ޕާޓީއަކަށް ނިސްބަތް ނުވާ މަޖިލިސް މެންބަރަކު ސިޔާސީ ޕާޓީއަކަށް ގުޅިވަޑައިގަތަސް މެންބަރު ކަން ނުގެއްލޭނެ ކަމަށް އެންޓި ޑިފެކްޝަން ގާނޫނުގައި ބުނެފިއެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދު ވަނީ އިއްވާފައެވެ.އެގާނޫނުގައި ބުނެފައި ވަނީ އިންތިހާބުވި ޕާޓީން މެންބަރު ވަކިކޮށްފި ނަމަ ނޫނީ އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ ގޮތަށް މަޖިލީހަށް އިންތިހާބުވެފައިވާ މެންބަރަކު ޕާޓީއަކާ ގުޅިވަޑައިގަތުން ހިމެނެއެވެ.

ނަމަވެސް ޕާޓީއަކާ ގުޅިވަޑައިގަތުމަށް ޕާޓީ ބަދަލު ކުރުން ނުވަތަ ވަކި ކުރުން ނުވަތަ ވަކިވެއްޖެ ހާލަތެއްގައި އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީއަކުން ނެރޭ ވިޕްލައިންއާ ހިލާފުވިޔަސް ގޮނޑި ނުގެއްލޭނެ ކަމަށް ބިލުގައި ބުނެފައިވެއެވެ. އަދި މެންބަރަކާ މެދު ޕާޓީގެ ސުލޫކީ ކޮމިޓީން ފިޔަވަޅެއް އެޅިނަމަވެސް ގޮނޑި ނުގެއްލޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ގާނޫނު އަސާސީ އާއި ގާނޫނުގައިވާ ގޮތުގެ މަތިން ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި އިންތިހާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ހިލާފުވެގެން ޕާޓީން ވަކިކުރި ކަމުގައިވީ ނަމަވެސް އެމީހަކު އިންތިހާބުވެފައިވާ މަގާމު ނުގެއްލޭނެ ކަމަށް ބުނާ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އުވޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ބޮންދު

  ހަދާ ޤަވާޢިދަކުން ޤާނޫނުގެ މާއްދާއެއް އުވޭނޭ ކަމަށް ބުނުމަކީ ޤާނޫނަށްވުރެ ޤަވާޢިދުގެ ބާރު ގަދަވުން ނޫންތޯ. މީ ކިހިނެއްވާ ކަމެއްބާ؟

 2. ގުޑްގުޑް

  އެންޓި ޑިފެކްޝަން ބިލަށް ޕީޕީއެމްގެ 99 ޕަސެންޓް މެމްބަރުން ދެކޮޅެއް ނޫނެވެ. އެންމެ ދެ ތިން މެމްބަރުން އެމެންގެ ކަންބޮޑުވުން އެކަނި ފާޅު ކުރީ. ކުރީގައި ވެސް އެބިލާއި ދެކޮޅު ދެތިން މެމްބަރުން އެދެކޮޅު ހެދީ. އެމެން މިހާރުވެސް ތިބީ ޕީޕީއެމް ގައި ތިބި ނަމަވެސް އެއް ފައި އިދިކޮޅު ބޮޑޭ މެން ގަޔަށް ލައިގެންނޭ މަމެން ބުނަން ނެތީމު ދޯ. ހަމަ ޖެހޭނީ ސަރުކާރުން ހުށައަޅާފައިވާ ގޮތަށް އެންޓިޑިފަމޭޝަން ބިލް ފާސް ވާން އެނޫން އެއްވެސް ޗޮއިސް އެއް މީގައި އޮވެގެން ނުވާނެއެވެ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.

 3. ދިސްއިޒް

  އެންޓި ޑިފެކްޝަން ގާނޫނު އެއީ މަމެން ޕިންކީންގެ ސަރުކާރުގެ ދިރިހުރުން ނުވަތަ މަރުވުމެވެ. މަމެން އެ ގާނޫނު ފާސް ކުރާނަމޭ ތަމެން އޮބާބާއްވައިގެން ނަމަވެސް. ޕީޕީއެމް ޕީޖީ ގްރޫޕްގެ %99 ނުޖެހޭނެ އެމެންގެ އަމިއްލަ އެދުން ކުރިއަށް ނެރެން. ތަމެން ޕީޕީއެމް އާއި ނުގުޅުނުނަމަ ތަމެން އެކަކަށް ވެސް މަޖްލީހުގެ ގޮނޑި އެއް ނުލިބޭނެ ކަން އެއީ މަމެންނަށް ކަށަވަރުވެ ޔަގީން ވާ ކަމެކޭ. ކަން މިހެން ހުރުުމުން ޕީޕީއެމް ޕީޖީ ގްރޫޕް ވެސް ދެން މާ ބޮޑަށް ނުފުއްޕާ ހަމަ އެންޓި ޑިފެކްޝަން ގާނޫނު ފާސް ކޮށްދެއްވަންވީ ސަރުކާރުން ހުށައެޅި ގޮތަށް އެއިރުން ރާއްޖޭގެ މަޖްލީހުން ކޮރަޕްޝަން ފުހެވި މަޖްލީހުގެ މެމްބަރުން ނަކީ ވެސް އެއީ ޕާރޓީ ގެ ސިޔާސަތު ކުރިއަރުވާ ބަޔަކަށް ވެގެން ދާނެއެވެ. މިއަަދަކީ މީ އުފާވެރި ދުވަހެކޭ އެއީ ޑިފަމޭޝަން ބިލާއި ގުޅޭ ގޮތުން ޕީޕީއެމް ޕީޖީ ގްރޫޕް ބައްދަލު ވުން ބޭއްވީއޭ އަދި ހުރިހާ މެމްބަރުން ވެސް އެއަށް ތާއީދު ކޮށް އެފާސް ކޮށް ދޭން އެއްބަސްވީއޭ. އައި ކާންޓް ބިލީވް ދެޓް އިޓްސް ސޯ ލަވްލީ ދިސް އިޒް ލަވް ލަވް އިޒް ސޯ އީޒީ ދިސް އިޒް ލަވް ލަވް އޫމް އިޓްސް ދަ އީޒިއެސްޓް ތިންގް ޓު ޑޫ..

 4. ރިފުއުޒްޑް

  އެންޓި ޑިފެކްޝަން ބިލާ މެމްބަރުން ދެކޮޅެއް ނޫން، ވޯޓާ ހަމައަށް ދާނެ ނަމަ އެއީ އުފާވެރިކަން ލިބިގެން ދާ ކަމެކޭ. ޕީޕީއެމްގެ އެމްޕީންގެ ގޮތުގައި ތިބެގެން މަމެންގެ ސަރުކާރުން މަރުފަލި ޖަހަމުން ރާއްޖޭގެ ސިޔާސީ މައިދާނުން ޒޮންބިން ތައް ބޭރު ކޮށް އެ މައިދާން ކްލިއަރ ކުރަން އުޅޭ އިރު އެކަމަށް ޕީޕީއެމްގެ އެމްޕީންގެ ގޮތުގައި ތިބެގެން ހުރަސް އަޅާ މީހުންނަކީ އެއީ އެންމެ ނުބައި ވައްތަރޭ އެއީ ދުވަހަކު ވެސް ޕާރޓީ އަށް ލޯޔަލް ބަޔެއް ނޫނޭ. އެންޓި ޑިފެކްޝަން ބިލް ގާނޫނު އަސާސީ އާއި ޚިލާފު އޭ ބުނެ ފުރަތަަމަ ވެސް ނޫހުގައި ޕްރޮޕެގެންޑާ ފެތުރި އެމްޕީ އަކީ ދުވަހަކު ވެސް ޕީޕީއެމް ޕްރޮމޯޓް ކުރަން ރުމާލު ދޭއްގެ ޖަގަހަ އަށް ވެސް އައި މީހެއް ނޫނޭ. މީ ހަމަ ސީދާ ރަތްލާ ޖެހި ރަނޑު ޑެޑް ވުޑް ނޫންތޭ މިޒާތުގެ ރަނޑު ޑެޑް ވުޑް ތައް ޖެހޭނީ ސައިޒުން ކަނޑާ ތިރިއަރުވާލާ ގޮނޑި ފޭރިގަތުމޭ އެއީ މަމެންގެ މިލްކިއްޔާތެކޭ އޭނާ އިންނަ ގޮނޑިއަކީ އައި ޑޯން ބިލީވް ހީ ޓު ސިޓް އޮން އިޓް. އައި ރިފުއްޒްޑް ޓު ބިލީވް އައި ރިފުއްޒްޑް ޓު..

 5. އެވްރީ

  އެންޓި ޑިފެކްޝަން ބިލާ މެމްބަރުން ދެކޮޅެއް ނޫން، ވޯޓާ ހަމައަށް ދާނެ އަދި އެބިލާއި ދެކޮޅު ހެދި ދެ ތިން މެމްބަރުން ޖެހޭނެއޭ އައިޑެންޓިފައި ކޮށް މާރކް ކުރަން ވަރަށް ރަނގަޅަށް ސަބަބަކީ މަމެން ނަށް ގައްދާރުވެފައި ދިޔަ އެމްޕީން ނޫންތޭ އެމެންގެ ދަ ބިގް ބާރައިގެ ތެރޭގައި މިހާރު އެ ހިމެނެނީ ބޮޑު ސޭޓް އަތުން މޭޒު ދަށުން ދަމާ ކުޅެގެން މިލިއަނުން މާރކްސް އަތުލައިގެން މަމެންގެ ވެެރިކަން ވައްޓާލާނެ ކަމަށް ހީކޮށް. އެވްރީ މޫވް ދޭ މޭކް އެވްރީ ވެލިއު ދޭ ބްރޭކް އެވްރީ ބޮންޑް ދޭ ބްރޭކް އެވްރީ ގޭމް ދޭ ޕްލޭ ވީ ވިލް ބީ ވޮޗިންގް ދެމް ވޮޗިންގް ދެމް. އޯއް ކާންޓް ޔޫ ސީ އިޓް ބޭބީ ބޭބީ ބޭބީ ޕްލީޒް ލުކް އެރައުންޑް ޔޫ ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް ޑާންސް އޯއް ކާންޓް ޔޫ ސީ އިޓް ބޭބީ ބޭބީ..

 6. މޭކްއިޓް

  އެންޓި ޑިފެކްޝަން ބިލަށް އައްޑޫ ޝަރީފް ތާއީދު ކުރައްވައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. އައްޑޫ ޝަރީފު އަކީ އެއީ ސިޔާސީ ގޮތުން ތަންދޮރު ދަންނަ އަދި ކަމުގެ ތަޖްރިބާ ހުރި އޮށްޓަރު ހުރި ވާހަކަ ދައްކާ ސިޔާސީ މީހެކެވެ. ޕޮލިޓިޝަނެކެވެ. ޝަރީފް އެމެން ރަންރީނދުލޭ މެންގެ ރަނޑު ފަންކާ ހިންގާ ޓީވީން ވެސް އެތަނުގައި އުޅޭ ރަނޑު އެންކަރުން ރާއްޖޭގެ އެމްއެމްއޭ އާއި ގުޅޭ ގޮތުން ވެސް އެމެންނަށް ވުރެން ސައިޒު މަތި ވާހަކަ ދައްކާތީވެ އެއްރޭ އެމެންގެ ފަލަ ސުރުޚީ ގައި އެންކަރު ވެސް ސައިޒުން ކަނޑާ ތިރި އަރުވާލީ ރާއްޖޭގެ އިގްތިސާދާއި ގުޅޭ ގޮތުން ހަގީގަތާއި ޚިލާފު ވާހަކަ ދައްކާތީވެ. ޝަރީފު އެއީ އޮރިޖިނަލް މޯލްޑިވިއަން ޑީއެންއޭ. އައްޑޫ ޝަރީފު މޭކް އަ ލިޓިލް ސްޕޭސް ޓު މޭކް އިޓް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ އެން ދި އެންޓަޔަރ ހިއުމެން ރޭސް. ދިސް އިޒް ދަ ވޯލްޑް ވީ ލިވް އިން. މޭކް އަ ބެޓަރ ޕްލޭސް ފޯރ ޔޫ އެން ފޯރ މީ ފޯރ ޔޫ އެން ފޯރ މީ...

 7. ހޮނޑާފުށީބޮޑުހުސޭނު

  ދެން ރަގަޅުތާ 2019 ގަ މެމްބަރު ކަމަށް ކުރިމަތީލާން ބަލާނި އެންމެ ސަޕޯޓަރުން ގިނަ ޕާރޓީއެއް މިފަހަރު ، ވިސްނާލަ މިދިޔަ ކައުންސިލް އިންތިހާބު ދިޔަގޮތް ، އެގޮތަށް ގޮއްސިއްޔާ ހުރިހާ މޮޅެއް އެންމެ ސަޕޯޓަރުން ގިނަ ޕާރޓީއަށް ، އާހިރުގަ ހޯބޯލަވަންވެއް ތިއްބެވީ މިއަދު ސަރުކާރާާ އެއްކޮޅަށް ތިބި މީހުން ،