ހައުސިން މިނިސްޓްރީގެ ނަމުގައި ފްލެޓު ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސަ ނަަގަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ފަރާތްތަކުން ފްލެޓު ދޭނެ ކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ނަގައި، ސައްހަ ނޫން ރަޖިސްޓްރީތަކެއް ހަދައިދޭކަން އެނގިފައިވާ ކަމަށެވެ. އަދި އެކަން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ. އަދި މިކަން ކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައިވެސް މިބަޔާޏުގައި ވެއެވެ.

"...މިއީ ރައްޔިތުންގެ ހައްގުތަކާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަކަށް ވެފައި، މާލީ ގޮތުންނާއި އެހެނިގެން ގޮތް ގޮތުން ފަރުނުޖެއްސޭނެ ވަރުގެ ބޮޑެތި ގެއްލުންތަކާ ކުރިމަތިވެދާނެ ކަމަކަށް ބެލެވޭތީ އެއްވެސް ބޭފުޅަކު ބައިވެރިނުވުމަށާއި ވީހާވެސް ބޮޑަށް ސަމާލުވުމަށް ދަންނަވަން، މިކަމުގައި ޝާމިލުވާ ފަރާތްތަކަށް ގަނޫނީ ފިޔަވަޅު އެޅުމަށް މިނިސްޓްރީން ވާނީ ދަންނަވާފައި،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ ފްލެޓުތައް ދޫކުރާނީ ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށާއި އެ ނޫން ގޮތަކަށް މިނިސްޓްރީން ފްލެޓެއް ދޫނުކުރާނެ ކަމަށެވެ

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޕަކާސް

    ސަރުކާރުންވެސް ގުޅާނެ....ފިކުރާއި ވޯޓު ޢޮއިގޮތެއް ބަލަން....ޖަވާބު ދެވޭގޮތަކުން ......ނިމުނީ....

  2. އަލިބެއްޔާ

    އާނ! ގުޅި. ގުޅާފަ ބުނީ މީ ތިބޭފުޅާގެ ނަންބަރު ހެއްޔޯ. މަ ބުނީ ނޫނެކޭ. މީ މަގޭ އައްމަގެ ނންބަރޭ. ބުނީމަ ރުޅިއައިސްގެން ހަޑި އެއްޗެހި ކިޔާފާ ބާއްވައިފި. ފުލެޓެއް ނުދިން. ):

  3. ތިމަންނަ

    މިނިސްޓްރީން އިތުރަށް ބުނީ ފްލެޓުތައް ދޫކުރާނީ ކަނޑައެޅިފައިވާ ހާއްސަ އުސޫލުތަކާއި ގަވައިދުތަކާ އެއްގޮތަށް ކަމަށާއި އެ ނޫން ގޮތަކަށް މިނިސްޓްރީން ފްލެޓެއް ދޫނުކުރާނެ ކަމަށެވެ. " ޚާއްސަ އުސޫލޫ " ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟