ކިހިނެއްވީ ކަމެއްބާ؟؟؟؟

  ހަ ހަ ހަ... އިތުބާރުނުކުރާ ބައެއްގެ މެދުގައި .....
  ހަމަ ދަލުބޭރުން ޖެހިގެން.....
  ދިވެހިރާއްޖެ ދިވެހިންނަށް! ޣައްދާރުން ބޭނުމެއްނުވޭ!

  • Anonymous

   ޝުކުރިއްޔާ ތި ކޮމެންޓަށް.. ވިކިލީކްސް ބަލާލިއިރު ކަމަކުދާކަށްނެތް.. ޒަމާނުއްސުރެ ރާއްޖޭގަ ތިބި ޣައްދާރުން ކުރިކަންތައްތައް… ކެކެކެކެކެ… ބިތުފަންގިނެގީމާދޯ އެނގޭނީ..

 25. ޓަވަރު

  ކަލޭ ތިހިރީ ޝިއުނާގެ ގުއި ރޯނުގަޖެހިފަ!

 26. އިރޭ

  ޕުުރިޕެއިޑު ވައުދުގަ ޖެހިފަ ޝާހިދު ތިހުރީ ދެންލަލަ ހަހަހަހަ

 27. ސެންޓަރު އާދަމްބެ

  ށ. ފުނަދޫ މީހުން ތިބުނާޒާތު ވަދުގައި ވަރައްގިނައިން ހިބަރު ޖައްސާ.
  އެހެންވީމާ ފުނަދޫ މީހުން އެއަރ ޕޯޓް އަޅަންވެގެން ތީގެބައިވަރު ވަދު ތަކެއްހެދީތާ

 28. މުރާދު

  މުޅީ ށ އަތޮޅުގައި އަތްފުނާ އަޅައިގެން ، ފޮޓޯނެގުމަށް ފުނަދޫގައިބޭއްވި ޖަލްސާއަށް ގެނެވުނީ 234 މީހުން. ފުނަދޫން ދިޔައީ 23 މީހުން! މުޅި ނ އަތޮޅުކަހަލައިގެން ވެލިދޫ ޖަލްސާއަށް ގެނެވުނީ 328 މީހުން! ވެލިދޫއިން ދިޔައީ 110 މީހުން! ލަދެއް ނުގަނޭތަ!

 29. ޝާހީ

  ޝާހިދުމެން އެންމެން އެެއަގަލަކައް އަރައިގެން ރައީސް ނަޝީދް ވައްޓާލީ.ދެންބޭކާރު ވާހަކަދެއްކުމުގެ ބޭނުމެއްނެތް.ރައީސް ޔާމީނަތް އަދި 5 އަހަރުވެސް ހައްޤު.

 30. ހައްޤު ބަސް

  އެހެންތާ ދެންވާނީ. މަނިކުފާނުގެ ގެ ހައްދަވާފައިވަނީ މަޢްމޫން ގެ ވެރިކަމުން ލިބުނު ލޯނަކުން ވީމާ މަޢްމޫނަށް މިއަދު ސަނާ ކިޔާނެ. ފުރަތަމަ އަހރުމެންގެ ލާރިން އަޅާފަ ހުރި ގޭގެ ލާރި ދަޢްލަތަށް ދައްކާ ޚަލާސް ކޮށްފަ ހިބަރު ބާނަން ދޭ.

 31. ނައިންޓީ

  ޝާހިދު މީ އަހަރެމެން ދިވެހިންނާ ވާހަކަ ދައްކަން ތާހިރު މީހެއްތަ؟ މައުމޫނަށް ލަނޑުދޭން އެހީވި އެއް ޚިޔާނާތްތެރި އެއްތިޔައީ. 2008 ގަ މައުމޫނަށް ހޭއަރުވާލީ ކަލޭވެސް ހިމެނިގެން. މިހާރު ޖަލުގަ ހުންނަން ޖެހިފަ އެހުރީވެސް ކަލޭމެންގެ މަލީގަ ޖެހި މައުމޫނު އުޅުނުފާޑުން. ކަލޭ ހީކުރިން ދޯ 1 ފެބްރުއަރީގަ ޔާމީނު ބިރުން ފިލާނެކަމަށް؟ ބަލަ ކަލޭމެން އަޑީގަ ތިބެ ރާވައިން 1 ފެބްރުއަރީގަ ބޮނދު ބުޑަށް ސައިކީ ހިނދު އެ ސައިން ސަލާމަތްވެ ޔާމީން އެހުރީ. ބަޔަކު އަޑިގަ ތިބެގެން ވަކިގޮތަކަށް ޢިބާރާތް ކޮށްގެން ފަނޑިޔާރުން ލައްވާ ކުރުވާ ޙުކުމެއް ތަންފީޒު ކުރަން ޖެހޭކަމަކަށް ގާނޫނު އަސާސީ އަކު ނޯންނާނެ. ހިނގާ ޝަރީޢަތްތަކުގައި ފަނޑިޔާރުން ކުރާ ޙުކުމާ އެމީހުން ލައްވާ ކުރުވާ ޙުކުމާ އެއީ ތަފާތު ދެވައްތަރެއް.

 32. ރައްޔިތުން

  ޝާހިދު އެކިޔާ އެއްޗެއްގައި އަމިއްލައަށް މަޅި އެޅި ބިތު ފަންގި ނަގާ ޔާމީނު އެހެރަދަނީ ހާމަ ވަމުން އަމިއްލަ އަތުން އުބޫބާތް ލިޔަމުން އެހެރަ ދަނީ

 33. ކުމް

  ޝާހިދު ކަލޭތިހުރީ ބޭނިފައި، އަދި ނުވިތާކަށް ފުލެޓްދޮންބެ ދެމި ގުއިރޯނުގއިވެސް ޖެހިފައި، ހަދާލެވޭނެ އެއްގޮތެއްނެތް، ތެޅެލާއިރަށް ކަރުގަތިއޮތް މަޅިގަނޑު ކަރަށް ބާރުވާނެ، ކަލޭގެ ވަދު މިދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ދޫނުކުރާތި، ތިވަދުގަޖެހޭނެ އެއްފުއްކުނި ގިނިމަހެއްވެސް މިކަނޑުފަޅަކުނެތް،

 34. އަހްމަދު

  ޝާހިދުތިހުންނެވީ ޕްރިޕޭޑެއްގަތާށިވެފަ އެހެންނޫންތޯ

 35. ޒާ

  މީ މައުމޫނު ދައުރުގައި ގެ ހަދަންވެގެން މައުމޫން ކައިރީ ރޯ ބުހުތާން ހެދި ބޮޑު ޣައްދާރެއް.

 36. ރުޒާނާ ޗޮއްޕަޓު

  އަނހަ ޖީވަން އެބައުޅެމުތަ؟

 37. ސަހުދީ

  ފާތިހާ ވަގުމެން ލަދު ހަޔާތްކުޑަ ގައުމުގެ ތަރައްގީގެ ބާނީ ރައީސުލްޖުމްހީރިއްޔާއަށް ހިތުހިރު އެއްޗެއް ކިޔަން. 30 އަހަރުގަ ވެސް ފާތިހާ ވަގުމެން ވައްކަން ކުރީ. ރޔ އިޚްލާސްތެރިކާމާއެކު ގައުމަށް ޚިދުމްަތްކުރީ އޭރުވެސް ކެބިނެޓުގެ އެންމެން ބިރުގަންނަ ސްމާރޓް ޖެންޓްލްމޭން. ފާތިހާމެން ފައިވިއްދާފަ ތިއްބާ ދޮންކަޅު އަންގާނުލައި އެހުންނެވީ އެރެވެ ގައުމުގެ ހުންގާނު ހިފާފައި.

 38. ހަމަހަމަ

  މަރިޔަންމާާ ފެންތައްޓަށް ލައިގެން ފާދިރީ ލައްވާ ވިއްސައިނަމޭ މިފަހަރު ބުނި. ނުވިއްސުނު ދޯ.

 39. ދޮންމަނިކުބެ

  ޝާހިދު ކޮއްކޯ ، މިހާރު ތިހުރީ ބޮލުރޮދި ކެނޑިފައި ، ތިހެން ގުޑިއެއްހެން ނޭބުރި އާޚުރަތަށްޓަކައި މަސައްކަތްކޮއްބަލާ، ބޭބެދޭނެ އެންމެފަހުގެ ނަޞޭޙަތް ކޮއްކޮއަށް ބޭބެމުދިނީ

 40. ހަބަރޭ

  ރައީސް އޮފީހާއެކު ބިނާކުރި 100 ޓޮއިލެޓްސް ގެ ސްޓޯރީ ރައްޔިތުންނާ ހިއްސާކޮއްލަދެއްވާ!

 41. މަސާޖު ކުޑި

  ހަމަ ހިނި އަންނަނީ ކަލޭ ނޫތަ ޕްރީޕެއިޑް ވަދުގަޖެހުނީ އެކަމާ ހެދި ކަލެޔަށް ތިއުނީ ހަމަ ނޭވާލާން ވެސް ދަތިވެގެން ކުލަ ބަދަލުކުރަން ޖެހުނީވެސް ކަޅުކުލައިގެ މީހަކަށް ދޮން މަންޖެ އެއް ފެނުނީމަވާވަރުތީ

 42. މުރާލިބޭ

  މިހާރު މިގައުމަކީ، ޤާނޫނު ހެދުމުގެ ބާރާ، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރު، ހިނގާ ގައުމެއްނޫނެވެ. މިގައުމަކީ، ޤާނޫނު ހެދުމުގެ ބާރާ، ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ ބާރު، ހިނގާ ގައުމެއްނަމަ، އުއްތަމަފަނޑިޔާރު ޖަލަށްލައި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެ މަޖިލީހަށް ވަނުން މަނާ ނުކުރެވުނީހެވެ.

 43. އަބުރު

  ތިބުނާ ހިބަރު ވަދުގަ ޖެހިފައި ހުރީ ރަގަޅައްވެސް ﷲޝާހިދު އެއީ ޕުރިޕެއިޑެއް

 44. ފަރީދާ

  ސީދާ ޕްރީޕެއިޑްގަ ޖެހިބާރުވެފަ. އިންޝާﷲ ރައީސް ދެވަނަ ދައުރަށް ހުވާ ކުރުމުގެ ކުރިން އެވީޑިއޯ ފެންނާނެ. ރައީސްކަމަށް ދަހިވެފަ ހުއްޓާ ސިކުނޑި ހަމަނުޖެހޭ ކުއްޖަކު ނެރުނީ ކަލޭގެ މުނާފިގުކަމާއި މަކަރުވެރިކަންއެގޭތީ،،،އެމްޑީޕީ އެކަކުވެސް ކަލެއަކަށް އިތުބާރެއްނުކުރޭ.

 45. ކަނަމަނަ

  މީނަ ރައީސްއޮފީހުގައި އުޅުނުއިރު ރައީސްވިދާޅުވިއޭ ކިޔައިގެން ތަންތަނަށް ސިޓީތައް ފޮނުވި. އޭރު ރައީސް މައުމޫން ހުރީ މީނަދޫކުރި ހިބަރުވަދުގަ ޖެހިފަ.

 46. ޖޮއްބެ

  ކަލޯ ފުރިފައިހުރި އެއްޗެއް ގުޑުގުޑެއް ނާޅާނެ....!!! ރައީސް ޔާމީންގެ ތަރައްގީގެ ފޮނިމީރުކަން ހަޖަމުކުރުން ނޫންގޮތެއް ކަލެއަކަށްނެތް. އެއީ ފޭކެއްނޫން ޙަގީގަތެއް.

 47. ހަސަން

  ހިބަރުވަދެއް މިއަރުވަދެއް ކަލެއަޠް ވަކިކުރަންއެނގޭތަ