މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ލ. ފޮނަދޫ ސްކޫލްގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވާާ ގޮތުގައި، ފޮނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިއަ މިޕްރޮގްރާމަކީ މަގުމަތީގެ ޤާނުނާއި ޤަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. އެގޮތުން ފޮނަދޫ ސްކޫލްގެ ގްރޭޑް 10ގައި ތަޢުލީމް ޙާސިލް ކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ މިޕްރޮގްރާމްގައި 45 ދަރިވަރަކު ބައިވެރިވެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ގުޅޭގޮތުންނާއި މަގުމަތީގައި އުޅޭއިރު ދަރިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާއި، ޓްރެފިކް ސައިންތައް އޮޅުންފިލުވައިދިނުމުގެ އިތުރުން ޓްރެފިކާއި ގުޅުންހުރި އެހެނިހެން މަޢުލޫމާތުތައްވެސް ދަރިވަރުންނާއި ޙިއްސާކޮށްފައިވާނެކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި ގުޅޭގޮތުން މިޕްރޮގްރާމްގައި، ދަރިވަރުންނަށް މަޢުލޫމާތު ދީފައިވަނީ ފޮނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރައްވާ ފުލުހުން ކަމުގައި ފުލުހުން ހާމަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު