ޕީޕީއެމް އާއި އެމްޑީއޭގެ ޖޮއިންޓް ޕީޖީ ބައްދަލުވުމެއް މުލިއާގޭގައި ބާއްވައިފިއެވެ.

މުލިޔާގޭގައި ބައްދަލު ވުމެއް ބާއްވާފައިވާކަން ނިހާން ވަނީ ޓުވީޓެއް ކުރައްވާ ހާކަމޮށްފައެވެ.

https://twitter.com/ahmed_nihan/status/971312185958944770

ނަމަވެސް މިބައްދަލު ވުމުގެ ތަފްސީލެއް އަދި ދެއްވާފައެއް ނުވެއެވެ.

ޕީޕީއެމް އާއި އެމްޑީއޭގެ ޖޮއިންޓް ޕީޖީ ބައްދަލުވުމެއް ބާއްވާފައިވާއިރު ދެބިލެއް މިއަދު ޕީޕީއެމްއިންވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޑޭންޖުރެސް

    ދެހާސް ސަތާރަ ވަނަ އަހަރުގެ ސްޕްރީމް ކޯޓުން ނެެރެފައިވާ ގަޒިއްޔާ ނަމްބަރު 17 ގައިވާ ގޮތުގެ މަތިން އެ ގަޒިއްޔާގެ ހުކުމް ގައި ބުނެފައިވަނީ އެއީ އެންޓިޑިފެކްޝަން ގާނޫނެއް އުފަން ވަންދެން އެގަޒިއްޔާ ގައި ވާ ހުކުމަށް އަމަލު ކުރަން ޖެހޭނެ ކަމަށޭ މިގަޒިއްޔާ ގައި ވަރަށް ތަފްސީލް ކޮށް ގާނޫނީ ހުރިހާ ޕޮއިންޓްްސް ތަަކަށް ބަލާ ދިރާސާ ކުރުުމަށް ފަހު އޭ ސްޕްރީމް ކޯޓުން މިހުކުމް އިއްވާފައިވަނީ. އެހެން ކަމުން އެންޓިޑިފެކްޝަން ގާނޫނެއް އުފަން ކުރަން ޖެހޭނީ ގާނޫނު އަސާސީ އަށް ބަދަލު ކޮށްގެން ކަމަށް މިދެންނެވުނު ގަޒިއްޔާ ގައި ބަޔާން ނުކުރާތީވެ އެންޓިޑިފެކްޝަން ގާނޫނެއް އުފަން ކުރެވޭނެ ގާނޫނު އަސާސީ އަށް ބަދަލު ނުގެނެސް. އެއާއި ދެކޮޅު ވާ ގާނޫނީ ވަކީލުން އެދައްކާ ވާހަކައިގައި ގާނޫނީ އޮށްޓަރެއްް ހުރި ކަމެއް މަމެން ނަށް ބުއްދީގެ ހަމަ ތަކުން ގަބޫލު ނުކުރެވެއޭ އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް..

  2. ދަވޭ

    އެންޓި ޑިފެކްޝަން ބިލަށް "ޕީޕީއެމްގެ 99 ޕަސެންޓް މެމްބަރުން ދެކޮޅު" އޭ ބުނެ މައުލޫމާތު ދިން މީހާ އެބަބުނޭ ދެތިން މެމްބަރުން އެއަށް ތާއީދު ކުރެއޭ ފުރަތަމަ ވެސް %99 އަށް ވުރެން ދަށް ވީީއެވެ. ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު ޖެހޭނެ އެމްޑީއޭގެ ޕީޖީ ގްރޫޕް އާއި ގުޅިގެން ސަރުކާރުން ހުށައެޅި ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް އެންޓިޑިފެކްޝަން ގެ ބިލް ފާސް ކުރަން. މިރާއްޖޭގެ މަޖްލީހަށް ހޮވާ މެމްބަރުން ޕާރޓީ ނަމުގައި ހޮވާ ނަމަ ހޮވަނީ އެއީ ޕާރޓީގެ މެމްބަރުން ވަރަށް ބޮޑެތި ގުރުބާނީ ތަކެއް ވެގެން ނޭ އެހެން ކަމުން ޕާރޓީ ސިޔާސަތު ކުރިއެރުވުމަކީ އެއީ ސޮލިޑަރިޓީ އަކީ އެކަން ދެމެހެއްޓޭނީ ޕާރޓީ ނަމުގައި ހޮވޭ އެމްޕީން ޕާރޓީން ވަކި ވެއްޖެނަމަ އެމެންގެ ގޮނޑި ވެސް ގެއްލޭ ގޮތަށް އޮވެގެންނޭ ޕީޕީއެމް ގެ ޕީޖީ ގްރޫޕް ގައި ހިމެނޭ ދެ ތިން މެމްބަރުންނޭ އެންޓި ޑިފެކްޝަން ބިލާއި އެމެން ދެކޮޅު ވިނަމަވެސް އެބިލް މަމެން ފާސްކުރާނަމޭ ސުޕަރ މައިނޯރިޓީ ހޯދައިގެން ނަމަވެސް. އެއިރުންނޭ ރާއްޖޭގެ ސިޔާސީ މައިދާނުން ކޮރަޕްޝަން ފިލާނީ

  3. ކްލޯސްޑް

    އެންޓި ޑިފެކްޝަން ބިލަށް ޕީޕީއެމް ގެ %99 މެމްބަރުން ދެކޮޅު ނޫނެވެ. ޕީޕީއެމްގެ ދެތިން މެމްބަރަކު މައުލޫމާތު ސާފު ކުރީ. އެއީ އެއްވެސް މައްސަލަ އެއް ނޫނޭ އެންޓި ޑިފެކްޝަން ބިލް މިހާރު ސަރުކާރުން ހުށައަޅާފައިވާ ގޮތަށް ޖެހޭނެއޭ މާ ބޮޑެތި ބަހަނާ ނުދައްކާ ފާސްވާން. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ ޗެޕްޓަރ ކްލޯސްޑް. ދިސް އިޒް އިޓް.

  4. ކްލޯސްޑް

    އެންޓި ޑިފެކްޝަން ބިލަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ %99 ދެކޮޅު ނޫނެވެ. އެއީ ނޫހަށް މައުލޫމާތު ދިން މެމްބަރު ހެދި ދޮގެކެވެ. އެމެމްބަަރަކީ މިހާރު ވެސް އެންޓިޑިފެކްޝަންގެ ބިލާއި ދެކޮޅު ބޭފުޅަކަށް ވާއިރު އެއްވެސް ހާލެއްގައި އޭނާ މިބިލަށް އެއްބަސް ނުވާނެއެވެ. އޭނާ ތިޔާ މައުލޫމާތު ދެނީ ވެސް ނޫހަށް. އެއީ މަމެންނަށް ނޭގޭ އެއްޗެއް ނޫނެވެ. އެންޓި ޑިފެކްޝަން ބިލް މިހާރު އޮތް ގޮތަށް ފާސް ވުމުން ޕާރޓީ ގެ ނަމުގައި ހޮވާ މެމްބަރުންނަށް އޮންނާނެ ޔަގީން ކަން އެމެން ޕާރޓީ ތަކަށް ހޮވާ މެމްބަރުން ފައިސާ ގެ ދަހިވެތި ކަމުގައި ޕާރޓީ ބަދަލު ނުކުރާނެ ކަން އަދި ޕެޓިޝަންްސް ތަކުގައި މިލިއަނުން ފައިސާ ނަގައިގެން ސޮއި ނުކުރާނެ ކަމަށް. އެކަން އެބަޖެހޭ ހުއްޓުވެން. މަޖްލީސް ތެރޭގައި ކޮރަޕްޝަން އަށަގަންނަނީ އެއީ އެންޓިޑިފެކްޝަން ގާނޫނެއް ނެތުމުންނެވެ. އެފަދަ ގާނޫނެއް އޮވެެއްޖެނަމަ އެކަމަށް ހުއްޓުން އަންނާނެއެވެ. އެއިރުން ރާއްޖޭން ކޮރަޕްޝަން ނައްތާލެވޭނީ. މީ ހަގީގީ ޓްރާންސްޕޭރެންސީ އަކީ. ތަމެންނަށް އިނގޭތޭ. އިނގޭދޯ.

  5. ބަލާތި

    އެންޓި ޑިފެކްޝަން ބިލަށް ޕީޕީއެމް މެމްބަރުން ގެ %99 ދެކޮޅެއް ނޫނޭ އެއީ ދޮގެކޭ މަމެންވެސް ދެކުނީ މޭ ތިޔާ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި އެމެން ދެއްކި ވާހަކަ ތައް. އެމެން އެންމެން ތިޔާ ކަމަށް ރހި ގަބޫލޭ އަވަހަށް އެންޓި ޑިފެކްޝަން ބިލް ފާސް ކުރަންވީއޭ. އެނޫން ނަމަ މާ ލަސްވެދާނެއޭ އަވަހިއްޔާ އަވަސް. އެމެން އޮބި އަޅައިގެން ނަަމަވެސް މިކަން ކުރަން ޖެހޭނެއޭ މިފަހަރު.

  6. ކްލޯސްޑް

    މަމެން ޕިންކީންގެ ހާކިމާ ބޭނުންވަނީ އެންޓި ޑިފެކްޝަން ބިލް އޮތް ގޮތަށް ފާސް ވާން. އެގޮތަށް ފާސް ވާން ޖެހޭނީ. ޕީޕީއެމް ޕީޖީ ގްރޫޕްގެ މެމްބަރުން ތަބާވާން ޖެހޭނީ ހާކިމާ އަންގާ ގޮތަށް. އެނިމުނީ. މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އިތުރު އެއްވެސް އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީ އޭ ޗެޕްޓަރ ކްލޯސްޑް.

  7. ފާސްކުރޭ

    އެންޓި ޑިފެކްޝަން ބިލެއް ވުޖޫދު ކުރަން ޖެހޭނެ ކަން ސްޕްރީމް ކޯޓުން 2017 ވަނަ އަހަރު ނެރެފައިވާ 17 ނަމްބަރު ގަޒިއްުޔާގެ ހުކުމް ގައި ވަރަށް ރަނގަޅަށް ބަޔާން ކުރެވިފައި އެބައޮތެވެ. އެންޓި ޑިފެކްޝަން ގާނޫނެއް ފާސް ކުރެވެން ދެން މަޖްލީހުގެ މެމްބަރަކު އެމެމްބަރަކު ރަޖިސްޓްރީ ވެފައިވާ ޕާރޓީ ބަދަލު ކޮށްފިނަމަ މަޖްލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭނެ ކަމަށް އެ ހުކުމް ގައި ބަޔާން ކޮށްފައިވާ އިރު އެންޓި ޑިފެކްޝަންގެ ގާނޫނު ވުޖޫދަށް ނުގެނެސްފިނަމަ މަޖްލީހުގެ މެމްބަރުންނަށް މާ ބޮޑު ނުރައްކާ އޮންނާނެއޭ. ކަން މިހެން ހުރުމުން މިހާރު މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ހުށައަޅާފައިވާ ގޮތަށް އެބިލް ފާސް ކޮށްދޭންވީ ޕީޕީއެމް މެމްބަރުން. މީގައި ދެން ގާނޫނު އަސާސީ އާއި ޚިލާފުތޯ ނުވަތަ ނޫންތޯ ބެލުން އެއީ މަޖްލީހުގެ މެމްބަރުން ކަމެއް ނޫނޭ އެކަން ބަލާނީ ސްޕްރީމް ކޯޓޭ ހަމަ މިހާރު ފާސްކުރާށޭ ފާސްކުރާށޭ ފާސްކުރާށޭ. އާއު ޔޫނޯ އަވަހަށް ފާސް ކޮށްދީ ފާސްކޮށްދީ ފާސްކޮށްދީ.