ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ފްރޭމް ކުރުމަށް ބޭނުންކުރި ފިސްތޯލައަކީ ސިފައިންގެ ޝޫޓިންގް ގެލެރީއެއްގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭނުން ކުރެއްވި ފިސްތޯލައެއް ކަމަށް އޭނާ ބުނެފިއެވެ.

ތަފާތު މައްސަލަތަކުގައި 33 އަހަރަށްވުރެ ދިގު ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ ވަކީލުން މެދުވެރި ކުރައްވާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސިފައިންގޭގައި ޝޫޓިންގ ގެލެރީއެއް ހުޅުވައިދީ ޝޫޓިންގްގައި ބައިވެރިވުމުގެ ފުރުސަތު އޭރުގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އޭނާއަށް ދެއްވި ކަމަށެވެ.

"ސިފައިންގެ ކުދިން ކިޔަދިންގޮތުގައި އަޅުގަނޑު ކާނަލް ނާޒިމްގެ ދައުވަތައް ސިފައިންގެ ޝޫޓިންގް ގެލެރީއެއް ހުޅުވައިދީ ޝޫޓިންގްގައި އަޅުގަނޑު ބައިވެރިކުރުމުން ޖެނެރަލް ޝިޔާމް އެދުވަހުގައި ވަރަށް ކޯފާވިކަމަށާ އެދުވަހު އަޅުގަނޑު ޝޫޓިންގްގައި ބޭނުންކުރި ފިސްޓޯލް ޕްލާސްޓިކް ޕެކެޓަކަށްލާފައި ފޮރުވި" އަދީބުގެ ބަޔާނުގައި ވިދާޅުވިއެވެ.

އަދި ކާނަލް ނާޒިމް ފްރޭމް ކުރެވުނީ އޭނާއަކީ ރައްޔިތުންގެ ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ބޭފުޅެއް ކަމުން ސިފައިންގެ ތެރެއިން ރައީސް ޔާމީނާއި ޖެނެރަލް ޝިޔާމަށް ބޭނުން ގޮތަކަށް ކަންކަން ނުކުރެވޭނެތީ ކަމަށް އަދީބުގެ ބަޔާނުގައި ވެއެވެ.

" ދައުލަތް ހިންގަން ކުރި އެތައް ގައުމީ މަސައްކަތްތަކާ ގުޅިގެންވެސް ރައްޔިތުންގެ މަގުބޫލުކަން ކާނަލް ނާޒިމަށް ވަނީ ލިބިފަ . އެހެންކަމުން ކާނަލް ނާޒިމް ހުއްޓާ ރައީސް ޔާމީނަށް ޖެނެރަލް ޝިޔާމަށް ސިފައިންގެ ތެރެއިން ބޭނުން ކަމެއް ނުކުރެވޭނެތީ، ކާނަން ނާޒިމް ފްރޭމްކުރަން ރައީސް ޔާމިން އާއި ޖެނެރަލް ޝިޔާމް މަޝްވަރާކޮށް އެއްކަލަ ޕްލާސްޓިކް ޕެކެޓަށް ލާފައިއޮތް ފިސްތޯ ކާނަލް ނާޒިމް ފްރޭމްކުރަން ބޭނުންކުރެވުނެވެ." އަދީބުގެ ބަޔާނުގައި ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ އެކަމުގެ ތަފުސީލު ކޯޓުގައި ކިޔައި ދިނުމަށް އެތަކެއް ސިޓީއެއް "ސިފައިންނާ ފުލުސް ކުދިން" ފޮނުވާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ކާނަލް

    އަޅުގަނޑަށް މާކުރިންވެސް އެނގޭ ތީ އަދީބުގެ ކަމެއްކަން...އެންމެން ދަންނަ ބޮޑުސިއްރެއް..

  2. ބުރޯ

    ވޯޓު ކައިރިވާވަރަކަށް ބުރޯ އަމިއްލަައަކަށް ސޯޓު ބާލާ އޮރިޔާން ވާނެ. ބަލަން ކެރޭމީހުން ބަލަން ތިބޭ..

  3. ޙައްވަ

    ޢަދީބޫ ދެން ކޮންވާހަކައެއް. ޥަގުތު ފާއިތު ވެއްޖެ. ގޮޅީގަ އޮވެގެންވެސް މައިތިރިވެ ބަލަ. ޙުރިހާވައްކަމެއް ޔާމިނު ޢާއެކު ކޮއްފަ ރައްޔިތުންގެ ލާރިތައް ކައިފަ ދެން ކޮންވާހަކައެއް. ތިގޮޅިޔަށް ޔާނު ގެނައިމަ 2 ކުދިން ލާރިގުނަނުނާ ތިބެންވީ.

  4. ބުޑުވަޒީރު

    ނާޒިމް ވެސް ބޭނުމީ ރައީސް ކަން ހަމަ އެގޮތަށް އަދީބު ވެސް ބޭނުމީ ރައީސް ކަން ކޮބަާތޯ ތަފާތަކީ ނާޒިމް އަށް ކުރިއަށްދާން މަގުހުޅުވުމުގެ އަސްލަކީ ރައީސް ޔާމީން ހަމައެގޮތަށް އަދީބު އަށް ވެސް ދެނެވޮޑިގަތުން މޮޅީ ﷲ سبحانه وتعالى އެމީހަކު ކެޑިކަޑުލެއްގެ ހިތިފިލުވާނީ ެެއމީހެއް.

  5. މުރާލިބޭ

    އޮންނާނީ ޙައްޤާއި ބާޠިލެވެ. ޙައްޤު ފާޅުވުމުން، ބާޠިލުގޮތުގައި ޒައީމުން ނުތިއްބަވާނެއެވެ. ގައިދީންގެ ހެކިބަހަކީ، މިރާއްޖޭގައި ޢަމަލުކުރެވޭ ހެކިބަހެކެވެ. އަދީބުގެ އިޢުތިރާފަކީ، މަޢުނަވީ އިޢުތިރާފެކެވެ.

  6. Anonymous

    ކަލޭ އެކަން ކޮއްފަ އެހެންމީހުންގެ ބޮލުގަ އަޅުވަން ނޫޅޭ

  7. ކަކުނިބޯ

    ހަޖަމް ޕްލީސް އެއީ އަދީބުކުރިކަމެއްތަ ނޫނީ ކޮމާންޑަކަށްތަ އަހަރެމްނަށް އެގެނީ ފްރޭމްކުރިކަން

  8. ރުޒާނާ ޗޮއްޕަޓު

    ހަހަހަހަ. ކަލޭ ފަކީރު ދޯ؟ ފައިސާ ލައްކަ އެބަހުރި. އެކަމަކު އުފަލަކީ ކޮބާ؟ މަ ހަމްދަރުދީ ވަން ކަލެއަށް.

  9. އަހަންމަދޭ

    ކަލޭ ފޭކު ސިޓީ އާއި ކޯޓު އަމުރާ އެއްޗިހި ތައްޔާރު ކުރުމުގެވެސް ބޮޑު މީހެއްނު. އަވަހަށް ތިބުނާ ސިޓީތަކެއް ތައްޔާރުކޮށް ދައްކާލަބަލަ ނިކަން.

  10. ވޯޓު1ނަންބަރަށް

    ކީކޭދން އަޅުގަޑު ބުނާނީ.. އަދީބު ވެއްޖެދޯ މިހާރު ވާހަކަލިޔުންތެރިއަކަށް.. މަށަށް ފެންނަނީ ނިއުމާއަށް ރަގަޅު ސްކްރީންޕްލޭއެ އަދީބު ލިޔެދޭން.. ކުޑަފޫޅު ޑައިރެކްޓްކުރާނީ އައްޒަ ބަތަލާއަކަށް މުއާ ބަތަލަކަށް. އަދީބު ހަދާނަށް އަންނަނީ ތަންތަންކޮޅުދޯ އެކިހާދިސާގެ..

  11. ބުއްލާ

    ބުރޯ، ކާނަލް ނާޒިމް ހައްޔަރު ކުރި ރޭ، ކަލޭ އިނީ ކޮންތާކު. ޗުންބާ ގޮންގު ހުރީ ކޮންތާކު. ނާޒިމް ގެ ރެއިޑްކުރި ރޭ އެއްމެ ފުރަތަމަ އެތަނުގައި ތިބީ ކޮންބައެއް. ހަނދާން ވޭތ؟، ހަނދާން ކޮށްލަދިނީ އިނގޭ. ހުނނނނނނނ ދެން ވަރަށް ސުކުރިއްޔަ

    • ފުއްލާ

      ބުރޯ ކުރިން ބުނި އޭނަ ހުރީ ނާޒިމްމެން ގެއާއި މާދުރުނޫން ހިސާބެއްގައި އޮތް ވޭނެއްގައިކަމަށް..

  12. ސަމީ

    މީނަ ހަދާ ބޮޑު ދޮގު މިހާރު އެއްވެސް މީހަކު ޤަބޫލެއްނުކުރާނެ. މީނަ ޔާމީން މަރަން ލޯންޗްގައި ބޮންހަރުކޮށްލާފަ މީނަ ކިޔައިދިން ގޮތުގައި އެރޭ އޮތީ ނިދާފައެވެ. އެރޭ އިންޑިޔާ އެމްބަސީ މީހުންނާއެކު ނިދީ ވަރަށް ލަހުންކަމަށް މީނަ ބުންޏެވެ. މީނަ އެދޮގު ފޮރުވަން ވެގެން މީނަ ހެދި އެކި ދޮގު ޓީވީ ބަލަން ތިބިމީހުންނަށްވެސް އެނގޭނެ. ހޮސްޕިޓަލަށް ދިޔަމީހުންގެ އެއްމެ ކުރީގައި މީނަ ހުއްޓެވެ،މަކަރުވެރިކަމާ އިޔަފޫއްޖާ މާތްރަސްކަލާނގެ މިދުނިޔެމައްޗަށް ފޮނުއްވި ހުރިހާ ނުބައި ކަމެއްކުރަން މީނަދަނެއެވެ.މީނަ އަކީ ވިޔަފާރި ވެރީންޖަމޢިއްޔާތެރއިން ތަންކޮޅެއްތ

  13. މަރީ

    އަދީބްކަލޯ އަށް މަސްހޫރުކަން ގެނެސްދިނީ ޔާމީން ކަމެއްނޭންގޭތަ. ބްރޯ މީހަކަށް ހަދައިދިނީ ޔާމީންއޭ. ދެން ކޯންޗެއް ކިޔާކަށް. އަމިއްލަ ކުރި ކަންތައް ތިހިރަ ފަޅާ އަރަނީ. ތިމާގެ އަމިއްލަ ސޯޓް ތިމާ އަތުން ތިބޭލެނީ. ދެންވެސް ހަޖަމް ކޮށްލައިގެން ގޮޅީގަ މަޑުން އިދެބަލަ.

  14. ވވވވވވވވވވ

    ބަލަ ތޮދޮގުވާހަކަ އަޑު އަހާނީ އެމްޑީޕި މީހުން. އެއްވެސް ރަނަގަޅު ވިސްނުން ތެއަކު ތިވާހަކައި އަޑު މިހާރަކު ނައަހާނެ.

  15. ޝައްމާނު

    ވީ ލަވް އަވާ ހީރޯ އަދީބް ބްރޯ!

  16. މަލާ

    ޢަދީބު މިވާހަކަތައް އަދި ކިރިޔާތަ ދައްކަން ހަނދާންމިވީ؟ އަޖައިބުވެ އަންތަރީސްވެއްޖެ. ގަބޫލެއްނުކުރެވޭ. މަޝްހޫރުވާންވެގެން ދައްކާ ފޭކްވާހަކަ

  17. މީނާ

    ދެން އަހާ ރިލްވާން އަށްހެދިގޮތް ކީއްވެކަން މަރާލީ އަދީބްގެ ކޮންކަމެއް އެނގިގެންތޯ

  18. ރޮންދާ

    ދައުލަތުގެ އެހީއަށްބޭނުންވާ މީހުންތިބޭ މަރުކަޒުގައި އުޅޭމީހުން ދައްކާވާހަކަ ޚަބަރެއްގެ ގޮތުގައި ގެނެސްދޭނަމަ މިއަށްވުރެ މަޖާ ފުލޯކްވާހަކަ ގެނެސްދެވޭނެ، މިވާހަކަ ދޮގުކުރަނީ އަކީއެއްނޫން އެކަމު މިކަލޭގެ ދައްކާވާހަ ޤަބޫލުކުރަން ހެޔޮނުވާނެ